ޚަބަރު / އަހުމަދު މަހުލޫފް، ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު

61 ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ އިން ހަދިޔާކޮށްފި

އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނާ މިނިސްޓަރު މަހްލޫފް މިއަދު ހަވާލުވެވަޑައިގަންނަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ރާއްޖޭގެ 61 ރަށެއްގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން މިއަދު ހަދިޔާކޮށްފި އެވެ.

ގަލޮޅު ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި ދިވެހި ސަރުކާރާ އެ ތަކެތި ހަވާލު ކޮށްދެއްވީ، ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު ސަންޖޭ ސުދީރެވެ. އެ ސާމާނާ ހަވާލުވެވަޑައިގަތީ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފެވެ.

އެކި ރަށްރަށުގައި އައުޓްޑޯ ޖިމް ހަދަން ބޭނުންވާ ސާމާނު އިންޑިއާ ސަރުކާރުން މި ދިނީ، އެ ގައުމުގެ ކުރީގެ ފޮރިން މިނިސްޓަރު ސުޝްމާ ސްވަރާޖް މިދިޔަ އަހަރުގެ މާޗު މަހު ރާއްޖެ އަށް ކުރެއްވި ދަތުރުގައި ހަދިޔާ ކުރެއްވި 106 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިންނެވެ. ޖިމްތަކަށް ބޭނުންވާ ސާމާނު ގަތުމަށް އޭގެ ތެރެއިން އަށް މިލިއަން ރުފިޔާ ކަނޑައެޅިއިރު، ސާމާނަށް އޯޑަރުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގަ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ބައިވެރިވެވަޑައިގެންނެވި ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފު ވިދާޅުވީ، ވަރަށް ގިނަ ކަންތައްތަކުގައި އިންޑިއާގެ އެހީތެރިކަން ރާއްޖެ އަށް ލިބޭ ކަމަށެވެ. އެގޮތުން، އެ ގައުމުގެ އެހީއާއެކު، 68 ރަށެއްގައި ކުޑަކުދިންގެ ޕާކް އަވަސް މުސްތަގްބަލެއްގައި ގާއިމްކުރާނެ ކަމަށް މަހްލޫފު ވިދާޅުވި އެވެ. ކުރިއަށް އޮތް ހަތަރު މަސް ތެރޭގައި އެ މަސައްކަތް ނިންމައި، އެ ޕާކުތައް ރަށްރަށާ ހަވާލު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު މަހްލޫފު ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

މަހްލޫފް ވިދާޅުވި ގޮތުގައި، އައުޓްޑޯ ޖިމްތަކަށް ބޭނުންވާ ސާމާނު އިންޑިއާ އިން ދިނުމަކީ، ޖިމްތައް ގާއިމްކުރުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިސްނަންގަވައިގެން ކުރިއަށް ގެންދާ، "ދުޅަހެޔޮ، ހަށިހެޔޮ" ޕްރޮގްރާމަށް ލިބުނު އިތުރު ކުރިއެރުމެކެވެ.

ފަސޭހަކަމާއެކު ކަސްރަތު ކުރެވޭނެ އިންތިޒާމެއް ދިވެހިންނަށް ހަމަޖައްސައި ދިނުމަކީ ރައީސްގެ ވައުދެކެވެ.

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކުރީގެ ރައީސް ނަޝީދު ވިދާޅުވީ، ރާއްޖެ އާއި އިންޑިއާއާ ދެމެދު އޮންނަ ގުޅުން އެކި ސަރުކާރުތަކުގައި އެންމެ ރަނގަޅަށް ކުރިއަށް ނުގެންދެވުނަސް ދެ ގައުމުގެ އެކުވެރިކަން ނުގެއްލޭނެ ކަމަށެވެ.

ރާއްޖެ އާއި އިންޑިއާ ދެމެދު އޮތީ ވަރަށް ދުވަސްވީ ގުޅުމެއް ކަން ފާހަގަކުރައްވަމުން އެ މަނިކުފާނު ވިދާޅުވީ، މުނިފޫހިފިލުވުމާއި ސަގާފީ އާދަތަކަށް ބަލާއިރު ވެސް ގިނަ ކަންތައްތަކެއް ގުޅިފައިވާ ކަމަށެވެ.

އިންޑިއާ އިން ހަދިޔާކުރި، އައުޓްޑޯ ޖިމް ހެދުމަށް ބޭނުންވާ ސާމާނު ދިވެހި ސަރުކާރާ ހަވާލުކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

ނަޝީދު ވިދާޅުވި ގޮތުގައި، ބައެއް ހާލަތުތަކުގައި ރާއްޖޭގައި އޮންނަ ސަރުކާރާއި އިންޑިއާގެ ސަރުކާރާ ގުޅުން ބަދަހި ނުވެދާނެ އެވެ. ނަމަވެސް ދެ ގައުމުގެ ރައްޔިތުންގެ އާދަކާދަތަކަށް ބަދަލެއް ނާންނާނެ ކަމަށް ވިދާޅުވި އެވެ. އަދި އިންޑިއާ އަކީ ތަނަވަސް ވަމުން އަންނަ ގައުމެއް ކަމަށާއި އެ ގައުމުގެ އެހީއާ އެކު ރާއްޖެ ވެސް ތަނަވަސް ވެވޭނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

30 ކޮމެންޓް, 45 ރިއެކްޝަންސް

icon happy icon happy 11%
icon sad icon sad 0%
icon angry icon angry 89%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަހުމަދުބޭ

14 July 2020

ތިޔައީ ހުސްބޭކާރު ޚަރަދެވެ، މިސާލަކަށް މާލޭގައި ހެދި އައުޑޯ ޖިމްތަށް މިހާރު ހުރިހާލަތު ބަލައި ބަލާށެވެ. ތިފަ ޚަރަދު ކުރާނީ އެތަންތަން ބެލެހެއްޓޭނެ ނިޒާމް ގާއިމްކޮށް ހަލާކުވާ އެއްޗެތި ރިޕެއާރ ކުރެވޭނެ މެކޭނިޒަމް ގާއިމްކޮށް ދާއިމަށް ތިފަދަ ޕާކްތަށް ބެލެހެއްޓޭނެ ގޮތްތަކެއްރާވައި ފައެވެ، 6 މަސް ނުވާނެ ތިޔަ އެއްޗެތި ދަބަރަށްވެ ވީރާނާ ޕާކެއްގެ ގޮތުގައި ދެންފެންނާނީ، ބަޔަކު ކަންކަން ކުރިޔަށް އަދީ ރާއްޖެއަށް ތިކަންކަން ނުކުރެވޭ ތަންމާޒީން ފެންނަމުން ދަނ

The name is already taken The name is available. Register?

333333333

14 July 2020

ނިމިދިޔަ ވެރިކަމުގައި އަަހަރެމެންނަށް ފެނިގެން ދިޔައީ މެގަ ޕްރޮޖެކްޓްތަކަށް ބޭރުގެ ފަންޑިންގ ހޯދިތަން. ސަލާމް ޖަހައިގެން 2 ލާރި ހޯދާ ބައެއްގެ އަޅުވެތި ކަމަށް ދިޔަތަނެއް ނުފެނޭ. ލޯނު ނެގީ. އެލޯނު ދެއްކީމަނިމުނީ. މިހާރު މިޖަހާ ސަކަރާތަކީ ފަގީރުގައުމެއްހެން ސަލާމް ޖަހައި އެމީހުންގެ ހެޔޮކަމުގެ އަޅަކަށް ވުން. ކުރިން ގޮވީ ޗައިނާގެ އަޅުވެތިކަމަށްދަނީއޭ. އެއީ ލޯނުންނޭ. އެހެންވިއްޔާ ބޭންކުން ލޯނު ނަގައިގެން ބޭންކުގެ އަޅަކަށްވީ ކިތައްމީހުންބާއޭ ހިތަށްއަރާ

The name is already taken The name is available. Register?

މައުސޫމާ ފިކުރީ

14 July 2020

މާލޭގެ ސިވިލައިޒްގެ މީހުންގެ ހިތްތަކާ ކުޅެލާ އިންޑިޔާގެ ލޯބީގައި ދީވާނާވެ އެމީހުންގެ އަޅުވެތިކަން މާރީތި ނުވެދާނެތީ، ތަންދޮރު އެހާ ނުދަންނަ ރާއްޖެތެރޭގެ ރަށްތަކަށް މިމީހުންގެ މިސްރާބު މިހުރީ. ޘަނާ ކިޔާހެން ކޮންމެ ދުވަހަކު 5 ވަގުތު އިންޑިޔާއިން ދިން ބޮޑު އެހީގެ ވާހަކަ ދައްކާ ކުދި ދަރިންގެ ހިތްތަކުގައި އިންޑިޔާއަށް ލޯބި ޖެއްސުންނޫން ކަމެއް މިމީހުންގެ މިއަމަލުތަކުގައި ފޮރުވިފައިނުވޭ. ރައްޔިތުން ހޭއަރާނެ ދުވަހެއް ނޭނގެ.

The name is already taken The name is available. Register?

މީހަ

14 July 2020

ޤައުމަކުން ދިން އެއްޗެކޭ ކިޔާ ތިރީސް މީހުންގެ ޖާގައިގެ ދޯންޏަކާ، 4 ފޮށިގަނޑު ބޭހާއި، މި ޖިމްތައް ޕްރޮމޯޓް ކުރަން ހެޔޮނުވާނެ. މިއަށްވުރެން ބޮޑު ހޭދައެއް ޖަނާ ކުރި މާވެޔޮ މިސްކިތަށްވެސް. ދެން ކޮންމެ ފަހަރަކު ރަސްމިއްޔާތެއް. އަމިއްލަ ފައިސާ ޚަރަދުކޮށްގެން އިންޑިއާއަށް ބޭހަށް ދާން ބައަކަށް ހުއްދަ ދިނުމުންވެސް ކޮންމެ ފަހަރަކު ޒާތެއްގެ ރަސްމިއްޔާތެއް.

The name is already taken The name is available. Register?

މީހާމީހާ

14 July 2020

އެއްވެސް އެހީތެރިކަމެއް ނުވެވޭނެ ބައެއްގެ ތައްޕާހަށް އަމިއްލަ އެދުމުން ފޯވެގެން މިވަރަށް ވަންނަން ހެޔޮނުވާނެ. އަދި އެއްވެސް ފޮރުވުމެއް ޑިޕްލޮމެޓިކް ހަމައެއް ނެތި މިއީ ދަހިވެތިކަން ކަން އެންމެނަށް އެނގޭ ވަރަށް. ވަރަށް ދެރަ.

The name is already taken The name is available. Register?

މެކް

14 July 2020

ގައުމުގެ ރައްޔިތުން ބިކަހާލުގާ ބަޑައްޖެހިފާ ވަންނާނެ ތަނެއްނެތިފާ މާރަގަޅުވާނެ ތިފައިސާ އެމީހުންނައް ހަރަދު ކުރުއްޔާ.

The name is already taken The name is available. Register?

ނެގުނުކަތީބު

14 July 2020

އަހަރުމެން ކޮންމެހެން މިއުޅެނީ އައުޓްޑޯ ޖިމްތަކެއް ނެތިގެން ނޫޅެވިގެނެއް ނޫން! ކަސްރަތުކުރާނެ ބައިވަރު ބިންތަކާއި ކޮންމެ ރަށެއްގެ ވަރަށއިގެން ސާފުރީތި މުދު އެއޮތީ! ތިފައިސާ ކޯޅު ވެރިންނަށާއި މެމްބަރުންނަށްދީ! ދިވެހި ރައްޔަތުން މުރާލިވާންވީ.

The name is already taken The name is available. Register?

9658

14 July 2020

އިނޮސެންޓް ރާއްޖެތެރޭ މީހުންގެ ހިތްތަކުގައި އިންޑިޔާއަށް ލޯބި ޖައްސާ އިންޑިޔާވަރުގެ ބައެއް ނެތްކަން އެމީހުން ލައްވާ ގަބޫލު ކުރުވާ، ކުޑަކުދިންގެ ހިތްތަކުގައި އަޅުވެތިކަމަށް ލޯބިޖެއްސުމަށް ހިންގާ ޕްރޮޕަގެންޑާއެއް. ރައްރަށުގެ ރައްޔިތުން ނުކުމެ މިތަކެތި ބޭރުކޮށްލާ. އިންޑިޔާގެ ނަންވެސް މިގައުމުން ފޮހެލަން އެބަޖެހޭ.

The name is already taken The name is available. Register?

ބޮޑުމީހާ

14 July 2020

އިންޑިއާއިން 108 މިލިއަން ދިން ދުވަހު ހަފްލާއެއް. އޭގެއިން 2 މިލިއަނަށް ލޯންޗެއް ގަތް ދުވަހު ހަފްލާއެއް. އޭގެއިން 8 މިލިއަން ޖިމްތަކަށް ހަރަދުކުރީމަ ހަފްލާއެއް. ތި 108 މިލިއަން ހުސްވާއިރު ހާދަ ހަފްލާއެއް ބޭއްވޭނެތާ!

The name is already taken The name is available. Register?

12345

14 July 2020

ދިވެހި ރައްޔިތުންގެ ހިތުގައި އިންޑިޔާއަށް ލޯބި ޖައްސާ ދިވެހިން އެދިގެން އިންޑިޔާގެ އަޅުވެތިކަމަށް ގެންދަން އޮތް ޕްލޭނެއް. ދުވަހަކު ހުސްނުވާ 108 މިލިއަން ދިވެހި ރުފިޔާއެއް އެއީ. 108 މިލިއަން ރުފިޔާއަކީ 30 މުވައްޒަފުން ހިމެނޭ ދައުލަތުގެ އޮފީހެއްގެ 1 އަހަރު ދުވަހުގެ ބަޖެޓަށްވުރެވެސް ކުޑަކުޑައެއްޗެއް.

The name is already taken The name is available. Register?

އަލި ތަކުރުފާނު

14 July 2020

އާދޭސްކޮށްފަބުނަން ކޮލަމާފުށްޓަށް ތީގެ ޖިމެއް ހަދިޔާ ކޮށްދެއްވާތި.02 އަހަރު ވެގެން ދަނީ ކޮލަމާފުށްޓަކަށް އެއްވެސް ކަމެއް ކޮށްނުދެވޭ.ފަޅުވެސް އެއޮތީ އެއޮތްގޮތަށް.އެކަމަކު ތީގެ ޖިމެއް ހަދިޔާ ކޮށްފިއްޔާ ކޮލަމާފުށީ މީހުން ވަރަށް ހެޕީ ވާނެ.ބޭބެވެސް ހުންނާނެ އަތްޖަހަން.ދެން އޯކޭ ވާނެ މިދައުރު އެއްވެސް ކަމެއްކޮށްނުދިނަސް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454