12 މާޗް 2020 - 10:22
ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ހޭންކްސްް އާއި އަންހެނުން ރީޓާ ކޮވިޑް-19 އަށް ޕޮޒިޓިވްވެގެން ފަރުވާ ދޭން ފަށައިފި އެވެ.
ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ އެކްޓަރު ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނީ އޭނާ އާއި އަންހެނުން މި ވަގުތު ތިބީ އޮސްޓްރޭލިއާގައި ކަމަށާއި ކޮރޯނާވައިރަހަށް ޕޮޒިޓިވްކަން ވެސް އެނގުނީ އެތަނުގައި ކަމަށެވެ. އަދި އެ މީހުން އައިސޮލޭޓްކޮށް ފަރުވާ ދެމުން އަންނަ ކަމަށް ބުންޏެވެ.
މިއާ އެކު، އެމެރިކާ އަށް އުފަން ހޭންކްސް، 63، ވެފައި ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް ފުރަތަމަ މަޝްހޫރު ސެލެބްރިޓީއަށެވެ.
— Tom Hanks (@tomhanks) March 12, 2020
ހެރީ ޕޮޓާ ކުޅުނު އެކްޓަރު ޑެނިއަލް ރެޑްކްލިފް ވެސް މި ހަފުތާގައި ކޮވިޑް-19 އަށް ޕޮޒިޓިވް ކަމަށް ބުނާ ވާހަކަތަކެއް މީޑިއާތަކުގައި ދައުރުވި އެވެ. ނަމަވެސް އޭނާ ވަނީ އެއީ ދޮގެއްކަން ޔަގީންކޮށް ދީފަ އެވެ.
ޗައިނާ އިން ހިލިގެން އައި ކޮރޯނާވައިރަސް ޖެހުނު މީހުންގެ އަދަދު މިހާރު ލައްކައަކަށް ވުރެ މަތިވެފައިވާ އިރު، އެ ބަލީގައި މަރުވި މީހުންގެ އަދަދު 4،000 އަށް ވުރެ ގިނަ އެވެ. މި ވަގުތު ޔޫރަޕްގެ ގައުމުތަކުގައި ކޮރޯނާވައިރަހުގެ ހާލަތު ވަރަށް ގޯސްވަމުންދާ އިރު، ބަލީގެ މައްސަލަ އެންމެ ބޮޑީ އިޓަލީގަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސީޒަން ޖެކްޝަން
12 March 2020
ޥަރަށް ހިތާމަވެރިޚަބަރެއް.