ތޮއްޑޫގައި ހައްދާފައި ހުރި ކަރާ ދަނޑުތަކެއް.
16 ފެބުރުއަރީ 2020 - 12:57
އަންނަ ރޯދަމަހަށް ޚާއްސަކޮށްގެން، ދަނޑުވެރިކަމުގެ ބާވަތްތައް އުފައްދަން އއ. ތޮއްޑޫން 118 ބިމެއް ދޫކޮށްފައިވާ ކަމަށް އެ ރަށު ކައުންސިލުން މިއަދު ބުނެފި އެވެ.
ކައުންސިލްގެ ރައީސް ޚަދީޖާ ނިއުޝާ ވިދާޅުވީ، މި ފަހަރު ވެސް އެންމެ ގިނައިން ތޮއްޑޫގައި ހައްދާނީ ކަރާ ކަމަށެވެ.
ރޯދަ މަހަށް ހާއްސަކޮށް، ކަރާ މުޑުވައް ކުރަން އަންނަ ހޮނިހިރު ދުވަހު ފަށާއިރު، އާންމު ގޮތެއްގައި ކަރާ ހެއްދުމަށް ގާތްގަނޑަކަށް ދެ މަސް ދުވަސް ނަގަ އެވެ.
ތޮއްޑޫގައި، މިދިޔަ އަހަރު ވެސް ރޯދަމަހަށް ހާއްސަކޮށް 114 ބިން ދޫކޮށްފައިވެ އެވެ.
"މި ފަހަރު ވެސް ރޯދަ މަސް ފެށެން ހަފުތާއެއްހާ ދުވަސް ކުރިއަށް ކަރާ ކެނޑޭވަރުވާނެ،" ނިއުޝާ ވިދާޅުވި އެވެ.
ތޮއްޑު އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަން ކުރާ އެއް ރަށެވެ. ރޯދަ މަހަށް ހާއްސަކޮށް، ކަރާގެ އިތުރުން މެލަން އާއި ކިއުކަމްބާ އާއި ކޮޕީ ފަތް ވެސް އެ ރަށުގައި ހައްދަ އެވެ.
ނިއުޝާ ވިދާޅުވީި ގޮތުގައި، މިދިޔަ ދެ އަހަރު ވެސް މޫސުން ގޯސްވުމުން ދަނޑުތައް ހަލާކުވުމާއި ދަނޑުތަކަށް ބަލި ޖެހުމުގެ ނަތީޖާއެއްގެ ގޮތުން އެކަށީގެންވާ މިންވަރަށް ކަރައެއް ނުހެއްދުނެވެ.
ރާއްޖޭގައި އެންމެ ފުޅާކޮށް ކަރާ ހައްދަނީ ތޮއްޑޫގައި ކަމަށް ވާތީ، އެ ރަށުގެ ދަނޑުތަކަށް ނޭދެވޭ އަސަރު ކޮށްފި ނަމަ، މާލޭގެ ބާޒާރުގައި ކަރާގެ އަގު ބޮޑުވެ އެވެ.
މިދިޔަ އަހަރުގެ ރޯދަ މަސް ފެށުނު އިރު، ކަރާ ކިލޯއެއްގެ އަގު ހުރީ 40ރ. ގަ އެވެ. އެކަމަކު، ރޯދަ މަހު ނިމުމާ އެކު ކަރާ ކިލޯއެއްގެ އަގު 20ރ. އަށް ވެއްޓުނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގަބުޅި ރިހަ
16 February 2020
ލާމު އަތޮޅުން ވެސް ބޯކޮށް ރޯދައަށް ކަރާ ގެންނާނެއެވެ...އިންޝާ ﷲ!
ގަޑަތެޅޭ ދަނޑުރިޔާ
16 February 2020
ދަނޑުވެރި ކަން ވެސް މަސްވެރިކަން ވެސް ފަތުރު ވެރިކަން ވެސް ކުރަންވީ މާލެ އާއި މާލެ ވަށާ ތިބި މީހުނެވެ. ދުރު މީހުން ޖެހެނީ ގަނޑަ ތެޅޭށެވެ.އުފައްދާ ތަކެތި ޖެހެނީ ނު އަގުގައި ވިއްކާށެވެ.ތޮއްޑޫ/ކާށިދޫ މީހުން ކާރާ ދަނޑަކުން ނަގާ ފައިދާ އަހަރެމެނަށް ދެ ދަނޑުން ވެސް ނުލިބޭނެ އެވެ. ސަބަބަކީ ރަގަޅު ޓައިމަށް މާކެޓަށް ނުނެރެ ވުމާއި ލޮޖިސްޓިކް އަގު ތަށް މަތި ކަމެވެ. މަސްކިލޯ އަކަށް މާލޭ އޭރިޔާގައި /35 ރުފިޔާ ލިބޭ އިރު އަހަރެމެނަށް ލިބެނީ/ 20 ރުފިޔާ އެވެ