ސުޕްރީމް ކޯޓު -- ފޮޓޯ/މިހާރު
28 ފެބުރުއަރީ 2020 - 14:56
ލޯކަލް ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަންޖެހޭ ގޮތަށް ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ސަބަބުން ބައެއް ދާއިރާތަކަށް ފިރިހެނުންނަށް ވާދަނުކުރެވޭތީ އެ އިސްލާހު ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓަށް ބަލައި ނުގަތުމަށް ނިންމައިފި އެވެ.
ޖުމްހޫރީ ޕާޓީގެ ޒުވާނުންގެ ގޮފީގެ ކުރީގެ ރައީސް މޫސާ އަންވަރު ހުށަހެޅި މައްސަލަ ބަލައި ނުގަތުމަށް ސުޕްރީމް ކޯޓުގެ ރެޖިސްޓްރާ ނިންމެވިކަން އެންގި ލިއުމުގައި ބުނެފައި ވަނީ އެފަދަ މައްސަލަތައް ފުރަތަމަ މަރުހަލާގައި ބެލުމުގެ އިހުތިސާސް ހައިކޯޓަށް އޮންނަ ކަމަށެވެ.
ލާމަރުކަޒީ ގާނޫނަށް ދާދިފަހުން ގެނައި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ 33 ޕަސެންޓް އަންހެނުންނަށް ޚާއްސަކޮށްފައި ވާތީ، އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި 380 އަށް ވުރެ ގިނަ އަންހެނުން އިންތިޚާބު ކުރަން ޖެހެ އެވެ. އެހެންވެ، އަންހެނަކު އިިންތިޚާބު ކުރަންޖެހޭ ދާއިރާތަކަށް ފިރިހެނުންނަށް ވާދައެއް ނުކުރެވެ އެވެ.
ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ ނިންމެވުމުން އަލުން ބަލައިދޭން އެދި ހަމަ އެ ކޯޓަށް ހުށަހެޅުމުގެ ފުރުސަތު މިހާރު އޮވެ އެވެ. އެކަމަކު މޫސާ އަންވަރު ބުނީ އެ ނިންމުން ރިވިއު ކުރަން ދެން އެ ކޯޓަށް ހުށަނާޅާނެ ކަމަށާއި އަންނަ ހަފްތާގައި މައްސަލަ ހައި ކޯޓަށް ހުށަހަޅާނެ ކަމަށެވެ. ސުޕްރީމް ކޯޓުގެ ރެޖިސްޓްރާގެ ނިންމެވުމަކީ އަދުލު އިންސާފަށް ހުރަސް އެޅުން ކަމަށް ދެކޭ ކަމަށް ވެސް އޭނާ ބުންޏެވެ.
"ފުރަތަމަ މި މައްސަލަ ހުށަހެޅީ ފެބްރުއަރީ އެކެއްގައި، އޭރު އެންގީ ދައުވާގެ ފޯމްތައް އިސްލާހު ކުރަން. އިސްލާހު ކޮށްފައި އަލުން ހުށަހެޅީ 6 ފެބްރުއަރީގައި. ދެން މިހާ ލަހުން ގޮތެއް ނިންމި އިރު މިއޮތީ އިންތިހާބަަށް ކުރިމަތިލުމުގެ މުހުލަތު ވެސް ހަމަވެފައި. އަޅުގަނޑު ގަބޫލުކުރަނީ މިއީ އިންސާފަށް ހުރަސް އެޅުން ކަމަށް،" މޫސަ ބުންޏެވެ.
އޭނާ ބުނީ ފްރާންސްގައި ވެސް މި މައްސަލަ ކުރިމަތިވެގެން އެ ގައުމުގެ ސުޕްރީމް ކޯޓަށް މީހަކު ހުށަހެޅުމުން އެ މާއްދާ ބާތިލު ކުރި ކަމަށާއި އެ ގައުމުގައި ފަހުން ޖެހުނީ ގާނޫނު އަސާސީ އަށް ބަދަލު ގެންނަން ކަމަށެވެ.
ރެޖިސްޓްރާގެ އެ ނިންމެވުން އޭނާ ސިފަކުރަނީ ސުޕްރީމް ކޯޓަށް މައްސަލަ ބަލަން ނުކެރިގެން، ހައިކޯޓުގެ ފަނޑިޔާރުންގެ "ބޮލަށް އެ މައްސަލަ ޖެހުން" ކަމަށެވެ.
ކައުންސިލްތަކުގެ ވަކި އަދަދެއް އަންހެނުންނަށް ޚާއްސަ ކުރަން ލާޒިމްކުރި ބައި ބާތިލް ކުރަން ސުޕްރީމް ކޯޓަށް ހުށަހަޅަން މޫސަ ނިންމިއިރު، މީގެ ކުރިން ވެސް ދުސްތޫރީ ބައެއް މައްސަލަތައް އޭނާ އެ ކޯޓަށް ހުށަހަޅައި، އޭގެ ތެރެއިން ބައެއް މައްސަލަތައް ކާމިޔާބު ކުރި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮލުން ނައްޓާ
01 March 2020
ނިއު ބެންޗް ވެސް ޓެސްޓް ކޮށް ލެވުނީ އެވެ.
މަ ހީހީ ޝަހާދަތް
01 March 2020
"ބޭރު ފަންޑިޔާރުން" ލާން ނިމުނީތަ މިހާރު؟
އެމްޑީޕީ ޖަޖް
01 March 2020
ކޯޓް ތަށް އިސްލާހު ވެއްޖެ ކަމަށް އަންނި ބުނެއެވެ.
އަބްދޫ
29 February 2020
ގާނޫނުއަސަސީގަ ބުނާ ވޯޓް ދިން ގޮތަކުން ކުއްވެރި ނުވާނެކަމަށް އޮތަސް ގާނޫނުއަސާސިއަ ހިލާފު ކަމެއްކުރަން ފާސްކޮށްފިނަމަ އެފާސްކުރަން ވޯޓް ދިން ހުރިހާމެމްބަރުންއެކުރަނީ ކުށެއް. ވީމާ ސަރީއަތް ކުރެވޭނެ އަދި މައްސަލަ ނުބެލި ފަނޑިޔާރުންގެ ވެސް އެ ކުރަނި ކުށެއް.
އަބްދޫ
29 February 2020
ބަލައި ނުގަތަސް އެއީ ގާނޫނުއަސަސިއާ ހިލާފް ވުމެއްނޫންކަމަށް ބެލެވޭކަށް ނެތް.
އުމަރުބެ
29 February 2020
ދުނިޔޭގެ އެއްވެސް ޤައުމެއްގައި ނޮއޮންނާނެ ހަމަ އެކަނި އަންހެނުންނަށް ކައުންސިލްކަމަށް ވާދަކުރެވޭގޮތަށް އޮތް ޤާނޫނެއް، އަންހެން ފިރިހެން ހަމަ ހަމަވާންޖެހޭ
އުމަރުބެ
29 February 2020
ކޯޓްތަކުން ބަލައި ނުގަންނަ މައްސަލަ ހުރޭތަ؟ ބަލައި ނުގަތިއްޔާ ޤާނޫނީގޮތުން ބަލައި ނުގަތް ސަބަބު ބެނެދޭން ނުޖެހޭތަ؟ ތިޔައީ ޔާމީނުގެ ސަރުކާރުގައިވެސް ހަމަ ތިޔަ ކޯޓްތަކުން ކުރަމުން އައިކަމެއް، މައްސަލަ ބަލައިނުގަތުން، އެކަން ރިޕީޓްވާން އަހަރުމެން ބޭނުމެއްނޫން، މައްސަލަ ބަލައިގަނެ މައްސަލައަށް ޖަވާބްދޭންވާނީ ޤާނޫނުގައި އޮތްގޮތަށް، ޤާނޫނަށް ހަވާލާދީ ޖަވާބްދޭންޖެހޭނީ
ަޗިޗަންޑާ
29 February 2020
33% ފިރިހެނުންނަށަ ޙާސަ ކުރޭ. އަންހެން-ފިރިހެން ހަމަހަމަ
ބޭބެ.
29 February 2020
33% ކަނޑާފައި ބާކީ ހުރި އެއްޗަކީ ޑިމޮކުރަސީ...
ރޯނުއެދުރު 2020
29 February 2020
ނުޖެހޭ ގޮނޑި ޚާއްސަކުރާކަށް! ހަމަހަމަ ފުރުސަތު އޮއްވާ އަންހެނުންނަށް ވަކިން ގޮނޑި ދޭގޮތަށް ހެދީމަ ހަމަހަމަކަން އެދިޔައީ. ޚާއްސަ އެހީއަށް ބޭނުންވާ ކައުންސިލަރުންގެ ގޮތުގައި ހޮވޭ އަންހެނުން ރަޖިސްޓަރ ކޮށްލާ. އެހީ ހޯދައިގެންވިއްޔާ މަގާމަކަށްވެސް އާދެވެނީ.