01 މާޗް 2020 - 22:40
ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) އާ އެކު، އެ ކޮމިޝަންގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިރޭ ނިންމައިފި އެވެ.
އެކަމަކު، އެ މެމްބަރުން ވަކިކުރުމާ މެދު އެންމެ ފަހުގެ ގޮތް ނިންމާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުންނެވެ. މަޖިލީހުގައި އެމްޑީޕީގެ ސުޕާ މެޖޯރިޓީ އޮތުމުން، ސީއެސްސީގެ ހަތަރު މެމްބަރަކު ވަކިކުރުމަކީ އެ ޕާޓީން ބޭނުންވާ ގޮތް ކަމަށް ވާތީ، އެކަން ފާސްވުމުގެ ފުރުސަތު ވަރަށް ބޮޑެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މުގައްރިރް، އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒެއިނާ އާދަމް ވިދާޅުވީ، ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާއި މެމްބަރުންގެ ގޮތުގައި ތިއްބެވި ޒަކަރިއްޔާ ހުސެއިންގެ އިތުރުން އިބްރާހިމް ޝަހީގު ވަކިކުރަން، ކޮމިޓީގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުން ނިންމާފައިވާ ކަމަށެވެ.
ޖުމްލަ 12 މެމްބަރުން ހިމެނިވަޑައިގަންނަވާ މި ކޮމިޓީގެ ބައްދަލުވުމަށް މިރޭ ވަޑައިގަތީ އެންމެ ފަސް މެމްބަރުންނެވެ. އެކަމަކު، ވޯޓަށް އެހި ގަޑީގައި ތިއްބެވީ ހަތަރު މެމްބަރުންނެވެ. ވޯޓު އެއްވަރުވެގެން ނޫން ގޮތަކަށް މުގައްރިރަށް ވޯޓުގައި ބައިވެރިވެވަޑައިނުގެންނެވޭތީ، ސީއެސްސީގެ ހަތަރު މެމްބަރުން މަގާމުން ވަކިކުރަން ފާސްކުރީ އެންމެ ތިން ވޯޓުންނެވެ. ކޮމިޓީގެ ކޯރަމަކީ ހަތަރެކެވެ.
މިރޭގެ ބައްދަލުވުމަށް ވަޑައިގަތީ ރޮޒެއިނާގެ އިތުރުން ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމާއި އިނގުރައިދޫ ދާއިރާގެ މެމްބަރު ހަސަން އަހުމަދާއި ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ސަނީފް އަދި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމެވެ. އެކަމަކު، ވޯޓަށް އެހި ގަޑީގައި މީކާއިލް ވަޑައިގެން ނެތެވެ. އެއީ މުޅިން ވެސް އެމްޑީޕީގެ މެމްބަރުންނެވެ.
ފަސް މެމްބަރުން ހިމެނިވަޑައިގަންނަވާ ސީއެސްސީން ފާތުމަތު އާމިރާ ވަކިކުރާކަށް ނުނިންމަ އެވެ. ތައުލީމީ ދާއިރާ އަށް ގިނަ ހިދުމަތްތަކެއް ކުރެއްވި އާމިރާ މެމްބަރު ކަމަށް އައްޔަން ކުރެއްވީ މި ވެރިކަން ފެށުނު ފަހުން 2018 ގެ ނޮމްބަރު މަހުގެ ތެރޭގަ އެވެ. އާމިރާ އަކީ ރޮޒެއިނާގެ ބޮޑުބޭބެ ކުރީގެ ޗީފް އޮފް ސްޓާފް މޭޖާ ޖެނެރަލް މުހައްމަދު ޒާހިރު (ޓޫޓޫ ޒާހިރު) ގެ އަނބިކަނބަލުން ވެސް މެ އެވެ.
އެ މައްސަލަ ދިރާސާކުރުމަށް ބޭއްވި ކޮމިޓީގައި ކަންބޮޑުވުން ފާޅުކުރެއްވި މެމްބަރުން ވަނީ ސީއެސްސީން މަސައްކަތް ކުރާ ގޮތާ ގުޅޭގޮތުން ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އަދި ޖަވާބުދާރީވުމަށް ދިން ފުރުސަތުތައި އެކަށީގެންވާ ޖަވާބެއް ނުދެވޭ ކަމަށް ވެސް ކޮމިޓީގައި ވާހަކަ ދެއްކެވި މެމްބަރުން ފާހަގަކުރެއްވި އެވެ.
ސީއެސްސީގެ މެމްބަރުން ވަކިކުރަން ނިންމީ އެ ކޮމިޝަންގެ މަސައްކަތް ލަސްވެ ހިންގަން ދަތިވާ ކަމަށް ވިދާޅުވެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ވަޒީރުން ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ. މިދިޔަ މަހު ބޭއްވި ކޮމެޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެންނެވި މެމްބަރުން ވަނީ ވަޒީފާ އަށް މުވައްޒަފުން ނެގުމާއި މިނިސްޓްރީތަކުގެ އޮނިގަނޑުތައް އެކުލަވައިލުމުގައި ވެސް ސިވިލް ސާވިސްގެ ދުވެލި ލަސްވެ، ބައެއް ކަންކަމަށް އެއްބަސްނުވެވި މަސައްކަތްތައް ހުއްޓިފައި ހުންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރީނދޫ
02 March 2020
މުޅި މަންޒަރު ވަރަށް ސާފު. ބޭނުންވަނީ ހަމަ އެކަނި، ޕާޓީ މީހުން ތަންތަނަށް ލުން. އަދުލު އިންސާފޭ، މަސައްކަތް ނުކުރެއޭ، އިހުމާލޭ ކިޔަނީ ހަމަ ނަމަކަށް...
ނަސީބު
02 March 2020
ގޮނޑިތައް ނުފުރޭ ސަބަބު ސާފު. އެމްޑީޕީއަށް ނުފެންނަ އެންމެން ބޭރުކުރާތި. ރަނގަޅަށް ކަންތައްކުރެވޭ ކުރާމީހުން އެހެން ޕާޓިތަކާއި ޕާޓީތަކުން ބޭރުގަވެސް އުޅޭ.
މިސްރާބު
02 March 2020
ކޮމެޓީގައި ތިއްބަވާ 12 މެމްބަރުންގެ ތެރެއިން އެންމެ 3 މެމްބަރެއްގެ ވޯޓުން ގައުމުގެ ސިވިލް ސާރވިސްގެ ރައީސް މަގާމުން ދުރުކުރަން ފާސްވާގޮތަށް އޮންނަ އޮތުމުންވެސް ސިވިލް ސާވިސް އަށް ދެއްވާ އަޙައްމިއްޔަތުކަން ވަރަށް ސާފުކޮށް އެނގޭ!
ޢަޒީ
02 March 2020
ހަތަރު މެމްބަރުން ވަކި ކުރުމުގެ ބޭނުމަކީ އެމް.ޑީ.ޕީ އެކްޓިވިސްޓުންނަށް ވަޒީފާ ދިނުން! ދުވަސްކޮޅަކުން ވަގު ބަދުނާމު ބޮލުގަ އަޅުވާފަ ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުންވެސް ވަކި ކުރާނެ! އެމް.ޑީ.ޕީ އަކީ ނަމުން ޑިމޮކްރެސީ ކަމުން ޑިކްޓޭޓަރޝިޕް ޕާރޓީއެެއް!
ގަވަދު
02 March 2020
މިމީހުންނަށް ހެޔޮ ވެރިކަމެއް ކޮށްދެވުނު ކަމަށްވާނީ، އެމްޑީޕީ ފިޔަވައި ދެން އޮތްހާ ޕާޓީތަކާއި ވަކި ޕާޓީއަކަށް ނުވާ އެންމެން މަގުމަތިކޮން ޔެލޯފިން ޓޫނާ ތަކަށް ވަޒީފާ ދިނީމާތަ، ހަމައެކަނި އެމްޑީޕީ މީހުންތަ ދިވެހިންނަކީ، ކޮބާ ގާނޫނު އަސާސީން ކަށަވަރުކޮށްދޭ ހަމަހަމަ ކަން
ސަރު 1 ޓު
02 March 2020
ސާބަހޭ، ރީދޫ މީހަކަށް ނޫނީ މިރާއްޖޭން ވަޒީފާ ގަޑެއްވެސް ނެތް، އަދުލު އިންސާފެއް ނެތޭ ކިޔަމުން އައި މީހުންގެ ފެންވަރު މީ، ވަކި ކުލައެއްގެ މީހަކަށް ނޫނީ ވަޒީފާއެއް ނެތް، ސިދާތާ ވެސް ބޭރުކުރީ އެންޑީޕީ ކުއްޖަކަށް މިނިސްޓަރުކަން ދޭންވެގެން
ޔެލޯފިން ކަންނެލި
02 March 2020
އެޖެންޑާ 19 ގައި އޮތް ކަމަކީ މިއީތަ؟ ވަޒީފާ ތަކުން މީހުން ވަކިކޮށް، ރީދޫ އުރަހަތަކަށް ވަޒީފާ ބެހުންތ؟
މީރުބަހުރު
02 March 2020
ތިޔަ ކޮމިޓީގެ ކޯރަމަކީ ހަތަރު މެމްބަރުން ކަމަށްވެފައި ވޯޓަށް އެހި ގަޑީގައި މީކާއީލް ނެތުމުން ކޮމިޓީގެ ޤާނޫނީ އަދަދު ހަމަނުވުމުން ކޯރަމް ގެއްލޭނެ. އެހެންވީމާ ސައްހަ ވޯޓަކަށް ބެލެވޭކަށް ނެތް. އަލުން ވޯޓަށް އަހަންޖެހޭ. ކޮމިޓީގެ ނިންމުން ސައްހައެއްނޫން.
ބަޑީ
02 March 2020
ވޯޓު ނެގީ ހަތަރު މެންބަރުން ތިއްބަވައިގެން ކަމަށް ލިޔެފަ އެބައޮތް ނޫންތޯ!
ހޮޅިކަލޯ
02 March 2020
ގައިމު ތިއޮތް ހިއުމަން ރައިޓްސް ކަމިޝަން އުވާލަ ބަލަ. އެތާ ތިބެގެން މިހާރުވެސް ހާދަ ގަޑެއް އެބަގަނެއޭ. އެންމެ ކުޑަމިނުން މިހާރު ހާޒިރީ ގަޑުވެސް މަޖިލިސް އަށް އެއޮތް އޮޅުވާލަނީ ވިއްޔަ.
ސާމީ
02 March 2020
ކިހިނެއްތަ އާމިރާ ސަލާމަތްވީ؟ ކޮމިޝަނުގެ ދުވުން ލަސްވަނީ ހަމައެކަނި މި 4 މީހުންނާ ހެދިއޭ ކިހިނެއް ބުނަން އެނގުނީ؟ ކަރަޕްސަން ހަމަ.
ސާރަ
02 March 2020
ކޮންމެސް ޑަކައިތެއްގެ ބޮޑުދައިތައެކޯ އެ ކަނބަލަކީ
ބާމީ
02 March 2020
އެއޮތީނު ލިއެފަ މިސަރުކާރު އައިފަހުން މިދިޔަ އަހަރުއޭ އާމިރާ މަގާމަށް ލީ. ދެން އެކަން ގޯސްވާނެ ގޮތެއް އޮންނާނެތަ؟