އުނގޫފާރު ކައުންސިލްގެ އިދާރާ: ކާޑު ސަބްސިޑީގެ ގޮތުގައި ރައްޔިތުންނަށް ފައިސާ ދިނުމަށް ކައުންސިލުން ވަނީ ނިންމާފައި-- ފޮޓޯ: އުނގޫފާރުޑޮޓްކޮމް
05 އޮކްޓޯބަރ 2016 - 13:31
ކާޑުގެ ބާވަތްތަކުން ހަމައެކަނި ފަގީރުންނަށް ސަބްސިޑީ ދޭން ސަރުކާރުން ނިންމުމުން، ގިނަ ބަޔަކަށް އޭގެ ދަތިކަން ފޯރާކަމަށް ބުނެ އުނގޫފާރު ކައުންސިލުން އެ ރަށުގެ ހުރިހާ އެންމެންނަށް ކާޑުގެ ސަބްސިޑީ ދޭން ނިންމައިފި އެވެ.
އެމްޑީޕީގެ މެމްބަރުން ގިނަ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމެއްގައި ފާސްކުރި ގޮތުގައި މި މަހު އެކަކުން ފެށިގެން އެ ރަށުގެ ކޮންމެ ރައްޔިތަކަށް ކާޑުގެ ސަބްސިޑީގެ ގޮތުގައި މަހަކު 40 ރުފިޔާ ލިބޭނެ އެވެ. މިއީ އާބާދީގައި 1،652 މީހުން ދިރިއުޅޭ އެ ރަށުގައި މަހަކަށް ބަލާ ނަމަ 66،000ރ. އަށް ވުރެ ބޮޑު އަދަދެކެވެ.
ކާޑުގެ ސަބްސިޑީގެ ގޮތުގައި ސަރުކާރުން ފަގީރުންނަށް ދޭން ނިންމާފައިވަނީ ގޭބިސީއަކަށް މަހަކު ގިނަވެގެން 240 ރުފިޔާ އެވެ. މިއީ އާއްމުކޮށް ގޭބިސީއެއްގައި ހަ މީހުން ތިބޭނެ ކަމަށް ބަލާފައި ބޮލަކަށް 40ރ ގެ ނިސްބަތުން ކަނޑައަޅާފައިވާ މިންވަރެވެ.
އުނގޫފާރު ކައުންސިލްގައި މިހާރު ތިބެނީ އެމްޑީޕީ ދެ މެމްބަރުންނާއި ޕީޕީއެމް އަދި ޖޭޕީގެ މެމްބަރެކެވެ. ކައުންސިލްގައި ކުރިން ހިމެނުނު ޕީޕީއެމް މެމްބަރަކު އިސްތިއުފާ ދެއްވި ފަހުން ކައުންސިލް ހިންގަމުން އަންނަނީ ހަތަރު މެމްބަރުންނާ އެކުގަ އެވެ.
ކައުންސިލްގެ އެމްޑީޕީ މެމްބަރު ތޯހާ ހުސެން ވިދާޅުވީ ސަރުކާރުން ކުއްލިއަކަށް ގެނައި މި ބަދަލުގެ ސަބަބުން އެ ރަށުގެ ގިނަ ބަޔަކަށް ދަތިވި ކަމަށެވެ. އެހެންވެ، "ސަރުކާރުން ރައްޔިތުންނަށް ރަނގަޅު ގޮތެއް ހޯދައިދެން ދެން" ކައުންސިލުން އެހީވާން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރައްޔިތުންނަށް އެ ފައިސާ ދޭނެ ގޮތެއް ކައުންސިލަކުން އަދި ކަނޑައެއް ނާޅަ އެވެ. އެކަމަކު ތޯހާ ވިދާޅުވި ގޮތުގައި ގޭބިސީއެއްގައި މީހުން އުޅޭ އަދަދު ބަލާފައި ކޮންމެ މަހަކު ވެސް އެގެއަކަށް ވާވަރަށް ފައިސާ ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ.
"ސަރުކާރުގެ ނިންމުން އަޅުގަނޑުމެން ކުށްވެރިކުރަން. މިއީ ގިނަ ބަޔަކަށް ތަކުލީފުތަކެއް އުފުލަން ޖެހުނު ނިންމުމެއް،" ތޯހާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ފުޅާ ދާއިރާއެއްގައި އެ ރަށު ކައުންސިލުން ވިޔަފާރިކޮށް، ފައިސާ ހޯދަމުން އަންނައިރު، މި ފަދަ ދަނޑިވަޅެއްގައި އެ ފައިސާ ރައްޔިތުންނަށް ބެހުން ހައްގުވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ކައުންސިލަށް ފައިސާ ލިބޭ. އެކަމަކު މިއީ ރައްޔިތުންގެ ފައިސާ. އެހެންވެ، އަޅުގަނޑުމެން ދެކޭ ގޮތުގައި މި ފައިސާ މި ދަނޑިވަޅު ރައްޔިތުންނަށް ބޭނުންވާނެ،" ތޯހާ ވިދާޅުވި އެވެ.
ކާޑުގެ އަގަށް ގެނައި ބަދަލާ ގުޅިގެން މާލެ އާއި އެކި ރަށްރަށުގައި ދަނީ ނުރުހުން ފާޅުކުރަމުންނެވެ.
އެގޮތުން އެކަމާ ދެކޮޅަށް އައްޑު އާއި މާލޭގައި މުޒާހަރާކޮށްފައިވާއިރު އިއްޔެ ވަނީ ޏ. ފުވައްމުލަކުގައި ހުންނަ އެސްޓީއޯގެ ފިހާރައެއް ބަންދުކޮށް، އެތަނުގައި ބަޔަކު އަޑު އުފުލާފަ އެވެ. އަދި މިކަމާ ދެކޮޅަށް، މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ)ގެ ބޮޑު އެއްވުމެއް މާލޭގައި ބާއްވަން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝަންނަ
10 October 2016
އުނގޫފާރު ކައުންސިލަރުން ވަރުގެ ބަޔަކު ނުތިބޭނެ. އުނގޫފާރު ކައުންސިލަރުންނަކީ އެހެންކައުންސިލްތަކަށް ނަމޫނާއެއް.
އަހުމަދު
06 October 2016
އަޅުގަނޑު ގަބޫލުކުރާގޮތުގައި ތިޔަ ކައުންސިލުގައި ތިއްބެވީ ރަށުގެ ރައްޔަތުންދެކެ ލޯބިވާ 4 ކައުންސިލުން... ތިޔައީ ނަމޫނާ ބޭފުޅުންތަކެއް... ދައުލަތުގެ ބަޖެޓުން ޚަރަދުނުކޮށް ކައުންސިލުން ކުރާ ވިޔަފާރީގެ ނަފާއިން ރައްޔަތުންނައް ނިންމި ނިންމުމަކީ ރައްޖޭގެ އެހެނިހެން ކަންކޮޅުތަކުގެ ކައުންސިލުންނައް ފޮނުވާލެވޭ ފެހި ސިގުނަލަެއްކަމައް ގަބޫލުކުރަން.... ގިނަ ރައްތަކުގައި އުޅޭ ކައުންސިލުންނަކީ ވަރައް ޝޯއޮފް ބަޔެއް ނިދަނީ ވެސް ޓައި އަޅައިގެން އަދި ބޯކޮށައް ވެސް ފެންނަގޮތުގައި ތިބެނީ ޓައި އަޅައިގެން... އެކުވިސްޓުން ރައްޔަތުންގެ ކަންތައްތަކުގައި ބަސްބުނަން ތިބޭނަމަ ފެނިގެންދާނީ ނާތަހުޒީބީ އަން އެޑިއުކޭޓޭޑް އެކުޓިވް ތައް... ސާބަސް އަދިވެސް އުނގޫފާރުގެ ތިޔަ ހިތްވަރުގަދަ 4 ކައުންސިލުންނައްވެސް...
އުނގޫފާރު މީހާ
06 October 2016
ކާއެއްބަޔަކު ނުކާހައްޤުވާ ފަރާތަކަށްދީގެންކާންވެގެން އެއީ ހިޔޮއެދުމެއްނޫން އެއީދެއްކުތެރިކަން ރައްޔިތުންގެ ފައިސާޔޯ އެކަމަކު ރައްޔިތުމީހާ ބޮޑު ނުރައްކާތެރިބައްޔެއްދެހިފައިވާ މީހަކު އެހީއެއްނުވަތަ ސަލާންޖެހީމާވެސް 50ލާރިވެސް ދޭންނުކެރޭ ކައުންސިލެއްގެ ވާހަކަ ތިޔަ ދައްކަނީ ފުރަތަމަ ރައްޔިތުމީހާއަށް އެހީތެރިކަމެއްފޯރުކޮށްދެވޭނީ ގަޑިއަށް ކައުންސިލަށް ހާޟިރުވެގެންނޫންތޯ ދެދުވަހުން އެއްދުވަހު ސަލާމް އަގަފުޅާކުރާތި ރުފިޔާ މަތިމައްޗަށް އުކިޔަސް މިހާރު ކައުންސިލުގައި ތިބި ކައުންސިލަރަކަށް މަށެއްވޯޓެއްނުދޭނަށް ވަރަށް ސާފް
އަބުރު
06 October 2016
މި ނުކުޅެދޭ ސަރުކާރަށް މިކަން ނުވަންޏާ އެހެން މީހުން މިކަން ކުރަން އެބަޖެެހޭ ފަޤީރުންނަށްޓަކައި
ލަބީދް އެންޑް ކަބީރް
05 October 2016
މީ ހާދަ ފައްކާ ކައުންސިލަރުން އުޅޭ ރަށެކޭ.
ކޮމެންޓޭ
05 October 2016
ޖެނުއަރީގަ އޮންނަ އިލެކްޝަނަށް ރަށްޔިތުން ފައިސާއިން ކެމްޕެއިން.
އުނގޫފާރު މީހާ
06 October 2016
ކޮއްކޯ މިތިބުނާ ކަހަލަ ކަމެއް ނޫން. ވ ސަލާމް.
ފަސީހު
05 October 2016
ތިކަން ތިގޮތަކަށް ކުރާކަށް ނުވާނެ . ތީވަރަށް ބޮދު ގޯހެއް. ސަބުސިޑީއަކީ ސަރުކަރުން ދޭންޖެހޭއެއްޗެއް. ރަށު ކައުންސިލްގަހުރި ފައިސާ ތިޔަގޮތަށް ހުސް ނުކުރައްވާ. ތިކަން ވަނީ ދެއްކުންތެރިކަމަކަށް
ސ
05 October 2016
އައީ ކީއްވެ، އެމީހުން އެތިބީ ރައްޔަތުން ހޮވާފަ، އަދި އެ ދެނީ ރައްޔަތުންގެ ފައިސާ، ނުޖެހޭ ކާޑަށް ޖައްސާފަ އެހެންކަންތަށް ކުރާކަށް. އަދި ފަާލުން ނައްޓާފަ އޮތް ސަރުކާރެއްގެ ސަބަބުން ރައްޔަތުން ހާލުގަ ނުޖައްސާ ވާން އޮތް ގޮތެއް ހަދައި ދޭން ޖެހޭ. ސާބަސް ކައުންސިލް ތީ ރަށްޔަތުން ދެކެ ހަގީގީ ލޯބި ވުމަކީ
މާލޭ މުޙައްމަދު
05 October 2016
ތިޔަ ކައުންސިލްގަ ތިބީ އެމް.ޑީ.ޕީ 4 މެމްބަރުން
އައްޔަ
05 October 2016
ޚަބަރުގެ 2 ވަނަ ޕެރެގްރާފްގައި ރަށުގެ ކޮންމެ ރައްޔިތަކަށް މަހަކު -/40ރ ކަމަށް އޮވެފައި، 6 ވަނަ ޕެރެގްރާފްގައި؛ "ރައްޔިތުންނަށް އެ ފައިސާ ދޭނެ ގޮތެއް ކައުންސިލަކުން އަދި ކަނޑައެއް ނާޅަ އެވެ. އެކަމަކު ތޯހާ ވިދާޅުވި ގޮތުގައި ގޭބިސީއެއްގައި މީހުން އުޅޭ އަދަދު ބަލާފައި ކޮންމެ މަހަކު ވެސް އެގެއަކަށް ވާވަރަށް ފައިސާ ފޯރުކޮށްދޭން ވަނީ ނިންމާފަ އެވެ." މިހެން އޮތުމުން ދެކޮޅު ނުޖެހެއެވެ.
މޯރޗް
05 October 2016
އެ ބުނަނީ ސިޓީ އުރައިގައި ދިނުންތޯ ނުވަތަ އެކައުންޓަށް ލާނީ ތޯ އަދި ނުނިންމާ ވާހަކަ. ސަބަބަކީ ބޭންކް އެކައުންޓް ނެތް މީހުން ގިނަވާނެތީ.
ހަބީބު މީދޫ
05 October 2016
ކޮބާމީދޫ މީހުންގެ ހައްގުތައް މަގުތަކުގަ ތާރު އަޅަމޭ ކިޔައިގެންވެސް ހުސްދޮގު ހަދަނީ ޔާމިނައް ވޯޓުލެވުނީތީ ހިތާމަކުރަން ދުވަހަކުވެސް ޔާމީނަކައް ވޯޓެއް ނުލާނަން
އަހމަދު
05 October 2016
ވަޤުތު ޖެހުނީމަ ލާނެ . މިހާރު ނުލާވާހަކަ ބުންޏަސް. ފައިސާ ލިބެންފެށީމާ. ނުބެލޭނެ ފަހަކަށް.