އާނޯލްޑް.
04 ފެބުރުއަރީ 2020 - 07:10
ޑްރެޑްލޮކްސް އިސްތަށިގަނޑެއް އޮންނާތީ އެމެރިކާގެ ސްކޫލުން ސަސްޕެންޑްކުރި ދަރިވަރަކަށް ހިތްވަރު ދިނުމުގެ ގޮތުން ސްކޮލަޝިޕެއް ދީ، އަންނަ ހަފުތާގައި ބާއްވާ އޮސްކާ އެވޯޑްސް ހަފުލާގައި ބައިވެރިވާން ދައުވަތު ދީފި އެވެ.
ސަސްޕެންޑްކުރި 18 އަހަރުގެ ފިރިހެން ދަރިވަރު ޑިއެންޑްރޭ އާނޯލްޑް، މަޝްހޫރު ހޯސްޓް އެލެން ޑިޖެނެރެސްގެ ޝޯގައި މިދިޔަ ބުދަ ދުވަހު ބުނީ އޭނާގެ ވަކި ކަހަލަ އިސްތަށިގަނޑެއް އޮންނާތީ ސްކޫލްގެ ޕްރިންސިޕަލް ގެންދިޔައީ އިސްތަށިގަނޑު ކޮށައިލަން އިންޒާރު ދެމުން ކަމަށެވެ. އެކަމަކު ޑްރެޑްލޮކްސް އިސްތަށިގަނޑެއް އޮތަސް ސްކޫލްގެ ޑްރެސްކޯޑާ ހިލާފުނުވާ ކަމަށާއި އިސްތަށުގަނޑު ކޮނޑަށް ވުރެ ތިރިއަށް ނުބައްޓާ ކަމަށް ބުންޏެވެ. އަދި އިސްތަށިގަނޑު ގެންގުޅެނީ ވެސް ވަރަށް ސާފުތާހިރުކޮށް ކަމަށް ބުންޏެވެ.
އާނޯލްޑް ކިޔައިދިން ގޮތުގައި އޭނާ ސްކޫލުން ސަސްޕެންޑްކުރީ އިސްތަށިގަނޑު ކޮށައިނުލާ ނަމަ ގްރެޖްއޭޝަނުގެ ފުރުސަތު ވެސް ގެއްލޭނެ ކަމަށް އިންޒާރު ދިނުމަށް ފަހު އެވެ.
DeAndre deserves better. pic.twitter.com/f06bVcm74X
— Ellen DeGeneres (@TheEllenShow) January 29, 2020
"އަހަރެންގެ އިސްތަށިގަނޑަކިީ އަހަރެންގެ އަމިއްލަވަންތަކަން ދައްކުވައިދޭ ކަމެއް. މިއީ އަހަރެން އިސްތަށިގަނޑަށް އަމިއްލަ އަށް ގެނެސްގެން އުޅޭ ސްޓައިލެއް ނޫން. މިއީ ގުދުރަތީ ގޮތުން ވެސް އަހަންނަށް ލިބިފައި އޮތް އިސްތަށިގަނޑެއް،" ބައްޕަ އަކީ އެފްރިކާގެ ގައުމެއް ކަމަށްވާ ޓްރިނިޑާޑަށް ނިސްބަތްވާ މީހެއްކަން ފާހަގަކޮށް އާނޯލްޑް ބުންޏެވެ. "އެހެންވީމަ އަހަރެންގެ އިސްތަށިގަނޑު އަހަންނަށް ވަރަށް މުހިއްމު."
ދަރިވަރު ބުނިގޮތުގައި އިސްތަށިގަނޑު އޮތް ގޮތް ގޮތުން ސްކޫލުން ފިޔަވަޅު އެޅުމަކީ އެކި ސަގާފަތްތަކުގެ މީހުންނާ ދޭތެރޭ ތަފާތުކުރުން ގެންގުޅޭކަމުގެ ހެއްކެކެވެ.
އާނޯލްޑުގެ ތަޖުރިބާގެ ވާހަކަ އެލެންއާ ހިއްސާކުރުމުން އޭނާ ވަނީ ދަރިވަރަށް 20،000 ޑޮލަރުގެ ސްކޮލަޝިޕަކުން ކިޔެވުމުގެ ފުރުސަތު ވެސް ދީފަ އެވެ.
މި މަހުގެ 9 ވަނަ ދުވަހު ބާއްވާ 92 ވަނަ އޮސްކާ އެވޯޑްސްގައި ބައިވެރިވާން އާނޯލްޑަށް ފުރުސަތު ދިނީ ބެސްޓް އެމިނޭޓެޑް ޝޯޓް ފިލްމު ކެޓަގަރީ އަށް ނޮމިނޭޓްވެފައިވާ "ހެއާ ލަވް" ގެ ޓީމުންނެވެ.
އެ ފިލްމުގެ ޕްރޮޑިއުސަރު އަދި ބާސްކެޓް ކުޅުންތެރިޔާ ޑްވޭން ވޭޑް އާނޯލްޑަށް ތާއީދުކުރަމުން ސީބީއެސް ނިއުސްގައި ހުކުރު ދުވަހު ބުނީ އެ މީހުން އޭނާ ބަލައިގަންނަނީ ހިތުގެ އަޑިން ކަމަށެވެ. އަދި އޮސްކާ ހަފުލާގައި އާނޯލްޑާއި އޭނާގެ މަންމަ ބައިވެރިވާން ހުރިހާ އިންތިޒާމުތަކެއް ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ.
#HairLove is live! It’s an animated short film about an African American father learning how to do his daughters hair for the first time. Written & Directed by me, co-directed by @BruceAlmighteee @Mr_Scribbles & stars @IssaRae. @SonyAnimation #HairLove pic.twitter.com/RRlh2Ncol1
— Matthew A. Cherry (@MatthewACherry) December 5, 2019
"ހެއާ ލަވް" މޭސްތިރިޔާ މެތިއު ޝެރީ ބުނީ އެ މީހުންގެ ފިލްމުގެ ވާހަކަ އާއި އާނޯލްޑާ ވަރަށް އެއްގޮތް ކަމަށާއި އެ މީހުން މިހާރު ގަބޫލުކުރަނީ ފިލްމުގައި ކިޔައިދެވުނީ ދަރިވަރުގެ ވާހަކަ ކަމަށެވެ.
އާނޯލްޑް ވަނި އޭނާ އަށް ކުރިމަތިވި ހާދިސާއާ ގުޅިގެން ތާއިދުކުރި އެންމެންނަށާއި އެހީތެރިކަން ފޯރުކޮށްދިން އެންމެންނަށް ޝުކުރު ވެސް އަދާކޮށްފަ އެވެ.
"އަހަންނާ އެކު ވަރަށް ގިނަ ބަޔަކު ތިބިކަން އެނގިއްޖެ،" އާނޯލްޑް ސީބީއެސްގައި ބުންޏެވެ. "ވަރަށް އުފާވެއްޖެ. އަދި އެންމެންނަށް ޝުކުރު ވެސް އަދާކުރަން."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ނޫން
04 February 2020
ޓްރިނިޑާޑް / ޓްރިނިޑާޑް އެންޑް ޓޮބޭގޯ އަކީ ކެރީބިަން ގައުމެއްކަމަށް އަހަރުމެން ހީކޮށްގެން މިއުޅެނީ! ނާހަމަ ހަގީގަތުގައިވެސް އެއީ އެފްރިކާ ގައުމެއް ތަ؟
ކަފާނި
04 February 2020
އެލެން މިހާރު އިނދެގެން އުޅެނީ ރަނގަޅު މީހަކަ. އޭނައަށް ހެޔޮ ރަހު މަތް ލައްވާށި.
މޮގޮމްބޯ
04 February 2020
އެލެން އަށް ސުވަރުގޭގެ ނިއުމަށް ދެއްވާދެވެ.
މަކްތަބު
04 February 2020
ސުބުހާނަﷲ