ރެއިންބޯ ލިވިން މޯލް ފިހާރަ: އެ ކުންފުނީގެ ހުރިހާ ފިހާރައެއްގައި ވެސް ސޭލް ކުރިއަށްދާނެ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
02 މާޗް 2020 - 12:37
އަންނަ ރޯދަ މަހާ ދިމާކޮށް ރެއިންބޯ އިން ހާއްސަ ސޭލެއް އިއްޔެ ފަށައިފި އެވެ.
ރެއިންބޯގެ ހުރިހާ ފިހާރަތަކެއްގައި މި ސޭލް، މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެ އެވެ.
ރެއިންބޯގެ މި ސޭލްގައި އެ ކުންފުނީގެ ފިހާރަތަކުން 500ރ. އަށް ވުރެ މަތިން ވިޔަފާރިކުރާ ކޮންމެ މީހަކަށް ކޫޕަނެއް ލިބޭނެ އެވެ. މި ކޫޕަންތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ތިން ކޫޕަނެއްގެ ވެރިންނަށް، އެ މީހަކު ކުރި ވިޔަފާރިއެއްގެ ފައިސާ އަނބުރާ ލިބޭނެ އެވެ. މި ލަކީޑްރޯ ނެގުން އޮންނާނީ ޖޫން 31 ގައި ރެއިންބޯ ލިވިން މޯލްގަ އެވެ.
މީގެ އިތުރުން މި ޕްރޮމޯޝަން ކުރިއަށްދާ މުއްދަތުގެ ތެރޭގައި ވިއްކާ ސޯފާ ސެޓްތައް ވަރަށް ހާއްސަ ޑިސްކައުންޓަކާއެކު ލިބޭނެ ކަމަށް ރެއިންބޯ އިން ބުންޏެވެ.
ކޮންމެ އަހަރެއްގެ ރޯދަމަހަށް ހާއްސަ ސޭލެއް ރެއިންބޯ އިން ހިންގަނީ އެ ކުންފުނީގެ ކަސްޓަމަރުންނަށް އަގުހެޔޮކޮށް ރޯދައަށް ގެއަށް ބޭނުންވާ ސާމާނު ގަތުމުގެ ފުރުސަތު ހޯދައި ދިނުމަށެވެ. އެ ކުންފުނިން ވިއްކާ ބައެއް ސާމާނުގެ ތެރޭގައި ގޭތެރެއަށް ބޭނުންވާ ސާމާނާއި ބެޑްރޫމް ސެޓާއި ބަދިގެ ސެޓު އަދި ކުލަ ފަދަ ތަކެތި ހިމެނެ އެވެ.
ރެއިންބޯގެ އެކި ފިހާރަތައް ރާއްޖޭގެ އެކި ހިސާބުތަކުގައި ހުރެ އެވެ. މީގެ ތެރޭގައި ރެއިންބޯ ލިވިންގް މޯލް، އާއި ރެއިންބޯ ބިލްޑްވެއާ އާއި ރެއިންބޯ ޝޮޕް އަދި ރެއިންބޯ ތިނަދޫ އާއި ރެއިންބޯ އޮފީސް ސިސްޓަމާއި ރެއިންބޯ އައްޑޫ ހިމެނެ އެވެ. މީގެ އިތުރުން އޮންލައިންކޮށް ތަކެތި ގަންނަން ރެއިންބޯ އިން ވަނީ އޮންލައިން ސްޓޯރެއް ވެސް ހުޅުވައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy