09 ފެބުރުއަރީ 2020 - 11:25
އައްޑޫ ހިތަދޫގައި ވިޔަފާރި ގާޑިއަލެއްގައި އަލިފާން ރޯކޮށްލައި، ބޭނުން ނުކުރެވޭ ވަރަށް އަންދާލައިފި އެވެ.
ހިތަދޫގައި ކުރިން އެކި ކަހަލަ ޖޫސް ވިއްކަން، ސޯލާ ކަރަންޓް ބޭނުންކޮށްގެން ހިންގަމުން ދިޔަ ގާޑިޔަލުގައި ރޯކޮށްލާފައި ވަނީ ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. މިދިޔަ އަހަރުން ފެށިގެން އެ ގާޑިޔާ ހިންގަމުން އަންނަނީ "ޖަޒީރާ ގާޑިޔާ"ގެ ނަމުގައި އެކި ކަހަލަ ދިވެހި އުފެއްދުންތައް ވިއްކުމަށެވެ.
އެމްޑީއެފް ސަދަން އޭރިއާ އިން ބުނީ، ހިތަދޫ ލިންކް ރޯޑް ސަރަހައްދުގައި ހިންގާ ގާޑިޔަލެއްގައި ރޯކޮށްލި ކަމުގެ މައުލޫމާތު ލިބުނީ ފަތިހު 5:45 ކަންހާއިރު ކަމަށެވެ. އަދި އަލިފާންގަނޑު ނިއްވައިލެވުނު އިރު، އޭތި އޮތީ ބޭނުން ނުކުރެވޭ ވަރަށް އަނދާފައި ކަމަށް ވެސް އެމްއެންޑީއެފުން ބުންޏެވެ.
Addu City Hithadhoo gai viyafaarikuran beynunkuraa magumathee gaadiyaleh gai alifaan roavegen MNDF Southern Area S.Hithadhoo Fire Station in harakaaiytherive alifaan nivaalaifi. Rey fathihu 05:45 haairu hingi mihaadhisaa gai gaadiyaa vanee beynun nukurevey varah andhaafa pic.twitter.com/KyjO6uD4rm
— Maldives National Defence Force (@MNDF_Official) February 9, 2020
ހިތަދޫގެ މީހުންގެ މެދުގައި މަޝްހޫރު "ސޯލާ ގާޑިޔާ" ނުވަތަ "ޖަޒީރާ ގާޑިޔާ" ގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ވެސް ރިޕޯޓްކޮށްފައި ވާތީ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ. ނަމަވެސް ގާޑިޔަލުގައި ރޯކޮށްލި ސީދާ ސަބަބެއް ސާފެއް ނުވެ އެވެ.
އެނގިފައިވާ ގޮތުގައި ގާޑިޔަލުގައި ރޯކޮށްލީ އެ ހިންގާ މީހުންނާއި ގްރޫޕެއްގެ ބަޔަކާ ދެމެދު ދާދި ފަހުން މައްސަލަތަކެއް ޖެހި، ކޯޅުންތަކެއް ވެސް ހިނގާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބިރިހިންބެއްޔާ
09 February 2020
ސިޔާސީ ވަޒީފާ ގިނަވުމަށް ރަގަޅު ޙައްލެއް. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި 18 އަހަރުންމަތީގެ ކޮންމެ 2 މީހަކަށް ފުލުހެއް ބެހެއްޓުން ވަރަށް ރަގަޅު. އޭރުން މިފަދަ ހުރިހާ ކަމަކަށް ޙައްލު އައިސ
ޙަބީބު
09 February 2020
ޖޯޝުގަ ޖެހިގެން ކުރިކަ މެއްއެއީ ތިޔަ ނާތަހުޒީބު އައްޑޫގެ ވާހަކަ ރަނގަޅުވާނީ ނުދެއްކުން
ކުޅޭ ބޭބެ
09 February 2020
ކަލޭ މެނަށްވުރެ އަދިވެސް އެމީހުން ތަހުޒީބި....ކަލޭވެސް މަވެސް ގަބޫލުކުރަން ދަތިވިޔަސް މީ ހަގީގަތް..
އޮނަރަބްލް އަފީފު ދީދީ
09 February 2020
މިފަދަކަންކަން ނުހިގާނެކަމަށްހީކުރުމުގެބަދަލުގައި މިކަންކަމަށް ފުލުހުންތައްޔާރުވެތިބުމަށްޓަކާ އަދި ފުލުހުންގެ ޤާނޫނު ތަންފީޒުކޮށް ޙަރަދު ކުޑަކޮށް އަވަސްކަމާއިއެކު ގާތުން ހިދުމަތް ދިނުމަށް ފުލުހުންގެ އިދާރާވެސް ލާމަރުކަޒުކުރާންޖެހޭ. # ރާއްޖޭގެ އުތުރާއި ދެކުނުގައި ސަރަހައްދީ ހެޑްކުއަރޓަރ ޤާއިމްކޮށް ޑައިރެކްޓަރ ޖެނަރެލް އޮފް ޕޮލިސްގެ މަޤާމަށް ބޭފުޅަކު އައްޔަންކޮށް ސީދާ ކޮމިޝަނަރ އަށާއި ހޯމް މިނިސްޓަރ އަދި ރައީސަށް ރިޕޯޓް ކުރުމުގެ ބާރު ދެއްވާންޖެހޭ.
ގުޑު
09 February 2020
އަސްލުވެސް ތިބަދަލު ގެންނާންޖެހޭ. އޭރުން 07 ފެބުރުއަރީ ތައް ތަކުރާރުވުން ވެސް ހުއްޓުވޭނެ. އަދި ދަތުރު ޙަރަދަށް އަހަރަކު ހޭދަކުރާ އެތައް މިލިޔަން ރުފިޔާ ސަލާމަތް ކުރެވޭނެ.
ޤާސިމް
09 February 2020
ތިކަން ތިހެންކޮށްފިނަމަ ފުލުހުންގެ ތެރޭގައި ޕްރޮފެޝަނަލްކޮށް މަސައްކަތް ކުރުމުގެ މާހައުލެއް އުފެދޭނެ. އަދި ސަރަހައްދު ތަކުގެ ވެރިން ކަޑައެޅޭ މުއްދަތަކަށް އެއްސަރަހައްދުން އަނެއްސަރަހައްދަށް ބަދަލުކުރެވިދާނެ.
ސޯލާ
09 February 2020
އަދިވެސް ނިޒާރު އެއުޅެނީ ބުރިޖު އެޅުމުގެ ހުވަފެން އައްޑޫ މީހުންނަށް ދެއްކުމުގަ. ބަލަ ފުރަތަމަ އައްޑޫ އަމާން ތަނަކަށް ހަދަން މަސައްކަތް ކޮއްބަލަ!
އޮނަރަބްލް އަފީފު ދީދީ
09 February 2020
އައްޑޫގައި ސިޓީޕޮލިސް ތައާރަފުކޮށް ކޮމިއުނިޓީ ޕޮލިހާއި، ޓްއަރިސްޓް ފޮލިހުގެ އިތުރުން ތިމާވެށި ފުލުހުންގެ ޔުނިޓްތައް އުފައްދާ އެކަންކަމަށް ބޭނުންވާ ސިޓީގެ ރައްޔިތުންނަށް ވަޒީފާދީ ރައްޔިތުނަށް ރައްކާތެރިކަން ކަށަވަރުކޮށްދޭންޖެހޭ. # އަދި ޤައުމީ ފުލުހުންގެ އިދާރާގެ އޮނިގަޑަށް ބަދަލުގެނެސް ރާއްޖޭގެ އުތުރާއި ދެކުނުގައި ކޮމިޝަނަރ ޖެނަރަލްގެ އޮފީސް ތައާރަފުކޮށް ސަރަހައްދީ ބާރުވެރިކަން އެފަރާތްތަކަށް ދޫކުރައްވާ ޒަމާނަށް ފެތޭގޮތަށް ކަންކަން ކުރައްވާ.
ބޯނުބޯ
09 February 2020
ތި ގާޑިޔަލުގައި ފާުޅުގައި މަސްތުވާތަކެތި ވިއްކާ.
ރަބަރު
09 February 2020
ރެކިބެޔާ. އައްޑޫއޭކިޔާނެކަމެއްނެތް. މީހުންގެ ހިތްތަކުން އީމާންތެރިކަން ދިޔައީމަ ވާނީ މިހެން. ކަމަކާ ހިތްހަމަނުޖެހުމަކީ ނުވަތަ މީހަކުދެކެ ރުޅިއައުމަކީ އެމީހާ މަރާލާ މާރާމާރީ ހިންގާ އެމީހާގެ މުދާ އަންދާ ގެއްލުންދީ ހަދަންޖެހޭކަމެއްނޫން. މީހަކު އަހަރެންގެ އެއްޗެކަށް ގެއްލުންދީފިއްޔާ ހިތައްއަރަނީ އެންމެކަމެއް. އަހަންނަށް ނުދެވޭނެ ޖަޒާ އޭނައަށް ލިބޭނެ ދުވަހެއްވެއޭ. އެދުވަހުން އޭނާ ވަރަށް ހިތާމަކުރާނެއޭ. އެހާތަނުން ހިތަށް ފިނިކަން ލިބުނީ.
ތެދުތެދު
09 February 2020
ފެށުނީ ތާއެވެ.ކިހާ ވަރަކުން ދާނެ ނާއެވެ.
ހާމަ333
09 February 2020
ފުރަތަމަ މިގައުމުގަ ގޭންގުތައް މިނިވަންކަމާއިއެކު ސިޔާސީ މީހުންގެ ހިމާޔަތް ލިބިގެން އުޅޭކަމީ ދެރަ ހުތުރުކަމެއް...ބަދަލުވާންޖެހޭކަމެއް...ގޭންގުތައް ފާޅުގަ މަގުމަތީ ބޮއެ ހަމައިން ނެއްޓި ނުވީތާކަށް ބާރު ސްޕީޑުގަ ދުއްވާއިރު ފެންނަ އެއްވެސް ފަރާތެއް ބަލާނެ ފަރާތެއް އައްޑޫއަކު ނެތް.....ފުލުހުންގެ އަމަލުތައްވެސް ހުންނަނީ އެމީހުންނަކީ ތިމާމެންގެ ރަށްޓެހިން ގޮތުގަ...މިގައުމު ރަނގަޅުވާނީ ހަރުދަނާ ރަނގަޅު ވެރިކަމެއް އައިދުވަހަކު...
ރެކިބެޔާ
09 February 2020
މި އައްޑޫ މީހުންނަކީ ހާދަ ނުބައި ނާތަހުޒީބު ބައެކޭ، ބަލަ މިއީ 2020 ވަނަ އަހަރޭ!
ރޯކުރާ
09 February 2020
8 ފެބްގަވެސް ފެނިގެން ދިއަ ކިހާ އަލިފާނާ ދޯޅުބައެއްކަން އެއީ.
ޖަޒީރާ ކަލޯ
09 February 2020
އާން ކަލޭގެ މާލޭ ތަހުޒީބު ކަމުން މީހުން ކަތިލަނީ!!!