ކާޑުގެ އަގު ބޮޑުުކުރުމާ ދެކޮޅަށް ސ. ހުޅުމީދޫގައި ކުރި މުޒާހަރާ.
07 އޮކްޓޯބަރ 2016 - 20:27
ސަބްސިޑީ ހަމައެކަނި ފަގީރުންނަށް ދޭ ގޮތަށް ހަމަޖައްސައި ކާޑުގެ އަގު 100 ޕަސެންޓް ކުރުމުން ރުޅިގަދަވެ ގިނަ ރަށްތަކެއްގައި އެއްފަހަރާ މިއަދު މުޒާހަރާކޮށްފި އެވެ.
ކާޑުގެ އަގު ހެޔޮކުރަން ގޮވާލައި އެތައް ރަށަކުން ގިނަ އަދަދެއްގެ ރައްޔިތުން މަގުތަކަށް ނިކުތީ، ނުރުހުންފާޅުކުރުމުގެ ޝުއޫރުތައް ލިއެފައިވާ ބޯޑުތަކާ އެކުގަ އެވެ. ބޯޑުތަކުގައި ލިއެފައިވާ ގޮތުގައި ކާޑުގެ އަަގަށް މި ގެނައި ބަދަލަކީ ރައްޔިތުން "ބަނޑަށް ޖައްސަން" ސަރުކާރުން ކުރި ކަމެއް ކަމަށެވެ.
މި ބަދަލުގެ ސަބަބުން ނިކަމެތި އެތައް ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދަށްވެ ތަކުލީފް އުފުލަން ޖެހިފައިވާ ކަމަށް ވެސް ލިއެފައިވެ އެވެ. ކާޑުގެ އަގުބޮޑުކުރީ ތަރައްގީގެ މަޝްރޫއުތަކާ ގުޅިގެން ކަމަށް ބުންޏަސް އެއީ ގަބޫލުކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށް ބައެއް ރަށްތަކުން މުޒާހަރާގައި ގޮވަމުން ދިޔަ އެވެ.
މި މުޒާހަރާތަކުގައި ސަރުކާރަށް ފާޑުކިޔައި ޝުއޫރުފާޅުކޮށްފައިވާ ބޯޑުތައް ގިނަ އެވެ. ކަރަންޓާއި ކާޑުގެ ބާވަތްތަކުގެ އަގު އަތްނުފޯރާ ފަށުގައި ހުރިއިރު މާދަމާ އަގުބޮޑުކުރާނީ ކޮން ހިދުމަތަކުންތޯ ވެސް ސުވާލު އުފައްދާފައިވެ އެވެ.
ކާޑުގެ އަގަށް ގެނައި ބަދަލުން ރައްޔިތުންނަށް ނިކަމެތިކަން ލިބިފައިވާ ކަމަށް ބުނެ ގއ. ވިލިނގިލީގައި މުޒާހަރާކުރަނީ.
ގިނަ ރަށްތަކެއްގައި މިއަދު މުޒާހަރާކުރިއިރު ކާޑުގެ އަގަށް މި މަހު އެކަކުން ފެށިގެން ގެނައި ބަދަލާއެކު ސިލްސިލާކޮށް ދަނީ މުޒާހަރާ ކުރަމުންނެވެ. މި ،މައްސަލާގައި އިދިކޮޅު ފަރާތްތަކުން މިރޭ މާލޭގައި ވެސް ބޮޑު މުޒާހަރާއެއްކުރާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.
ކާޑުގެ އަގު ބޮޑުކުރި މައްސަލާގައި ބޯޑުތައް ހިފައިގެން ބަޔަކު މުޒާހަރާކުރަނީ.
މާލޭގައި ކުރިން 3.98ރ. އަށް ލިބުނު ހަނޑޫ ކިލޯއެއް މިހާރު ގަންނަން ލިބޭނީ 7.96ރ. އަށެވެ. ކުރިން ހަތަރު ރުފިޔާ އަށް ވިއްކި ހަކުރު ކިލޯގެ އަގު ދެ ގުނަވެ އަށް ރުފިޔާ އަށް ވަނީ އަރައިފަ އެވެ. ފުށް ކިލޯއެއްގެ އަގު ވަނީ 2.96ރ. އިން 5.96ރ. އަށް ބޮޑުވެފަ އެވެ. މި އަގުތަކަށް ވުރެ ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ކާޑުގެ ބާވަތްތަކުގެ އަގު ބޮޑުވާނެ އެވެ. ސަރުކާރުގެ އާ ކޮންޓްރޯލް އަގު އެކޮނޮމިކް މިނިސްޓްރީން ހުކުރުދުވަހު ވަނީ އާންމުކޮށްފަ އެވެ.
ކާޑުގެ އަގު ބޮޑުކުރުމުން ހދ. ކުޅުދުއްފުށީގައި މުޒާހަރާކުރަނީ.
ކާޑުގެ ސަބްސިޑީ ކަނޑާލަން ޖެހުނީ ސަރުކާރުން ބުނެފައިވާ ގޮތުގައި، ރާއްޖެ އަށް ބޭރުގެ ފަރާތްތަކުން މާލީ އެހީ ހޯދަން އުނދަގޫވެފައި ވާތީ އެވެ. ކާޑުގެ އަގުބޮޑު ކުރި މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވެސް ވަނީ ހުށަހަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނޫރާ
09 October 2016
200 ރަށް ރާއްޖޭގައި އޮވޭ މީގެން 10 ރަށުގަ މުޒާހަރާކުރީމަ އެއީ ހުރިހާ ރަށެއްގައި ކުރެވުން. މިއީ މަމެން ހިސާބު ޖަހާގޮތް އެމްއޯޔޫ
އެސް.އެޗް.އެން
08 October 2016
އޯ "ގިނަ" ރަށްތަކެއްގައި ތޯ؟؟ ރަށްތަކުގެ ލިސްޓް ލިޔެލަ ދެއްވާ ޕްލީސް....
ހޭލަމާ
08 October 2016
މީހުން ޢަތުގައި ގަޑި އެޅީމަ ގަޑިން ޢަގު ބޮޑު ކުރޭ .ގަޑި އަޅާތީ ހަނޑޫ . ފޯނު ގަންނާތީ ހަކުރު. ޖިންސު ލާތީ ފުށް . ކީއްވެ އެތަކެތިން އަގު ބޮޑު ކުރިނަމަ ދޯ
އާ ޔޫ ފޮ ރައަލް؟
08 October 2016
"ކާޑުގެ އަގު ބޮޑުކުރި މައްސަލާގައި "ގިނަ" ރަށްތަކެއްގައި މުޒާހަރާކޮށްފި" "ކާޑުގެ އަގު ހެޔޮކުރަން ގޮވާލައި "އެތައް" ރަށަކުން "ގިނަ" އަދަދެއްގެ ރައްޔިތުން މަގުތަކަށް" ގިނަ މަދު އެތައް މިތައް. މިހާރު ޕްލީޒް!
ލޮލް
07 October 2016
މިކަމުގެ އަޅުގަަނޑަށް ހަޖަމު ނުކުރެވޭ ބައެއް ކަންކަން އެބަ ހުރި. ހަނާވަނީކަމަށް ބުނެ ނުކުމެ ތިބި އެއްބައި މީހުން އެތިބީ ޑެނިމް ޖިންސު ލަައިގެން. ގިނަ ބަޔަކު އަވި އައިނު އަޅައިގެން. އެއްބަޔަކު ސްކިނީ ޖިންސުގަ. އެކަކު އެބަހުރި ފެންވަރުގެ ބޫޓަކަށް އަރައިގެންވެސް. ދެތިން މީހަކު ޕޯލޯ ޓީޝާޓު ލައިގެން. އެންމެން ހެން 1ރ 2ރ ގެ އޭ3، އޭ4 ކަރުދާސް ހިފައިގެން. ތިތާ ތިތިބަ ބައެއް މީހުންގެ ގަމީހުގެ އަގު އުޅޭނީ 500ރ ގަ. އަނެއް ބައެއްގެ ބުރުގާގެ އަގުވެސް އުޅޭނީ އެހައިކަންހައި ވަރުގަ. ގިނަ މީހުންގެ ފައިވާާންތައްވެސް. ދެން ޖެހޭނީ ތިމީސްމީހުންގެ އަތްކުރިއާއި ޖީބުތައް ބަލައިލަން. އަތުކުރީގައި އަޅަނީ ކިހާ ފެންވަރެއްގެ އަތުކުރި ގަޑިއެއްތޯ އާއި ގެންގުޅެނީ ކޮން ބްރޭންޑެއްގެ ފޯނެއްތޯ ބަލައިލަން. ނޫނީ އިނގިލިތަކުގަ އަޅާފަ ހުރީ ކިހާ އަގުބޮޑު އަނގޮޓިތަކެއްތޯ ބަލައިލަން. ދެން ރޮޒޭގެ ވާހަކަ ދެއްތޯ؟ ރައްޔިތުންގެ ކަންބޮޑުވުން ހާމަކުރަން މަޖިލިސް މެމްބަރުން ނުކުތުމަކީ އެންމެ ރަނގަޅު ކަމެއް. އެކަމަކު، މުސާރައިގެ ގޮތުގައި ލިބޭ 82500ރ އިން ދިރިއުޅުމުގެ އަސާސީ ޚަރަދުތަކަށް 15،000ރ ވަރު ބަހައްޓާފަ، ބާކީ 67500ރ ދާއިރާގެ ރައްޔިތުންނަށް ލިބޭނޭހެން ފަންޑެއް ފަދަ އެއްޗެއް ހުޅުވިއްޔާ ކީއްތޯ ވާނީ؟
އާދަނު
08 October 2016
ސަރުކާރުން ޖަހާހާ ބެރަކަށް ރައްޔިތުން ނުޖެހޭ ނަށާކަށް. ސަރުކާރުން ހަރަދުކުރަނީ ރައްޔިތުންގެ ލާރި. ރައްޔިތުން މިބުނަނީ ތިލާރިން ކާޑު ސަބުސިޑީ ކުރާށޭ. ރައްޔިތުން ޑެނިމް ޖިންސްލާފަ އަތުކުރީ ގަޑިއަޅާފަތިބުން އެއީ ސަރުކާރާ ބެހޭކަމެއްނޫން. ހަޖަމްވެއްޖެތަ؟
ހަބޭސް
08 October 2016
ތި ސުވާލު މާރަގަޅުވާނެ ސަރުކާރާ ކުރިއްޔާ! ރައްޔިތުންނަށް ދެމުންގެންދިޔަ ސަބުސިޑީ ކަނޑާލަން ޖެހުނުއިރު މާލެ މަލަމަތި ނަލަކުރުމުގެ އެތައް މަޝްރޫއެއް ހުއްޓާނުލާ، ކޮރަޕްޝަނުން ކާލި އެތައް ބިލިޔަން ރުފިޔާއެއް ނުހޯދާ ކީއްކުރަންހޭ އަސާސީ ސަބުސިޑީއެއް ކަނޑާލަން ޖެހެނީ.؟؟؟؟؟؟ ލޮލް!!
ޢަލީޝާކިރު
07 October 2016
ހުރިހާ ބޮނޑިޔެއް ލިބިގެން މިދަނީ ނަޝީދު ނުހައްގުން ހައްޔަރުކޮއް ބައިނަލްއަގުވާމީ ގާނޫނައް ދިވެހިސަރުކާރުން އަމަލު ނުކުރާތީ މިނިވަން އަދުލުވެރިކަމެއް ނެތުމުން ކޮމަންވެލްތުން ދަތިކުރުމުގެ ފިޔަވަޅު އެޅުމާއެކު ޔޫރަޕްގެ ފަތުރުވެރިން ބަސްގަބޫލު ނުކުރާ ދައުލަތަކައް އިތުބާރެއް ނުކުރާނެ ވީމާ ދައުލަތައް ފައިސާހޯދަން މިޖެހެނީ އިންތިހާޔައް ރައްޔިތުންގެ ގޮހޮރައް އަތްބާނަން ޑޮލަރުގެ އަގުދަނީ އިންތިހާ އަގުބޮޑުވަމުން ވީއެއްވެސް ވައުދެއް ބުނިތާރީހައް ނިމިފަކާނުވޭ ތިޖޫރީވަނީ ވަގައްނަގާފަ ހުރިހާފަޅެއްވަނީ ނުހައްގުން ބަހާލާފަ މޑޕ ސަރުކާރުން ޓެކްސްގެ ނިޒާމެއް ގާއިމުކޮއް ބަލިމީހާޔައް ބޭސްކުރެވޭނެ ނިޒާމެއް ގާއިމު ނުކުރިނަމަ މިޔަދު ރައްޔިތުން ތިބޭނީ ސޯމާލިޔާގެ ރައްޔިތުންނާ އެއްފެންވަރައް ގޮސްފަ އެބޭނުމުގަ އުޅޭހެން ވަރައްހީވޭ
ގުއިދުއް
07 October 2016
ތީ ސިޔާސީ މުޒާހަރާތަކެއް. ތަންދޮރުވިސްނޭ އެކަކުވެސް ތިއެއްވުންތަކުގަ ނުހުންނާނެ. އަނެއްކާ ހެއްވާކަމަކީ މުޒާހަރާއިން ފެންނަ ގިނަމީހުންގެ ގޭގޭގައި ކާންބޭނުންކުރަނީ ސަބްސިޑީނުލިބޭ ހަނޑޫކަން.
އަޒުމް
08 October 2016
ތީ އަމިއްލަ އެދުން އިންތިހާއަށް ބޮޑު މީހުންނަށް ވިސްނޭގޮތް. ބަޔަކަށް ގެއްލުމެއްވަންޏާ ދެކޮޅަށް ނިކުންނާނެ ހެޔޮއެދޭ މީހުން.. ހަމައެކަނި ގެއްލުންވާ މީހުންނެއްނޫން. ތަންދޮރު ވިސްނިއްޖެތަ މިހާރު؟
މަހަށްދޭ
07 October 2016
ނިކަމެތިން މަގޫފަތާއި ދިމާލަށް ކަމަށް ބޯރޑްތަކުގައި ހުޅުދޫ މީދޫ މީހުން ލިޔެގެން ނެރުނު ބޯރޑް ގައި އަމިއްލަ މާދަރީ ބަހުން ލިޔެފައިވާ އަތު ލިޔުން އެއީ ވާލު ބުޅި އަޅުވާފައި ތޯ އެހެރީ. އެއީ ތޯ ތަމެން ދިވެހި ބަހުން ލިޔަން ދަންނަ ފެންވަރަކީ. ފުރަތަމަ ތަމެން ކިޔެވުމަށް މަކަރާއި ހީލަތް ނަހަދާ ދިވެހި މާދަރީ ބަސް ފުރަތަމަ ވެސް ލިޔަން ކިޔަން ރަނގަޅަށް ދަސް ކުރާނެ ކަމަށް ވައުދު ވެބަލަ މަމެން ކައިރީގައި. ތަމެން އަމިއްލަ އެދުމާއި ގެން ފޯވެފައި ތިއްބަސް އަދި ކަމަކު ނުދާނެއެވެ. އަމިއްލަ ގައުމުގެ ބަސް އަތު ލިޔުމުން ލިޔާއިރު އޭގައި ކޮންމެވެސް ކޮލިޓީ އެއް ހުންނާން ވާނެއެވެ. ފޯއްމުލަކު މީހުންނަށް އަމިއްލަ ބަހުން ރީއްޗަށް އަތުން ލިޔަން ނޭގޭތީވެ އެމީހުން ކޮމްޕިއުޓަރުން ޓައިޕް ކޮށްގެން ބޯރޑް ތައް ނެރުނީ ދޯ. ތަމެންނަށް އެވަރުވެސް ނުވިދޯ. ތަމެން މަހަށް ދާންވީ އެއް ނޫންދޯ ދެން.
ހަކީމް
08 October 2016
އަސްލު މައްސަލަ ފަހުމްނުވީމަ އެއްޗެއް ލިޔެލީ ދޯ
ބަކުރު އެންޑް ޒުބޭރް
07 October 2016
ހަކުރުދެންޏާ ބޮޑުބޭބެއެވެ.
ާއައިންތު
07 October 2016
ދެވަނަ ފޮޓޯގައި އެއީ ވިލިނގިއްޔެއްނޫން. ޢެއީ ސ.މީދޫ