26 ފެބުރުއަރީ 2020 - 11:01
ލިޔޯން (ފެބްރުއަރީ 26) – ޔުވެންޓަސްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ އަދިވެސް ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިޔެއް ކަމަށާއި އެކަމަކު މިރޭ އެ ޓީމާ ދެކޮޅަށް ޗެމްޕިއަންސް ލީގުގައި ކުޅޭއިރު އޭނާ ހުއްޓުވާނެ ވަކި ހާއްސަ ޕްލޭނެއް ނެތް ކަމަށް ފްރާންސްގެ އޮލިމްޕިކް ލިޔޯންގެ ކޯޗު ރުޑި ގާސިއާ ބުނެފި އެވެ.
މުބާރާތުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި މިރޭ ލިޔޯންގައި މި ދެ ޓީމު ބައްދަލުކުރާއިރު، މި ވަގުތު މުޅި ދުނިޔޭގައި ވެސް އެންމެ ފޯމުގައި ހުރި އެއް ފޯވާޑަކީ ރޮނާލްޑޯ އެވެ. އޭނާ ވަނީ ޔުވެންޓަސް އެންމެ ފަހުން އިޓާލިއަން ލީގުގައި ކުޅުނު 11 މެޗުގައި ވެސް ގޯލް ޖަހައިފަ އެވެ.
"އަހަންނަށް އޭނާ ނޭގޭ (ޒާތީ ގޮތުން) އެކަމަކު އޭނާ އަކީ ޕްރޮފެޝަނަލީ ވަރަށް މޮޅު ކުޅުންތެރިޔެއް. އެހެން ކުޅުންތެރިންނަށް ވުރެ ބޮޑަށް އޭނާ މަސައްކަތްކުރޭ، ޓްރެއިނިން ސެޝަނުގެ ކުރިން ވެސް ފަހުން،" ރޯމާގެ ކުރީގެ ކޯޗު ބުންޏެވެ. "އެފަދަ ކުޅުންތެރިން ތިބުމަކީ ކުޅިވަރަށް ޝައުގުވެރިކަން ބޮޑުވާކަމެއް. އޭނާ ހިމެނެނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިންގެ ތެރޭގައި. އޭނާއާ ދެކޮޅަށް ނުކުމެވެލުމަކީ އުފަލެއް."
އެކަމަކު ގާސިއާ ބުނީ ރޮނާލްޑޯ ހުއްޓުވުމުގެ އެއްވެސް ޕްލޭނެއް ނެތް ކަމަށާއި ޔުވެންޓަސްގައި ތިބި މޮޅު ހުރިހާ ކުޅުންތެރިން ހުއްޓުވަން ލިޔޯނަށް ޖެހޭނެ ކަމަށެވެ.
"ރޮނާލްޑޯއާ ދެކޮޅު ޕްލޭނެއް ބޭނުންވަންޏާ، ބޭނުންވާނެ ޑީބަލާއާ ދެކޮޅު ޕްލޭނެއް ވެސް ހިގުއައިންއާ ދެކޮޅު ޕްލޭނެއް ވެސް،" ގާސިއާ ބުންޏެވެ. "އަހަރެމެން އެ ޓީމު ނަގަން ޖެހޭނީ ޓީމެއްގެ ގޮތުގައި."
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޕޮގުބަ
27 February 2020
ރޮނާލްޑޯ އަކީ ވެސް ހީރޯއެއް ޖޭނުވޭ ބަހާއަމަލުން ކަންކަން ފޮރޮވަން އުޅުނަސް ހަގީގައެއް ބަލެއް ނުކުރެވޭނެ
އެޑިޓް
26 February 2020
ހަމަ އެއްކަމެއްވެސް ނުވާނެ. ރޮނާލްޑޯ ތީ އެއްވެސް މީހެއް ނޫން.. ލެޓްސް ސީ..
ހަސަން ޝަރީ
26 February 2020
ޕްލޭނެއް އޮތަސް ރޮނާލްޑޯ ނުހުއްޓުވޭނެކަން ޔަޤީން.. ހީއިޒް ދަ ބެސްޓް ޕްލެޔާރ އިންދަ ވާލްޑް. މިއީ ޔޫއެފާ ކްރިސްޓިއާނޯ ރޮނާލްޑޯ ލީގްގެ މެޗެއް.. މި ލީގްގަ އޭނަ މާ ތަފާތުވާނެ. ލެޓްސް ސީ..
ހަސަަން ރޮނާލްޑޯ
27 February 2020
ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ކުޅުނު ލިޔޯނުން 1-0 އިން އިޓަލީގެ ޗެމްޕިއަން ޔުވެންޓަސް ބަލިކޮށްފި އެވެ.