އިންޑިއާގެ ބޮޑު ވަޒީރު މޯދީ ސިފައިންނާ ބައްދަލު ކުރައްވައި ވާހަކަ ދައްކަވަނީ. --ފޮޓޯ:ސައުދީ ގެޒެޓް
30 ޖެނުއަރީ 2020 - 14:26
ނިއު ދިއްލީ (ޖެނުއަރީ 30) - ޕާކިސްތާން ބަލިކޮށްލަން އިންޑިއާ އަށް 10 ދުވަސް ވެސް ނުނަގާނެ ކަމަށް ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
"ޕާކިސްތާން ވަނީ މިހާތަނަށް ތިން ހަނގުރާމައަކުން ބަލިވެފައި. ޕާކިސްތާން ބަލިކޮށްލަން އިންޑިއާ ސިފައިންނަށް ބޭނުންވާނީ 7-10 ދުވަސް،" ބޭސްބޯޅަ ކެޕެއް އަޅުއްވައިގެން ހުންނަވައި، ސިފައިންނާ ބައްދަލު ކުރައްވައި މޯދީ ދެއްވި ތަގްރީރެއްގައި ވިދާޅުވި އެވެ.
ރައްވެހިކަމުގެ ގާނޫނާ ދެކޮޅަށް މުޒާހަރާތައް އިތުރުވުމާއި އިގްތިސާދު ދަށަށް ދިއުމުން މޯދީގެ ސަރުކާރަށް މި ދުވަސްވަރު ވަނީ ފާޑުކިޔުންތައް އަމާޒުވެފަ އެވެ.
ދެކުނު އޭޝިއާގެ ނިއުކްލިއާ ދެ ބާރު ކަމަށްވާ އިންޑިއާ އާއި ޕާކިސްތާނުން ވަނީ ތިން ހަނގުރާމަކޮށްފަ އެވެ. އަދި ކަޝްމީރުގައި ތިބޭ އިންޑިއާ ސިފައިންނަށް ދިން ހަމަލާއަކާ ގުޅިގެން ދެ ގައުމުގެ މެދުގައި މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ވަނީ ކުރިމަތިލުންތަކެއް ހިންގައިފަ އެވެ.
މޯދީގެ ވާހަކަތައް ޕާކިސްތާނުން ވަނީ ކުށްވެރިކޮށްފަ އެވެ. ފޮރިން މިނިސްޓްރީން ބުނީ އެއީ ވަރަށް ޒިންމާދާރުކަން ކުޑަ ވާހަކަތަކެއް ކަމަށެވެ.
އިންޑިއާ އާއި ޕާކިސްތާނުން ވަނީ 1947، 1965 އަދި 1971 ގައި ހަނގުރާމަކޮށްފަ އެވެ. ދެ ގައުމުން ވަނީ 1999 ގައި ވެސް ތަޅާފޮޅުމަކަށް ގޮސްފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަސް
31 January 2020
މޮދީ އަށް ތާއީދު އޮތީ މުސްލިމުންނާ ޖައްސާލައިގެން އުޅޭތީ ހަރުކަށި ހިންދޫންނާއި ކިރިސްޓިއަނުން ފަރާތުން
ޢަދުރުއްނިހާނު
31 January 2020
ދޮންކަލޯ މޮޔަނުވޭ....
31 January 2020
މިހާލަތުގަ ވެސް މި ގޮލާ މި ގޮތަށް... ނަފްރަތު އުފެއްދުމުގަ.... މޯދީ އަކަށް ނޭގޭތަ ދުނިޔެ އޮތީ ސިއްހީ ކުލި ހާލަތުގަ ކަމެއް....
ދާދޭ
31 January 2020
މޮޑީއާއި އަދުރޭއާ ވަރަށް އެއްގޮތްކަމެއްހުރޭ ވާހަކަ ދެއްކުމުގައި. އެއީ މޮޑީ ވާކަދައްކާއިރު އަހަރު ބުނުން ފިޔަވައި ދުވަހަކުވެސް ހިސާބުގެ އަދަދެއް ނުކިޔާނެ. އެއީ އަދިރޭއަށްވުރެ ހިސާބަށް މޮޅުކަމަށް އިންޑިޔާ މީހުންނަށް އެނގިދާނެތީ. އަނެއްކާ ކޮބާ ތަރިވެސް ގެނެސް ހިންދޫންގެ އަތްމަތީގައި މިހާރުވެސް ބާއްފަނަމޭވެސް ބުނެފާނެ. ދެން ބާރަށް އަތްޖަހާ.
ޝޮކްތެރަޕީ
30 January 2020
ޕާކިސްތާން ހަގުރަމައެެއް ކޮއްފީޔާ އިންޑިޔާ ބަލިވާނެ މިހާރު އިންޝާﷲ
ކައުންސެލަރު
30 January 2020
އަމިއްލައަށް މޮޔަވީ ކޮންއިރަކުބާ؟ ބުނަން ވާހަކައެއް. ދަތްއަޅަންކެރޭ ކުއްތާއެއް ވައްވަކެއް ނުޖަހާނެ. އިހައްދުވަހު ކުރި ފްރެންޑްލީ ފަޔާގަ އަހަރެމެންނަށް ތިކަން އެނގިއްޖެ. ޕާކިސްތާން ވިސްނުން އިސްކުރީމާ ތިމާމެން އަނދަގޮނޑި ނުޖެހި ތިޔަތިބީ. ދެންވެސް ރާޑަރޭ ނުކިޔާ ހުރޭ. ނޫނީ ފަޟީހަތްވާނީ އަދި މާބޮޑަށް. ކަކަ
ޖަމާލު ރިޒްވީ
30 January 2020
މޯދީ އަކީ ހައްދުފަހަނާ އަޅާފައިވާ ހަރުކަށީ ފިކުރު ގެ ހިންދޫއެއް
ފޮނި ނަތަންޔާހޫ
30 January 2020
ތިއީ ޓްރަމްޕް ދައްކާ ޒާތުގެ ވާހައެވެ. އެހެން ކަމަށް ވާނަމަ ޕާކިސްތާ ބަލި ކޮށްފައި އިސްލާމް އާބާދުގައި އިންޑީއާގެ ގާޑިއާ ފުރޮޅު ޖެހި ދިދަ ޖަހަންވީނު ދޯ؟
falcon_autho
30 January 2020
ކޮންމެ އެއްވުމެއްގައިވެސް މިކަލޭގެއާއި އަމިތުޝާހާއި ދެމީހުންނަށް އަބަދުވެސް ދެއްކެނީ ޕާކިސްތާނުގެ ވާހަކަ. ގައުމުގެއިގްތިޞާދާއި ވަޒީފާއާނެތް މީހުންނާ ބެހޭގޮތުން ޗުއްޕުވެސް ބުނަން ނުކެރޭ
ގެރި ގާޑިޔާ
30 January 2020
މީ އަނގަ މަޖާ