ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގެ މަސައްކަތްތަކެއް ކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު
09 މާޗް 2020 - 11:59
ހުޅުމާލޭގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓެއްގެ މަސައްކަތް މާދަމާ ރަސްމީކޮށް ފަށަން ސަރުކާރުން ނިންމައިފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ބުނީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރަތްކުރާ އެ ފްލެޓުތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތު މާދަމާ ހަވީރު އޮންނާނެ ކަމަށެވެ. ނަމަވެސް އެކަމާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.
ސޯޝަލް ހައުސިން ޔުނިޓުގެ ގޮތުގައި އިމާރާތްކުރާ މި ފްލެޓުތައް ޚާއްސަ ކުރަނީ މާލޭގެ ރައްޔިތުންނަށެވެ. ޖުމްލަ 3،000 ހައުސިން ޔުނިޓު ހިމެނޭ ފްލެޓުތައް އިމާރާތް ކުރަން ނިންމާފައި ވަނީ ދެ ފިޔަވައްސަކަށް ބަހާލައިގެންނެވެ.
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ފަށަން ވެސްޓް ޕާކް ސަރަހައްދުގައި މިދިޔަ މަހު ބޭއްވި ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މަސައްކަތް ކުރާނީ 1،700 ހައުސިން ޔުނިޓާއި 1،300 ހައުސިން ޔުނިޓްގެ މަސައްކަތް ދެ ބަޔަކަށް ބަހާލައިގެން ކަމަށެވެ.
މިއީ އޭގެ ތެރޭގައި ހިމެނޭ އެއް ބައެވެ.
މާލޭގެ ރައްޔިތުންނަށް ހާއްސަ ކޮށްގެން 4،000 ހައުސިން ޔުނިޓު އިމާރާތް ކުރުމަކީ މިދިޔަ ރިިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބުގެ ކެމްޕެއިން ވައުދެކެވެ. ނަމަވެސް ރައީސް ވިދާޅުވީ ފަހުން ހެދި ދިރާސާތަކުން، މާލޭގެ ރައްޔިތުންނަށް އެ އަށް ވުރެ އިތުރަށް ބޯހިޔާވެހިކަން ބޭނުންވާކަން ދެނެގަނެވުނު ކަމަށެވެ.
ހުޅުމާލޭގެ އިތުރުން ރަށްރަށުގައި ވެސް ސަރުކާރުން އަންނަނީ ހައުސިން ޔުނިޓުތައް އެޅުމުގެ މަސައްކަތް ކުރަމުންނެވެ.
ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި މިހާރު ވެސް 6،860 ހައުސިން ޔުނިޓު އިމާރާތް ކޮށްފައި ވެ އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިމާރާތްކުރި އެ ތަންތަން ހެޔޮ އަގުގައި ދޫކުރަން ކަމާބެހޭ ފަރާތްތަކާ އެކު މަޝްވަރާ ކުރަމުން އަންނަ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރިން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ގޮނިސް
10 March 2020
ސަރުކާރަށް ސަނާ ކިޔުމުގަ އަވަދިނެތި އުޅޭ ބަޔަކަށް ސާބަސް
ކަރީޕަހުމީ
09 March 2020
1700 ގުނަ 7000 ރުފިޔާ މީ އެންމެ ކުޑަ އަގު 11900000 ސަތޭކަ ނަވާރަ މިލިޔަން މަހަކު މީ ސަރުކާރުން ރާވައިގެން ހިންގާ ފުލެޓް ވިޔަފާރި ރައްޔަތުން އަޅުވެތި ކުރަން މިކަން ފެއްޓީ އެދިގުރާސްތާ 30 އަހަރު ބިންތައް ހިސޯރުކޮއްގެން މިހާރު މިކަން ސަގާފަތަކައް ހަދައިގެން ހުރިހާ ސަރުކާރު ތަކަކުންވެސް ކުރަނީ ފަސޭހަ ކަމާއެކު ވޯޓްހޯދަން
އައްލާބެ
09 March 2020
ބަލަ ތިޔަދަފްތަރަކީ ރެފުއުޖީން ނުކިޔަންވެގެން އެދިގުރާސްތާ 30 އަހަރު ބޭރުން އެހީހޯދަން ކުރިކަމެއް ރެފުއުޖީންގެ ނަމުގައި މިހާރުވެސް ބައްލަވާ މިކަމުގެ ހަގީގައް ޙަބަރުތަކުގަ އެކިޔަނީނު ފަލަސްތީން ރެފުޖީންނޭ ބަލަ ފަލަސްތީނަކީ އެމީހުންގެ ގައުމު އެކަމަކު ރެފުޖީން ކިޔީމަ ބޭރުގެ އެހީލިބޭނެ މީދުނިޔެ ހިގާގޮއް އަހަރުމެން ރައްޔަތުން ވިސްނަންވީ ވޯޓްލާއިރު މހިރަ ކަނަ ކަން ވައްސަލަމް
ކަރީޕަހުމީ
09 March 2020
ބަލައިނުގަވުނަސް އެއީ ދުނިޔެ ހިގާގޮއް ކޮއިފުޅާ ރަށުގައި ކަމެއް ކުރަންޏާ ތިޔަރަށުގަވެސް އައްޑޫއާ ކުޅުދުފުށީގައި އާބާދީޔާ އެއްވަރައް އާބާދީ އިތުރުކުރޭ ސަރުކާރަކުން ފަޅުރައްރަށަކައް ބޮޑެތި ޙަރަދެއް ނުކުރެވޭނެކަން އަމިއްލަޔައް ވެސް ވިސްނަންވެއްޖެ މިހާރު ބަލަ ކުޅުދުފުށީ ކުޅުދުފުއްޓައް ހެދީ އެބޮޑު މުހަންމަދު މާލެޔާ ވާދަޔައް ކުރި މިއްނެއް މަސައްކަތުން މިކަހަލަ ލީޑަރ ޝިޕެއް ރައްތަކުގަ ނެތީމަ ރައްރައް ތަރައްގީނުވަނީ ވޯޓްލާމީހުންމަދީ އެއިރެއްގެ ސަރުކާރައް
އަހުމަދުބޭ
09 March 2020
ތިއީ މިއަދު ބަލައިގަންނަށް ވަރަށް އުނދަގޫ ކަމެއް، ފުލެޓް ތިހެން ވަކިބަޔަކަށް ނޭޅޭނެ ޚަރަދު ކުރަނީ އެންމެންގެ ފައިސާ، މާލެއަށް ބައެއް އައްޑުއަށް ބައެއް ކުޅުދުއްފުއްޓަށް ބައެއް، ތިހެން ބައިބާ ކުރުން ހުއްޓައިލަންވެއްޖެނޫންތޯ
ކޮރަލް
09 March 2020
ވޯޓް ލިބޭނެ އެވެ. ފްލެޓް ތަކުގެ ކުލި ބުނެދީ ބަލާށެވެ.
ފަރީނާ
09 March 2020
ތިއީ ހަމަ ވޯޓު ބޭނުންވެގެން ކުރާކަމެއް. ދިވެހިން ވިސްނާތި. ރަގަޅަށްދަލުގަ ޖެއްސޭތޯ ކުރެވެންހުރިހާ މަސައްކަތެއް ކުރާނެ.
ހަސަނު1
09 March 2020
ކައުންސިލް އިލެކްޝަނަށް ބިންގާ އަޅާލަނީ ދޯ؟
އަހްމަދު
09 March 2020
މާލޭ ދަފްތަރުގައި ތިބޭ މީހުންނަކީ މާލޭގެ ރަށް ވެހިން ކަމުގައި ވާނެތޯ؟ ދަފްތަރު އުވާލާފަ އެހުރިހާ މީހުން ހުޅުމާލޭ ރައްޔިތުން ކަމަށް ހަމަޖައްސަންވީނޫންތޯ؟
އަލީ ރަސްގެފާން
09 March 2020
ހިޔެއްނުވޭ އެޅޭނެހެން. އިބޫ އަނގައިން ބުނެވުނީމަ ރަތްއިތުންނަ ދަަޅަދައްކާލަނީ.