ޚަބަރު

ދައުލަތުން ދޮގު ހެދީމާ ވަރަށް ދެރަވެއްޖެ: ޖިހާދު

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު: ދައުލަތުން ދޮގު ހެދުމުން ވަރަށް ދެރަވެއްޖެ ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

ދައުލަތަށް 30 އަހަރު ކުރެއްވި ޚިދުމަތުގެ އަގު ވަޒަން ނުކޮށް ދޮގު ހަދައި، އަބުރުކަތިލުމުން ވަރަށް ދެރަވެއްޖެ ކަމަށް ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް ހުންނަވަނިކޮށް ރައީސުލް ޖުމްހޫރިއްޔާގެ ނައިބަކަށް ޖޫން 22، 2016 ގައި އައްޔަން ކުރައްވައި، އެމަނިކުފާނު ދިރިއުޅުއްވަން ރަސްމީ ގެކޮޅުގެ ގޮތުގައި ސަރުކާރުން ހަމަޖައްސައިދިނީ ރެހެންދި އިމާރާތުން ދެ ފްލެޓެވެ. ނައިބު ރައީސް ހުންނަވާ ގެކޮޅުގެ ހައިސިއްޔަތުން ދައުލަތުން ހޭދަކުރި އެ ދެ ފްލެޓްގައި، ޔާމީންގެ ވެރިކަން ބަދަލުވި ފަހުން ވެސް ޖިހާދު ދިރިއުޅުއްވި ކަމަށް އެޓާނީ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ބުނެފަ އެވެ.

ނައިބު ރައީސްގެ މަގާމު ގެއްލިވަޑައިގަތުމާ އެކު، ދެ ފްލެޓް ހުސްކުރަން ޖިހާދަށް އެންގި އެންގުމަށް އަމަލު ނުކުރައްވައި އެއް އަހަރާއި ތިން މަސް ދުވަސް ވަންދެން އެތަނުގައި ދިރިއުޅުއްވައި އެތަން ދޫކޮށްލެއްވީ މިދިޔަ ހަފުތާގައި ކަމަށް އޭޖީ އޮފީހުން ބުންޏެވެ. އެއީ ދައުލަތުގެ މުދަލެއް ނުހައްގު ގޮތުގައި ބޭނުންކުރައްވައި، ނުހައްގު މުއްސަނދިކަން ހޯއްދެވުން ކަމަށާއި އެ މައްސަލައިގައި އެމަނިކުފާނުގެ އަތުން އެއް މިލިއަން ރުފިޔާ ހޯދަން ދައުލަތުން ވަނީ ދައުވާކޮށްފަ އެވެ.

އެކަމަކު ޖިހާދު ވިދާޅުވީ މާ ކުރިން އެތަނުން ނުކުމެވަޑައިގެންފި ކަމަށެވެ.

އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާން ފެނިވަޑައިގަތުމުން "މިހާރު" އަށް ވިދާޅުވީ އެ މަނިކުފާނާ ދޭތެރޭގައި ކަންތައް ކުރި ގޮތުން ވަރަށް ދެރަވެ، ހައިރާންވެވަޑައިގެންފި ކަމަށެވެ. ދިވެހި ދައުލަތުން އެހާ ބޮޑު ދޮގެއް ހަދައި ބަޔާން ނެރުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

ޖިހާދު ވިދާޅުވި އެކަން މާނަކުރެއްވެނީ، އިޚްލާސްތެރިކަމާ އެކު ދައުލަތަށް 30 އަހަރު ކޮށްދެއްވި ޚިދުމަތުގެ އަގު ހިތްދަތި ގޮތަކަށް ލިބިވަޑައިގަތުން ކަމަށެވެ.

ސަރުކާރުގެ މިނިސްޓްރީތަކުގެ އެކި މަގާމުތައް ފުރުއްވައި ސިވިލް ސާވިސް ކޮމިޝަނުގެ މެމްބަރު ކަމާއި ފިނޭންސް މިނިސްޓަރުގެ މަގާމްގެ އިތުރުން އެމްއެމްއޭގެ ގަވަރުނަރަކަށް ވެސް ޖިހާދު ހުންނެވި އެވެ.

"އެޓާނީ ޖެނެރަލްގެ އޮފީހުން ބަޔާން ނެރެ އަޅުގަނޑުގެ އަބުރު ކަތިލެވޭ ގޮތަށް އެހާ ބޮޑު ދޮގެއް އާއްމުކުރުމުން ވަރަށް ދެރަވެއްޖެ. އެ ބަޔާނުގައި އެ ބުނާ މުއްދަތުގައި އަޅުގަނޑު އަދި އާއިލާއަކުން އެތަނަކު ދިރިއެއް ނޫޅެން. [ހައުސިން މިނިސްޓްރީން] ހުސްކުރަން އެންގުމުގެ ކުރިން ވެސް އެތަނުން ނުކުމެއްޖައިން،" ރާއްޖެ އިން ބޭރުގައި ހުންނަވައި ފޯނުން ވިދާޅުވި އެވެ.

ރައީސާއި ނައިބު ރައީސުންނަށް ދައުލަތުން ވަނީ ގެކޮޅު ހަމަޖައްސައިދީފަ އެވެ. މުލީއާގެ ނުވަތަ ތީމުގެ ރައީސަށް ޚާއްސަކޮށްފައިވާ އިރު ނައިބު ރައީސުން ދިރިއުޅުއްވަނީ ހިލާލީ ގޭގަ އެވެ. ޔާމީންގެ ތިން ވަނަ ނައިބު ރައީސް ޖިހާދު، ރެހެންދި ފްލެޓުގައި ދިރިއުޅުއްވަން ޖެހިވަޑައިގަތީ ހިލާލީ ގޭގައި ޔާމީން ދިރިއުޅުއްވުމުންނެވެ.

އަމިއްލަ ގެކޮޅު ގ. ދޫވެހީގައި ދިރިއުޅުއްވުމަށް ފަހު، ޔާމީން ދައުރުގެ މެދުތެރެއިން ހިލާލީ ގެއަށް ބަދަލުވެވަޑައިގަތީ އެވެ.

ޖިހާދު ނައިބު ރައީސަކަށް ހަމަޖެއްސެވިއިރު، އެމަނިކުފާނު ދިރިއުޅުއްވާނެ ރަސްމީ ގެކޮޅެއް ނެތެވެ. ސިޔާސީ އަދި އިޖުތިމާއީ މަސައްކަތްތައް ހިންގަވާ އޮފީހެއްގެ ގޮތުގައި މުލީއާގެ ބޭނުން ކުރެއްވީ ޔާމީންގެ އަނބިކަނބަލުން ފަސްޓް ލޭޑީ ފާތުމަތު އިބްރާހީމެވެ.

"އެޓާނީ ޖެނެރަލްގެ އޮފީހުން ބަޔާން ނެރެ އަޅުގަނޑުގެ އަބުރު ކަތިލެވޭ ގޮތަށް އެހާ ބޮޑު ދޮގެއް އާއްމުކުރުމުން ވަރަށް ދެރަވެއްޖެ. އެ ބަޔާނުގައި އެ ބުނާ މުއްދަތުގައި އަޅުގަނޑު އަދި އާއިލާއަކުން އެތަނަކު ދިރިއެއް ނޫޅެން. [ހައުސިން މިނިސްޓްރީން] ހުސްކުރަން އެންގުމުގެ ކުރިން ވެސް އެތަނުން ނުކުމެއްޖައިން،" ޖިހާދު

ނައިބު ރައީސްގެ މަގާމާ އެކު، ރެހެންދި ފްލެޓް ދިރިއުޅުއްވަން ހަވާލުކުރެއްވީ ރައީސް އޮފީހުން ކަން ޖިހާދު ފާހަގަކުރެއްވި އެވެ. ހައުސިން މިނިސްޓްރިއާ ތަޅުދަނޑި ހަވާލުނުކުރީ އެހެންވެ ކަމަށާއި ރައީސް އޮފީހުގެ ސިޓީއެއް ލިބިވަޑައިގަތުމުން އޭގައި އަމަލުކުރަން އަންގަވާފައިވާ ގޮތަށް މުލީއާގެއާ ތަޅުދަނޑި ހަވާލުކުރެއްވީ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑަށް ދައުވާ ކުރަން ޖެހޭ ސަބަބެއް ނުވިސްނުނު. އެކަމަކު ވެސް އަޅުގަނޑު ކެރިގެން ކުރިމަތިލާނަން،" ޖިހާދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ނިސްބަތުން ކިތަންމެ އިސް މަގާމްތަކެއް ފުރުއްވާފައިވީ ނަމަވެސް އެއްވެސް އިނާޔަތެއް ލިބިވަޑައިނުގަންނަވާ ކަމަށެވެ. އެންމެ ކުޑަމިނުން ޕެންޝަން ވެސް ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމަ ތަންކޮޅެއް ބޮޑުވަރު ދެއްތޯ އިލްޒާމް އެޅުވިޔަސް. އަޅުގަނޑަށް ދައުލަތުން ލިބުނު ފްލެޓެއް، ގޯއްޗެއް، ފަޅެއް، ރަށެއް ނޯންނާނެ. އަމިއްލަ ރަށުގައި ވެސް ނޯންނާނެ،" ގދ. ތިނަދު އަށް އުފަން ޖިހާދު ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ބޯހިޔާވަހިކަމުގެ ސްކީމްތަކުން، ފްލެޓަށް ކުރިމަތިލެއްވި ކަމަށާއި އެއިން އެއްވެސް ފަހަރަކު ވެސް ފްލެޓެއް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. އެ ރެކޯޑުތައް ދައުލަތަށް ފެންނަން އޮތް އިރު އިލްޒާމުން އަބުރު ކަތިލަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

ދައުލަތުން ޖިހާދާ ދެކޮޅަށް ދައުވާކުރިއިރު، އެ ދެ ފްލެޓް އެމަނިކުފާނަށް މިލްކުކޮށްދޭން ރައީސް އޮފީހުން ހުށަހެޅި އެވެ. އެއީ، ސެޕްޓެމްބަރު 23، 2018 ގައި، ބޭއްވި ރިޔާސީ އިންތިޚާބުން ޔާމީނަށް ނާކާމިޔާބުވެވަޑައިގެންފައި ވަނިކޮށެވެ. ރައީސް އޮފީހުން، ނޮވެމްބަރު 8 ގައި ހައުސިން މިނިސްޓްރީ އަށް ފޮނުވި ސިޓީގައި އެދިފައި ވަނީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، މިނިވަން މުއައްސަސާތަކުގެ އިސް ވެރިންނަށް ރެހެންދި ފްލެޓް ދޫކުރި އުސޫލުން ނައިބު ރައީސް ޖިހާދަށް އެ ދެ ފްލެޓް މިލްކުކޮށްދޭށެވެ. އެއީ، އަމިއްލަފުޅަށް ފައިސާ ދައްކަވައިގެންނެވެ. އެކަމަކު އޭސީސީން އެކަން ހުއްޓުވީ އެވެ.

ރެހެންދި ފްލެޓުގެ ދެ އިމާރާތުން ސަރުކާރަށް ލިބުނު ފްލެޓްތައް މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ބައެއް ފަނޑިޔާރުންނަށް ކުރީގެ ސަރުކާރުގައި ހަމަޖައްސައިދިނެވެ. އޭރު ފްލެޓް ވިއްކީ، ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިތުރުން އޭސީސީގެ ރައީސް ހަސަން ލުތުފީ އާއި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދާއި ކުރީގެ ޕްރޮސިކިއުޓަ ޖެނެރަލް މުޖުތާޒު މުހުސިންގެ އިތުރުން އިންފޮމޭޝަން ކޮމިޝަނަރު އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރަށެވެ. މިއީ، މިނިވަން މުއައްސަސާތަކުގެ ވެރިންނަށް ނުފޫޒު ފޯރުވަން ސަރުކާރުން ކުރި ކަމެއް ކަމަށް ތުހުމަތު ކުރި އެވެ.

މި ބޭފުޅުންނަށް ފްލެޓް ވިއްކީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ އޭސީސީ އަށް މައްސަލަ ހުށަހެޅި އެވެ. އެކަމަކު އެ ކޮމިޝަނުން ނިންމީ، އެ ބޭފުޅުންނަށް ސަރުކާރުން ފްލެޓް ވިއްކީ ބޮޑު އަގުގައި ކަމަށް ވުމުން އެއީ ސަރުކާރަށް މަންފާ އޮތް މުއާމަލާތެއްގެ ގޮތުގަ އެވެ. އެ މުއާމަލާތުން އޭސީސީ އަށް ކޮރަޕްޝަނެއް ނުފެނުނެވެ.

51 ކޮމެންޓް, 164 ރިއެކްޝަންސް

icon happy icon happy 42%
icon sad icon sad 21%
icon angry icon angry 37%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަދީބު

29 February 2020

ގދ. ހައޮޑިގަލާ، ރަޝިޔާ ބަޔަކު ރިއަލިޓީ ޝޯވއެއް ޝޫޓްކުރަން ދީގެން އެ ރަށް ނުލިބުނަސް މިލިއަނުން ޑޮލަރު ލިބިވަޑައިގެންނެވި ނޫންތޯ؟

The name is already taken The name is available. Register?

އައްލާބެ

27 February 2020

ތިޔަފުލެޓް ތަކަކީ ރައްޔަތުން ކުރާމަސައްކަތުން ހޯދާރުފިޔާކޮޅު އަތުލަން ރާވައިގެން ހިންގާ ޖަރީމާއެއް މިކަން ފެއްޓީ އެދިގުރާސްތާ 30 އަހަރު މިހާރު ކޮންމެ ސަރުކާރަކުންވެސް ސަގާފަތަކައް ހަދައިގެން މިކަން މިކުރަނީ މިމާލޭގެ 3/1 އެއޮތީ ފަޅައް ފާޑު ފާޑު ނަންކިޔާ ކޮށިހަދާފައި މިމާލޭގެ ރައްޔަތުންނައްވުރެ އަގުބޮޑު ކުނިވެސް ސަރުކާރުގެ ކުރިމަތީގައި ކުނިއަޅަން ކިތައް ކޮށިތޯ ބައްލަވާ ވޯޓް ހޯދަން ވީމަ މާލޭ ރައްޔަތުމީހާ ބޭނުންވަނީ ވޯޓްލާންއެކަނިތޯ ދުނިޔެއައް ފޮނުވ

The name is already taken The name is available. Register?

ލުބްލާ

27 February 2020

މިހާރުގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ޑީއާރުޕީގަ ހުއްޓާ އެމްޑީޕީއާ ގުޅުނީމަ "ލިބުނު" ދެ ފްލެޓްގެ މައްސަލަ ބަލަނީ ކޮންއިރަކުތޯ ބަންޑާރަ ނައިބު؟

The name is already taken The name is available. Register?

ތަފާތުނުކުރޭ

27 February 2020

މިހެން މިވަނީ އުޞޫލުތަކާ ސިޔާސަތުތަކުގަ އޭގެ ޒާތުގަވެސް އޮޅުންހުރުމާ އެކަންކަން ތަންފީޒު ކުރުމުގަ މީހުންނަށް ބަލާ ތަފާތުކޮށް ޢަމަލު ކުރާތީ. ޢިއްޒަތްތެރި މަޤާމެއްގެގޮތުގަ ކަނޑައެޅިފައިވާ މަޤާމެއްގަ ހުންނައިރު އުޅޭނެތަނެއް ދައުލަތުން ދެންޏާ އެ މަޤާމުގައި ނުހުންނަ ހިސާބުން އެ އިނާޔަތް ގެއްލެންޖެހޭ. އެކަމަކު އެފަދަ މީހުންނަށް ވަކި ސްކީމެއްގައި ބައިވެރިވެ އެ އޮންނަ އުޞޫލުން ފްލެޓް ގަތުމުގެ ފުރުޞަތު ދެންޏާ އެ ގޮތުން ފައިސާދިނުމުން މިލްކްވާންޖެހޭ

The name is already taken The name is available. Register?

ޖޮނަތަން

27 February 2020

ޖިހާދަކީ އަބުރެއް އިއްޒަތެއް އޮތް މީހެއްނޫން . އެހާބާރު ސްޕީޑެއްގައި މަގާމުގެކުރިއެރުން ހަރުފަތަކައްފަހު ހަރުފަތެއް ކުރިއަރަމުންގޮސް ނާއިބުރައީސްކަންލިބުނީ ދޭތެރެޖެއްސުމާއި ފިތުނަ ފަސާދައުފެއްދުމަށް ޖިހާދުގެ ހުރި ކުޅަދާނަކަމުން. މިކަން ތިނަދޫގެ ގިންރައްޔިތުންނާއި ޖިހާދާއެކު ފިނޭންސް ގައި އުޅުނު މީހުނަނަށްއެނގޭނެ. ނައިބުރައީސްކަން ލިބުނީވެސް އެއްވެސް ހިންގުންތެރިކަމެއް ހުރެގެންނޫން. ފިނޭސް މިނިސްޓްރީގައިހުރެ ކޮރަޕްޝަންގެ އެތައްއަމަލެއް ހިންގިި. .

The name is already taken The name is available. Register?

ސަރަފަކައްދަ

27 February 2020

ޖިހާދު ޔާމީން އަދި އަދީބު މި 3 ވެރިންތޯ މި އުލެނީ ޤައުމުގެ ޙަޒާނާތައް ލޫޓުވާފަ! ކޮބާ އެހެން މީހުން. އަދުރޭމެން ނިހާނުމެން ފަދަ މީސް މީހުން ފްލެޓު ހޯދި ގޮތްވެސް ބަލެންޖެހޭ. މިހިރަ މިހިރަ ކަންކަން ނުބަލާތީ މޑޕ ޖަލްސާ ތަކަށް މީހުން ނުދަނީ. މިހާރު މޑޕ ގެ އިތުބާރު ގެއްލިއްޖެ. ރައްޔިތުން މި ސަރުކާރު ދެކެ މިހާރު މާޔޫސް ވެއްޖެ. ވައްކަން ކުރި މީހުން ހަމަ ޖެހިލާފައި ކޮފީ މޭޒު ދޮށުގައި. މިނިވަން ކަމާއި އެކު ރަށު ތެރޭގައި. ބަލާނެ މީހަކުނެތް.

The name is already taken The name is available. Register?

ތަސް

26 February 2020

މމިސަރުކާރުގައި ފއްޔާޒު މެން ހަ މަ މިހެން. ހުރިހާ ތަނަކަަށް އަތްބާނަނީ ސަރުކާރު ކުންފުނިތައް ވެސްހިންގަން ޖެހެނީ މިމީހުން . އެހެންވީމ މާ ޖިހާދު ކޮން އިޚްލާސްތެރިއޭ ކިޔާކައް މީ ޒީރޯ ޓޮލަރެންސް ގަ ވާވަރު. އެން މެން ބާރު ހޯދަނީ ފައިސާ ހޯދަން

The name is already taken The name is available. Register?

ރީތި މޫސަ

26 February 2020

މިސަރުކާރަކީ ކަންކަމުގަބެލުމެއްއޮންނަ ސަރުކާރެއްނޫން ސަބަސަބަކީ ރައީސްގެ ބަދަލުގަ ވެރިކަންކުރަނީ އެހެންމީހެއް އެހެންވެވާގޮތް

The name is already taken The name is available. Register?

ޙުސޭން

26 February 2020

ނަގަން ޖެހެނީ ހަމައެކަނި ޖިހާދުގެ ފްލެޓް އެކަންޏެއް ނޫން، މިނިވަން މުއައްސަސާ ތަކުގެ ވެރިންނާ ފަނޑިޔާރުން ނަށް ދިން ފްލެޓް ތައްވެސް ޖެހޭނީ ނަގަން، އެއީ އެމްއެންޕީއާރުސީގެ ކޮރަޕްޝަނަށް ވުރެ ވަކި ކުޑަ ކޮރަޕްޝަނެއް ނޫން، އެއީ، އެމީހުނަށް ޙައްޤު އެއްޗެއް ނޫން. މިނިވަން މުއައްސަސާ އެއްގެ ވެރިއަކަށް ނުވަތަ ފަނޑިޔާރަކަށް ވީތީ ލިބެންޖެހޭ ފްލެޓެއް ނޯންނާނެ. މައްސަލަ ބެލީ އޭސީސީގެ ރައީސް، އޭނަޔަށްވެސް ފްލެޓެއް ލިބުނު. ވީމާ، މައްސަލަ އެއް ނެތް!

The name is already taken The name is available. Register?

ދަތްނެތްކުއްޖާ

26 February 2020

ޖިހާދަށް ވެދުން. މަ މެން ލައްވާ މަނިކުފާނުގެ ބިތު ފަންގި ނަންގަވަން ނުހައްދަވާށެވެ. އެހެން ވެއްޖެ ނަ މަ މަނިކުފާނުގެ މަންޒަރު ތަކެއް ރައްޔިތުން ބަލައިގަންނާކަށް މާކަ ރީއްޗެއް ނުވާނެއެވެ. ދެންވެސް ހޮޅި ވާހަކަ ނުދައްކާ މަޑުން ހުރެވޭތޯ ބަލާށެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454