ޚަބަރު / ކާޑުގެ ބާވަތްތައް

ކާޑުގެ ސަބްސިޑީ ކުރިން ވެސް އޮތް ގޮތަށް ބާއްވަން މެމްބަރުން ގޮވާލައިފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ

ކާޑުގެ ބާވަތްތަކަށް ދެމުން އައި ސަބްސިޑީ ހަމަ ކުރިއެކޭ ވެސް އެއްގޮތަށް ބާއްވަން ރައްޔިތުންގެ މަޖިލިހުގެ ބައެއް މެމްބަރުން މިއަދު ގޮވާލައްވައިފި އެވެ.

ކާޑަށް ކުރިން ސަބްސިޑީ ދެމުން އައި ގޮތް އުވާލުމުން އޭގެ އަގު ކުއްލިއަކަށް 100 ޕަސެންޓަށް ބޮޑުވި މައްސަލާގައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލައަށް ބަހުސް ކުރެއްވި ގިނަ މެމްބަރުން ވަނީ ސަބްސިޑީ ދިނުން ހުއްޓާލުމުން ތަކެތީގެ އަގު އަތް ނުފޯރާ ފަށަށް ގޮސް، ދިވެހިން ދަތި ހާލުގައި އުޅެމުންދާ ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެމްބަރުން ވިދާޅުވީ ސަރުކާރުން ކޮންމެ ފިޔަވަޅެއް ވެސް އަޅަނީ އިގްތިސާދަށް ހީނަރުކަން ނާންނަ ގޮތަށް ކަމަށެވެ. އަދި ރައްޔިތުންގެ ހިތްތަކުގައި ހުރި ކަންބޮޑުވުންތަކަށް އަވަސް ހައްލެއް ގެންނަވާނެ ކަމަށް އެ މެމްބަރުން ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި އަބްދުލްގަފޫރު މޫސާ ވާހަކަ ދައްކަވަނީ: ސަބްސިޑީ ކަނޑާލަން ބޭރުގެ އެއްވެސް ފަރާތަކުން އަންގާފައި ނުވާ ކަމަށް ވިދާޅުވި

ކުޅުދުއްފުށީ އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ މިދިޔަ އަހަރު ދައުލަތުގެ ބަޖެޓު ފާސްކުރިއިރު، ކާޑުގެ ގޮތުގައި 180 މިލިއަން ރުފިޔާ ދޭން ނިންމި ކަމަށެވެ. މަޖިލީހުން އެގޮތަށް ނިންމާފައި އޮއްވާ ސަބްސިޑީ ކަނޑާނުލެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ސަރުކާރަކީ ރައްޔިތުންނަށް އަނިޔާކޮށް ބިކަކުރުމަށް އަރާ އޮތް ސަރުކާރެއް،" އޭނާ ވިދާޅުވި އެވެ.

ގަފޫރު ވިދާޅުވި ގޮތުގައި ސަބްސިޑީ ކަނޑާލަން ބޭރުގެ އެއްވެސް ފަރާތަކުން އަންގާފައެއް ނުވެ އެވެ. އެހެންވެ ކާޑުގެ ބާވަތްތަކުން ދެމުން އައި ސަބްސިޑީ ހުރިހާ އެންމެންނަށް ދޭން ޖެހޭނެ ކަމަށާއި އެކަން ނުކުރެވޭ ނަމަ، ސަރުކާރުގެ އިސް ވެރިން ތިއްބެވީ ރައްޔިތުންނަށް ޣައްދާރުވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.

ތުލުސްދޫ ދާއިރާގެ ޕީޕީއެމް މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ވައްޑެ) ވިދާޅުވީ އެތައް ޒަމާނެއް ވަންދެން ދެމުން އައި ސަބްސިޑީ ކަނޑާލިއިރު، ފަގީރުންނަކީ ކޮބައިކަން ނޭނގޭ ކަމަށެވެ. އެއްވެސް ރޭވުމެއް ނެތި އަދި މަޖިލީހުގައި މަޝްވަރާނުކޮށް ނިންމި ނިންމުން އޭނާ ސިފަކުރެއްވީ ސަލާން ޖަހަން ހުޅުވާލި ފުރުސަތެއްގެ ގޮތުގަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ވައްޑޭ ވާހަކަ ދައްކަވަނީ. ވައްޑެއަކީ ކާޑުގެ ބާވަތްތައް އަގުބޮޑުކުރި މައްސަލައިގައި އެންމެ ބޮޑަށް ދެކޮޅުހައްދަވާ ޕީޕީއެމްގެ އެއް މެމްބަރު -- ފޮޓޯ: މަޖިލިސް

"ބިދޭސީންނަށް ކާޑުގެ ބާވަތްތަކުގެ އަގު ބޮޑު ކުރިޔަސް، ދިވެހިންނަށް ކާޑުގެ ބާވަތްތައް ގަންނަން ލިބެން ޖެހޭނީ ހެޔޮ އަގެއްގައި،" ވައްޑެ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ސަރުކާރުން ކުރާ ކޮންމެ ކަމަކަށް ތާއީދުކުރުމަކީ މަޖިލިސް މެމްބަރުންގެ ދައުރު އަދާ ކުރުމެއް ނޫނެވެ. އަދި ސަރުކާރުން ކުރާ ކަމަކާ ދެކޮޅު ހެދުމަކީ ސަރުކާރާ ދެކޮޅުވުން ނޫން ކަމަށް ވެސް ކާޑުގެ މައްސަލާގައި ޕީޕީއެމް ތެރެއިން އެންމެ ބޮޑަށް ފާޑު ވިދާޅުވާ ވައްޑެ ވިދާޅުވި އެވެ.

ތޮއްޑޫ ދާއިރާގެ ޖުމްހޫރީ ޕާޓީ މެމްބަރު އިބްރާހިމް ހަސަން ވިދާޅުވީ މަޝްވަރާ ކުރުމެއް ނެތި ކާޑުގެ އަގު ބޮޑުކުރުމާ ގުޅިގެން ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. ބިދޭސީން ކާޑުގެ ބާވަތްތައް ބޭނުން ކުރުމަކީ އޭގެ އަދަބު ދިވެހިންނަށް ލިބެން ޖެހޭނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ކިތަންމެ ގިނަ ހަނޑުލެއް، ކިތަންމެ ގިނަ ފުށެއް ބޭނުން ކުރިޔަސް، ދިވެހިންނަށް އެ އަދަބު ލިބޭކަށް ނުޖެހޭ،" އިބްރާހިމް ވިދާޅުވި އެވެ.

މަޖިލީހުގެ ޖަލްސާއެއްގައި އަނާރާ ވާހަކަ ދައްކަވަނީ: ދިރާސާތައް ކުރި ނަމަ، ރައްޔިތުންގެ ޝަކުވާތައް ކުޑަވީސް

ފުނަދޫ ދާއިރާގެ ޕީޕީއެމް މެމްބަރު އަލީ ސަލީމް ވިދާޅުވީ ރައްޔިތުންނަށް ލިބެމުންދިޔަ ސަބްސިޑީ ކަނޑާލި ކަމަށް ދެކެވޭ ވާހަކަތަކަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ. އަދި ސަރުކާރުން މަސައްކަތް ކުރަނީ ދައުލަތަށް ވެސް ފައިދާވާނެ ގޮތެއް ހޯދަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުއްލިއަކަށް ސަބްސިޑީ އަށް ބަދަލެއް ގެނައިމަ ރައްޔިތުންގެ ތެރޭގައި ކޮންމެވެސް ވަރެއްގެ ނުތަނަވަސްކަމެއް އުޅޭނެ، ބޮޑު ނުތަނަވަސްކަމެއް ވެސް އުޅެފާނެ،" ސަލީމް ވިދާޅުވި އެވެ.

މަކުނުދޫ ދާއިރާގެ އަދާލަތު ޕާޓީގެ މެމްބަރު އަނާރާ ނައީމް ވިދާޅުވީ ކާޑުގެ ބާވަތްތައް އަގު ބޮޑު ކުރުމާ ގުޅިގެން ގިނަ ބައެއްގެ ޝަކުވާ ލިބެމުން އަންނަ ކަމަށެވެ. އަދި ބައެއް ގޭތަކުގެ ކުލި ވެސް ބޮޑު ކުރަމުން އަންނަ ކަމުގެ މައުލޫމާތު ލިބެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

އަނާރާ ވިދާޅުވި ގޮތުގައި މިފަދަ ބޮޑެތި ބަދަލުތައް ކާޑުގެ ބާވަތްތަކަށް ގެންނަ ނަމަ، ދިރާސާ ކުރަން ޖެހޭނެ އެވެ. ދިރާސާތަކެއްކޮށްގެން ބަދަލުތައް ގެންނަ ނަމަ، އެ ޝަކުވާތަކާއި ނުތަނަވަސްކަން އިތުރުވެގެން ނުދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އަނާރާ ވަނީ މިހާރުން މިހާރަށް ސަބްސިޑީ ފަސޭހަ ގޮތެއްގައި ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ގޮވާލައްވައިފަ އެވެ.

11 ކޮމެންޓް, 10 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މަ

06 October 2016

އަފިންނަކީ ބަންގާޅީންނަކީ މި ގަޢުމެ ތަފާތަކީ ކޮބާ އެވެންނަށް ލިބޭ އަގި އަފިންނަށަސް.ދިވެއްސަކަށް ވީތީ ލިބޭ އަސާސީ ހިދުމަތަކީ ކޮބާ.އެކިނަން ނަމި ކިހެއި ވަރަކަށް އަފިރިން އަތުން ނަގަނީ

The name is already taken The name is available. Register?

ފަޒީ

06 October 2016

ފުނަދޫ ދާއިރާގެ މެމްބަރ ގެ ކަނފަތް ނީރުވެފައިވާކަމަށް ބެލެވޭ. މިނިސްޓަރުންނާ މަޖިލިސް މެމްބަރުންނާ ރައީސްބެ ެ ވިދާޅުވާ ބަސްތައް ހަމަ ނީވެނީ. ނޫނީ ސަލީމް އަބަދުވެސް އަވަހާރަ ފުޅުގައި އިނނަވަނީ.

The name is already taken The name is available. Register?

ނޫޅޭދެން

06 October 2016

ކާޑުގެ ސަބްސިޑީ ކުރިން އޮތް ގޮތަށް ބާއްވަން މަމެން ޕިންކް ކުދިންނަށް ވެސް ފެންނަނީ. މިސަބްސިޑީ ކަނޑާލި ދުވަހުން ފެށިގެން ރަންރީނދޫ ޓްވިޓަރޭ މެން ނުނިދައެވެ. އެމެން އެބަލަނީ މަމެން އަތުން މިދަނޑު ޖަހައިގަންނަން ވެގެން ދެން ކޮންމެ ގޮތެއް ހަދައިގެން ނަމަވެސް. ބޮޑެތި ބޮޑެތި ފޮންޓް އިން ކާޑުގެ ވާހަކަ ތަމެން ޓްވިޓަރ ގައި ނުލިޔެ ޓްވިޓަރޭ މެން ރަށުތެރޭން އެހެން ކަމެއް ފެނޭތޯ އަޅެ ބަލަންވީ އެއް ނޫން ދޯ. ތަމެން މަހަށް ދޭ ބަލަ ދެން މަމެންގެ ވެރިކަމުގެ ކްރެޑިޓް ރޭޓިން ދަށް ކުރަން ނޫޅެ. އެއިރުން މާ ބޮޑަށް ރަނގަޅުވާނެ އެއް ނޫންދޯ. އަނެއްކާ ތަމެންނަކީ އެއީ ކަނޑުފައްތާ ފިލްމު ގައި މަހަށް ވެސް ދިޔަ ބަޔެއް ނޫން ދޯ. ތަމެން ދެން ކާޑުގެ އަގު ބޮޑުވެގެން އެކަމާއި ގެން ނޫޅެންވީ އެއް ނޫންދޯ. އެއީ ތަމެންނާއި ބެހޭ ކަމެއް ނޫނެވެ. އެއީ މަމެންގެ ކަމެކެވެ. މަމެންގެ ގައުމު އަދި މަމެންގެ ސަރުކާރު މިހާރު މިއޮތީ އިނގޭ.

The name is already taken The name is available. Register?

ޢަބްދުﷲނާފިޒު

06 October 2016

ތަށޭ މަށޭ ކިޔާފަ ގޮސް ފުއްމާލަނީ ތިޖޫރިއަށޭ، އެހިސާބުން ރައްޔިތުން އަރަނީ ރަތަށޭ، އހ.

The name is already taken The name is available. Register?

ހަލަނި

06 October 2016

ރައީސް މައުމޫނު ވިދާލުވާ ފަދައިން މިނޫންގޮތެއް ހޯދަން އެބަޖެހޭ

The name is already taken The name is available. Register?

ކުޅުދުއްފުށިއެއާޕޯޓު

06 October 2016

ޕޕމ ގެ ސަރުކާރުން ދައްކާހާދަޅަޔައް ހެއްލުމުގެ ނަތީޖާ އަހަރުމެން މިދަނީ ދެކެމުން ދިވެހި ތާރީހު ނުދެކޭފަދަ ބޮޑެތި ވައްކަން ކޮއްފަ 99 އަހަރައް މިރާއްޖޭގެ ރައްތައްވިއްކާފަ ވީއެއްވެސް ވައުދެއް ނުފުއްދަ ރައްޔިތުން އަނގަޔައް އަތްކޮއްޕާފަ ގޮހޮރު ދަމައި ގަންނަތަން މިފެންނަނީ ވައްކަން ފޫބެއްދުމައް

The name is already taken The name is available. Register?

ފިލުވާލަބަލަ

06 October 2016

މަމެން މިހާރު އަޑު އަހާކަށް ނެތީން ތިޔާ ޕިންކް އެމްޕީން ދައްކާ ވާހަކަ ތަކަށް. ކާޑަށް ދޭ ސަބްސިޑީ ކަނޑާލައިގެން މަމެންގެ ވެރިކަން ވެއްޓޭކަށް މަމެން ބޭނުމެއް ނޫނެވެ. މަމެންގެ އެކަނި ގައުމެއް ނޫން އެމެންގެ ވެސް ގައުމު މީ. އެމެންނަށް ވީ ދައްޗެއް މަމެންނަށް ވެސް ވާނީ. މިހާރު ސަބްސިޑީ ކުރީގައި އޮތް ގޮތަށް ކާޑަށް ދޭން ނިންމަންވީ އެވެ. އެނޫންނަމަ މަމެންގެ ބިއުޓިފުލް އެން އޯސަމް އެން ފްލޯލެސް ސަރުކާރުގެ މޫނުމަތީގައި ރަންރީނދޫ ޓްވިޓަރޭ މެން ވަކި އަޅާ ކޫރުން އަޅުވާ މަމެން ގެ ސަރުކާރުގެ ބިއުޓިފުލް ކަން ދުއްވާލާނެއެވެ. މާދަމާ މުޒާހަރާ އަށް ނިކުންނަން ރަންރީނދޫ ޓްވިޓަރޭ މެން މީހުން ޗާރޖް ކުރަމުން ދާތީވެ އެކަން ޑިސްޗާރޖް ކުރަންވީ އަވަހަށް. މިރެއިން މިރެއަށް މިކަން ނިންމާ ކުރީގައި އޮތް ގޮތަށް ސަބްސިޑީސް ދޭންވީއެވެ. މަމެން މިރޭ މިކަން ހަމަޖައްސައިފިނަމަ ދެން ޓްވިޓަރޭ މެން މާދަމާ ކުރަން އުޅޭ މުޒާހަރާ އަށް ދާނެ ބަޔަކު ނުވާނެއެވެ. އެއިރަށް ހުންނާނެ އަލާފިލާފައި އެމެންނަށް. ހަދާދީ ބަލަ މިކަން މިގޮތަށް. އަލާފިލުވާލަން ވާނެ ޓްވިޓަރޭ މެންނަށް މިފަހަރު މުޒާހަރާ ގެ ފޯރި އާއި ޗަސްބު ގެއްލުވާލައިގެން އިނގޭ.

The name is already taken The name is available. Register?

އިބްރާ

06 October 2016

ކާޑަށް ސަބްސިޑީ ދިނީމާވާގޮތަކީ ރައްޔިތުން އަތުގައި ފައިސާގިނަވެ އެފައިސާ ޑޮލަރަށްހަދައި އަހަރު ދެކޮޅު ބޭނުމެއްނެތި ބޭރު ގައުމުތަކަށް ދަތުރުކުރާ މީހުން ގިނަވަނީއެވެ. ރައްޔިތުންނަށް ބޭނުންވާ ޒަރޫރީ ތަކެތި ޑޮލަރު ތާށިކަމުން ނުގަނެވިގެންއުޅޭއިރު ތަފާތު ސަބްސިޑީތަކާއިއެކު މީސްތަކުން ކަންނެތްވެ ގައުމު ހަލާކުވާން ކައިރިވެއްޖެއެވެ. އުމުރުން 65އ ވުމުން ދެން މަސައްކަތެއް ނުކުރިޔަސް 5000ރ ލިބޭ. އައިޑީކާޑަށް ޑޮކްޓަރަށް ދެއްކޭ. މިހެންގޮސް ސިޔާސީ މީހުން ވެރިކަމަށް އައުމަށްޓަކައި 2018ގައި ގައުމުގެ އެންމެންނަށް މުސާރަދޭން ހުށަނާޅާނެ ކަމެއްވެސް ނޭނގެ . މިޔޯ ޑިމޮކްރަސީއަކީ.

The name is already taken The name is available. Register?

123

06 October 2016

ތިބުނަނީ ރައްޔިތުން އުފަލުގަ އުޅުމަކީ މިސަރުކާރަށް މައްސަލައެކޭ ދޯ؟؟

The name is already taken The name is available. Register?

ކޮށްދިނީ

06 October 2016

ސަރުކާރުން ދެން މިކަމާއި މެދު ސީރިއަސް ކޮށް ވިސްނަން ޖެހޭ ދަރަޖަ އަށް މިކަން ހިނގައްޖެއެވެ. އަނެއްކާ މަމެންގެ ވެރިކަން މިދަނީ އެއީ ރަންރީނދޫ ކުދިންގެ ވެރިކަން ދިޔަމަގުން ނޫންތޯއެވެ. އެވެރިން މާދަމާ މުޒާހަރާ އަށް ނިކުންނަން ގޮވާތީވެ އެވެރިން ނަށް އެކަން ވިޔަ ނުދޭން ސަރުކާރުން އެބަޖެހޭ މިއަދުން މިއަދަށް ނުވަތަ މިރޭ ނަމަވެސް މިކަން އިއުލާން ކުރަން ކާޑުގެ ބާވަތް ތަކަށް ކުރިން ވެސް ދެމުން އައި ގޮތަށް ސަރުކާރުން ސަބްސިޑީ ދޭނެ ކަމަށް. ސަރުކާރުން އިދިކޮޅު ރަންރީނދޫ ކުދިން ތައްޔާރުކޮށް ފައިވާ ކަރުދާހެއްގެ މައްޗަށް ބަލާ މިކަން އެޕްލައި ކޮށްގެން ރައްޔިތުންނަށް އަންގާ ދިނީ މީގެ އިމްޕެކްޓް އާންމު ރައްޔިތުންނަށް ތަސައްވަރު ކޮށް ދިނުމަށް ޓަކައި އެވެ.

The name is already taken The name is available. Register?

ވަލީމާ

06 October 2016

ހާދަ ހާސްވީ. ތީ މަމެން ޕިންކް ކުދުންގެ ގޮތެއް ނޫން. ހަމަޖެހިލާ. މިފިޔަވަޅަކީ ސިންގަޕޫރަށްވުމުގެ އެއްފިޔަވަޅު ވީއާ ގޮއިންގް ފޯވާޑް އައޯ ބައޯ އައޯ ބައޯ އައޯ ބައޯ އައޯ ބައޯ އައޯ ބައޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454