02 މާޗް 2020 - 09:03
ޓްވިޓާ އަށް ދެވިހިފާފައިވާ އެމެރިކާގެ ރައީސް ޑޮނަޑްލްޑް ޓްރަމްޕާއި އޭނާގެ ރިބަޕްލިކަން ޕާޓީ އަށް ހަރަދުކުރާ އެމެރިކާގެ މަޝްހޫރު ވިޔަފާރިވެރިޔާ ޕޯލް އެލިއަޓް ސިންގާ ޓްވިޓާގެ ހިއްސާގެ "ބޮޑު ބައެއް" ގަނެފައިވާ ކަމަށާއި އޭގެ ސީއީއޯ ޖެކް ޑޯޒީގެ އަތުން ކޮންޓްރޯލް ނަގަން މަސައްކަތްކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ބައެއް ނޫސްތަކުން ބުނެފައިވާ ގޮތުގައި ޖެކްގެ އަތުން ޓްވިޓާގެ ކޮންޓްރޯލް އަތުލުމަށް ފަހު، އެ ޕްލެޓްފޯމަށް ޓްރަމްޕް ބޭނުންވާ ބައެއް ބަދަލުތައް ގެންނާނެ އެވެ. އޭގެ ތެރޭގައި އެ ޕްލެޓްފޯމް ބޭނުންކުރާ މީހުން ހިއްސާކުރާ މައުލޫމާތުގެ ތެދުދޮގު ކަށަވަރުކުރަން ރަތާއި އޮރެންޖް ކުލައިގެ ލޭބަލްތަކެއް ތައާރަފުކުރާނެ ކަމަށްވެ އެވެ.
JUST IN: Activist investor Elliott Management has taken a sizable stake in Twitter and plans to push for changes, including replacing CEO Jack Dorsey, sources say https://t.co/MgbkoCa2HX
— Bloomberg (@business) February 29, 2020
ބްލޫމްބާގުން ރިޕޯޓްކޮށްފައިވާ ގޮތުގައި ޕޯލްގެ ކުންފުނި އެލިއަޓް މެނޭޖްމަންޓުން ޓްވިޓާގެ ހިއްސާ ގަތުމަށް ފަހު، އެ ކުންފުނިން މިހާރު ވަނީ ޓްވިޓާގެ ބޯޑަށް އައްޔަންކުރާނެ ހަތަރު މެމްބަރަކު ވެސް ނޮމިނޭޓްކޮށްފަ އެވެ. އަދި އެލިއަޓް މެނޭޖްމަންޓުން ޓްވިޓާގެ ހިއްސާ ގަތުމާ އެކު، ޓްވިޓާގެ ހިއްސާގެ ބާޒާރަށް 7 ޕަސެންޓްގެ ކުރިއެރުމެއް އައިސްފައިވާ ކަމަށް މީޑިއާތަކުން ބުނެ އެވެ.
ޓްވިޓާގެ ސީއީއޯ ޖެކް، 43، އަކީ މި ވަގުތު ޓްވިޓާގެ އިތުރުން ފަސް ބިލިއަން ޑޮލަރުގެ ރައުސުލްމާލެއް އޮތް އިތުރު ކުންފުންޏެއްގެ ހަމައެކަނި ސީއީއޯ ވެސް މެ އެވެ. އެގޮތުން އޭނާ އަކީ މޮބައިލް ޕޭމަންޓް ކުންފުނި ސްކެއާގެ ވެސް ސީއީއޯ ވެސް އެވެ.
އެހެންވެ ސިންގާ، 75، ގެ އަމާޒަކީ ޓްވިޓާގެ ސީއީއޯގެ މަގާމަށް އައުން ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ޓްވިޓާގެ ވެރިއަކަށް ޕޯލް ވުމަކީ، ޓްރަމްޕް ޓްވިޓާ އަށް ކުރާ ތުހުމަތުތަކަށް ނިމުމެއް ގެންނާނެ ކަމެއްގެ ގޮތުގައި ގަބޫލުކުރެ އެވެ. ޓްރަޕްމް ވިދާޅުވާ ގޮތުގައިި ޓްވިޓާ އިން އޭނާއާ ދޭތެރޭ ތަފާތުކުރުންތަކެއް ގެންގުޅެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަގިއްޔާ
02 March 2020
ފައިސާ ހުރެއްޖެއްޔާ ނުކުރެވޭނެ ކަމެއްނެތްދޯ؟ އަހަރުމެންގެ ބުރުމާ ގާސީމު އެހާ ފައިސާ އޮންނައިރު ވެރިކަމަށް ނާދެވެނީ ކީއްވެ؟ ސޯޝަލް މީޑިއާތަށް އެތިބީ ޕްލީޒް ކަމް ޓީސް މީ ބުނެލަ ބުނެލާ، ބޭނުންވާނީ ރަގަޅު ކެންޕޭން މެނޭޖަރަކާ ހީވާގި ޓީމެއް. އަނެއްކާ ޕާޓީ އިސްމެންބަރުން ޕާޓީ ލީޑަރަށް އަންޑަރހޭންޑްކޮށް ދޯކާ ދެނީބާ؟