ޚިޔާލު

ކޮލަމް ށަވިޔަނި: ކުއްލިއަކަށް މި އައީ ކޮން ރޯޅިއެއް؟

އެސްޓީއޯގެ ގުދަނެއްގައި ފުށް ބަސްތާތަކެއް އުފުލަނީ: ކާޑުގެ ސަބްސިޑީ ކުއްލިއަކަށް ކަނޑާލި އިރު އާއްމު ދިރިއުޅުމަށް އަންނާނެ ލޮޅުންތަކަށް ބަލައިލާފައެއް ނެތް. ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު

ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުކުރުމާ ދެކޮޅަށް ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމްގެ މެމްބަރުން ފާޅުގައި ވާހަކަ ދައްކަވަން ފެއްޓެވީމާ އެކަން ފާހަގަކުރެވުނެވެ. ހާއްސަކޮށް، ދެ ބައިވެފައި އޮތް ޕާޓީގެ، ސަރުކާރު ފަޅީގައި ތިއްބެވި ބައެއް މެމްބަރުންނެވެ. ރައްޔިތުންނަށް ޖެހޭނެ ދަތި ހާލާ ދޭތެރޭ ހަމްދަރުދީވެ ކަންބޮޑުވެގެން ނުދައްކާ ވާހަކައެއް ނެތެވެ. އެކަމަކު މާ ލަސްތަކެއް ނުވެ ދެން ކިޔަން ޖެހުނީ އޭގެ ތެރެއިން ބައެއް މެމްބަރުން އެ ވިސްނުން އަނބުރާ ގެންދެވިކަމުގެ ޚަބަރެވެ.

"ރައީސް [އަބްދުﷲ ޔާމީން] އެކަމަށް ތާއީދުކަން އެނގުނީމަ" ކުއްލިއަކަށް ދިމާ އިދިކޮޅަށް ވިސްނުން ބަދަލުވެގެން ދިޔަ ގޮތުން ގައިމު ވެސް އަޅުގަނޑު ހައިރާންވި އެވެ. މިއީ ސިޔާސީ ދާއިރާގައި އާއްމުކޮށް ކަން ހިނގާ އުސޫލު ކަމަށް ވެދާނެ އެވެ. އެކަމަކު މި ގޮތަށް ނަފްސު "ވިއްކާލަން" އެހާ ފަސޭހައީ ކިހިނެއް ކަމެއް، ސިޔާސީ ކުޅިވަރުތައް ތަހައްމަލްކުރުމުގެ ގާބިލްކަމެއް ނެތް އަޅުގަނޑަކަށް ދުވަހަކު ވެސް ނުވިސްނޭނެ އެވެ.

މި އުޅެނީ ހަނޑޫ، ހަކުރު، ފުށުގެ ސަބްސިޑީ ކަނޑާލީމާ ރުޅި އައި ވާހަކަ ދައްކާކަށް ނޫނެވެ. އެކަން ކުރި ގޮތާއި އެއާ ވިދިގެން ދެން މި ފެންނަ މަންޒަރުތަކުން ހައިރާންވެގެންނެވެ.

ކާޑުގެ ސަބްސިޑީ ކަނޑާލަން އުޅޭތީ ޑިމާންޑް ބޮޑުވި ދަނޑިވަޅުގައި މާލޭގެ ފިހާރަައެއްގައި ވިއްކަން ބަހައްޓާފައި ހުރި ހަނޑޫތަކެއް: ކާޑުގެ އަގާ އެކު އެހެން ހުރިހާ އަގުތަކެއް ވެސް ދަނީ އުފުލެމުން. ފޮޓޯ: ހުސެއިން ޝަޔާހު /މިހާރު

އެއް ކަމެއް ފާހަގަކޮށް ނިންމާލަމާ ހިނގާށެވެ! ދައުލަތުން އެއްވެސް ބާވަތެއްގެ ސަބްސިޑީއެއް ދޭން ޖެހޭނީ އެ ހައްގުވާ، އެއާ ނުލާ ނޫނީ ނޫޅެވޭ ފަދަ މަޖުބޫރީ ހާލަތްތައް ކުރިމަތިވެފައިވާ މީހުންނަށެވެ. އެކަމަކު މިއީ އަލަށް ސަބްސިޑީއެއް ތައާރަފްކުރުމުގެ ފިޔަވަޅެއް ނޫނެވެ. އަންޒަމާނުއްސުރެ ފީސަބީލިﷲ އަށް ދެމުން އައި އެއްޗެއް، މަޝްވަރާއެއް، ކުރިން އިއުއާލާންކުރުމެއް ނެތި، އަދި އޭގެ ސަބަބުން އާއްމު ދިރިއުޅުމަށް އަންނާނެ ލޮޅުން ކުޑަކުރާނެ މަގެއް ނުދައްކައި، 48 ގަޑި އިރަށް ވުރެ ކުރު ނޯޓިސްއެއް ދީފައި ކަނޑާލައި، ކާބޯތަކެތީގެ އެންމެ އާއްމު ތިން ބާވަތުގެ ކޮންޓްރޯލް އަގު ދެ ގުނަ އަށް ވުރެ ބޮޑުކޮށްލީ އެވެ! މިއީ ޑިމޮކްރެޓިކް ނިޒާމެއްގައި ވެރިކަންކުރަން އިންތިޚާބުކޮށްފައި އޮތް ސަރުކާރަކުން ކަންކަން ކުރަން ޖެހޭ ގޮތެއް ނޫނެވެ. ސަރުކާރުން ބަލާ ގޮތަކަށް ބަލާފައި ފަގީރުން ކަމަށް ކަނޑައަޅާ މީހުންނަށް ސަބްސިޑީ ދޭން ނިންމާފައި އޮތަސް، މިކަން މި ކުރީ ރަނގަޅަށޭ ބުނަން ހަގީގަތުގައި ދެއްކެން އޮތީ ކޮން ހުއްޖަތެއް ހެއްޔެވެ؟

ބޭރުގެ ޖަމާއަތްތަކުން ލަފާ ދީފައި އޮތީމައޭ، ބޭރުގެ އެހީ ލިބޭނެ ގޮތެއް ނެތި މަޖުބޫރުވީއޭ ސަރުކާރުން ފަހުން ބުންޏަސް، އެތައް ބައިވަރު ސަބަބުތަކަކާ ހެދި، އެކަން ގަބޫލުކުރަން ދައްޗެވެ. މިހާރު، ހާއްސަކޮށް ސަރުކާރުގެ މަޖިލިސް މެމްބަރުންގެ ފަރާތުން، ފެންނަނީ ސަރުކާރުން ބޮޑު ސިިންގާ "ގުރުބާނީއެއް" ވެގެން ވަރަށް އިޚްލާސްތެރި ނިޔަތެއްގައި ފިޔަވަޅެއް އެޅީކަން ދައްކަން އުޅޭ މަންޒަރެވެ. ރައްޔިތުންގެ ނުރުހުމާ ކުރިމަތިލާން ޖެހި ސިޔާސީ ގޮތުން ގެއްލުން ވިޔަސް ސަރުކާރުން އިސްކަންދެނީ އިގްތިސޯދު ރަނގަޅުކުރަންކަން އާއްމުންނަށް ވިސްނައިދޭން މަސައްކަތްކުރާ ތަނެވެ. އެއާއެކު، ސަރުކާރަށް "އެހެން ގޮތެއް ނެތިގެން" އަޅަން "މަޖުބޫރުވި" މި ފިޔަވަޅާ ހެދި އާއްމުންނަށް ލިބޭ ގެއްލުން ކުޑަކުރަން އެންމެން ފޫގަޅާލައިފި އެވެ.

އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގު މި ވަރަށް އުފުލުނީމާ އެހެން ހުރިހާ އަގުތަކެއް ވެސް މައްޗަށް ދާނެކަން ސަރުކާރުގެ އިސް ވެރިންނަށް ނޭނގޭނެ ކަމަށް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ ކުއްލިއަކަށް ކާޑުގެ އަގު ބޮޑުކޮށްފައި، ހަރު ހަނޑޫ ކައިގެން އުޅޭ ފަގީރު މީހާ އަށް ފައިސާކޮޅެއް ދިނީމާ ފަރުޖެހޭ ކަހަލަ އާދައިގެ ކަމެއް ނޫންކަން އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ.

ކާޑުގެ އަގު ހެޔޮކުރަން އެސްޓީއޯ އާއި ސަރުކާރުން މަޝްވަރާކުރަނީ އެވެ. ރައްޔިތުންގެ މަޖިލީހުގައި މި މައްސަލައިގެ ވަރުގަދަ ބަހުސެއް ކޮށް ކަމާ ބެހޭ ވަޒީރުންނާއި އޮފީސްތަކުގެ ވެރިން ކޮމިޓީ އަށް ހާޒިރުކުރަނީ އެވެ. ހެޔޮ ނިޔަތުގައި ކުރާ މަސައްކަތްތަކަކަށް ވެދާނެ އެވެ. އާއްމުން ހިތްހަމަޖެހޭ ފަދަ ނަތީޖާއެއް ދާދި އަވަހަށް ފެނުން ވެސް އެކަށީގެންވެ އެވެ. އެކަމަކު އަޅުގަނޑު އެ ގޮތަށް ގަބޫލުކުރާ ހިތެއް ނެތެވެ.

މައާފްކުރައްވާށެވެ! މި ކަންކަމަށް އަޅުގަނޑު ބަލާނީ ޝައްކުގެ ނަޒަރުންނެވެ. ކާޑުގެ ސަބްސިޑީ ކަނޑާލުމާއި ދެން މި އަޅާ "ފިޔަވަޅުތަކުން" އަޅުގަނޑުގެ ހިތަށް އަންނަނީ ދެ ކަމެކެވެ. އެއް ކަމަކީ، ކަމެއް ދަތިކޮށްފައި، "ރައީސުލްޖުމްހޫރިއްޔާގެ ހެޔޮފޮޅުކަމުން"، އަނެއްކާވެސް ކުރިން އޮތް ގޮތަށް އެކަމެއް ބަދަލުކުރުމުގެ "ސަގާފަތެ"ވެ. ދެވަނަ ކަމަކީ ސަރުކާރުގެ މެޖޯރިޓީ އޮތް ރައްޔިތުންގެ މަޖިލީހުން ރައްޔިތުންގެ ހައްގުގައި ކަމަށް ބުނެ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަންނަ އިރު ރައްޔިތުންގެ އިހުސާސްތަކުގައި ކޮޅުފައިން ޖަހަން ޖެހިލުން ނުވާ ކަމެވެ. އަބުރު ރައްކާތެރިކުރުމުގެ ނަމުގައި އިހަކަށް ދުވަހު ގާނޫނެއް ފާސްކުރި އިރު ކުޅުނު ޑްރާމާ އާއި ކުރި ޖެއްސުން ގައިމުގެ ވެސް އަޅުގަނޑު އަދި ހަނދާނެއް ނުނެތެ އެވެ. ކަންބޮޑުވުންތަކަށް ހައްލު ހޯދައިދޭން އެއްބަސްވެފައި ދެން ފެނުނީ ކުރިން އޮތް ގޮތަށް ވުރެ ވެސް މާ ގޯސްކޮށް ބިލަށް ބަދަލު ގެނެސް އާއްމު ޚިޔާލަށް ހުޅުވާލި ފުރުސަތު ބަންދުކޮށް ލިބުނު ޚިޔާލުތައް ވެސް "ބާތިލް" ކުރި ތަނެވެ. ގާނޫނު ހަދާފައި އެ އޮތީ ހަމައެކަނި ސަރުކާރުން ނުވަތަ ސަރުކާރުގެ މެމްބަރުން ބޭނުންވި ގޮތަށެވެ.

ސަރުކާރުން ކުރާ ބޮޑެތި އެތައް ކަމަކުން ފެންނަނީ މި މަންޒަރެވެ. މާ ސިންގާ ފިޔަވަޅުތައް އަޅައި ކުއްލިއަކަށް އިއުލާންކޮށްލީމާ ސިއްސައިގެން ދިޔުން ނޫން ގޮތެއް ރައްޔިތުންނަކަށް ނެތެވެ. އާއްމުންގެ ޚިޔާލު ހުރި ގޮތް ބެލުމަކީ މުހިއްމު ކަމަކަށް ނުވާ ތާނގައި ދުރާލައި އެކަމެއްގެ ހިލަމެއް ކޮށްލުމެއް ވެސް ނޯވެ އެވެ. މިއީ ރައްޔިތުންގެ މަސްލަހަތުގައި އަދާކުރަން ޖެހޭ ޒިންމާއެއް ކަމަށް ގަބޫލު ނުކުރަންޏާ އެއީ ވެރިންގެ ބޮޑާކަމެވެ. ސަރުކާރުގެ ޚުދުމުޚުތާރުކަމެވެ.

ސަބްސިޑީއަކީ ހަމައެކަނި ހައްގުވާ މީހުންނަށް އަމާޒުކޮށްގެން ދޭން ޖެހޭ އެއްޗަކަށް ވިޔަސް ކާޑުގެ އަގަށް މި ގެނައި ކުއްލި ބޮޑު ބަދަލަކީ ސީދާ އެ ނިޔަތުގައި އެޅި އިޚްލާސްތެރި ފިޔަވަޅެއް ކަމަށް ގަބޫލުކުރެވޭކަށް ނެތެވެ. އެހެން ނަމަ އެކަން ކުރާނީ ދުރާލައި މަޝްވަރާކޮށްގެން، ދެ ފުށް ފެންނަ ގޮތަށް އަދި އެއާ ވިދިގެން ދެން އާއްމުންނަށް ކުރިމަތިވާނެ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅުތަކަކާ އެކީގަ އެވެ. ތަކެތީގެ އަގުތައް އުފުލި ދިރިއުޅުމަށް ކުރާ ނޭދެވޭ އަސަރުތަކުން މިންޖުވާނެ މަގެއް މީހުންނަށް ދައްކައިދީފަ އެވެ.

އެންމެ ގިނައިން ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގު މި ވަރަށް އުފުލުނީމާ އެހެން ހުރިހާ އަގުތަކެއް ވެސް މައްޗަށް ދާނެކަން ސަރުކާރުގެ އިސް ވެރިންނަށް ނޭނގޭނެ ކަމަށް ގަބޫލުކުރާނީ ކިހިނެއް ހެއްޔެވެ؟ މިއީ ކުއްލިއަކަށް ކާޑުގެ އަގު ބޮޑުކޮށްފައި، ހަރު ހަނޑޫ ކައިގެން އުޅޭ ފަގީރު މީހާ އަށް ފައިސާކޮޅެއް ދިނީމާ ފަރުޖެހޭ ކަހަލަ އާދައިގެ ކަމެއް ނޫންކަން އެ ބޭފުޅުންނަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ އެވެ. ސައި ހޮޓަލުން ގަނެގެން ކާ މަސްރޮށިން ފެށިގެން ގޮސް ދިރިއުޅޭ ގޭގެ ކުއްޔާ ހަމައަށް ހުރިހާ އެއްޗެއްގެ އަގު މިހާރު ވެސް ބޮޑުވެއްޖެ އެވެ. ކާޑުގެ އަގާ ގުޅުން ހުއްޓަސް، ނެތަސް ކަން ހިނގަމުންދާ ގޮތަކީ އެއީ އެވެ. އެެހެންވީމާ، މިހާ ކުއްލި ގޮތަކަށް މި ވަރުގެ ބޮޑު ގެއްލުމެއް ސަރުކާރުން މި ދިނީ ހަމަ "އެހެން ގޮތެއް ނެތިގެން"ތޯ ވަރަށް ރަނގަޅަށް ސާފުވާން އެބަޖެހެ އެވެ.

މުޒާހަރާ އަށް ނުކުތީމާ ގެއަށް ފޮނުވާލައިގެން ނުވަތަ ހައްޔަރުކޮށް އަދަބު ދީގެން ޝުއޫރު ފާޅުކުރުން ހުއްޓުވާލެވިދާނެ އެވެ. ފާޑުކީމާ ކައުންސިލްތަކަށް ބިރުދައްކައި ހިމޭންކުރުވިދާނެ އެވެ. އެކަމަކު ސަރުކާރުން ކޮންމެ ކަމެއް ކޮންމެ ގޮތަކަށް ކުރިޔަސް ހެވިފައި، އެއީ އެންމެ ރަނގަޅު ގޮތް ކަމަށް ގަބޫލުކޮށްލައިގެން ތިބި ދުވަސް ފާއިތުވެއްޖެ އެވެ. ފަހަރުގައި ސަރުކާރުގެ ބައެއް މެމްބަރުންނަށް އެކަން އެނގިވަޑައިނުގަންނަވަނީ އެވެ. ބުއްދި ގަބޫލުކުރާ ގޮތާ ޚިލާފަށް ވިސްނުން ބަދަލުކޮށް އަދި ހަމަ އެ ގޮތަށް އާއްމުންނަށް ވިސްނައިދޭން މަސައްކަތް ފަށާ ވާހަކަ ދައްކަވާނީ އެހެންވެގެންތާ އެވެ!

21 ކޮމެންޓް, 81 ރިއެކްޝަންސް

icon happy icon happy 85%
icon sad icon sad 2%
icon angry icon angry 12%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސަމީމާ

08 October 2016

ރައްޔިތުންނަކީ ނުކެރޭ ފިނޑި ބައެއްކަން ސަރުކާރަށް ވަރަށްރަގަޅަށް އެގޭ، ދެން ކޮންމެ ކަމެއްކުރިޔަސް ވަރިހަމަނު. ތަކެތީގެ އަގުބޮޑުވެގެން އިންތިޒާމްކުރި މުޒާހަރާޔަށް ދިޔައީވެސް އާއްމުކޮށް ސިޔާސީ ކަންކަމުގަ މުޒާހަރާތަކަށް ދާމީހުން އިތުރު މީހަކު ނުދޭ. މިބުނީ ކާޑުގެ އަގުބޮޑުވެގެން އެކަމާ ރުޅިއައިސްގެން އިހުތިޖާޖްކުރަން އިތުރު މީހަކު ނުދާވާހަކަ. މިސަރުކާރުން ކިތަންމެ ރަގަޅަކަށްވެސް ރައްޔިތުން މައިތިރިކޮއްފި. މިހާރު ގެޔައްވަދެ ގޭގަހުންނަ އެތިކޮޅު ގެންދިޔަޔަސް އަލާލާނެ މީހަކުވެސް ނުހުންނާނެ.

The name is already taken The name is available. Register?

ސިއްދީގު

08 October 2016

އެއީއެއްނޫން ވާގޮތަކީ، ވާގޮތަކީ ރައްޔިތުންނަށް އެގޭ މި ސަރުކާރަކީ ރައްޔިތުންގެ ބަސް އަހާނެ ސަރުކާރެއް ނޫންކަން. ކަންކަމުގަ ރައްޔިތުން މުޒާހަރާކޮއްފި އެއްވެސް އަޑެއް ސަރުކާރަކަށް ނީވުނު. 3 ބާރު އެއްކޮއްލައިގެން ހަދަނީ ހަދާނެ އެއްޗެއް. ގައުމުން ހެސްކިޔާފަ ވައްކަންކުރަނީ. ރަށްތަކާ، ފަރުތަކާ، ފަޅުތައ ވިއްކާ ހުސްކޮއްފި. ލިބުނު ލާރި ވީތަނެއް ނޭގެ. ގައުމު ދަރާ ހުއްވެއްޖެ. ދަރިންގެ ދަރިންނަށް ވެސް ގައުމެއްނެތް.

The name is already taken The name is available. Register?

އިބިރިހިން ތައްކާނު

08 October 2016

މަ ހަމަ އަޖާއިބުވަނީ އާޓިކަލް އާއި ކޮމެންޓްތަކުގައިވެސް "ރައްޔިތުންގެ މަޖިލީހުގެ" މެމްބަރުންނެއްގެ ވާހަކައަންނާތީ. "ރައްޔިތުންގެ މަޖިލީސް" ކިޔާ ތަނެއްގެ ނަންބޯޑު ފެނޭ. ޢެކަމަކު އެއްވެސްތާކުން "ރައްޔިތުންގެ މަޖިލީހުގަ" ރައްޔިތުން ތަމްސީލުކުރާ، ރައްޔިތުންގެ މެމްބަރަކު ފެނުނު ހަދާނެއް ހަމަނެތް. މުޅިންވެސް ފެންނަނީ ސިޔާސީ ޕާޓީތަކު މެމްބަރުން. ބައެއް މެމްބަރުން ބަސް އަހާވެސް ތޯއްޗެއް. އަނެތް މެމްބަރުން ބަސްނާހައިގެން ޕާޓީން އަދަބުދޭތަންވެސް ފެނޭ. މަހިތަށް އަރާ މަރުވުމުގެކުރީން ރައްޔިތުންގެ މެމްބަރެއް ފެންނާނެ ނަމައޭ.

The name is already taken The name is available. Register?

ހަސަން.

08 October 2016

ކުރިން އިއުލާން ކޮށްގެން ތިޔަކަން ކުރި ނަމަ ވިޔަފާރި ވެރިން ނާއި އުގު ވިޔަފާރި ކުރާ މީހުން އެސްޓީ އޯ ދޮށުގައި ކިއު ޖައްސައިގެން ބޮޑެތި އަދުން ބަސްތާ ގަނެގެން ގޮސް ގުދަން ކޮށް އެ އަގުބޮޑު ކޮށް ވިއްކައިގެން ބޮޑު ނަފާއެއް ނެގީސް. ކުރީގައި ވިއްކި އަގަށް ހަޑޫ ބަސްދާ ގަނެގެން މިހާރު ގެ އަގަށް ވިއްކީޔާމުން 199 ރ ފައިދާ އެއް އިންނާނެ. 21200 ރ އަށް ސިގެރެޓް ކޭސް ގަނެގެން އެއިން 150 ރ ފައިދާ ނަގާ މީހުން މޮޔަވާ ވަރުގެ ފައިދާ އެއް މީގެ އިން ލިބޭނެ. އެހެންވީ މާ ސަރުކާރުން އެ ވަރު ވިސްނާފައި ކުރި ކަމެއް މީ.

The name is already taken The name is available. Register?

Maldives

08 October 2016

އެއީ މަނީ ލޯޑްރިން ވާހަކަ އޮއްބާލަން ގެނައި ރޯޅިއެއް!

The name is already taken The name is available. Register?

އެލަން ގްރީންސްޕޭން

08 October 2016

2016 ވަނަ އަހަރު ބަޖެޓްގަ އޮތީ ސަބްސިޑީ ދޭން ޖަހަާ ފާސް ކޮށްފަ! މިލާރިކޮޅުވެސް ކޮންމެވެސް މީހަކު ދިރުވާލީ ދޯ؟ ޢެހެންނޫނީ މިފައިސާ ހުންނަން ޖެހޭނެ!

The name is already taken The name is available. Register?

ކޮމެންޓޭ

08 October 2016

ދައުލަތް ހިންގުމުގަ އެންމެންގެ ލާބައަށް ދަތި އުނދަގޫ ނިންމުންތައްވެސް ނިންމަންޖެހޭނެ މިއީ އެފަދަ ނިންމުމެއް. ކާޑުގެ ސަބްސިޑީ އުވާނުލެވި މިހުރިހާ ދުވަހުވެސް މިދިއައީ ސިޔާސީ ގޮތުން އުނދގޫ ނިންމުމަކަށްވާތީ. ގިނަ ދިވެހިންނަކީ ކާޑުގެ ހަމައަގު ދެއްކޭވަރުގެ މީހުން. މިހާރު މިދޭގޮތައް އާސަންދަ ވެސް ހިފެހެއްޓުމެއްނެތި ދިނުމަކީވެސް ދެކޮޅު ޖެހޭގޮތެއް ނޫން. އަދިވެސް ބޮޑެތި ބަލިތކުގެ މީހުން މިޖަހަނީ ސަލާން ޖަހަން. އާސަންދަވެސް ހަރުދަނާ އުސޫލަކުން އެންމެ ބެނުންވާ މީހާއަށް ލިބޭނެ ގޮތްވާން ޖެހޭ.

The name is already taken The name is available. Register?

ޖައިސަމް

08 October 2016

އެހެންވީމާ ސިޔާސީ ގޮތުން ފަސޭހަވަނީ ކާޑުގެ އަގު ބޮޑުކުރަން. އެއީ އާދައިގެ ރައްޔިތުންގެ ދިރިއުޅުމަށް ނިކަމެތި އަސަރު ކުރުވާނެ ކަމެއް. އެކަމު ސިޔާސީ ގޮތުން އުނދަގޫވަނީ މުއްސަނދިން އަތުން ޓެކްސްނެގުމާ، ސަރުކާރުގެ ހަރަދު އިސްރާފު ކުޑަކުރުން ކަހަލަ ކަންކަން. އެހެންވީމާ ތިބުނެވުނީ ގައުމު ހިންގަނީ ކޮން ބަޔަކަށްކަން. ހަމަ ގައިމުވެސް މިއީ ރައްޔިތުންނަށް ހިންގާ ގައުމެކޭ ނުބުނެވޭނެ.

The name is already taken The name is available. Register?

އައްމަޑޭ

08 October 2016

ސަރުކާރުގެ ސިޔާސީ މަގާމުތައް މަދު ނުކުރެވެންވީ ކީއްވެ.. ނުވަތަ އެމީހުންގެ މުސާރަ ކުޑަ ނުކުރެވެންވީ ކީއްވެ... ރައްޔިތުންގެ މަޖިލިސްގެ ހަރަދުތައް ކުޑަ ނުކުރެވެންވީ ކީއްވެ

The name is already taken The name is available. Register?

އުމަރު

08 October 2016

ތިޔަރޯޅި ކުއްލިއަކަށް އައީ ސަރުކާރުގެ އަގުވެއްޓޭ ކޮންމެ ފަހަރަކު ލޮލެއް ބޮލެއް ނުބަލައި ޕްރޮޖެކްޓް ހިންމުމުގެ ސަބަބުން، އަދި މިސަރުކާރު އައިފަހުން ދެވުނު ހުރިހައި ޕްރޮޖެކްޓެއް ދެވިފައިވަނީ ދެގުނަ އަދި ތިންގުނަބޮޑުކޮށް އެކި އެކި ސިޔާސީ މީހުންނަށް ބައިއެޅޭގޮތަށް ވާދެވެރި ބިޑަކާނުލައި، އެހެންވެ ބަޖެޓް ހުސްވީ، މިމަހުވެސް މުސާރަދޭނެ ފައިސާނެތިގެން ދެން ބެލީ ކަރަންޓާއި ހަނޑުލުން އެބައި ޖެއްސޭތޯ؟ އެވަރުންވެސް ނުވީމާ ފުރައިގެން ރައީސް ވަޑައިގަތީ ސައުދީއަށް ބަޖެޓް ފޫބައްދަން ނުވަތަ ދެން އޮތް 3 މަސްދުވަހުގެ ކާނާއަށް ސަލާންޖަހަން، މިދިޔަ 3 އަހަރުގައި ހިންގި ޕްރޮޖެކްޓްތަށް ދިން ފަރާތްތަކަށް އަދި ހަމައަށް ފައިސާވެސް ނުދެވޭ ނަމަވެސް އެޑްވާންސްގެ ގޮތުގައި ފައިސާނަގާފައިޥޭ އެފައިސާވަނީ ބަހަންޖެހޭ މީހުންނަށް ބަހާފައި، މިފަދަގޮތަކަށް ކަންތަށް ކުރެވޭތީ ބަޖެޓް ހުސްވީ

The name is already taken The name is available. Register?

ގަޅިބެ

08 October 2016

ކޮންމެ ޕްރޮޖެކްޓަކުން ދެބައިކުޅަ އެއްބައި ޖީބައް ވަންނަނަމަ ޕްރޮޖެކްޓް ނުހިންގަންވީ ކީއްވެ. ވަރިހަމަނު ގައުމު ދެރިޔަސް. އެކައުންޓްތައް ފުރޭނެނު.

The name is already taken The name is available. Register?

ވިސްނާއިބުރާހީމް

08 October 2016

ވޯޓެއް ދެން ނުދޭނަން

The name is already taken The name is available. Register?

ގަޅިބެ

08 October 2016

މި ސަރުކާރަށް އިތުރު ވޯޓެއ ބޭނުމެއްނުވާނެ. މަޖިލީހާ ކޯޓްތައް އެތިބީ ސަރުކާރާ އެއްކޮޅަށް އަރާފަ. ވޯޓް ދިނަސް ނުދިނަސް ސަރުކާރު ދަމަހައްޓާނެ. ގާނޫނު އަސާސީޔާ ގާނޫނުތައް ބަދަލްކޮއްގެންވެސް އެކަންކުރާނެ. ސަރުކާރު ވެއްޓެއްޖެއްޔާ ކިހިނެއްހަދާނީ މަޖިލިސް މެމްބަރުން ތެޔޮ ސަޕްލައިކޮއްދޭ ބާޖުތަކަށް.

The name is already taken The name is available. Register?

އަލްޖިބްރާ

08 October 2016

" އަކުން ބަކުން " ތިހުންނެވީ ހަމަހޭގަތޯއެވެ؟ 10މީހުންތިބޭ ގެއަކަށް ދުވާލަކު 2ރުފިޔާގެ ހަކުރުން ފުދޭނީ ވިޔަފާރިވެރިން އެހެންތަކެތިން އަގުބޮޑުނަކުރާނަމައެވެ. އެހެން ހުރިހާ އެއްޗަކުން އަގުބޮޑުކުރީމާ ދެންވަންނާނީ ކޮންވަލަކަށް ހެއްޔެވެ ؟

The name is already taken The name is available. Register?

މިފަހަރު

08 October 2016

ރައްޔިތުންގެ ސަޕޯރޓް ނެތްކަން އެގުނީމާ ރުޅި ފިލުވާލަންވެގެން ކާޑުގެ ތަކެތިން އަގުބޮޑުކުރީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454