ކުރީގެ ރައީސް މައުމޫން.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
10 މާޗް 2020 - 10:55
އަންނަ މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ގޮވާލައްވައިފި އެވެ.
ކޮރޯނާވައިރަސް ނުވަތަ އެ ވައިރަސް އިން ޖައްސާ ބަލި، ކޮވިޑް-19 އަށް ރާއްޖެ އިން މިހާތަނަށް ހަ މީހަކު ޕޮޒިޓިވްފެއިވާއިރު، އިތުރު ބަޔަކު ދަނީ އެ ބައްޔަށް ޓެސްޓު ކުރަމުންނެވެ.
ރާއްޖެ އިން ވެސް ކޮވިޑް-19 ފެނިފައިވާތީއާ އެކު، އިންތިޚާބު ފަސްކުރަން ގިނަ ބަޔަކު ދަނީ ގޮވައިލަމުންނެވެ.
މި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) ގެ ވެސް ރައީސްކަން ކުރައްވާ މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކޮވިޑުން ދިވެހިން ރައްކާތެރިކުރުމަށް އަޅާ ފިޔަވަޅެއްގެ ގޮތުން ފަހުގެ ތާރީޚަކަށް އިންތިޚާބު ފަސްކުރަންޖެހޭ ކަމަށެވެ.
އަންނަ މަހުގެ ހަތަރެއްގައި ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އެމްއާރުއެމުން 16 ކެންޑިޑޭޓަކު ވާދަކުރެ އެވެ.
In keeping with the stringent measures in force to protect our people from the threat of #COVID2019 I would like to urge the government to delay local council elections to a later date. @ibusolih @ElectionsMv @MRM_Office
— Maumoon Abdul Gayoom (@maumoonagayoom) March 10, 2020
ކޮރޯނާވައިރަހާ ގުޅިގެން، ޕާޓީތަކުގެ ކެމްޕެއިން ޖަލްސާތަކާއި ދަތުރުތައް މި ވަގުތަށް މިހާރު ވަނީ މަޑުޖައްސާލައިފަ އެވެ.
ގާނޫނު ބުނާ ގޮތުން އާ ކައުންސިލަރުން އިންތިޚާބު ކުރަން ޖެހެނީ ހިނގަމުން އަންނަ ކައުންސިލްގެ ދައުރު ހަމަވުމުގެ 30 ދުވަސް ކުރިންނެވެ. މިހާރުގެ ކައުންސިލްތަކުގެ ދައުރު ހަމަވަނީ ޖޫން މަހަށެވެ. އެހެންކަމުން އެއް ބައެއްގެ ނަޒަރުގައި އަންނަ މަހު އިންތިޚާބު ނުބޭއްވިޔަސް ގާނޫނުގައި ބުނާ މުއްދަތުގެ ކުރިން އިންތިޚާބަށް ފުރުސަތު ލިބިދާނެ އެވެ
ދެން އޮންނާނީ ރައްޔިތުންގެ މަޖިލިހުގެ ތެރެއިން ވަގުތީ ހައްލެއް ހޯދުމެވެ. އެ ފުރުސަތު ސަރުކާރުގެ މައި ޕާޓީ، އެމްޑީޕީ އަށް އޮތީ، ސުޕަ މެޖޯރިޓީއާ އެކު ފުރިހަމަ އަށް ހުޅުވިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަޒާނާ
10 March 2020
އަދިވެސް ކައުންސިލް އިންތިހާބު ފަސް ކުރަން ކުރީގެ ރައީސް އެއްބަސް ނުވެ އެވެ.
ވަހީދު
10 March 2020
މައުމޫނު ބުނާ ގޮތަށް ހަދަންވާނެ.
ާއުނިމާ
10 March 2020
މިސަރުކާރަކަށް ނުވިސްނޭނެ، ސަރުކާރުން ނޫޅޭ ކަންބޮޑުވެގެނެއް
މުބީީނު މާރނީ
10 March 2020
ވާރޭ ވެހުމެކޭ ކޮރޯނާ އެކޭ އެއްގޮތް. މިއަަށްވުރެ ބޯކޮށްލައިފިއްޔާ އިންތިހާބު ބޭއްވޭނެ ދުވަހެއްވެސް ބުނަންވެސް ނޭންގެ.
މަންޑޭލާ
10 March 2020
ޕީޕީއެމްގެ އެކަކުވެސް މިހާރަކު ތާއީދެ ނުކުރާނެ
އަންނާ
10 March 2020
82 އަހަރުގަ މައުމޫނަށް ވިސްނޭވަރަށް ވިސްނޭ މީހެއް ތީގެ އެއްވެސް ޕާޓީއަކުނެތް.
ވިދުވަރުދޯނީގެ ދުރުމިން
10 March 2020
އިންތިޚާބު ފަސްކުރަން ޖެހޭ ޙާލަތަކަށް އަދި ނާދޭ ހާ ނުގޮވިޔަސް އަލިވިލޭނެ އަލި ނުވިލި އުޅެނިކޮން ހާކާލީ ކާކުތަ
ސޯކާބެ
10 March 2020
ވިސްނެންވެއްޖެ. ރައީސް މައުމޫން އަބަދުވެސް އިސްކުރައްވަނީ ގައުމު. އެކަން ތާޜީހުން އެބަ ހެކިދޭ މިގައުމައް އެނމެ ގިނައިން ބޭރުފައިސާ ވަދެވަދެ ހުރި ސިޕިންގް ލައިން ހުދުކާފޫރައްވެ ނެތިދިޔައީ މަސައްކަތުމީހަކުވެސް ކުއްވެރިނުވޭ އެއަރލައނެއް ބަނގުރޫޓްވި ޕިޔޯނަކުވެސް ކުއްވެރިނުވޭ 1978 އަހަރާ ހަމޔައް ހިލޭ ބޯހިޔާވަހކަމުގަ އުޅެއުޅެތިއްބާ ފުލެޓްގެ ނަމުގައި ގެސްޓް ހައުސް ތަކުގައި ރައްޔަތުން ކުއްޔައް އުޅެންޖެހުނީ ބިންތައް ހިސޯރުކުރީ ދޭތެރެ ދުރުކޮއް 3ޖީލް ނައތލ
ސަލާޙް
10 March 2020
ޖައްސާގޭމް. އެމްޑީޕީ އިން ބޭނުން އަސްލުވަނީ މިވަގުތު ރައްޔިތުން ނުރުހިފަ ތިބީމަ އިްތިޚާބް ލަސްކުރަން. އެކަމަކު ބުނަމުންދަނީ ތިމަންމެން ބޭނުމެއްނޫނޭ ލަސްކުރާކަށް. އެއީ ޕީޕީެމުން ލަސްކުރަން ގޮވާލާތޯ ކުރާކަމެއް. އެ ކަން ހާސިްލނުވީމަ، މައުމޫން ލައްވާ ލަސްކުރަން ގޮއްވީ. ބޮޑުގޭމެއް! ރައްޔިތުން މިފަހަރު ވަރަށް ރަގަޅަށް ތިޖައްސާގޭމް ތަކުގައި ރައްޔިތުން އަބަދަކު ނުޖެއްސޭނެކަން ދައްކާނެ.
އަލީ
10 March 2020
މީނަ ބުނެގެން މިކަން ކުރާނެ މީހަކު މިހާރަކު މިޤައުމަކު ނެޔް!