ހެލްތް މިނިސްޓްރީގެ ޕީއެސްއަކަށް ހުންނެވި ހަދީޖާ، ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި.---މިހާރު ފޮޓޯ: ހުސެއިން ވަހީދު
20 ފެބުރުއަރީ 2020 - 19:26
ހެލްތު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) ޚަދީޖާ އަބްދުއްސަމަދު އަބްދުﷲގެ މަގާމުގެ މުއްދަތު ހަމަވާން އެންމެ ފަސް ދުވަހަށް ވެފައި ވަނިކޮށް، އޭނާ މަގާމުން ވަކިކުރަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނިންމައިފި އެވެ.
މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވަންޓުންގެ އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނަވާ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ސީއެސްސީން ބޭފުޅުން އައްޔަން ކުރަނީ ފަސް އަހަރަށެވެ. އެ އުސޫލުން ހެލްތު މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ޚަދީޖާ ހުންނަވާތާ ފަސް އަހަރު ވާނީ އަންނަ ހޯމަ ދުވަހަށެވެ.
ސީއެސްސީގެ ޑިރެކްޓާ ޖެނެރަލް އަބްދުﷲ ސައީދު ވިދާޅުވި ގޮތުގައި، ޚަދީޖާ ވަކިކުރަން އެ ކޮމިޝަނުން ނިންމީ ތަހުގީގު ކުރި، ހިންގުމާ ގުޅޭ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް ސައީދު ވިދާޅެއް ނުވެ އެވެ.
"ޕާމަނަންޓް ސެކްރެޓަރީ ވެސް މަގާމުން ވަކިކުރަން އަޅުގަނޑުމެން މި ނިންމަނީ ގަވައިދާ ގާނޫނާ ހިލާފަށް އަމަލުތަކެއް ކުރުމުން،" ސައީދު ވިދާޅުވި އެވެ.
އެނގިފައިވާ ގޮތުގައި ހަދީޖާ ވަކިކުރަން ނިންމި އެއް ސަބަބަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު އެ މިނިސްޓްރީ އާއި މިނިސްޓްރީގެ ދަށުން ހިންގާ އެކި އިދާރާތަކުގެ ބައެއް މުވައްޒަފުން މަސައްކަތް ކުރާތަން ބަދަލު ކުރުމެވެ. އެކަމަކު، ޕީއެސްގެ މަގާމުން ޚަދީޖާ ވަކިކުރަން ސީއެސްސީން މިއަދު ނިންމި ނަމަވެސް އޭނާގެ މައްސަލަ ބަލައި ނިންމާފައިވާތާ އަށެއްކަ މަސް ވެއްޖެ އެވެ.
ހެލްތު މިނިސްޓްރީ އަށް ޕީއެސްއެއް ހޯދުމަށް މިހާރު ވަނީ އިއުލާން ކޮށްފަ އެވެ.
ޚަދީޖާ އެ މަގާމަށް އައްޔަން ކޮށްފައިވަނީ 2015 ވަނަ އަހަރު އެވެ. އޭނާ ވަނީ ޕަބްލިކް ހެލްތު ސިސްޓަމް ޑިވެލޮޕްމަންޓް ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރައްވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުޙައްމަދުބޭ
23 February 2020
ތިޔަ މިނިސްޓްރީއަކީ ކޮރަޕްޝަނުގެ ހާއްޔެއް... އެކަން ބަލަށް އެބަޖެހޭ އެންޓި ކޮރަޕްޝަން ކޮމިޝަނުން.....
މުދިއްބެ
22 February 2020
މިނިސްޓްރީގެ ވަޒީފާތަކަށް މީހުން ނެގުމުގައި އިސްކޮށް އުޅެނީ އަހައްމައިދީ.. އޭނާ ބުނާ ގޮތަކަށް މާނިއު ކަންކަން ކުރަނީ މިކަން އެބަޖެހޭ ބަލަން.. އެޑްމިންގެ އިންޓަވިއުތަކަށް އަބަދުވެސް ވަންނާނީ އެއްބަޔަކު
މުޙައްމަދުބޭ
22 February 2020
ތިތާގަ އުޅޭނެ ވަރަށް މޮޅު ލޯޔަރެއް ޝިޔާމާ މުޙައްމަދުކިޔާ.. އޭނައަށް ތި މިނިސްޓްރީ އިސްލާޙްކުރެވޭނީ
ބަރަސް
22 February 2020
ތަސްލީމާވެސް ހުންނަނީ ލޯ ފާސް ނަގައިގެން. ޝިޔާމާ އަމިއްލައަށް ކޮމެންޓު ނުކުރޭ
އިކުލީލު
22 February 2020
މި އެމް.ޑީ.ޕީ ސަރުކާރުން އެބަޖެހޭ ތިތާ ތިބި މުސްކުޅި ގުރޫޕް ވަކިކުރަން... އަހައްމައިދީ، ތަސްލީމާ، ސާމިއާ، ހުސެއިން މާނިއު ފަދަ މީހުން ވަކިކޮށްގެން ނޫނީ މިކަމެއް އިސްލާޙެއް ނުވާނެ.. މިނިސްޓްރީއަށް ލިބޭ ހުރިހާ ތަމްރީނުތަކަކަށްވެސް ދަނީ މި މީހުންނާއި މި މީހުން ބުނާ މީހުން...
ސާމި
23 February 2020
ތިޔަހެދީ ބޮޑުދޮގެއް، ޓުރޭނިންގުތަކަށާއި ކޮންފެރެންސަށް ދަނީ ފެން ފެންވަރުހުރެފަ މަތީފާސްތަކާއި ދަށުންލިބޭފާސް ހޯދައިގެން
ވަހީދު
22 February 2020
ތިތަނުން ވަކިކުރަންވީ އެޑްމިން ހެޑު އަހައްމައިދީ.. އޭނައަކީ ހަމަ ބޯވައެއް ހުރިހާ ސަރުކާރަކަށްވެސް ފިޓުވާނެ... މިނިސްޓްރީން ހިންގާ ޕްރޮޖެކްޓްތަކަށްވެސް މީނާގެ ނުފޫޒު އޮންނަކަމަށް ވަނީ
ސައިމާ
22 February 2020
ތިމިނިސްޓްރީގެ ޑިޕާރޓްމަންޓްތަކުގެ ވެރިންގެ ގޮތުގައި ތިބި ބައެއް މީހުން ވަކިކުރަންވީ... ނުފޫޒުގަދަ ބެއެއްގެ ސަބަބުން މުޅި މިނިސްޓްރީ ހަލާކުވެގެން ދަނީ.. އަހައްމައިދީ، މާނިއު، ތަހޭ، ސާމިޔާ ފަދަ މީހުން ވަކިކޮށްގެން ތިތަންތަން ރަނގަޅަށް ހިނގާނީ...
އާލިއާ
22 February 2020
މިނިސްޓްރީގެ ޕީ.އެސް އެއް ނޫން ހަޤީގަތުގައި ވަކި ކުރަންވީ.. ޕީ.އެސް ލައްވައި ހަނޑި ހޭވި މީހުން ވަކިކުރަންވީ، އަހައްމައިދީ އާއި މާނިއު އަދި ރަސްދޫ ޝާކިރު މެން ފަދަ ބޭފުޅުން ހުރިހާ ހަޑިއެއް ހޭވީ..
ޒާަ
21 February 2020
ތިޔަށްވުރެ ބޮޑު ހަޤީޤަތެއް ނުވޭ. އަދި ސާމިޔާވެސް ލިމްޔާ ވެސް ހިމެނޭ ގޮތަށް ދުރައްލާ. އޭރުން ކިރިޔާވެސް ލާހިކުވާނީ.
މަސްވެރިޔާ
21 February 2020
ސިވިލް ސާވިސް އުވާލާ ސިޔާސީ ސާވިސް އުފައްދަންވީ. މިހާރު މިއޮތް ސިޔާސީޕާޓީތަކުގެ ސްޓައިލާ ގުޅޭނީ އޭރުން.
އަނގަގަދަ މިތުރު
21 February 2020
މިނިސްޓްރީގެ ދޯދިޔާކަމުން ހުޅުމާލޭ ހޮސްޕިޓަލުގެ އެޑްމިންއާއި ބައިއަޅާ ބައެއް ނަރުހުންގެ ކޮރަޕްޝަނާ ފަސާދައިގެ އަމަލުތަކާހެދި ކުރިއެރުން ހުއްޓިފައޮތްކަން އިނގޭކަމަކަށް ނުހަދާ. މިއަށްވުރެ އަދި ވިލިމާލޭގަ ނަމަކަށް ޔާމީނު ހޮސްޕިޓަލަކަށް ހެދިތަނުގެ ހާލު ނުބައި. ގިނަދުވަސްވީ މުވައްޒަފުންގެ މައްޗަށް ވެރިން ހިތްހަމަ ޖެހޭ ފާޑުގެ އަލަށް ވަންނަ ކުދިން ބޭތިއްބުމާ ޑޮކްޓަރުންގެ މައްޗަށް އަމުރުކުރާ ނަރުހުންގެ އިތުރުން ޖާސޫސްކުރާ ރިސެޕްސަނިސްޓުން ތިބޭ