ޚަބަރު / ފެމިލީ ކޯޓު

ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުމާއި ބަންދު ދުވަސްތަކުގައި ކައިވެނިކޮށް ދިނުން މަޑުޖައްސާލައިފި

ފެމިލީ ކޯޓް ބޭރުގައި ބަޔަކު މަޑުކޮށްލައިގެން.: ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުމާއި ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑީގައި ކައިވެނިކޮށް ދިނުން މަޑުޖައްސާލަން އެ ކޯޓުން ވަނީ ނިންމާފައި -- ފޮޓޯ/ސޯޝަލް މީޑިއާ

ކޮރޯނާ ވައިރަސްއާ ގުޅިގެން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން މަޑުޖައްސާލުމަށާއި ބަންދު ދުވަސްތަކާއި ނުރަސްމީ ގަޑިތަކުގަައި ވެސް އާންމު އުސޫލުން ކައިވެނިކޮށް ނުދޭން ފެމިލީ ކޯޓުން ނިންމައިފި އެވެ.

ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ރާއްޖެއިން ފެނުމާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ދަނީ އަޅަމުންނެވެ. އެހެންވެ، ކޯޓުތަކުން ވެސް ރައްކާތެރިކަމުގެ ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވެސް އިއްޔެ ވަނީ އަންގައިފަ އެވެ.

ޑީޖޭއޭގެ އެ އެންގުމާ ގުޅިގެން ފެމިލީ ކޯޓުން މިހާރު ނިންމާފައިވަނީ ކޯޓުން ބޭރުގައި ކައިވެނިކޮށް ދިނުން މަޑުޖައްސާލުމަށާއި ބަންދު ދުވަަސްތަކުގައި ކައިވެނިކޮށް ނުދިނުމުގެ އިތުރުން އާންމު އުސޫލުން ނުރަސްމީ ގަޑީގައި ކައިވެނިކޮޮށް ނުދޭން ވެސް ވަނީ ނިންމައިފަ އެވެ. އެކަމަކު ކޯޓުން ބޭރުގައި ކައިވެނިކޮށްދޭނެ ކަމުގެ ލިޔުން ދޫކޮށްފައިވާ ތިބި ފަރާތްތަކުން ބޭނުންވާ ނަމަ، އެ ކައިވެނިތައް ކޯޓުން ބޭރުގައި ކޮށްދޭން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ކޯޓުގައި ކައިވެނި ކުރާއިރު ވެސް، ހާޒިރުވާން ޖެހޭ މީހުން ފިޔަވައި އިތުރު މީހުންނަށް ކައިވެނީގެ މަޖިލީހަށް ނުވަދެވޭ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ. އަދި އެއް މަޖިލީހަކަށް ގިނަ މީހުން ނުވައްދާ ގޮތަށް އިންތިޒާމްތައް ހަމަޖެއްސުމަށާއި ކައިވެންޏަށް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމް ވެސް މަޑުޖައްސާލުމަށް ފަހު، އެ ޕްރޮގްރާމްގެ ލިޔުންތައް ކައިވެނިކުރާ މީހުންނަށް ފޮނުވާ ގޮތަށް ވަނީ ހަމަޖައްސައިފަ އެވެ.

ކައިވެންޏަށް ފޯމް ހުށަހަޅާއިރު، ފޯމްގެ މައުލޫމާތު ވަގުތުން ޗެކް ކުރުމުގެ ބަދަލުގައި، ސްލިޕެއް ދޫކުރުމަށް ފަހު މައުލޫމާތު ފަހުން ޗެކް ކުރާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. އަދި ފޯމްގެ މައުލޫމާތު ފުރިހަމަ ނުވާ ނަމަ، އެކަން އިސްލާހު ކުރުމަށް 24 ގަޑިއިރުގެ ތެރޭގައި ފޯނުން އެންގުމަށާއި ފޯމްގެ ފީ އާއި ރަޖިސްޓްރޭޝަން ފީ އެއްކޮށް ދައްކަން ޖެހޭ ގޮތަށް ވެސް ފެމިލީ ކޯޓުން ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން ގޭގެއަށް ގޮސް ހަދަންޖެހޭ އެސެސްމަންޓްތައް ވެސް، ކޮންމެހެން ހަދަންޖެހޭ ހާލަތްތައް ފިޔަވައި، އެހެން ހާލަތްތަކުގައި 14 ދުވަހަށް މަޑުޖައްސާލުމަށާއި ސުލްހައިގެ މަޖިލިސްތައް ވެސް މިދުވަސްވަރު އާންމު އުސޫލުން މެދުކަނޑާލަން ވަނީ ނިންމައިފަ އެވެ. އެކަމަކު ތިން މަސް ހަމަވާން ގާތްވެފައިވާ މައްސަލަތަކާއި ގެވެށި އަނިޔާގެ މަައްސަލަތަކުގައި ސުލްހައިގެ މަޖިިލިސް ކުރިއަށް ގެންދާނެ ކަމަށް ފެމިލީ ކޯޓުން ބުންޏެވެ.

ލިޔުންތަކާއި ފައިސާ ބަލައިގަތުމުގައި ވެސް މުވައްޒަފުން އަންގި ލެއްވުމާއި ސޯޝަލް މީޑިއާ މެދުވެރިކޮށް، ކޯޓަށް ހާޒިރުވުމުގެ އަމުރު ހަވާލުކުރަން ވެސް ނިންމާފައިވާ ފެމިލީ ކޯޓުން ބުންޏެވެ.

ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެއިން މިހާތަނަށް ފެނިފައިވާއިރު، ރިސޯޓްތަކަށް ދަތުރު ކުރުން އާންމު އުސޫލުން މަނާކޮށް، ފަތުރުވެރިންނާއި ރިސޯޓްތަކުގެ މުވައްޒަފުން ވެސް ރަށްރަށަށް އެރުން ވަނީ މަނާކޮށްފަ އެވެ. އަދި ސްކޫލްތަކާއި ކޮލެޖްތަކާއި ޔުނިވާސިޓީތައް ވެސް ވަކި މުއްދަތަކަށް ވަނީ ބަންދުކޮށްފަ އެވެ.

3 ކޮމެންޓް, 13 ރިއެކްޝަންސް

icon happy icon happy 23%
icon sad icon sad 8%
icon angry icon angry 69%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޭބީ

16 March 2020

ކޯޓުން ބޭރުގައި ކައިވެނިކުރުމޭ ޢާއްމުކޮށް ބުނަނީ ހަރުކަށި ފިކުރުގެ މީހުން ކޯޓަށް ނުބައްސާ އަމިއްލައަމިއްލައަށް ކުރާ ކައިވެންޏަށް ނިސްބަތްކޮށެވެ. ކޯޓުތަކުޤާޟީން ގޭގެއަށް/ތަންތަނަށް ގޮސްކޮށްދޭ ކައިވެންޏަކަށް އެހެން ކިޔައެއް ނޫޅެއެވެ. އެހެންވީމާ މިސުރުޚީ ކަމަކުނުދެއެވެ

The name is already taken The name is available. Register?

ބޮޑުމީހާ

15 March 2020

މިހުރިހާ ދުވަހު ގޮވީ މިރާއްޖެ ދުނިޔެއަށް ބަންދު ނުކުރެވޭނެޔޭ، އިގްތިސާދު ފުޑޭނެޔޭ. ..މިހެން ތިއްބާ މަޑުމަޑުން ބަލި ފެތުރި، ބައެއް ގައުމުތަކުން މީހުން އައުން ހުއްޓުވަން މަޖުބޫރުވަނީ. އެހެން ގައުމުތަކުންވެސް މުޅިގައުމު ބަންދުކޮށްފަ އެއޮތީ، ދެންވެސް ވަގުތު އޮއްވާ ބަންދު ކުރޭ! ހިތަށްއަރަނީ ގައުމު ބަންދުކުރާނީ ގައުމަށް އޮބި ނޯންނަވަރަށް ބަލި މީހުންތަކާއިއެކުތޯ ނޫނީ ވައިރަސް ނެތް ބަޔަކާއިއެކުތޯ! ފުރާނަ ހުރިއްޔާ ފަޅޯ ދަޑި ކައިގެންވެސް އުޅެވިދާނެ!

The name is already taken The name is available. Register?

ހެޑް ލައިން

15 March 2020

ކޯޓުން ބޭރުގައި ކައިވެނިކުރުން އެއި ދެ މާނައެއްގައި ބޭނުންކޮށް އުޅޭ ބަހެއް! ކޯޓުން ބޭރުގައި ކައިވެނިކޮށްގެން އުޅުމަކީ ބޮޑުވެގެން އުޅުނު މައްސަލައެއް ވެސްމެއެވެ. ވީމާ ހެޑް ލައިންގައި "ކައިވެނީގެ މަޖިލިސް ކޯޓު ނޫންތަނެއްގައި ނުބޭއްވުން" ފަދަ ގޮތަކަށް ގެންނެވުން ކިހިނެއްތޯ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454