ޓީއެމްއޭގެ މައިގަނޑު ހިއްސާ އޮންނަ ބެއިން ކެޕިޓަލްގެ މެނޭޖިން ޑައިރެކްޓަރު ޕަރުވިންދަރު ސިންގް (ކ) ޓީއެމްއޭގެ ސީއީއޯ އޭޔޫއެމް ފައުޒީ (މ) އަދި ޓީއެމްއޭގެ ކޮމްޕެނީ ސެކްރެޓަރީ އަހުމަދު ފަޒީލް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވަނީ. ފޮޓޯ:ނިޝާން އަލީ/މިހާރު
13 ފެބުރުއަރީ 2020 - 14:22
ސީޕްލޭން ޓާމިނަލުން ލިބޭ ފައިދާ، ޓީއެމްއޭގެ އިންޓާނަލް އޮޑިޓުން ރަނގަޅަށް ފެންނަން ނެތް ކަމަށާއި ހަަގީގީ ފައިދާ އިނގޭނީ ޓީއެމްއޭއިން ރިސޯޓްތަކަށް ދަތުރުކުރާ ފަސިންޖަރުންގެ އަތުން ނަގާ އަގުތައް ވެސް އެނގިގެން ކަމަށް އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު އިއްޔެ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ އިއްޔެ ބައްދަލުވުމުގައި މެމްބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ހަސަން ވިދާޅުވީ ޓީއެމްއޭއިން ދީފައިވާ އެ ކުންފުނީގެ އިންޓާނަލް އޮޑިޓުން ފެންނަނީ ހަމައެކަނި ލައުންޖުން އެކަނި ލިބޭ އާމްދަނީ ކަމަށެވެ. އޭނާ ވިދާޅުވީ ލައުންޖަށް ލިބެނީ 2.8 މިލިޔަން ޑޮލަރު ކަމަށް ބުނެފައިވާ އިރު، އެއީ ޓާމިނަލުން ލިބޭ މުޅި އާމްދަނީ ނޫން ކަމަށެވެ.
"ރިސޯޓްގެ ޕެސެންޖާއެއް އުފުލައިދޭ އަގަކީ ކޮބައިތޯ ހަގީގަތުގައި ބެލީމާ އެނގޭނީ [ޖުމަލް ލިބޭ އާމްދަނީ]،" އޭނާ ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އިއްޔެ މެމްބަރުންގެ ސުވާލުތައް އަޑު އައްސަވަނީ: އޭނާ ވިދާޅުވީ ޓީއެމްއޭ އަށް ޖާގަ ދޭން ފިނޭންސުން ނިންމި ނިންމުން ރަނނގަޅު ކަމަށް.
އޭނާ ވިދާޅުވީ ޓީއެމްއޭއިން ޓޫރިސްޓުން އުފުލައިދޭ ރޭޓްތައް ބަލަން ބައެއް ރިސޯޓްތަކާ އެ ކުންފުންޏާ ދެމެދު ވެފައިވާ އެއްބަސްވުންތައް ހޯދަން އޮޑިޓް އޮފީހުން އެދުނު ކަމަށާއި އެހެން ނަމަވެސް އެ މައުލޫމާތު ނުދޭން ޓީއެމްއޭއިން ރިސޯޓްތަކަށް އަންގާފައިވާ ކަމަށެވެ.
"އަޅުގަނޑުމެންގެ އޮފީހާ މައުލޫމާތު ހިއްސާނުކުރަން [ރިސޯޓްތަކަށް] އެންގި ވާހަކަ އަދި އަޅުގަނޑުމެންނަށް އެންގީ،" ހަސަން ވިދާޅުވި އެވެ.
އޮޑިޓާ ޖެނެރަލް އިއްޔެ މިހެން ވިދާޅުވި އިރު އޭގެ ކުރީ ދުވަހު މާލިއްޔަތު ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ޓީއެމްއޭއިން ބުނީ އޮޑިޓަށް މައުލޫމާތު ދިނަ ނުދޭން ރިސޯޓްތަކަށް އެއްވެސް ނުފޫޒެެއް ފޯރުވާފައި ނުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާ
14 February 2020
ޓީއެމްއޭ އަކީ ޓާމިނަލް ހިންގާބައެއްނުން. އެމީހުންނަކީ ސީޕްލޭން އޮޕަރޭޓްކުރާބައެއް. ސަރުކާރުގެ އިސްފަރާތްތަކަށް ރިޝްވަތުދީގެން ދައުލަތުން އަޅާފައިވާ ޓާމިނަލް އަތުލަން މިއުޅެނީ. ސަރުކާރުގެ އިސްފަރާތްތަށްވެސް މިވަނީ މިމަޅީގައި ޖެހި ތާށިވެފައެވެ. ލިބޭބައި ބޮޑުކަމުން މަޖިލިހުގެ ރައީސާއި އަދިވެސް ސަރުކާރުގެ އިސްފަރާތްތަކުން ޓީއެމްއޭއަށް އާޓާމިނަލް ދިނުމުގެ އަޑުވަނީ ގަދަވެފައެވެ.
ހަކީމް
14 February 2020
ފަސް ވަގުތު ނާޅަ ނަމާދު ކުރާމީހުން ... އެކަމަކު ފަޒީވާ އަދާކުރާ ކުންފުނީގައި ތިމާގެ މަގާމު ދިފާއު ކޮށް ކުރިއެރުން ލިބޭނެކަން ޔަޤީންވާތިވެ ދޮގާ ، މަކަރާ ހީލަތް ... މީވެސް ދުނިޔޭގައި އުޅޭ ބަޔެއް.
ޕަބްލޯ
13 February 2020
1. ތިޔަ ކުންފުންޏަށް ރާއްޖޭގައި ވިޔަފާރިކުރަން ދީފައިވާ ހުއްދަ އުވާލާ
ރަންރީދޫ ޓްވިޓަރޭ
13 February 2020
ޑޭލައިޓް ރޮބަރީ ރޯމާދުވާލު ދިވެހި ނިކަމެތި ރައްޔިތުންނަށް ލިބެންއޮތް ނަފާއެއް ފޭރިގަންނަނީ
ނޫރައްދީނޯ
13 February 2020
ކޮބާތަ އެމްއޭސީއެލް ގެ ބޯޑް މެންބަރ ޓީއެމްއޭގެ ހިއްސާދާރުންނާއި އިގިރޭސިވިލާތުގައި ބައްދަލުކުރި. ބައްދަލުވުމަށްފަހު އެއްބަސްވެވުނު ގޮތައް ޓީއެމްއޭ އަށް ދިނުމަށް މަގުފަހިކުރުމަށް މިކަމުގައި އެމްއޭސީއެލްގެ ގައި އިސްކޮށް އުޅުނު ދެމުވައްޒަފުން ކަޑާލާ މިމީހުން ތައްޔާރުކޮށް ބޯޑައް ފޮނުވުމަށް ހުށަހެޅި ޕްރޮޕޯސަލް ތައް ވީދާލީ. ކޮންމެ ދުވަހަކު ކުންފުނީގެ ހުރިހާ ހިންގާ މީޓިންގްތަކަށް ވަދެ އިންނަ ބޯރޑްމެމްބަރ އިންނަނީ ގަވަނަންސް އާއި އެއްގޮތައްތޯ ބެލޭނެ.
ގުޅިބާ
13 February 2020
ކޮބާ އެމްޑީޕީ ކުދިންކޮޅު އަވަހަށްފޯރަމްތަކާ ބައްދަލުވުންތަކާ ޖަލްސާތައް ބާއްވާ ރައްޔިތުންނަށް މިވަގޮތް ސާފުކޮއްދީބަލަ، އެސަރުކާރު މިސަރުކާރު ކިޔާނެކަމެއްނެތް،
އަހުމަދުބޭ
13 February 2020
މީގަ މިޙާރު ޓީ އެމް އޭގެ ބާރު އަދި ނުފޫޒް އޮތްވަރު އެގިގެން އެބަދޭ، ހެދިފައި ވާ މުއައްސަސާތަކަށް ވުރެ އަމިއްލަ ވިޔަފާރިތަށް ބާރުގަދަކަން މިފެންނަނީ ދެން މިއީ އޮޅިފައި އޮންނަ ކަމެއް ނޫން، ތިކަމުގެ އަޑީގައި ތިބީ އުއްޗުމެން ލާހިކެއްނޫން އެވެރިން ބޭނުން ނުވާގޮތެއް އެއްވެސް ސަރުކާރަކަށް ހަދާކަށް، މިވޭތިވެދިޔަ ހުރިހައި ސަރުކާރު ތަކެއްވެސް ވަނީ އެވެރިންގެ ދަށުގައި އަދި ތިޔަގެންގުޅޭ ސިޓީވެސް އޮންނާނީ ނުފޫޒްގެ ދަށުން ހޯދައިފާ؟
ޗޭން
13 February 2020
ޓީއެމްއޭ އަށް އޮޕަރޭޓް ކުރރވެންވާނީ އެއާލައިން އެކަނި. ދައުލަތުން ރައްޔިތުންގެ ފައިސާއިން ހަރަދުކޮށްގެން ހަދާފަހުރި ތަންތަނާއި ލައުޖު ތަކާއި ބިންތައް ޓީއެމްއޭގެ މިލްކަކަށް ވެވިގެން ނުވާވާ. ޢެތަންތަން ކުއްޔަށް ދޭންވާނީ ބިޑިން އުސޫލުން އާންމުކޮށް ހުޅުވާލައިގެން. ޢެކަން ކުރަންވާނީ ދިވެހި ދައުލަތުން. އެއީ ދައުލަތުގެ މުދާ. ކޮރަޕްޝަން ހިންގަން ފުރުސަތު ހުޅުވާލައިގެން ނުވާނެ.
falcon_autho
13 February 2020
އޮޑިޓް އޮފީހުން އެދުނު މަޢުލޫމާތު ނުދޭން ޓީއެމް.އޭއިން އެންގީ ޤާނޫނީގޮތުން އޮޑިޓް އޮފީހަށް ލިބިފައިވާ ބާރަށްވުރެ ޓީ.އެމް.އޭއަށް ބާރެއް ސަރުކާރުން ދީފައި އޮތީތޯ؟ ނޫނީ މިސަރުކާރުގެ ވެރިންނާއި މިރާއްޖޭގައި އުޅޭމީހުން މިގައުމުގެ ގާނޫނުތަކަށްވުރެ މަތީގައި ތިބީތޯ؟
އަހްމަދު
13 February 2020
އެބަސާފުވޭ