ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ވަޑައިގެން މަޖިލީހުގައި. އޭނާ ވިދާޅުވީ ވައިރަސް އާ ގުޅިގެން މަޝްރޫއެއް ހުއްޓައިނުލާނެ ކަމަށް.
12 ފެބުރުއަރީ 2020 - 11:19
ކޮރޯނާވައިރަހާ އެކު ޗައިނާ އާއި ދުނިޔޭގެ އިގުތިސާދަށް އަންނަ ލޮޅުމުގެ އަސަރު ރާއްްޖޭގެ އިގުތިސާދަށް ވެސް ކުރާނެ ކަމަށާއި ނަމަވެސް ސަރުކާރުން މި އަހަރަށް ރާވާފައިވާ މަޝްރޫއުތަކުގެ ތެރެއިން އެއްވެސް ކަމެއް ހުއްޓައިލުމުގެ ވިސްނުމެއް ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު، ރައްޔިތުންގެ މަޖިލިހުގައި، ވިދާޅުވެއްޖެ އެވެ.
ވަަޒީރުންނާ ސުވާލުކުރުމުގެ ވަގުތުގައި މެމްބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ދައުލަގެ ހަރަދު ކުޑަކުރަން ނިންމާފައި ވަނީ ރިކަރެންޓް ހަރަދުގެ ތެރެއިން ކަމަށެވެ.
މަޖިލީހުގެ ހޯރަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަަލީމް ސުވާލު ކުރެއްވީ "ކޮރޯނާވައިރަސްއާ ގުޅިގެން ރާއްޖޭގެ އާމްދަނީއަށް ގެއްލުންވަމުން ދާކަން ފާހަގަކުރެއްވޭތޯ އާއި މި އަހަރަށް ރާވާފައިވާ އެއްވެސް މަޝްރޫއުތަކަށް އެކަމުގެ އެއްވެސް އަސަރެއް ކުރާނެތޯ" އެވެ. އަދި އެއްވެސް މަޝްރޫއެއް މަޑުޖައްސާލާފައި ވާނެތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
އެސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ރާއްޖޭގެ އާމްދަނީ އަށް އަސަރުކުރާނެ ކަމަށެވެ. ނަމަވެސް މި އަހަރަށް ބަޖެޓްކޮށްފައިވާ މަޝްރޫއުތައް ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާތަނަށް އަޅުގަނޑުމެން ޕީއެސްއައިޕީ ޕްރޮގްރާމްގެ ތެރެއިން ޕަބްލިކް ސެކްޓާ އިންވެސްޓްމެންޓް ޕްރޮޖެކްޓްތައް އެއްވެސް ވަރަކަށް ހުއްޓައިލުމަށް، އެކަހަލަ އެއްވެސް ވިސްނުމެއް ނެތް. އިރާދަކުރެއްވިއްޔާ ހަމަ ބަޖެޓްގައި ހިމެނިފައިވާ ގޮތަށް ޕްރޮޖެކްޓްތައް އަޅުގަނޑުމެންނަށް ކުރިއަށް ގެންދެވޭނެ،" އަމީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގެ އާމްދަނީ މި އަހަރު ދަށްވާނެ ކަމަށް ބެލެވެނީ ކުޑަ މިންވަރަކަށެވެ. ނަމަވެސް ދަށްވާ މިންވަރު ފެންނަން ފަށާނީ ދެތިން ހަތަރު މަސް ފަހުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމިރާ ސުވާލުކުރައްވަނީ.
ޗައިނާގެ ވޫހާން އިން ފުރަތަމަ ފެނުނު ކޮރޯނާވައިރަސްގެ ސަބަބުން މަރުވި މީހުންގެ އަދަދު މިހާރު ވަނީ ހާހަކަށް ވުރެ މަތިވެފަ އެވެ. އަދި އެ ވައިރަސް އެރި މީހުންގެ އަދަދު މިހާރު ވަނީ ގާތްގަނޑަކަށް 45،000 އަށް އަރައިފަ އެވެ.
އެއް ގައުމަކުން އެންމެ ގިނަ ޓޫރިސްޓުން ރާއްޖެ އަންނަނީ ޗައިނާ އިންނެވެ. މިދިއަ އަހަރު ޗައިނާ އިން އައި ޓޫރިސްޓުގެ އަދަދު އުޅެނީ 260،000 އަށް ވުރެ މަތީގަ އެވެ.
އެކަމަކު ބައްޔާ ގުޅިގެން ޗައިނާ އިން މީހުން އައުން ރާއްޖެ އިން ވަނީ މަނާކޮށްފަ އެވެ. އެހެންކަމުން ޗައިނާގެ ގިނަ އަދަދެއްގެ ޓޫރިސްޓުންގެ ބުކިންސް ކެންސަލްކުރި އެވެ.
ޗައިނާގެ ބައެއް ސިޓީތައް ބަންދުކޮށް، ފެކްޓްރީތައް ހުއްޓިފައި ވާތީ ޗައިނާގެ އިގުތިސާދަށް އޭގެ ނުބައި އަސަރު ދަނީ ކުރަމުންނެވެ. ޗައިނާގެ އިގުތިސާދަށް މަޑުޖެހުމެއް އަތުވެއްޖެ ނަމަ ދުނިޔޭގެ އިގުތިސާދަށް ވެސް އޭގެ ނުބައި އަސަރުކުރާނެ ކަމަށް އަމީރު ވެސް ވިދާޅުވި އެވެ.
"އެނގިވަޑައިގަންނަވާނެ ފަދައިން ދުނިޔޭގެ އިގުތިސާދުގެ ފެކްޓްރީއަކީ ޗައިނާ. ޗައިނާގެ މާކެޓަށް، ޗައިނާގެ އިގުތިސާދަށް އަންނަ ކޮންމެ ލޮޅުމަކީ ދުނިޔޭގެ ހުރިހާ ގައުމެއްގެ އިގުތިސާދަށް އަންނާނެ ލޮޅުމެއް،" އޭނާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބިރު
13 February 2020
އެމް.ޑީ.ޕީ ވެރިކަމަށް އައި ދެފަހަރުވެސް އިގްތިސާދަށް މިކަހަލަ ލޮޅުން އެރި. ކުރިން ތެލާއި ޑޮލަރު. މިފަހަރު ވައިރަސް. އަދި ވައިރަސްގެ ކުރިން "ބަދަލުދިނުން". ބިރުވެރި ބައެއްތާ މީ.
ޢޭންޖަލް
12 February 2020
ހަމަ އެކަނި މުސާރަ ހައްގު ގޮތުގަ ހޯދަން އުޅޭ މީހުންގެ މުސާރަ ކަނޑާނީ. އޭރުން ދައްލަތަށް ހުންނާނީ ހަރަދު ކުޑަވެފަ. މުސާރަ ދޭން ޖެހުނީމަ އެކަނި ދައުލަތުގެ ހަރަދު މަތިން ހަނދާންވަނީ
ވަހީދު
12 February 2020
އިޤްތިޞާދު އޭ ބުނެވެނީ ލިބޭ މިންވަރާއި ޚަރަދު ކުރާ މިންވަރު ހަމަހަމަ ކުރުމަށް. ރާއްޖެއަށް ވަންނަ ބޭރު ފައިސާ ނުވަދޭ މިހާރަކު. ދެން ކިހިނެތް މަޝްރޫއުތައް ހިންގާނީ
2122
12 February 2020
ފިނޭސް މިނިސްޓާރ އަކީ މޮޔައެއްތަ؟؟؟؟؟؟؟؟؟؟؟؟
މަންޑޭލާ
12 February 2020
ވެލާނާ އިއާޕޯޓުގަ މި ސަރުކާރުން ގާބުރިއެއްވެސް ނުބަހައްޓާ ރޔާމިންގެ ފެޝިކަންތަ އަދިވެސް ކުރިޔައްދަނީ. ކަންނުވެ ނަންވާން އުޅޭ ސަރުކާރެއްމީ.
ޝޮކްތެރަޕީ
12 February 2020
ރައިސް ޔާމިން ވެރިކަމާ ހަވާލުވީއިރު ރާއްޖެ އޮތީ ވަރައް ނާޒުކު ވައްތަރެއްގަ ދައުލަތުގެ ރިޒާވްވަނީ ހުސްވެފަ ރާއްޖެ އޮތީ ދަރާ ވިކިފަ. ރޔާމިންގެ އިގުތިސޯދުގެ ޕްލޭން ވަރުގަދަ ކަމުން މިހުރިހާކަމަކުން އަރައިގަތީ. ދިވެހިންގެ ފުދުން ތެރިކަން ދިޔައީ އެއްދުވަހުން އަނެއްދުވަހަ ނުހަނު ބާރުމިނުގަ ކުރިޔަ. ރައްޖެ ތަރައްގީ ވިޔަނުދޭން އިންޑިޔާ ރޔާމިނާ ދެކޮޅަށް ތެދުވި އިދިކޮޅު ފަރައްތަކަށް ރިސްވަތުދީ ޤައުމު ހަލަބޮލިކޮއްލި. ދެރަ
ޖިޗީ
12 February 2020
އަދި އަންނާނެ ވަރަށް ގިނަ ވާހަކަތައް ދެއްކި، ވަރަށް ގިނަ މީހުން މިގައުމުން ފިލާ، އަނެއްބަޔަކު ހިފާ ޖަލަށް ލެވިގެން ދާނެ ދުވަސް. އެސް އެމް އީ ލޯނުތައް ދާގޮތާ، 'ލޯނުޝާކް' ތަކާ، 20 ޕަރސެންޓް ވަންޖީބުތަކާ، މި ހުރިހާ އެއްޗެއް ސަބިތުވާދުވަސް މާދުރެއްގައެއް ނޫން އޮތީ! އޭރުން ޕްރޮޖެކްޓް ހިނގުނު ގޮތާއި ހިންގުނު މިންވަރުވެސް ރައްޔިތުންނަށް ފެންނާނެ. ގަދަ ޣާފިލުކަމުގެ ނިންޖަކުން އަދި މިގައުމު ހޭލާނެ!
ހޮޓްކިންގ
12 February 2020
ކޮންމަޝްރޫއެއްތޯ ފަށާފައި އޮތީ ކުރިޔަށްދާން. ރަސްރަނި ބަގީޗާގެ ނަން ސަލްޓަންޕާކުގެ ނަމަށް ބަދަލު ކުރުން ކަހަލަ މެގަ ޕްރޮޖެކްޓުތޯ؟ ނޫނީ ބަދަލުދޭށޭކިޔާ ބައިމީހުންނަށް ލާރިގަނޑު ބަހާލުންތަ؟
ކޮކީ
12 February 2020
ކުރިއަށދާ މަސްރޫއު އަކީ ގާތް މީހުންގެ ކުންފުނިތަކަށް ރަށްއިތުންގެ ފައިސާއިން ބަދަލު ދިނުން. އިތުރު ކަމެއް ކުރިޔަށްދާނަމަ އެވާހަކަ ބުނެލަދީބަލަ
މޯޑް
12 February 2020
ކޮބާހޭ ސާހިދު ހޯދި ބިލިޔަން ރުފިޔާ އެއްވެސް މަސްރޫއެއް ކުރިޔަކަށް ނުދޭ. ފޮނިވާހަކަ ދެށްކުމުގަ ހުރިހާ ވަޒީރުން އުޅެނި.