ޚަބަރު / އައްޑޫ

އިންޑިއާގެ އެހީގައި އައްޑޫގައި އީކޯޓޫރިޒަމްގެ ފަސް ތަނެއް ތަރައްގީކުރަނީ

އިންޑިއާއިން ރާއްޖެއަށް އެހީތަކެއް ދިނުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު ޝާހިދު (ކ) އަދި އިންޑިއާއިން ރާއްޖެ ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރް ފޮޓޯއަކަށް ހުއްޓިވަޑައިގެން.-- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ އެހީގައި އައްޑޫގައި ތިމާވެއްޓާ ރައްޓެހި ޓޫރިޒަމްގެ ފަސް ތަނެއް ތަރައްގީކުރުމުގެ އެއްބަސްވުމުގައި އަންނަ އާދިއްތަ ދުވަހު ސޮއިކުރަން ނިންމައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ، އެ ސިޓީގައި ޓޫރިޒަމް ފުޅާކުރުމަށް އިންޑިއާ އެކު ސޮއިކުރުމުގެ ރަސްމިއްޔާތު އޮންނާނީ ފޮރިން މިނިސްޓްރީގައި ކަމަށެވެ. އެ ރަސްމިއްޔާތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން އައްޑޫގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) ބައިވެރިވެވަޑައިގަންނަވާނެ އެވެ.

އައްޑޫގައި ތަރައްގީ ކުރާ ފަސް ތަނުގެ ތެރޭން ކޮންމެ ތަނަކަށް ފަސް ލައްކަ ޑޮލަރު (7.7 މިލިއަން ރުފިޔާ) ހޭދަކުރާނެ އެވެ.

ޓޫރިޒަމް ފުޅާކުރުމުގެ އިތުރުން އައްޑޫގެ އުމްރާނީ ވަސީލަތްތަކާއި މަގުހެދުމާއި އަސާސީ ހިދުމަތްތައް ފުޅާކުރުމަށް ވެސް އިންޑިއާ އިން ވަނީ އެހީދޭން ނިންމައިފަ އެވެ. އެނގިފައިވާ ގޮތުގައި އެ މަސައްކަތްތައް ކުރަނީ އެ ގައުމުގެ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް (އެޗްއައިސީޑީޕީ) ސްކީމުގެ ދަށުންނެވެ.

އެ ސްކީމުގެ ދަށުން މަރަދޫ އާއި ހިތަދޫ އަދި ހުޅުމީދޫގައި މަސް ޕްލާންޓުތަކެއް ވެސް ގާއިމްކުރާނެ އެވެ.

އައްޑޫގައި ޓޫރިޒަމް ފުޅާކުރުމަށް 96 ބިމެއް ބީލަމުގެ އުސޫލުން ދޫކުރަން ވެސް ސިޓީ ކައުންސިލުން ވަނީ ނިންމައިފަަ އެވެ. އެއީ އައްޑޫގައި ޓޫރިޒަމް އެނދުގެ އަދަދު 4،000 އަށް އިތުރު ކުރުމަށެވެ. މި ވަގުތު އައްޑޫގެ ޓޫރިޒަމް އެނދުގެ އަދަދަކީ 1،118 އެވެ.

11 ކޮމެންޓް, 16 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 0%
icon angry icon angry 81%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

31 January 2020

އިންޑިޔާއާއިއެކު ވަގުތުންވަގުތަށްކުރާންވީ އެންމެމުހިންމުކަމަކީ މަޝްހޫރު ބަޖޭޓްފްލައިޓް އިންޑިގޯއިން ޑެއްލީއާއި ގޭން އަދި ގަމާއި ސައުތުއެފުރިކާ ގޭން އޮސްޓްރޭލިއާ ގުޅާލުމަށް ޝެޑިއުލްދަތުރުތައް ކުރެވޭނެގޮތެއް ހޯދުން. # މިދެންނެވި ދަތުރުތަކަކީ ދުވަހަކު އައްޑޫގައި އެނދެއްނެތަސް ކުރެވޭނެ ދަތުރުތަކެއް. ސައުތު އެފްރިކާއިން އޮސްޓްރޭލިއާއަށް ކުރާންޖެހޭ 8 ގަނޑިއެއްހާއިރުގެ ދިގުދަތުރު ކުރުކުރުމަށާއި ޑެއްލީ އޮސްޓްރޭލިއާ ދަތުރު ކުރުކުރަން ގޭން މުހިންމުވާނެ.

The name is already taken The name is available. Register?

ައަބދުއްލާ ސައީދު

02 February 2020

ރަންގަޅު ޙިޔާލެއް

The name is already taken The name is available. Register?

ޕޮގްބާގަރ

31 January 2020

ކައުންސިލް އިންތިހާބަށްޖަހާ ގުއިރޯނު

The name is already taken The name is available. Register?

މަކަރުވެރި

31 January 2020

ކޮންމެހެން ސޯބެ ހޮވަން ދަންތުރަ ޖަހަން ނަހަދާ! ރައްޔިތުން މިފަހަރު މިތިބީ ހޭލާ!!

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

31 January 2020

މައްސަލައެއްނޫން. ޒަމާނުއްސުރެން އަހަރުމެނަށް އެހީތެރިކަން ފޯރުކޮށްދީފައިވަނީ ބޭރުގެ އެކުވެރި ދައުލަތްތަކުން. # މާޒީގައި ސިލޯނު ، ބަންގާޅާއި ސީނުކަރައާއި އެކު އަހަރުމެން ރަނގަޅު ގުޅުމެއްބޭއްވިން. އޭގެ ފަހުން އިޤިރޭސި ދައުލަތުގެ އެހީތެރިކަމާއިއެކު އަހަރުމެން ދުނިޔެއަށް ލޯހުޅުވާލަދީ ތައުލީމީ ޤާބިލް ބަޔަކަށް ހަދާލަދިން. # ދެންއޮތީ އިޤުތިސޯދީ ބާރެއްކަމުގައިވާ އިންޑިޔާގެފިޔައިގެދަށުގައިތިބެ މުސްތަޤުބަލަށް ފިޔަވަޅުއަޅާނެގޮތަކާއިމެދު ގޮތެއްކަޑައެޅުން.

The name is already taken The name is available. Register?

ސީޒަން

31 January 2020

އަހަރުމެނަށް އިގޭ ކަލޭމެންގެ މިސްރާބު ތިހިރީ އިންޑިޔާގެ ފިޔަދަށުގައި ތިބެންކަން. ކަލޭމެންނަކީ އަބަދުވެސް ވަކިވެގަންނާން އުޅޭ ބައެއް. މިފަހަރު އެހީތެރިވަނީ އިންޑިޔާ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

30 January 2020

މިކަމުގަ ފޮރުވިފަ ވާނެ ނުބައެއް.

The name is already taken The name is available. Register?

ރައްޔިތުމީހާ...

30 January 2020

އަނެއްކާވެސް ޖީއެމްއާރުފަދަ އިތުރު ވަކިތަކެއް ދިވެހިންގައިގަ އަޅުވަނީދޯ ؟ ހެޔޮނުވާނެ މިޤައުމު އަޅުވެތިނުކޮށްބަލަ...

The name is already taken The name is available. Register?

ދވހނ

30 January 2020

އައްޑޫ އެއްކޮ މިއޮތީ އިންޑިޔާއަށް، އައްޑޫ މީހުން ތިބޭ އަތް ޖަހަން. މޮޔައިން އުޅޭ އެކަމު މީބޮޑު ވަރެއްދޯ؟

The name is already taken The name is available. Register?

ކައްކާ

30 January 2020

ޗައިނާއިން ބިލިއަންޑޮލަރުގެ ބޮޑެތި އެހީދިނީ މުޅިންވެސް ކ.މާލޭ މީހުންގެ ކުލީވިޔަފާރި ކުރިއަރުވަން، އައްޑުއަށް ކިރިއާވެސް އެހީތެރިކަމެއްވިއްޔާ ވަނީ އިންޑިއާ ލަންކާއިން.

The name is already taken The name is available. Register?

ބޭރުވެލާ

30 January 2020

ކޮންމެތަނަކަށް ފަސް ލައްކަ ޑޮލަރ އޭ ކިޔާ ނިންމާލިއިރު ނޭނގޭ ދޯ ޢިންޑިއާއިން އައްޑޫ ގައި ވަކި ހިއްޕާލާ ވަރު..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454