26 ފެބުރުއަރީ 2020 - 07:44
އިންޑިއާގެ މަޝްހޫރު އަންހެން ވިޔަފާވެރިޔާ ރިވަތީ ރޯއިގެ ބައޮގްރަފިކަލް ޑްރާމާއެއް ބެލުންތެރިންނަށް ގެނެސްދޭން ނިންމައި، އެކްޓަރު ޖޯން އަބްރަހަމް އެ ފިލްމު އިއުލާންކޮށްފި އެވެެ.
ޖޯންގެ ފިލްމު ކުންފުނި ޖޭއޭ އެންޓަޓަޓައިންމަންޓާއި ރޮބީ ގެރަވާލާއި އަނިލް ބޮހްރާ ޕްރޮޑިއުސަރުންގެ ގޮތުގައި ހިއްސާވާ ފިލްމުގެ ނަމާއި އޭގައި ރިވަތީގެ ރޯލް ކުޅޭނެ މީހަކު އަދި އިއުލާނެއްނުކުރެ އެވެ. އެކަމަކު ފިލްމު ޑައިރެކްޓްކުރާނީ މިދިޔަ އަހަރު ރިލީޒްކުރި ޖޯންގެ ރޯމިއޯ އަކްބަރު ވޯލްޓާ (ރޯ) ގެ ޑައިރެކްޓަރު ރޮބީ އެވެ.
މި ފިލްމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ އިރު،. ރިވަތީގެ ވާހަކަ ސްކްރީނަށް ގެންނާނީ އޭނާއާ ބެހޭ ގޮތުން ލިޔުންތެރިޔާ ސުވަތީ ލޯދާ ލިޔުނު ފޮތް "ހޫ އިޒް ރިވަތީ؟" އަށް ބިނާކޮށެވެ.
Very happy to have @revathi_roy on board; her story flips the ‘rags to riches’ adage in a compelling way. A truly eventful & inspiring life that has empowered so many women in India. I can’t think of anyone better than Robbie to helm this dramatic yet delicately balanced film. pic.twitter.com/YKmFWTOtw4
— John Abraham (@TheJohnAbraham) February 25, 2020
ސޯޝަލް އެންޓަޕްރަނާއެއްގެ ގޮތުގައި އާންމުންގެ ތެރޭގައި މަޝްހޫރުވި ރިވަތީ އަކީ އިންޑިއާގައި އެންމެ ފުރަތަމަ މުޅިން ވެސް އަންހެނުންނާ އެކު ޓެކްސީ ހިދުމަތާއި ހަމަ މުޅިން ވެސް އަންހެނުންނާ އެކު ޑެލިވަރީގެ ހިދުމަތް ތައާރަފުކުރި ވިޔަފާވެރިޔާ އެވެ.
ރިވަތީ ބުނީ އޭނާއާ ބެހޭ ފިލްމެއް ޖޯން އިސްކޮށް ހުރެގެން ބޮޑު ސްކްރީނަށް ގެނެސްދޭން ނިންމުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އޭނާ ބުނީ މި ފިލްމަކީ ވަރަށް ގިނަ އަންހެނުންތަކަށް އިންސްޕިރޭޝަނަކަށް ވާނެ ކަމަށް ގަބޫލުކުރާ ކަމަށާއި އަބަދު ވެސް ބޭނުންވީ ނަމޫނާ އަންހެނަކަށްވާން ކަމަށެވެ.
ފިލްމާ ބެހޭ ގޮތުން ޖޯން ބުނީ ރިވަތީގެ ވާހަކަ އަކީ ކިޔައިދިނުން މުހިއްމު ކަމަށާއި މިއީ އިންޑިއާގެ އަންހެނުންނަށް ލިބޭނެ ހިތްވަރެއް ކަމަށެވެ.
"ރިވަތީގެ ޖާނީ ވަރަށް ވެސް ޝައުގުވެރި." މީގެ ކުރިން ވެސް ކާމިޔާބު ފިލްމުތަކެއް ޕްރޮޑިއުސްކޮށްފައިވާ ޖޯން ބުންޏެވެ.
މި އަހަރު ޖޯން ސްކްރީނުން ފެންނާނެ ފިލްމުތަކުގެ ތެރޭގައި "މުމްބާއީ ސާގާ" އާއި "އެޓޭކް" އާއި "ސަތިޔަމޭވް ޖަޔަތޭ 2" ހިމެނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy