ހަބޭހުގެ ވެރިޔާ އައްޔަ ބުނީ "ހަބޭސް" އަކީ މިހާރު ބްރޭންޑެއް ކަމަށް. އަދި އެ ބްރޭންޑް ހަލާކުކޮށް ނުލެވޭނެ ކަމަށް. އަދި ކުރިއަށް ވުރެ ބޭންޑް ވަރުގަދަވާނެ ކަމަށް އައްޔަ ބުނި.
"ހަބޭސް" ބޮޑުބެރު ބޭންޑް ޝޯއެއްގައި ކުޅެނީ: ކުރީގެ ގިނަ މެމްބަރުންތަކެއް ވަނީ ބޭންޑް ދޫކޮށްލާފައި.
07 އޮކްޓޯބަރ 2016 - 06:27
"ހަބޭސް" ބޮޑުބެރު ގްރޫޕުގެ ގިނަ އަދަދެއްގެ މެންބަރުން އެ ބޭންޑު ދޫކޮށް ހިނގައްޖެ އެވެ. އެކަމަކު އެ ބޭންޑުގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނަނީ ހާސްނުވާ ކަމަށާއި ކުރިއަށް ވުރެ ވަރުގަދަކޮށް ބޭންޑު އޮންނާނެ ކަމަށެވެ.
ހަބޭހުގެ އެންމެ ބޮޑު ކާމިޔާބީއަކީ ވެސް މިހާތަނަށް ގިނަ އަދަދެއްގެ މެމްބަރުން ޓީމެއްގެ ގޮތުގައި އެކަމަށް ހުސްވެގެން ކުރި މަސައްކަތެވެ. ބޭންޑްގައި އޭރު ވެސް މިހާރު ވެސް 24 މެމްބަރުން އެބަ ތިއްބެވެ.
ހަބޭސް ދޫކޮށް ދިޔަ މެންބަރުންގެ ތެރޭގައި އެ ބޭންޑްގެ އެންމެ ވަރުގަދަ ލަވަ ކިޔުންތެރިޔާ ހަސަން މުސްހަފް (މުސީ) ވެސް ހިމެނެ އެވެ.
"ހަބޭސް" އިން ވަކިވި ލިޑް ވޯކަލިސްޓް މުސީ ފޭނަކާ އެކު ސެލްފީއެއް ނަގަނީ.
ހަބޭސްގެ ވެރިޔާ އަލީ ޝިފާއު (އައްޔަ) ބުނީ ވަކިވެގެން ދިޔަ މެމްބަރުންގެ ބަދަލުގައި މިހާރު ކުރިއަށް ވުރެ މާ ވަރުގަދަ ބަޔަކު ބޭންޑާ ގުޅިއްޖެ ކަމަށެވެ. އަދި ރާއްޖޭގެ ވަރަށް މަޝްހޫރު ލަވަ ކިޔުންތެރިއަކު ހަބޭހާ ވަރަށް އަވަހަށް ގުޅޭނެ ކަމަށް އޭނާ ބުންޏެވެ.
"ވަކިވެގެން ދާން ބޭނުންވި މީހުން އެ ދިޔައީ. އޭގެ ސަބަބުން ހަބޭހަށް ކުރާނެ އެއްވެސް އަސަރެއް ނޯންނާނެ. ހަބޭހުގެ ގޮތުގައި ހަމަ މި ބޭންޑް ކުރިއަށް ވުރެ މާ ވަރުގަދަކޮށް ކުރިއަށް ދާނެ،" މީގެ ފަސް އަހަރު ކުރިން އުފެދުނު ބޭންޑާ ބެހޭ ގޮތުން އައްޔަ ބުންޏެވެ.
"ހަބޭސް" ގެ ވެރިޔާ އައްޔަ: އޭނާ ބުނީ ބޭންޑް ދެން މާ ވަރުގަދަ ވާނެ ކަމަށް.
އައްޔަ ބުނީ ބޭންޑް ދޫކޮށްލި މެމްބަރުން ދިޔައީ "އުފެދުނު ހިޔާލު ތަފާތުވުންތަކަކާ ހެދި" ކަމަށެވެ. އެކަމަކު އޭގެ ތަފުސީލެއް ނުދެ އެވެ.
"ބަޔަކު އެ މީހުންނަށް ވިސްނައި ދީފައި އޮތީ ކަމަށް ގަބޫލު ކުރެވެނީ އެ މީހުން ނެތިއްޔާ ހަބޭހެއް ނޯންނާނެ. ޔަގީނުން ވެސް އެހެނެއް ނުވާނެ. އެއިން މީހަކު ދެން ހަބޭހާ ގުޅެން ބޭނުންވެގެން އަޔަސް އެ ފުރުސަތެއް ވެސް ނޯންނާނެ،" ދާދި ފަހުން މިސްރުގެ ފެސްޓިވަލެއްގައި ވެސް ބައިވެރިވި ހަބޭހާ ބެހޭ ގޮތުން އައްޔަ ބުންޏެވެ. "ދެން ވެސް ކުރިއަށް ވުރެ މާ ވަރުގަދަކޮށް ހަބޭސް އޮންނާނެ. އެ ޔަގީންކަން ހަބޭސް ބޮޑުބެރު ފޭނުންނަށް ދޭން ބޭނުން. ހަބޭސްއަކީ މިހާރު ރާއްޖޭގެ ވަރަށް ބްރޭންޑެއް. އެއެއް ހަލާކެއް ނުކޮށްލެވޭނެ."
ހަބޭސް ސްޓޫޑީއޯގެ ނަމުގައި ސްޓޫޑިއޯއެއް ވެސް ހިންގާ ހަބޭހަކީ ހަމައެކަނި ބޮޑުބެރު ޖަހާ ބޭންޑެއް ނޫނެވެ. ހަބޭހުގެ ކުޑައިގެ ދަށުގައި އެހެން ދެ ބޭންޑެއް ވެސް އެބަ އޮތެވެ.
އެއީ ހަބޭސް ޕޮޕް ބޭންޑާއި ގްރެވިޓީ ބައި ހަބޭސް އެވެ.
"މި ބޭންޑްތައް ހަމަ ކުރިއެކޭ އެއްގޮތަށް ހަބޭހުގެ ދަށުގައި އޮންނާނެ،" ހިތްގައިމު ރީތި ލަވަތަކެއް ގެނެސް ދެމުން އަންނަ ހަބޭސް އާ ބެހޭ ގޮތުން އައްޔަ ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނާ
11 October 2016
ހަބޭސް އަށް ކުރިއެރުން އެދެން
ހާމިދުބެ
08 October 2016
ހަބޭސް އައް ކާމިޔާބީ އައް އެދެން އަބަދުވެސް. ހިއްވަރާ އެކީގަ މަސައްކަތް ކުރީމަ ރަނގަޅުވާނެ.
ހުމަދޫބެ
08 October 2016
ފޮނި ސައިފް ހަބޭސް އިން ދިޔައިމަ މަ ވަރަށް އުފާ ކޮށްފިން. މަޝްހޫރު ކަމެއް ލިބޭއިރަށް ތިމާއަށް ތިމާފެނި ފިލައިގެން ދިޔުން ތީ ވަރަށް ގިނައިން ވާކަމެއް. ދެން އަމިއްލަ އަށް އުފެދިގަނެގެން ވަކި އަރާނެ ކުރިއެއް ވެސް ނޯންނާނެ. ހަބޭހަކަސް ބަޑިބޭހަކަސް ކަން ހުރި ގޮތް މި ބުނަނީ. ދެ ގްރޫޕަށް ވެސް ކުރިއެރުން އެދެން. ބޮނޑި ބޯނީ ތިޔަ ފިލިމީހުން ހެން ހީވަނީ
ބޮކިއްޓެ
08 October 2016
އައްޔަ އަކީ ބޮޑުބެރުގެ އެއްވެސް ބެކްގްރައުންޑެއް ވެސް އޮތް މީހެއް ނޫން. ވަރަށް ހީނުވޭ ދެން ތި ބްރޭންޑް ހިނގާނެހެން.
ހަމީދު
08 October 2016
މުޅި ހަބޭސް ގެއްލެން ބަލަ އެއި އެކަކު އެކަނި ކުރި ކަމެއް ނޫން. 20 މީހުން ދިޔަޔަސް އެ 20 މީހުން ވާނީ އެ 20 މީހުނަށް . އެއްތާކުވެސް ހަރެއް ނުލާނެ. ހަބޭސް ހަމަ ދާނީ ކުރިއަށް ކަމަށް ފެނޭ. ފިލައިގެން ދާނެތަ ކަމުދާ ބަޔަކު. ވަކިވެގަތުމަކީ ނިކަމެތި ކަމެއް.
ސަތޮ
07 October 2016
ހަބޭސް ގެ ހުރިހާ ބާރެއް ތި ކެނޑުނީ 1438 ދާނީ ކުރިއަށް
ބްލޮސޮމް
08 October 2016
ކޮންމެ ނަމެއްގަ ނިކުތަސް ތިމީހުން ވާނީ ތިމީހުންނަށް.. ދެންތި ތިރީސް މީހުން ތިތަނުންދާނީ ހަމަ ސީދާ ވަންވޭ ގަ ގެއަށް.. ކުރިއަކަށް ނޫން.. !!
އައްޔަ
07 October 2016
އައްޔާ މެމްބަރުން ތަކެއް ގެއްލުނީއޭ؟ ނޫނީ މުޅި ހަބޭސް ގެއްލުނީތޯ؟
ބްލޮސޮމް
07 October 2016
މީހަކަށް ތިކަންވިއްޔާ ވާނީ ހަބޭސް އައްޔަ އަށް.. ސަޕޯޓަރުން މިތިބީ ހަމަ ވަރަށް ކައިރީގަ.. ކުރިއަށްވުރެ ހަބޭސް ދުވަސްތަކަކަށް އެދެން..!! އެއްފުޅަށް މަތިން ފުންމާލި ބަކަރި 20 ފުޅަށް މަތިންވެސް ފުންމާނެ..
ޒާން
07 October 2016
ހަބޭސް އައްޔަ މިހުރީ ހަބޭސް އާއި އެކުގަ