އެމްޓީސީސީގެ ވަކީލް އާލިމް (ކ) މިއަދުގެ އަޑުއެހުމުގައި ވާހަކަ ދަައްކަވަނީ -- ފޮޓޯ: ނިޝާން އަލީ/ މިހާރު
12 ފެބުރުއަރީ 2020 - 14:54
ސަރުކާރުގެ ހިއްސާ އޮތް ނަމަވެސް އެމްޓީސީސީ އަކީ ދައުލަތުގެ އިދާރާއެއް ނޫން ކަމަށާއި އެހެންކަމުން މައުލޫމާތު ހާމަކުރުމުގެ ގާނޫނުގެ ދަށުން ހުރިހާ މައުލޫމާތެއް ހާމަކުރަން ނުޖެހޭނެ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.
އެމްޓީސީސީން މިހެން ބުނީ އާއްމު މީހަކު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހަޅާފައިވާ މައްސަލައިގެ މިއަދުގެ އަޑުއެހުމުގަ އެވެ. އާހިދު ރަޝީދު ހުށައެޅި މައްސަލައިގެ އަޑުއެހުމުގައި އެމްޓީސީސީން ބުނީ ބޭނުންވެގެން އުޅެނީ މުވައްޒަފުންގެ މުސާރައިގެ މައުލޫމާތު ކަމަށް ވުމުން އެއީ އެ ހިއްސާކޮށްފި ނަމަ ކުންފުންޏަށް ގެއްލުން ވެދާނެ ކަމަށެވެ.
އެމްޓީސީސީން ދެކޭ ގޮތުގައި، ގެއްލުމެއް ކުރިމަތިވާނީ އެ މައުލޫމާތު ހާމަކުރަނީ ވިޔަފާރީގެ ވާދަވެރި މާހައުލެއްގައި ކަމަށް ވާތީ އެވެ.
އެމްޓީސީސީގެ ވަކީލު މޫސާ އާލިމް ވިދާޅުވި ގޮތުގައި މި މައްސަލާގައި އައިކޮމް ވަނީ ވަކި ކޮޅަކަށް ޖެހިފަ އެވެ. އޭގެ މިސާލެއްގެ ގޮތުން ދެއްކެވީ، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމުގައި ބޭފުޅަކު ނެތީސް، އެ މައުލޫމާތު ފޯރުކޮށްދޭން ކޮމިޝަނަރުގެ ނަމުގައި އެ ކުންފުންޏަށް ލިއުމުން އެންގި އެންގުމެވެ. އާލިމް ވިދާޅުވީ އެއީ އައިކޮމްއަށް ލިބިފައިވާ ބާރެއް ނޫން ކަމަށެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް ފިޔާޒު އައްޔަންކުރީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުލްއަޒީޒު ޖަމާލް އަބޫބަކުރުގެ މަގާމުގެ މުއްދަތު ހަމަވެ، ދުވަސްގަނޑެއް ވީ ފަހުންނެވެ.
އާލިމް ވިދާޅުވި ގޮތުގައި ގާނޫނުގައި ދައުލަތުގެ އިދަރާއެއްގެ ގޮތުގައި ބުނެފައިވާ އެއްވެސް ޝަރުތެއް އެ ކުންފުނީގައި ނުހިމެނެ އެވެ. އެހެންކަމުން ދައުލަތުގެ އިދާރާއެއް ކަމަށް ބުނެ މައުލޫމާތު ހާމަކުރަން އެންގި އެންގުން ބާތިލުކޮށްދޭން އެމްޓީސީސީން ވަނީ އެދިފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރު ފިޔާޒު (މ) އާއި އެ ކޮމިޝަންގެ ބައެއް ބޭފުޅުން މިއަދުގެ އަޑުއެހުމުގައި ބައިވެރިވެވަޑައިގަންނަވަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
އެ ވާހަކައަށް ރައްދު ދެއްވަމުން ފިޔާޒް ވިދާޅުވީ އެމްޓީސީސީއަކީ ވެސް ސަރުކާރުގެ ހިއްސާ އޮންނަ އެހެން ކުންފުނިތަކާ އެއްގޮތަށް ދައުލަތުގެ އިދާރާއެއް ކަމަށް އޭނާ ގަބޫލުކުރައްވާ ކަމަށެވެ. އަދި ސަރުކާރުގެ މަސްއޫލިއްޔަތު ވެސް އެ ކުންފުނިން އަދާކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވީ ވަކި ކޮޅަކަށް އައިކޮމް ތާއީދުކުރާ ކަމަށް އެމްޓީސީސީން ބުނާ ބުނުމަކީ މުއައްސަސާގެ އަގު ވައްޓާލުން ކަމަށެވެ. އެ ކޮމިޝަނުން މަސައްކަތް ކުރަނީ އާއްމުންނަށް ދައުލަތުގެ ހުރިހާ އިދާރާއެއްގެ މައުލޫމާތު ފޯރުކޮށްދޭން ކަމަށާއި އޭގެ ތެރޭގައި ކުންފުނިތަކަށް ގެއްލުންވާ ފަދަ ކަންތައް އިސްތިސްނާ ވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"މި މުއައްސަސާއިން ބޭނުންވަނީ ދައުލަތް ހާމަކަން ބޮޑު، އަޅުގަނޑުމެން މި ކިޔާ ނަޒާހަތްތެރިކަމާއި ހިންގުމުގެ ނިޒާމަކީ ދެ ފުށް ފެންނަ، ރައްޔިތުންނަށް ޖަވާބުދާރީ ވެވޭ ނިޒާމަކަށް ހެދުން. ތިބޭފުޅުންގެ ބަޔާނުގައި މި މުއައްސަސާގެ އަގު ވެއްޓޭ ގޮތަށް ހާމަކޮށްފައި އޮތީމަ އަޅުގަނޑު އެކަން ކުށްވެރިކުރަން،" ފިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގައި ވެސް، ރައިޓް ޓު އިންފޮމޭޝަން (އާރުޓީއައި) ގާނޫނު ތަންފީޒު ކުރަމުން ދަނީ ކުންފުނިިތައް ވެސް ހިމެނޭ ގޮތަށެވެ. އަދި ރާއްޖޭގައި އެންމެ ބޮޑު ކޮރަޕްޝަންތައް ވެސް ހިންގާފައި ވަނީ ކުންފުނިތަކުން ކަމަށް ވާތީ، ވަކި ހަމައެއްގެ މަތިން މައުލޫމާތު ފޯރުކުރުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އެމްޓީސީސީގެ މައްސަލާގައި އައިކޮމް އިން މިއަދު ވަކި ގޮތެއް ނުނިންމަ އެވެ. ކޮމިޝަނުން ބުނީ ވަކި ގޮތެއް ނިންމާނީ އެމްޓީސީސީން ހުށަހެޅި ބަޔާން ދިރާސާ ކުރުމަށް ފަހު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޝީދު.
13 February 2020
ދޭން ޖެހޭނީ. ބަލަން ތިބޭ! ގާނޫނުގަ ބަޔެއް މަދިއްޔާ އެބަޔެއް ލައިގެންވެސް ޓްރާންސްޕޭރަންސީ ގާއިމް ކުރާނަން ސަރުކާރާ ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ!
ކެނެޑީ
13 February 2020
ފާޑުފާޑުގެ މުއައްސަސާތައް ގާނޫނުތައް ހަދައިގެން މުޅި ސިސްޓަމް ގަޑުބަޑުވެ ތިއޮތީ މިކްސްޑ ސެލެޑް ސިސްޓަމަކަށްވެފަ
ބޮޑުމީހާ
13 February 2020
ތީ ބައްޕަ ކުންފުންޏެއްތަ. ނޫނީ ވާރުތަ މުދަލެއްތަ. ތީ ދިވެހިރައްޔިތުންގެ ޓެކްސް ފައިސާއިން އުފައްދައިގެން އެ ފައިސާ ބޭނުންކޮށްގެން އުފައްދާފައިވާ ކުންފުންޏެއް. ކުންފުނީގެ މައުލޫމާތު މުސާރަވެސް ހިމެނޭގޮތަށް ދިވެހި ރައްޔިތުންނަށް އެގެންޖެހޭނެ ކަމަށް ގަބޫލުކުރަން. ތިގޮތަށް މިފްކޯ، އެސްޓީއޯ، ފެނަކަ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުސާރައިގެ އޮނިގަޑާއި ދައުލަތުގެ އެހެން އިދާރާތަކުގެ އޮނިގަޑާއި އަޅާ ކިޔަން އެބަޖެހޭ. އެންމެންވެސް ކުރަނީ ހިދުމަތް
ބްޜޯ
13 February 2020
އޭ މަނިކްފާން! އެމްޓީސީސީ އަކީ ޕަބްލިކް ލިމިޓަޑް އެއް. ރައްޔިތުންގެ ޓެކްސް ލާރިން ހިނގާ ތަނެއް ނޫން އެއީކީ. ފައިދާ އާ ދަރަންޏަށް ކުންފުނިން ޒިންމާ ނަގާނީ. ވާނުވާ ނޭންގޭއިރު ވާހަކަ ނުދައްކާށޭ ހާދަ ލަދުވެތިއޭ ތަންދޮރު ނޭންގޭތީ!
ދދސސފ
13 February 2020
ބުރޯ ހަމަ އެބުނީ ތެދެއް..
ސަޑޭ
13 February 2020
ފެނަކަ އާއި އެމްޓީސީސީ އަދި އެސްޓީއޯ އާއި ހުރި ތަފާތު ހަމަ ނޭނގެނީތަ! އެހެން ނޫނަސް ޕޭ ބޯޑް ނޫނީ ރައްޔިތުންގެ މަޖިލީހުން އެދުނީމަ ތި ތަފްސީލުތައް ލިބޭނެ. އެއީކީ އިންފޮމޭޝަން ކޮމިޝަނަރު އިމުން ބޭރުވެގެން ހޯދަން ބުނީމަ ދެވޭނެ އެއްޗެއް ނޫން.
ބޮޑުމީހާ
13 February 2020
ބްރަދަރ. ޕަބްލިކް ލިމިޓެޑް މާނައަކީ ކޮބާތަ؟ އޭގެ މާނައަކީ ކުންފުނީގެ ފައިދާ / ގެއްލުން މުޅި ރައްޔިތުންނަށް ހިއްސާވާ ކުންފުނިތައް. ތިތަން ބަގުރޫޓުވެގެން ދާ އިރު ތިތާގެ ޑިރެކްޓަރެއް ކީއްކުރަން ބޯޑު މެމްބަރެއްގެ މުސާރައިން އެންމެ ބައިރުފިޔާވެސް އުންޏެއްނުވާނެ. ނުވިތާކަށް ދިވެހިރައްޔިތުންގެ ޓެކްސް ފައިސާއިން ސަބްސިޑީސް ދޭންޖެހޭނީ
ބތތަ
13 February 2020
ޕަބްލިކްލިމިޓެޑް އަކަށްވާނެ ކެޕިޓަލް މާކެޓް ޑިވެލޮޕްމެންޓުން ހަދާފައިވާ ގަވާއިދުތަކާއި އެއްގޮތަށް ކުންފުނި ހިންގާ ސްޓޮކް އެކްސްޗޭންޖްގައި ލިސްޓް ކުރީމަ. ކޮންމެ ޕީއެލްސީ އަކީ ސަރުކާރު ކުންފުންޏެއް ނޫން. އެމްޓީސީސީ ކަހަލަ ކުންފުނިތައް ހުރިހާ ރައްޔިތުންނާއި ގުޅޭ ހިސާބަކީ ސަރުކާރުގެ ބޮޑު ހިއްސާއެއް ހިމެނޭތީ. ބޯޑު މެމްބަރުންގެ ވަކި ވަކި މުސާރަ އަދި ކުންފުނީގެ މުސާރައަށް އެއްކޮށް ހަރަދު ކުރާވަރަކީ ކޮންމެ އަހަރަކު ރިޕޯޓުގައި ހާމަ ކުރަމުންދާ އެއްޗެއް!
20000
13 February 2020
މުށަރަ އާއި އިނާޔަތް ތަކަކީ ކިތަން ހާމަ ކުރިޔަސް އެންމެންނަށް އެގެން ޖެހޭ އެއްޗެއް ނޫން. މުސާރަ އަކީ ވަކި ވަކި ފަރުދުންނާ ގުޅިފައި ހުންނަ މައުލޫމާތެއް. ކޮބާ ފަރުދީ މީހާގެ ހައްޤު. އެފަދަ މައުލޫމާތަކީ ތަހްޤީޤީ އިދާރާތަކަށް ލިބެން ޖެހޭނެ މައުލޫމާތެއް
ނަން
13 February 2020
މަޤާމު ތަކުގެ މުސާރަ އައި އިނާޔަތް އިގެންޖެހޭ، ވަކިން މީހުންގެ ނަން ހާމަކޮއްފައި މިވެނި މީހަކަށް ލެބެނީ މިވެނި ވަރެކޭ ބުނާކަށެއް ނޫން މިބުނަނީ. ކުންފުނި ތަކު ބޯޑުން ކޮރަޕްޝަން އަށް ކޮން މެ ގޮތެއް ވެސް ހަދާފާނެ، އެއް މަގާމެއްގައި، އެއް ސްކޯޕެއްގައި މަސަކަތް ކުރާ މީހަކަށް ދެ އަދަދެއްގެ މުސާރަވެސް ދިފާނެ. މި ކަންކަން ހުއްޓުވޭނީ އެގެގެން. ޤައުމު އޮތީ ބޮއްސުންލާފައި، މަހުޖަނުން އައި ސިޔާސީ މީހުން ޤައުމު ފޭރެނީ. ޓެކްސް ދެއްކުން ހުއްޓަންވީ.
އިހްސާސް
13 February 2020
ބައެއްގެ މުސާރައިގެ ތަފްސީލު އެދޭހާ ބަޔަކަށް ދީގެން ނުވާނެ. ތަހުގީގަކާށް ނުވަތަ އޮޑިޓަކަށް ދެވިދާނެ. ދެން އެތާ އުޅޭ ނުވަތަ އުޅުނު މީހެއްގެ މުސާރަ ތަފްސީލު އެ މީހަކަށް ދެވިދާނެ.
ޜަހީ މް
13 February 2020
ޙައިފާ ސޯ ޕްރިޓީ ♥️
ޟެހެން
12 February 2020
ދުނިޔޭގެ އެންމެ ތަހުޒީބީ ގަވްމުތަކުގާ ވާވަރަށް މިރާއްޖޭގައި މޮޅެތި ނަން ނަން ކިޔާ މުއައްސަސާތަށް އެބަހުރި. ޒިންމާ އަދާނުކޮށް ރައްޔެތުންގެ ފައިސާނަގައިގެން ގޮނޑު ހޫނު ކުރާތީ ވާ ކަމެއްނެތް. މުޅި ގަވްމުގާ ވިސާއެއްނެތި ލައްކައިން މީހުން، ދިވެހީންގެ ވިޔަފާރިތަށް ފުނޑެނީ، ބޭރު ގަވްމުތަކުގެ ކޯރުމަހާއި ފާޑު ފާޑުގެ ޖަނަވާރުގެ މަސް އެތެރެ ކޮށް އެމީހުންގެ ފިހާރަތަކުގާ އެހެރަ ވިއްކަނީ. ބެލޭތޯ؟
ހަކީމް
12 February 2020
ތިއީ ސަރުކާރައި ރަށްޔިތުން ހިއްސާވާ ކުންފުންޏެއް. މިފްކޯ ، އެސްޓީއޯ ، އެމްޓީސީސީ ކަހަލަ ކުފުނިތަކަކީ ވަކި ބަޔަކު އަތްދަށުލައިގެން ސަރުކާރު ބަދަލުވާއިރަށް ހަމައެކަނި އެމް.ޑީ ބަދަލު ކޮއްލައިގެން ބޮޑު ނުކަތާ ވަރުގެ މުސާރައިގެ އިތިރުނ އެތަށް ފައިދާތަކެއް ނަގަމުން އަންނަ ކުންފުނިތަކެއް.
ރިވިއު
12 February 2020
މިކަމުގައި އެމްޓީސީސީ އެނަގާ ސްޓޭންޑް ރަނގަޅުކަމަށް ފެނެއެވެ. ވާދަވެރި މާހައުލެއްގައި ވިޔަފާރިކުރާ ކުންފުނިތަކުގައި ކޮމާރޝަލީ ސެންސިޓިވް މައުލޫމާތު ހުންނާނެއެވެ. އެފަދަ މައުލޫމާތުތަކަކީ ހުޅުވާލައިގެން ބާއްވާ ފޯރަމްއެއްގައި ދައްކަންޖެހޭ ނުވަތަ ދެއްކޭނެ ވާހަކަ ތަކެއް ނޫނެވެ. ކަމަކަށް ޝައްކުވަންޏާ އަދި އިތުރަށް ބަލަންޖެހެންޏާ އޭސީސީ އަށް ހުށަހަޅަންވީއެވެ. އަދި ނުވިތާކަށް އޯޑިޓް އޮފީސް، އަދި ފިނޭންސް މިނިސްޓްރީވެސް ހުންނަނީ ކަމަކުއެވެ.
ފިސާރިއ
12 February 2020
އިންފޮމޭޝަން ކޮމިޝަނަރު ވަކިގޮތަކަށް ގަބޫލުކުރިޔަސް، ގާނޫނު ތަންނުދޭ ނަމަ އެމްޓީސީސީ އަށް އެ މައުލޫމާތު ހިފެހެއްޓިދާނެ. އިންފޮމޭޝަން ކޮމިޝަނަރު އޮފީހަކީ ގާނޫނު މާނަކުރަން ހަދާފައި އޮންނަތަނެއް ނޫން. ޕަބްލިސިޓީ ހޯދަން މިކަހަލަ ކަންކަން ކުރަން އުޅުމުގެ ބަދަލުގައި، މި ގާނޫނަކީ ރާއްޖެއަށް ވަރަށް އާ އެއްޗެއްކަން ދަނެގެން އޭގައި ހުރި ކަންކަން އިސްލާހު ކުރުން މާ މުހިންމު.