ނާހިލް
10 ފެބުރުއަރީ 2020 - 10:37
އޯ ލެވެލްގައި އަށް މާއްދާއިން އޭ ސްޓާ ހޯދައި، ރާއްޖެއިން ފަހުރުވެރި އެއް ވަނަ ހޯދި މަދު ދަރިވަރުންގެ ތެރޭގައި ހިމެނޭނެ ކަމަށް މުހައްމަދު ނާހިލް އަހުމަދު އެއްގޮތަކަށް ވެސް ހިއެއް ނުކުރެ އެވެ. ނަމަވެސް ތައުލީމީ ގޮތުން އަބަދުވެސް ވިދަވިދާ ހުރި އެ ދަރިވަރު ވަނީ، މުޅި ރަށާއި އަތޮޅު ފަހުރުވެރިކޮށް ރަން ވަނަ ހާސިލްކޮށްފަ އެވެ.
ގަލޮޅު މަދަރުސާ އިން ނާސަރީ ނިންމުމަށް ފަހު، އުފަން ރަށް، ބ. އޭދަފުއްޓަށް ބަދަލުވެ، ގްރޭޑު 10އާ ހަމައަށް ކިޔެވުން ނިންމާލީ އެ ރަށުގައި ހުންނަ އަތޮޅު ތައުލީމީ މަރުކަޒުގެ، މިިދިޔަ އަހަރުގެ އެންމެ މޮޅު ދަރިވަރުގެ މަގާމާ އެކުގަ އެވެ.
ނާހިލް (ކ)، ސްކައުޓު ހަރަކާތެއްގެ ތެރެއިން.
ނާހިލް ބުނީ ކޮންމެ ރެއަކު ކަހަލަ ގޮތަކަށް 9:00-9:30 އާ ދެމެދު ނިދަން އޮށޯތުމަށް ފަހު ދަންވަރު ތެދުވެ، ފިލާވަޅު ދަސްކުރަން ފަށާ ކަމަށެވެ.
"ގްރޭޑު 8ގައި މި ފާހަގަވީ ދަންވަރު ހޭލައިގެން ފޮތްކީމަ މާ ފަސޭހައިން ދަސްވާކަން. ދަންވަރު ހޭލައިގެން ހަތަރެއް ޖަހަންދެން ފޮތް ކިޔާފައި ބްރޭކެއް ނަގާފައި، އަނެއްކާވެސް ފަތިސް ނަމާދު ކޮށްލައިގެން ކިޔަވަން ފަށަނީ. އެގޮތަށް ކިޔެވީމަ ވަރަށް ފަސޭހަވި،" ނާހިލް ބުންޏެވެ.
ސްކޫލުގެ ހެލްތު ކްލަބުގެ ރައީސަކަށް ވެސް މިދިޔަ އަހަރު ހުރި ދަރިވަރު ބުނި ގޮތުގައި އޭނާއަށް އެންމެ އުނދަގޫވީ އިސްލާމާއި ދިވެހި މާއްދާ އެވެ. އެ ދެ މާއްދާގެ ނަތީޖާ ރަނގަޅުކުރަން، ގްރޭޑު އަށަކުން ފަށައިގެން ދިވެހިން ޓިއުޝަން ނެގިއިރު ގްރޭޑު 10 ގައި އިސްލާމް މާއްދާއިން ޓިއުޝަން ނެގި އެވެ. އޭގެ އިތުރުން ސީނިއަ ދަރިވަރުން ކައިރި އަހައިގެން ވެސް މާއްދާތަކުގެ މައުލޫމާތު އޮޅުންފިލުވި އެވެ.
ނާހިލް، އޭނާގެ މަންމަ އާއި ބައްޕަ އަދި ކޮއްކޮއާ އެކު
ޕައިލެޓަކަށް ވުމުގެ ހުވަފެންތައް ދެކެމުން އަންނަ ނާހިލް ބޭނުންވަނީ އޭ ލެވެލް ވެސް ރަށުގައި ހުރެގެން ކިޔަވާށެވެ.
އޭނާ ބުނީ ކިތައްމެ ފެންވަރު ރަނގަޅު ސްކޫލަކަށް ދިޔަސް އެކަމެއްގައި އޮންނާނީ ކުއްޖާގެ ޝައުގުވެރިކަން ކަމަށެވެ. އެހެންވެ އެކަމުގައި މުހިއްމީ ދަރިވަރުން ކިޔަވާ ސްކޫލެއް ނޫން ކަމަށް އޭނާ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނެވިމީހާ
11 February 2020
ކަރަންޓޭއަށް ވަރަށް މަރުހަބާ!
ޑެލްބޯއި
11 February 2020
ތީ ރަގަޅު ނަސޭހަތެއް ނޫން. އޭލެވެލް ހެދުމަށް ހޭދަކުރާ ދެ އަހަރަކީ ހަމައެކަނި ކިޔަވާ ދެ އަހަރެއް ނޫން. އެއީ ކުއްޖާ އަށް ވަރަށް ގިނަ ތަޖްރިބާތަކެއް ލިބޭ ދެ އަހަރު. ބޮޑުވަމުން އަންނަ ކުއްޖަކަށް އެ ދެ އަހަރުގައި ލިބޭ އިލްމާ އަދި ޓީޗަރުންގެ ފަރާތުން ލިބޭ ގައިޑަންސް އަކީ ދިރިއުޅުމުގައި ވަރަށް މުހިއްމު އެއްޗެއް. އޭލެވެލް ނަހަދާ ފައުންޑޭޝަން ހަދައިގެން ޑިގްރީ ހަދާ ކުދިން ވެސް އެހަދަނީ ވަރަށް ބޮޑު ގޯހެއް. މަގޭ ނަސޭހަތަކީ އޭލެވެލް ހަދާފައި ކުރިއަށްދިއުން
ޙުސާމް
10 February 2020
ބ.އަތޮޅު ތަޢުލީމީ މަރުކަޒުގެ ޕުރިންސިޕަލަކީ ވ ހިންހެޔޮ ހިންގުންތެރި ބޭފުޅެއް
އަހްމަދު
10 February 2020
އަލްހަމްދިﷲ ނާހިލްއާ ނާހިލްގެ ޢާއިލާއަށް އިތުރުކާމިޔާބައްއެދެން
ީސަޅި!!
10 February 2020
ވަރަށް ރަނގަޅު ނާހިލް އަށް ކާމިޔާބު އެދެން
އަހުމަދުބޭ
10 February 2020
ތިޔަހޯދި ކާމިޔާބާ އެއްވަރަށް އަމަލީ މައިދާނުގައިވެސް ކުރިއެރުން ހޯދައިނެކަމަށް އުއްމީދު ކުރަން،
މޯ
10 February 2020
ކާލޭނޭ ކެމްބްރިޖުގެ އުނގުވިޔަފާރިން މިގައުމު ސަލާމަތްކޮށް އަމިއްލަ އެގްޒާމަކާ ދިމާއަށްދޭބަލަ.
ރޫހް
10 February 2020
އަށް އޭ ސްޓާ ހޯދުނީމަ ދެން މާމޮޅުވީ. މިގޮތް އެބަ ބަދަލުކުރަން ޖެހޭ. މޮޅުވުމަކީ ޕާސްޕޭޕަރު ހިތުދަސްކޮށްގެން އޭ ހޯދުމެއް ނޫން. ދިރިއުޅުމުގެ މައިދާާން އަދި މާތަފާަތު. ނާހިލްއަށް އިތުރު ކާމިޔާބީއަށް އެދެން
ނާހިލް އަށް ހެޔޮއެދޭ
10 February 2020
ދިރިއުޅުމުގެ މައިދާން ތަފާތު ކަމުގައި ވިޔަސް އަށް އޭ ސްޓަރ ހޯދޭނީ ހަމަ ވަރަށް ވަރަށް މޮޅުވީމަ. ހާދަ ބުރަ މަސައްކަތުންނޭ އެވަރުގެ ނަތީޖާއެއް ލިބޭނީ. ޕާސްޓްޕޭޕާސް ހިތުދަސް ކޮށްގެނެއްނޫން މިކުދިން މޮޅުވަނީ. މާޝާ ﷲ ނާހިލް ވ ވ މޮޅު. އިތުރު ކާމިޔާބީ މިންވަރުކުރައްވާށި. އާމީން.
ޑޯން
10 February 2020
ސްކޫލް ތަކުގައި ކުދިންގެ މެމޮރީ ހުނަރެއްނޫ
ކިޔާ
10 February 2020
އަލްޙަ މްދުލިﷲ. ނާހިލްއާއި ނާހިލްގެ އާއިލާއަށް މަރުހަބާ..