އައްޑޫގައި ޓޫރިސްޓުންތަކެއް.
15 މާޗް 2020 - 15:21
އައްޑޫ އަށް ޓޫރިސްޓުން އެކްސްކާޝަނަށް ގެންދިއުން ހުއްޓާލަން އައްޑޫ ސިޓީ ކައުންސިލުން މިއަދު އަންގައިފި އެވެ.
ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކުރަން އަޅާ ފިޔަވަޅުތަކާ ބެހޭ ގޮތުން، ކައުންސިލުން ނެރުނު ބަޔާނުގައި ބުނީ އައްޑޫގެ ރިސޯޓްތަކާއި ގެސްޓްހައުސްތަކާއި ސިޓީ ހޮޓާތަކުގެ އިތުރުން ސަފާރީތަކުގައި އަންނަ ޓޫރިސްޓުން އައްޑޫގެ މީހުން ދިރިއުޅޭ އަވަށްތަކަށް އެކްސްކާޝަންތަކަށް ގެނައުން ހުއްޓާލަން އަންގާ ކަމަށެވެ.
އައްޑޫގައި ތިން ރިސޯޓެއް ހިންގަމުން އަންނަ އިރު، ގަމުގައި ހިންގާ ސިޓީ ހޮޓަލާ އެކު، އައްޑޫގެ ހުރިހާ އަަވަށްތަކެއްގައި ގެސްޓްހައުސްތައް ހިންގަ އެވެ. އަދި އައްޑޫގެ އަވަށްތަކުގައި ޓޫރިސްޓުން އުޅުމަކީ ވަރަށް އާންމު ކަމެކެވެ.
އައްޑޫގައި މި ވަގުތު ހިންގަމުން އަންނަ ތިން ރިސޯޓަކީ ޝަންގްރިއްލާ ވިލިގިލި ރިސޯޓް އެންޑް ސްޕާ އާއި ކެނަރީފްގެ އިތުރުން ސައުތު ޕާމް ރިސޯޓެވެ. ގަމުގައި ހިންގާ ސިޓީ ހޮޓާ އީކްއޭޓާ ވިލެޖާ އެކު، އައްޑޫގައި މިހާރު ގިނަ އަދަދަކަށް ގެސްޓް ހައުސްތައް ވެސް އެބަ ހުއްޓެވެ. އަދި މި ވަގުތު ވެސް އައްޑޫގައި ހައެއްކަ ސަފާރީ ބަނދަރުކޮށްފައި އެބައޮތެވެ.
ކޮވިޑް-19 ގެ ބަލިމަޑުކަމުން ރައްކާތެރިކަން ހޯދަން ރާއްޖޭގައި މިހާރު އޮތީ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. މިހާތަނަށް ރާއްޖޭން ވަނީ މި ބަލީގެ 13 މީހަކު ފެނިފަ އެވެ. އެ އެންމެންނަކީ ވެސް ރިސޯޓްތަކާއި ސަފާރީތަކުގެ ޓޫރިސްޓުންނާއި ބިދޭސީ މުވައްޒަފުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މަސްވެރިޔާ.
15 March 2020
މަހުގެ ވިޔަފާރި ކުރާ މާލޭގެ ބޮޑުންތައް ބޭނުމެއް ނުވާނެ މަސް އެކްސްޕޯޓް ކުރުމުގައި އެމީހުނަށް ފައިދާވާގޮތަށް އޮތް ޤަވާއިދު ބަދަލުކޮށް އެންމެނަށް މަސް ބޭރުކުރެވޭގޮތަށް ޤަވާއިދު އިސްލާޙް ކުރާކަށް. އެކަން ކޮށްފިނަމަ ދެކުނުގެ މަސްވެރިން ބާނާ މަސް ސީދާ ގަމުން އެކްސްޕޯޓް ކުރަން ފެއްޓުމުން އެމީހުން ރަނުގެ އަގުގައި ވިއްކާ މަހަށް ލިބޭ ފައިދާ ކުޑަވެ އެމީހުންވެސް ޖެހޭނީ މަސްވެރިންގެ އަތުން ހަމަ އަގުގައި މަސް ގަންނާން.
އޮނަރަބްލް އަފީފު ދީދީ
15 March 2020
މުހިންމު ރަނގަޅު ފިޔަވަޅެއް. ސިޓީތެރޭގެ ޕަބްލިކް ޓްރާންސްޕޯޓް މޮނިޓަރިންގ ވެސް ހަރުދަނާކޮށް ސާފުތާހިރުކަމުގެ ފިޔަވަޅު އަޅާންޖެހޭ. # އިޤުތިސޯދަށް ލޮޅުންއެރުންހުއްޓުވުމަށް މަސްވެރިންނަށް ހިތްވަރުދީ މާލޭސަރުކާރާއި ވާހަކަދައްކައިގެން އައިއެސްއޯ ސެޓިފައިޑް، އީޔޫ ސްޓެންޑަރޑް ފެކްޓަރީތަކުގައި ބަންދުކުރާ އައިސްމަސް ނޫން މަސް ބޭރު ކުރުން މަނާކޮށްފައިއޮތް ޤަވާއިދު ސަސްޕެންޑްކޮށް ގޭންއެއަރޕޯޓުން ކަންނެލި އެކްސްޕޯޓް ކުރެވޭނެއިންތިޒާމް ހަމަޖައްސާ.
ނަންނި.
15 March 2020
ގަމުން ކަންނެލި އެކްސްޕޯޓް ކުރެވިގެން ނޫނީ ދެކުނުގެ މަސްވެރިންނަށް އެމްޑީޕީގެ މެނިފެސްޓޯގައިވާ ގޮތަށް މަހުގެ ފުރިހަމަ އަގު ނުލިބޭނެ. މިސަރަހައްދަށް ބާނާ މަސް މިސަރަހައްދުން ބޭރުގެ މާރުކޭޓްތަކަށް ގެންދިއުމަށް އެއްވެސް ހުރަހެއް އޮވެގެން ނުވާނެ. އަހަރުމެން ބާނާ މަސް އަހަރުމެން އަތުން ނުއަގުގައި ގަނެގެންގޮސް މާދުރުގައި ތިބި ބަޔަކު ނަގާން ފުރުސަތު ދީގެން ތިބޭކަށް ނުޖެހޭ.
ހަސަނު.
15 March 2020
ބަރާބަރު ވާހަކައެއް. ގަމުގެ އެއަރޕޯޓުން ކަންނެލި ބޭރު ކުރެވެން ވާނެ. އަދި ހިކަމަހާއި ވަޅޯމަސް ލަންކާ އަށް ފަސޭހައިން ބޭރު ކުރެވޭނެގޮތް ހަދާ ލަންކާ ސަރުކާރާއި ވާހަކަ ދައްކައިގެން މިސަރަހައްދުން ގެންދާ މަހުގެ ޑިއުޓީ ކަޑާލެވޭނެ ގޮތެއް ހޯދަންޖެހޭ.
އަލީ.
15 March 2020
ސްރީލަންކަން އެއަރލައިންސް އާއި އެކު ސިޓީ ކައުންސިލް ގުޅިގެން ލަންކާ ސަރުކާރާއި ވާހަކަ ދައްކާ ގަމުން ލަންކާއަށް އެތެރެކުރާ މަހުގެ ޑިއުޓީ މާފު ކުރެވޭތޯ ބައްލަވާ. މަސްވެރިންނަށް މަހުގެ ހަމަ އަގު ލިބޭނީ ގަމުން މަސް އެކްސްޕޯޓް ކުރެވިގެން.
ކަންނެލި ރާޖާ
15 March 2020
ސިޓީގެ މޭޔަރު ތަންކޮޅެއް ހަރަކާތްތެރިވާން ވެއްޖެ ނޫންތޯ ؟ އައްޑޫ އެއަރޕޮތްގެ ކަންކަމާއި ދެކުނުގެ ޓްއަރިޒަމް އާއި އަދި ރާއްޖޭގެ މަސްވެރިކަމުގެ އެންމެ ބޮޑު ޙިއްސާއޮތް ދެކުނުގެ މަސްވެރިން ބާނާ މަސް ގަމުގެ އެއަރޕޯޓުން އެކްސްޕޯޓް ކުރެވޭނެ މަގު ތަނަމަވަސް ކުރުމަށާއި މިކަންކަމަށް އެހީތެރިކަން ހޯދަން އިންޑިޔާ ސްރީލަންކާ ޗައިނާ ގެ އެމްބެސެޑަރުންނާއި ވާހަކަ ނުދައްކަނީ ކީއްވެ. ނިޒާރުވެސް މިކަމާއި އުޅެލަންވީ ނޫންތޯ ؟
ގެރިގާ
15 March 2020
ސަފާރީތަކުން މީހުން އުޅޭ ރަށް ރަށަށް އެުން މަނާ ކުރަން ޖެހޭ!