ދަރަވަންދޫގެ ބައެއް ގިރާފައި.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
13 ފެބުރުއަރީ 2020 - 18:34
ރަށް ގިރުމުގެ މައްސަލަ އަށް މިވަގުތު ކުރެވޭނެ ކަމަކީ ވެލި ބަސްތާ ޖެހުން ކަމަށް އެންވަޔަރްމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ބައެއް ރަށްރަށް އާދަޔާ ހިލާފަށް ގިރަމުން ދިއުމުގެ މައްސަލައާ ގުޅިގެން މިނިސްޓަރު "މިހާރު" އަށް ވިދާޅުވީ، ކޮންމެ އަހަރަކު ވެސް ހުޅަނގާއި އިރުވައިގައި، އެއް ފަރާތުގައި އޮންނަ ވެލިގަނޑު އަނެއް ފަރާތަށް ބަދަލުވުމުގެ ކަންކަން ހިނގާ ކަމަށެވެ. އެއީ އާއްމުކޮށް ފެންނަ ވެލިގަނޑު ބަދަލުވެ، ވޮޑުވުމުގެ ކަންކަން ހިނގާ ގޮތް ކަމަށް ވިއަސް މިފަހަރު މާ ބޮޑަށް ރަށް ގިރުމުގެ މައްސަލަ ދިމާވެފައިވާ ކަމަށް ވިދާޅުވި އެވެ.
ރަށް ގިރައި އަތިރިމަތީގައި ހުރި ރުއްތަކާއި ގަސްތައް ވެއްޓުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.
"މިވަގުތު، ވަގުތީގޮތުން ކުރެވޭނެ މުހިއްމު ކަމަކީ ވެލިގޯނި ޖެއްސުން ނޫނީ ޖިއޯ ބޭގް ޖެއްސުން. މި މަސައްކަތުގައި އަޅުގަނޑުމެންގެ މެންޑޭޓު އޮތް ގޮތުން އަޅުގަނޑުމެންގެ ދައުރަކަށް މި އޮތީ މިކަންކަން ބަލާފައި ފެންނަ އެއްޗެއް އެޑްވައިޒްކުރުން ސަރުކާރަށް،" މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އާދަޔާ ހިލާފަށް ރަށްގިރުން ކުރިމަތިވީ، މިިދިޔަ ސެޕްޓެމްބަރު-އޮކްޓޯބަރު ހިސާބުގައި އިންޑިއާ ކަނޑުގައި އުފެދުނު އިންޑިއަން އޯޝަން ޑައިޕޯލްގެ ސަބަބުން ކަމަށެވެ. ދުނިޔެ އަށް އަންނަ ބައެއް ބަދަލުތަކުގެ ސަބަބުން ކޮންމެ ފަސް އަހަރަކާއި 10 އަހަރަކު މޫސުމަށް އެ ބަދަލުތައް އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
އެ ބަދަލުތަކުގެ ސަބަބުން ރަށް ގިރުމުގެ މައްސަލަ މިފަހަރު މާ ބޮޑަށް ދިމާވީ ކަމަށާއި ރަށްތައް ރައްކާތެރިކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ވިދާޅުވި އެވެ.
ރަށްތައް ސަލާމަތްކުރުމަށްޓަކައި ޕްލޭނިން މިނިސްޓްރީން އަދި ރަށްރަށުން އަމިއްލަ އަށް ވެސް ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
މިފަހުން ރަށް ގިރައިގެން 20 ރަށަކުން ހުށަހަޅާފައިވާ ކަމަށް މިނިސްޓަރު ކުރިން ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ދަނީ ވަރަށް ގާތުން ރަށްތައް ގިރަމުންދާ މިންވަރު ބަލަމުން. ކާރިސާ ލެވެލްއަށް ދިޔައީމަ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން ރަސްމީކޮށް އެމީހުން އެކަން އިއުލާން ކުރާނެ. މިވަގުތު [ވެލި ބަސްތާ ޖެހުމުގެ] މަސައްކަތް ކުރަނީ ޕްލޭނިން މިނިސްޓްރީ މެދުވެރިކޮށް،" އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވީ ރަށް ހިމާޔަތްކުރުމަށް ވެލި ބަސްތާ ޖެހުން ފިޔަވައި އެހެން ކަމެއް ކޮށްފިނަމަ ގިރައިގެން ދިޔަ ވެލިގަނޑަށް، އެހެން މޫސުމެއްގައި އެނބުރި ނާދެވޭ ގޮތް ވެދާނެ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު ރާއްޖެއަށް ކުރާކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ މިހާރު ވެސް މުރަކަތައް މަރުވެ ކަނޑުގެ ލޮނުގަނޑު ހޫނުވާ ކަމަށެވެ.
"މި ހުރިހާ ކަމެއްގެ ސަބަބުން ވެސް މި ދެންނެވި ބަދަލުތައް އެބަ ކުރޭ މިހާރު. ފަރުތައް އޭގެ ޒާތުގައި ވެސް ވަރަށް ބޮޑަށް ހަލާކުވެފައި މި ހުރީ ކުރީ ޒަމާނުގައި މީހުން ގާތައް ވެސް ނަގައިގެން ފަރުން،" ހުސައިން ވިދާޅުވި އެވެ.
ކުއްލި ހާލަތްތަކުގައި އެންވަޔަރްމަންޓަލް އިމްޕެކްޓް އެސެސްމަންޓް ނުހަދައި ވެސް ފިޔަވަޅު އެޅޭނެ ކަމަށް ވިދާޅުވެ، މިނިސްޓަރު ވިދާޅުވީ މިއީ އެފަދަ ހާލަތެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑު މީހާ
14 February 2020
ސޭފް އައިލެންޑްސް ވެލި އަޅާ އުސްކޮށް ރާއްޖޭގައި 10 ވަރަކަށް ރަށް ތަރައްގީކޮށް އާބާދީ އެއްފަސްކުރަންވީ. 188 ރަށަށް ކުރާ ޚަރަދު ނުކޮށް މިގޮތަށް ދުރުރާސްތާ ޕްލޭން ހަދައި ރާއްޖެ ތަރައްގީ ކުރަން އަ މާޒު ހިފައިފިނަ މަ 10 ވަރަކަށް އަހަރުތެރޭ މި 10 ސިޓީ ނި މޭނެ. ޓެކްސް ފައިސާ މިހާރު ތި ހަރަދު ކުރަނީ އެއްވެސް އުސޫލެއްނެތި އަޑުގަދަ މީހާގެ ރުށް ގިނަވާ އުސޫލުން
ގާބިލް
14 February 2020
ފަށާފަހުރި ޕުރަޖެއްކުޓުތައް ވެސް ކުރިއަކައް ނުކަނޑާ
ކުރުކޮށް
13 February 2020
ކަލޭނޭ ދުނިޔެއަށް މިހިރަވަމުން އަންނަގޮތް ނުފެނޭތަ އަވަހަށް ތައުބާވޭ؟މިއަހަރު ފެށުނުތަނާ މިއޮތީ ބައިމީޓަރަށް ލޮނުގަނޑުއުހަށް ޖެހިފަ
falcon_autho
13 February 2020
ކިހިނަކުންތޯ ހުރިހާ ރަށެއްގެ ގޮނޑުދޮށުގައި ބަސްތާޖަހާނީ. އެހާވަރަށް ދައުލަތަށް ފައިސާ ވަންނަނީތޯ؟ މިއުޅެނީ ސޯލިހުގެ ސަރުކާރަށް އަދި ހިނގައިނުގަނެވިގެން ބަދަލުދޭ ފާރުގައި ޖެހޭވަރުން.
ހާލަތު
13 February 2020
މުޅި ރާއްޖޭގެ ފަޅުތަށް ހިއްކާ ގުދުރަތީގޮތުން އޮއެވަރު ދައުރުވާގިތަށް ހެދީމަ ވާނެގޮތް މިވަނީ ރާއްޖޭގެ ފަޅުތަށް ހިންކަންފެށީމަ އަޅުގަނޑު ބުނިން ރަށްތަކަށް ގެއްލުންވާނެޔޭ މިއަދު މިއޮތީ އެދުވަސް އައިސްފަ.
ނުކިޔާ
13 February 2020
ލިއުމުގައި އެއޮތީ ސަބަބު ބުނެދީފައި. އަދިވެސް މީހެއްގެ ބޮލުގަ އެޅުވޭތޯ ތި ބަލަނީ.
ހަޑިގިއްލާ
13 February 2020
ތިޔަ ހުސޭނު ތީ ސުމެއްގެ މީހެއް. ހުސް އަނގަތެޅުން ކަމަކީ... ވާކަމެއް ނެތް އެއްކަމެއްވެސް.
ގުރާ
13 February 2020
އެޖެންޑާ 19 ވަރަށް ތަފާތުދޯ ދެން ހީލަ ހީލާ ތިބޭ
ހަބީބު.
13 February 2020
ފޮނިވާހަކަ ދެއްކުމާ މީހުންނައް އޮޅުވާލުން ކުޅުދުއްފުށި އަފީފުއްދީން ސްކޫލައް ގޮނޑުން އަރާ ދުމާ ވަސް ދަރިވަރުންނައް މިވަރުބޮޑު ގެއްލުމެއްލިބޭއިރު މިނިސްޓަރާ ސަރުކާރު ނިދާފަ 100 ދުވަހުން މިސްކިތް އޭސީކުރަންބުނެ މިހާރު ދައްކަނީ ސޯލާހަރުކޮއް އެކަންކުރާ ވާހަކަ ކުދިރައްރައް އެއްފަސްކުރުން ދެންވެސް ދައުލަތައް ލުޔެއް ލިބޭނީ
ދޮންމަނިކް
13 February 2020
އަދިވެސް ޖަޒީރާވެ، ތިބެ ، ގަމަރުކަންމަތީ އަބަދައް ...... އަދިވެސް ބޮޑޮ 50 ރަށުގަ މީ ހުން އާބާދު ކުރަންނުވޭތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟
ރަދީފު ބިން ރަފައިދާ
13 February 2020
ސުރުހީއަޅާލާފައި އިންގޮތުން މަހީކުރީ އެންވައިރުމެންޓު ބައްޕަ ބުނެލާައިއޮތް އެއްޗެއްކަމަށް.