26 ފެބުރުއަރީ 2020 - 19:46
އިސްލާމްދީނާ ހިލާފު ރިޕޯޓެއް ނެރުމުން އުވައިލި މޯލްޑިވްސް ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) ގެ މަސައްކަތް އަދިވެސް ކުރިއަށް ގެންދާ ކަމަށް ބުނެ އިލްމުވެރިންތަކެއް، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފާ މިއަދު ބައްދަލުކުރެއްވުމުން، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ފާޑުވިދާޅުވެއްޖެ އެވެ.
ޖަމިއްޔާތަކުގެ ބެލެނިވެރި ފަރާތަކީ ގާނޫނީ ގޮތުން ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީ ކަމަށް ވިޔަސް ޝަހީމް ދެކެވަޑައިގަންނަވާ ގޮތުގައި އެ މައްސަލަ ބަލަންޖެހޭނީ އިސްލާމިކް އެފެއާޒް މިނިސްޓްރީންނެވެ. އެހެންވެ، އިސްލާމިކް މިނިސްޓްރީ މި ސަރުކާރުގައި މިހާ ބަލިކަށިވެގެން އުޅެނީ ކީއްވެގެންތޯ ޝަހީމް ސުވާލު ކުރެއްވި އެވެ.
"މަހްލޫފް އަކީ މިހާރު އިސްލާމިކް މިނިސްޓަރުތޯ؟ ކޮބައިތޯ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ މިނިސްޓްރީ؟،" ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި، ދީނީ އިލްމުވެރިޔާ ޝަހީމް ސުވާލު ކުރެއްވި އެވެ.
އެމްޑީއެން އިން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަތަކެއް ލިޔުނު މައްސަލަ ފެންމަތިވެގެން މިހާ ހިސާބަށް ވެސް އެކަމުގައި އިސްލާމިކް މިނިސްޓްރީން މާ ބޮޑަށް އުޅޭ ތަން ނުފެންނަ ކަމަށް ބުނެ އެހެން ބައެއް މީހުން މީގެ ކުރިން ވެސް އެ މިނިސްޓްރީ އަށް ފާޑުކިޔާފައި ވެ އެވެ.
މިހާރު ހިންގާ ކޯލިޝަން ސަރުކާރުގައި އިސްލާމިކް މިނިސްޓަރުކަން ދީފައި ވަނީ އެ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގެ އިސް މެމްބަރު ޑރ. އަހުމަދު ޒާހިރަށެވެ. މީގެ ކުރިން އަދާލަތު ޕާޓީ އަކީ، ރާއްޖޭގައި އުފެދޭ ދީނީ މައްސަލަތަކާ ގުޅޭ ގޮތުން ބަސް ބުނެ، އެ ޕާޓީ އަށް ފެންނަ ގޮތް ފާޅުގައި ހާމަކުރާ ބައެއް ކަމަށް ވިޔަސް މި ސަރުކާރުގައި އެކަން ނުފެންނަ ކަމަށް ބުނާ އެތައް ބަޔަކު އެބަތިއްބެވެ.
"މަހްލޫފް އަކީ މިހާރު އިސްލާމިކް މިނިސްޓަރުތޯ؟ ކޮބައިތޯ އިސްލާމް ދީން ހިމާޔަތް ކުރުމުގެ ޒިންމާ މަތިކޮށްފައިވާ މިނިސްޓްރީ؟،" ޝަހީމް
ޝަހީމް ވިދާޅުވީ، ޖަމިއްޔާ އަކުން ދީނާ ހިލާފު ކަންކަން ކުރާ ނަމަ، އަމިއްލަ އަށް އިސް ނަގައިގެން އެ ކަންކަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހެޅުމަކީ އިސްލާމިކް މިނިސްޓްރީ އަށް ލިބިފައިވާ ބާރެއް ކަމަށެވެ. އަދި އެއްވެސް ފަރާތަކުން އެކަމާ ގުޅޭގޮތުން ޝަކުވާ ކުރިއަސް ނުކުރިއަސް، އެކަން ކުރިއަށް ގެންދަން ޖެހޭނީ އެ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.
ޝަހީމް ތުހުމަތު ކުރެއްވި ގޮތުގައި، ރާއްޖޭގައި މިހާރު ހިނގަމުން ދާ ކަންކަމުން ފެންނަނީ އިސްލާމިކް މިނިސްޓްރީ ހިމޭން ވެފައި އޮންނަ ތަނެވެ. ނަމަވެސް، އޭގެ ހަގީގަތް އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.
"އިސްލާމިކް މިނިސްޓްރީ އަކީ ހައިބަތު ހުރި، ބަސް ބުނުމުގައި ފަހަތަށް ނުޖެހޭ ތަނަކަށް ވާން ޖެހޭ،" އޭނާ ވިދާޅުވި އެވެ.
ޔޫތު މިނިސްޓަރު މަހްލޫފާ، ދީނީ އިލްމުވެރިންތަކެއް މިއަދު ބައްދަލު ކުރެއްވީ، އެމްޑީއެން އުވައިލުމަށް ފަހު ވެސް، އެ ޖަމިއްޔާގެ ކަންކަން ކުރިއަށް ދާ ކަމަށް ބުނެ، އެކަން ސާފު ކުރެއްވުމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން ވެސް އިލްމުވެރިން ފާޅުކުރެއްވި އެވެ.
އެމްޑީއެން އުވައިލާފައި ވަނީ، އިސްލާމްދީނަށާއި ރަސޫލާ އަށް ފުރައްސާރަކޮށް، އެ ޖަމިއްޔާ އިން ނެރުނު ރިޕޯޓަކާ ގުޅިގެން މިދިޔަ އަހަރުގެ އޮކްޓޫބަރު 10 ވަނަ ދުވަހުން ފެށިގެން ސަސްޕެންޑުކޮށްފައި އޮތުމަށް ފަހު، އޭގެ ދެ މަހެއްހާ ދުވަސް ފަހުންނެވެ.
މީގެ ހަ އަހަރު ކުރިން ރަޖިސްޓަރީ ކުރި އެމްޑީއެން އުވައިލުމަށް އެދި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި މުޒާހަރާ ވެސް ކުރި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަސަނިކް
28 February 2020
ސަހީމޫ! ތިޔަސުވާލު ކުރައްވާ ތިޔަސުވާލާ.
ރައްޔިތުމީހާ.
28 February 2020
އިސްލާމިކްް މިނިސްޓަރާ އެންމެ ފުރަތަމަ އެމައްސަލައިގަ ޢިލްމުވރިން ބައްދަލުކުރިިިިިި. އޭގެ ފަހުން ރައީސާވެސް ބައްދަލުކުރިކަން ޚަބަރުތަކުން އެނގޭ. މަހުލޫފަކީ ޖަމްޢިއްޔާތަކުގެ ކަންކަން ބަލަހައްޓާ ފަރާތް ވީމަ އެކަމާ ގުޅޭ ކަމެއްގަ ބައްދަލުކުރުން މަނާވާނެ ސަބަބެއް އޮތް ކަމަކަށް ނުފެނޭ
ޓިނު
27 February 2020
ރާއްޖެ އަންނަންވީނު ތިވާހަދައްކަން
ސާބަހޭ
28 February 2020
ރާއްޖެ އަޔަނުދެނީނު؟
ރާއްޖެ
28 February 2020
ރާއްޖޭގަ ކުރިހައި ކަންތައް ހަނދާންވެ ޖަލު ބަލަން ޖެހިދާނެތީ ފިލާ އެއޮތީ
އަލީމްބެ
27 February 2020
އަނިޔާވެރި މަކަރުވެރި އަދި ރައްޔިތުންގރ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މީހެއްގެ ދިފާއުގައި ޝަހީމް އުޅުއްވިގޮތުން މަނިކުފާނަށް އަޅުގަނޑު ކުރި ގަދަރު ގެއްލި ގޮސްފި ވިސްނާ ވިސއނާވެސް ޝޭހަކަށް މިވަރުގެ ބަދަލެއް އައިގޮތެއް ނުވިސްނުނު
މާމުއި
27 February 2020
މިމީހުން ދީން ކިޔަވައިގެން ކިޔަވައިގެން ތިބި މީހުން އެކަކު އަނެކަކަށް ހަސަދަލައިގެން މިއުޅެނީ. މިހާރު އިސްލާމިކް މިނިސްޓަރާއި ޒާތީވެގެން ދައްކާ ވާހަކަ މީ.
އައްޑޫ އަލީ
27 February 2020
އިސްލާމިކު މިނިސްޓަރު ބިޒީ ވީމަ ވީގޮތް. ފަހުން ރަގަޅުވާނެ.
އައިސްތު
27 February 2020
މިގައުމާ ހެދި އުޅޭ އެކަކު ދައްކަބަލަ. ޝަހީމު އެކޭ ޔާމީނެކޭ ޖާސީމެކޭ މައުމޫނެކޭ އަންނިއެކޭ ހަމަ އެކައްޗެއް. ހަމަ ދަވާލަނީ އަތު ޖެހޭއެޗެއް. ރައްޔިތުން ހަމަ ބަލަން ތިބެންޖެހޭނީ. މިމީހުން ރައްޔިތުންނަށް ވެރިކަން ކޮށްދިނުމަކީ އެމެރިކާއިން ފަލަސްތީނުމީހުންނަށް ހައްޤުތައް ހޯދައިދިނުންކަހަލަ ކަމެއް. އިދިކޮޅުގައި ތިބެފައި މޮޅުވާހަކަ ދައްކަނީ ކާނެ އެއްޗެއް ލިބޭތޯ
ނުވިސްނޭ
27 February 2020
މިއުޅޭ އިލްމުވެރިން ޝަހީމް ވިޔަސް ތިއުޅެނީކީ ދީން ނުހިފެހެއްޓިގެން ނެއްނޫން. ށިޔާސީވެގެން ރައްޔިތުންގެ ފައިސާ ކޮޅޮގެ ދަހިވެތިކަމުގަ. ފެއްސެން އުޅޭ.
ދަބަން2
27 February 2020
ރަގަޅު ދީންވެރިއަކު ވަގެއްގެ ފަހަތުގައި އޭނަ ދިފާއު ކުރާކަށް ނުނުކުންނާނެކަން ޔަގީން މަނިކުފާނަށް ނޭގެނީތޯ ރައްޔިތުންގެ ލޯލާރިއެއްގަ ޖެހޭ މިހާއަށް ވެސް ހުރިހުކުން މިއުޅެނީ 3.2 ބިލިއަން ދިރުވާލައިގެން
ޢަލީިި
27 February 2020
ގައުމު މި ދަނީ ކުރިއަށް ތަ ނޫނީ ފަހަތަށް ތަ? މި ދެމުން ގެންދާ ފައިސާ އަކީ ވައްކަންތަ ނޫނީ އަތްކަންތަ? ގައުމު މިހާރު މިސްރާބު މި ހުރީ ކުރިސްޓިއަނައްތަ ނޫނީ އިސްލާމައްތަ? މިހާރު ރައީސްއަކީ އިބޫތަ ނޫނީ ނަޝީދުތަ? ގައުމު މިވަނީ އަރަނީތަ ނޫނީ ދަރަނި ތަ? މިހާރު ގެ ވެރިކަމުގައި ކުރިތަރައްގީއެއް ފެންނަން އެބަ އޮތްތަ ނޫނީ ނެތް ތަ? މި ވެރިކަމުގަ އާއްމު ތަކެތީގެ އަގު ވީ ކުޑަތަ ނޫނީ ބޮޑުތަ? މި ސުވާލު ތަކުގެ ޖަވާބު ތިޔަ ހީފުޅު ކުރެއްވީ ހަމަ ރަގަޅަށް.