ޚަބަރު / ކޯޓް މައްސަލަތައް

ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފަށައިފި

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް އަހަރު ފައްޓަވައި ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އެ ކޯޓުން އާންމު ކުރަން ފަށައިފި އެވެ.

ސުޕްރީމް ކޯޓުގެ ޝަރީއަތްތަކުގެ ރެކޯޑިން ފުރަތަމަ ފަހަރަށް އާންމު ކުރަން ފެށިކަން އިއުލާން ކުރެއްވީ ޖުޑީޝަލް އަހަރު ފެށުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނެވެ. މިއީ ރާއްޖޭގައި ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އާންމުކުރަން ފެށި ފުރަތަމަ ފަހަރެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިން އަޑުއެހޭނެ އިންތިޒާމް މިހާރު ހަމަޖެހިިފައިވާނެ ކަމަށާއި ޝަރީއަތްތަކުގެ ވީޑިއޯ ލައިވްކޮށް ބެލޭނެ އިންތިޒާމް ވެސް ބަޖެޓް ލިބުނުހާ އަވަހަކަށް ހަމަޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި ޝަރީއަތްތަކުގެ ވަދެ ނިކުތުމުގެ އުސޫލުތައް ވެސް ފަސޭހަވެގެންދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

Supreme Court of the Maldives

Supreme Court of the Maldives

Supreme Court of the Maldives

ސުޕްރީމް ކޯޓު ޝަރީއަތްތަކުގެ އޯޑިއޯ ރެކޯޑިންތައް

ސުޕްރީމް ކޯޓުގެ ވެބްސައިޓް މެދުވެރިކޮށް ޝަރީއަތުގެ ކޮންމެ އަޑުއެހުމެއްގައި ދެކެވިފައިވާ ވާހަކަތަކުގެ އޯޑިއޯ ވަކިން އަޑުއެހޭނެ އިންތިޒާމް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މިއަހަރުގެ މިހާތަނަށް ބޭއްވި ހުރިހާ އަޑުއެހުންތަކެއްގެ ރެކޯޑިން އޭގެ ތެރޭގައި ހިމެނެ އެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޝަރީއަތެއް ޓީވީން ލައިވް ބްރޯޑްކާސްޓްކުރީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގަ އެވެ. އެކަމަކު އޭގެފަހުން އެއްވެސް ޝަރީއަތެއް ޓީވީން ލައިވް ކޮށްފައެއް ނުވެ އެވެ.

13 ކޮމެންޓް, 35 ރިއެކްޝަންސް

icon happy icon happy 66%
icon sad icon sad 0%
icon angry icon angry 34%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ޒިންމާ

19 February 2020

ފުރަތަމަ އަޑު އެހި ޝަރީޢަތުގެ އޯޑިއޯގައިވެސް އިވުނީ ދައުލަތުން ޕީޖީން އައީ ތައްޔާރުނުވެޔޭ! އެހެން ދުވަހަކުން ތައްޔާރުވީމަ އަންނާށޯ! ރައްޔެތުންގެ ލާރިން މުސާރަދޭއިރު މިއަށްވުރެ ޒިންމާދާރުވާން އެބަޖެހޭ! އަދި އެއީ ދައުލަތުން އިސްތިއުނާފުކުރި މައްސަލައެއްގަ ދައުލަތުގެ ނުކުތާތަށް ކިޔާދޭން ނޭނގިގެން! ލަދުން ބޯހަލާކު! ޒިންމާދާރު ކުރުމަށް މިއީ ރަނގަޅު ފިޔަވަޅެއް!

The name is already taken The name is available. Register?

އަބްދުއްالله

19 February 2020

މަސްވެރިން ހޮޅުއަށީގަ ތިބެގެން ވާހަކަދައްކާ ގޮތަށް މިމީހުން މި ވާހަކަދައްކަނީ ކީއްވެގެން؟ މަސްވެރިންގެ ކޯޓެއްތަ މީ. އުއްތަމަ ފަނޑިޔާރު މުއުތަސިމު ގެ އަރިއަހުން ބަސް މޮށެން ދަސްކޮށްބަލަ.

The name is already taken The name is available. Register?

އަނގަ ވަޅު

19 February 2020

މިކަހަލަ ދެއްކުންތެރި ކަމެއް ކުރެވޭނީ..

The name is already taken The name is available. Register?

ސައްލަ

19 February 2020

ކޮން އިރަކުން ބާ ސިޓީ ކައުންސިލްތަކުގެ ހުރިހާ ނިންމުންތަކެއް ގެޒެޓް ކުރެވެން ފަށާނީ. ދެފުށުން ފެންނަ ސަރުކާރަކަށް މިސަރުކާރު ވާން ޖެހޭ.

The name is already taken The name is available. Register?

ޙުސާމް

19 February 2020

ސަކަރާތް ނުޖަހާ އިންސާފް ޤާއިމް ކުރޭ. ޤާނޫނު އަސާސީއާއި ޚިލާފަށް ހެދިފައިހުރި ހަދަމުންދާ ޤާނޫނުތަށް އުވާލައްވާ

The name is already taken The name is available. Register?

ބޮޑުމީހާ

18 February 2020

ރަގަޅު ބަދަލެއް.

The name is already taken The name is available. Register?

ވައިސޫރި

18 February 2020

ވަރައް ރަނގަޅު މިހާރު ސަރިއަތްތައް ދާގޮއެއް މަސްވެރިންނައް ކަނޑު މަތީ ޔިބެގެން ދަނޑުވެރިން ދަނޑުގާ ތިބެގެން ޅަދަރި މައިން ގޭގާ ތިބެގެން ބަލާލެވޭ ގޮއެއް ވު މަކީ އިންސާފު ވެރި ގޮތެއް ކަ މައް ފެނެއެވެ

The name is already taken The name is available. Register?

ޝާމް

18 February 2020

ފައިސާއަށް ކުއްވެރިން ހިމާޔަތްކުރާ ގާޒީންނާއި ވަކީލުން ބޭޒާރުވުން ނޫން އިތުރުކަމެއް ވާނެބާ؟

The name is already taken The name is available. Register?

އިތުރުކަންތައް ވާނެއެވެ!

19 February 2020

ތިބުނާ ވައްތަރުގެ ޤަޟީންނާއި، ވަކީލުން މިހާތަނަށް ހަމައެކަނި ފެންނާނީ އެތަނަށް ވަދެވޭ މަދު ބަޔަކަށެވެ. ނަމަވެސް މިކަމުގެ ސަބަބުން ބޭނުން ބަޔަކަށް، ބޭނުން ވަގުތަކު ބަލާލެވޭނެ އެވެ.

The name is already taken The name is available. Register?

ގުޑް

18 February 2020

ވަރަށް ރަގަޅު ކަމެއް. ގޭގައި އޮވެގެން ވެސް ގިނަ ލާރި ނަގައިގެން ކޯޓަށް ދާ ވަކީލުން ދައްކާ ވާހަކަ އިވޭނެ. އެމީހުން ކޭހަށް ތައްޔާރުވި ވަރާ ވަކީލެއްގެ ހައިސިއްޔަތުން ތަމްސީލު ކުރާ ފަރާތުގ ހައްޤު ހޯދައިދިނުމަށް ކުރި މަސައްކަތް ސާފުވާނެ. ބައެއް ފަހަރު މިއުޅޭ ވަކީލުން ބޮޑެތި އަދަދުން ފައިސާ ނަގާފައި ކޯޓަށް ވަދެލާފައި މާބޮޑު ވާހަކައެއް ނުދައްކާ ނިންމާލަނީ.

The name is already taken The name is available. Register?

ދސދސ

19 February 2020

ހޭބަލި ވެދާނެ. މިހާޜު މިއެނގެނީ ބައެއް ވަކީލުން ވަގުތު ދިގުކުރަން ބޭކާޜު އަނގަތަޅަނީ ކީއްވެތަކަން! އޮއްޓަރެއް ނެތް ބޭކަރު އަނގަ

The name is already taken The name is available. Register?

1828

18 February 2020

ރަނގަޅު ނިންމުމެއް.

The name is already taken The name is available. Register?

އަހުމަދު.

18 February 2020

ރަނ'ގަލުވަމުން އެބަދޭ. ޢަދި ވަކިން ރަނ'ގަޅުވާނެ ކޯޓުތަކުގައި ސްޓޮޕްވެފައި ހުރި ގިނަދުސްވީ މަރުތަކުގެ މައްސަލަވެސް އަވަހަށް ނިިމިގެންދިއުން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454