މިފްކޯގެ ފެލިވަރު މަސް ފެކްޓްރީ--ފޮޓޯ:ހުސައިން ވަހީދު/ މިހާރު
16 މާޗް 2020 - 11:53
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން ޔޫރަޕްގެ ގައުމުތަކަށް ރޯ މަސް އެކްސްޕޯޓު ކުރުން ހުއްޓިއްޖެ އެވެ.
ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ކަންނެލި އެކްސްޕޯޓު ކުރާ އެންސިސް އިން ބުނީ ރާއްޖެއިން ޔޫރަޕަށް މަސް އެކްސްޕޯޓު ކުރުން ގާތްގަނޑަކަށް 99 ޕަސެންޓް އެއްކޮށް ހުއްޓިފައިވާ ކަމަށެވެ. މިހާރު ހަމައެކަނި ރޯމަސް އެކްސްޕޯޓު ކުރަނީ އެމެރިކާއަށެވެ. ޔޫރަޕްގެ މާކެޓު ހުއްޓުމަކަށް އައުމުން އެކަމުގެ ނޭދެވޭ އަސަރު ކުންފުންޏަށް ކުރާނެ ކަމަށް ބެލެވޭ ކަމަށް އެ ކުންފުނިން ބުނެ އެވެ.
ޔޫރަޕްގެ ގައުމުތަކުގެ ތެރެއިން އެންމެ ފުޅާ ދާއިރާއެއްގައި ރޯމަސް އެކްސްޕޯޓް ކުރަނީ ޖަރުމަނާއި އިނގިރޭސިވިލާތާއި ފްރާންސަށެވެ.
ރޯމަހުގެ އިތުރުން ޔޫރަޕަށް ދަޅު މަސް ވެސް ރާއްޖެއިން އެކްސްޕޯޓްކުރެ އެވެ. މިފްކޯގެ މެނޭޖިން ޑިރެކްޓަރު އިސްމާއިލް ފައުޒީ ވިދާޅުވީ، ޔޫރަޕްގެ މާކެޓަށް އެއްވެސް ދަތިކަމެއް ނެތި ދަޅު މަސް އެކްސްޕޯޓު ކުރަމުން އަންނަ ކަމަށެވެ. އެހެން ނަމަވެސް ތައިލެންޑަށް ގަނޑުކުރި މަސް އެކްސްޕޯޓު ކުރުމުގައި ދަތިތަކެއް ދިމާވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރޯމަސް އެކްސްޕޯޓު ކުރުމަށް ދަތިތައް ކުރިމަތި ވަނީ، ގައުމުތަކުގެ ރެސްޓޯރެންޓްތަކާއި ހޮޓާތައް ހުއްޓުމަކަށް އައިސް އިގްތިސާދީ ހަރަކާތްތައް މަޑުޖެހިފައި އޮތުމުން ކަމަށް ބެލެވޭ ކަމަށް ފައުޒީ ވިދާޅުވި އެވެ.
"މި ދުވަސްވަރު ހުރި އޯޑަރުތަކަށް ދަޅު މަސް އެކްސްޕޯޓު ކުރަމުން އަންނަނީ. ރާއްޖޭގައި ދަތިތައް ދިމާވަނީ ޔޫރަޕަށް ރޯމަސް އެކްސްޕޯޓް ކުރާ އަމިއްލަ ކުންފުނިތަކަށް،" އޭނާ ވިދާޅުވި އެވެ.
ފެކްޓަރީގައި މަސް ރައްކާކުރާ ގުދަނަކަށް ވެއްދުމަށް ތައްޔާރުގައި ބަހައްޓާފައިހުރި މަސް ކޮށިތަކެއް.--ފޮޓޯ: ހުސައިން ވަހީދު/މިހާރު
މަސް އެކްސްޕޯޓް ކުރުމުގައި ކުރިމަތިވެފައި ދަތިތަކަށް ހައްލެއް ހޯދުމަށް ރާއްޖޭގެ އެކްސްޕޯޓް ކުންފުނިތަކާއި މަސްވެރިން ވަނީ އިއްޔެ ފިޝަރީސް މިނިސްޓަރު މަރިޔަމް ޒަހާ ވަހީދާއި އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އާއި ބައްދަލުކުރައްވާފަ އެވެ. މިބައްދަލުވުމުގައި ކޮވިޑް-19 އާ ގުޅިގެން މަސްވެރިކަމުގެ ދާއިރާ އަށް ކުރިމަތިވެފައިވާ ދަތިތަކަށް ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރެވިފައިވެ އެވެ.
- މަސްވެރިންނަށް މިހާރަށް ވުރެ ފަސޭހަކަމާ އެކު ތެޔޮ ލިބޭނެ ގޮތް ހޯދުން
- މަސްވެރިންގެ ބޭންކް ލޯނުތައް ދެއްކުމުގައި މިހާރަށް ވުރެ ލުއި ފަސޭހަ ގޮތްތަކެއް
- މަސް އެކްސްޕޯޓު ކުރާ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ގޮތްތަކެއް ހޯދުން
މިކަންކަމަށް ހައްލުތަކެއް ހޯދަވައިދެއްވާނެ ކަމަށް ސަރުކާރުން ވަނީ މަސްވެރިންނާއި އެކްސްޕޯޓަރުންނަށް ޔަގީންކަން ދީފަ އެވެ.
ރާއްޖޭގެ އެކްސްޕޯޓުގެ ދާއިރާގެ އެންމެ ބޮޑު އާމްދަނީއެއް ލިބެނީ މަހުގެ ބާވަތްތަކުންނެވެ. މީގެ ތެރެއިން ވެސް ގާތްގަނޑަކަށް 60 ޕަސެންޓަކީ ރޯމަހުން ލިބޭ އާމްދަނީ އެވެ. ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓު ކުރަނީ ކަޅުބިލަ މަހާއި ކަންނެއްޔެވެ.
ކޮވިޑް-19 އަށް ރާއްޖެއިން 13 މީހުން މިހާތަނަށް ޕޮޒިޓިވްވެފައިވެ އެވެ. މުޅި ދުނިޔެއަށް ފެތުރެމުންދާ މި ބަލިމަޑުކަމާ އެކު ރާއްޖޭގެ އިގްތިސާދަށް މީގެ އަސަރުތައް ކުރަމުންދާ އިރު މަސްވެރިކަމުގެ ދާއިރާގެ އިތުރުން ޓޫރިޒަމް ދާއިރާ އަށް ވަރަށް ބޮޑު ގެއްލުމެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސޭޓް
16 March 2020
ޔޫރަޕްގަ މަސް ވިއްކާ ފިހާރަތަކުގައި މަސް ކިލޯއެއް ވިއްކަން ހުރި އަގު ބަލާލީމަ އެނގިދާނެ . ކޮންމެވެސް އެހެން ކަންތައްތަކެއް އުޅޭތީ ނުވިއްކޭނީ.
ވިދުވަރުދޯނީގެ ދުރުމިން
16 March 2020
މަސްމާރުކޭޓުގައި ވިެްކަން ހުންނަނީ ވަރަށް ކުނިމަސް މަހުގެ ކޮލިޓީ އެއްގޮތަކަށްވެސް އެޗް ޕީއޭ ޗެކެއް ނުކުރޭ
ޝޮކްތެރަޕީ
16 March 2020
ކުރީގެ ސަރުކަރުނަމަ. ތިމަސްތަކުގެ ބެނުން ރައްއިތުމީހާޔަ ލިބޭނެ.
ހަސަން ކަލޯ
16 March 2020
މިދަނޑިވަޅުގަ ޗައިނާއިން ދިވެހިން ބާނާ މަސް ގަންނާނެކަމާ ދޭތެރޭ ކުޑަކޮށް ވެސް ޝައްކު ނުކުރަން. އަހަރެމެންގެ ރައީސް ސޯލިހު ރައީސް ޝީއަށް އެންމެ ފޯނު ކޯލެއް ކޮށްލައްވަން ޖެހޭނީ. މިފަދަ ރިކްއެސްޓެއް އިތުރުން މިދަނޑި ވަޅުގަ ދިވެހިން އެދޭ އެހެނިހެން ކަންކަން ވެސް ކޮށްދެއްވާނެ. އިންޑިއާ އަކަށް ޗައިނާ އިން ފޯރުކޮށްދެވޭނެ ހުރިހާ އެހީއެއް ފޯރުކޮށެއް ނުދެވޭނެ. އެންމެ ރަހުމަތްތެރި އަކަށްވުރެ ދެ ރަހުމަތްތެރިން ތިބުން ބުއްދިވެރި.
ބުއްޅަ
16 March 2020
ކަންތައް ނުހުއްޓޭނެ ކުރަންވީ މަސްތައްކައްކާފައި ހިއްކަފަ ހަރުކޮށްވަޅޯކޮށްފަ ރައްކާކުރަންވީ ދަނޑުވެރިކަމާއި ފަލަމަޑި މިނޫންވެސް ދިވެހިން އިހުއްސުރެން ކުރަމުން މިމަސައްކަތަށް ރުޖޫއަވާންވީއެވެ.
ނެކްސްޓް
16 March 2020
ހުރިހާ މަހެއް އުކާނުލާ ދިވެހިންނަށް ހެޔޮއަގައި މިފަދަ ދަންޑިވަޅެއްގައި ވިއްކިދާނެ. ބޮޑުފައިދާ ނުވިޔަސް އެކަލާންގެ ދެއްވި ރިޒްގު ހެޔޮގޮތުގައި ބޭނުން ކުރޭ
މުރާސިލް
16 March 2020
މަސް އެކްސްޕޯޓު ކުރާ ކުންފުނިތަކުގެ ކޭޝްފްލޯ ހަމަޖެއްސުމަށް ގޮތްތަކެއް ހޯދުން ؟ ކޮބާ ނިކަމެތި މަސްވެރިންނައް ގޮތެއް ކޮމްމެ ކަމެއްގައިވެސް ނިކަމެތިމީހާއަށް ނިކަމެތިގޮތް މަސްވެރިން ތެލުގެ 100 ޕަސްނަޓް ުނިކުރިޔަސް ދަތުރަކުން އޮޑިއަކަށް 20 ހާހުންަދއްވާނެ ހަމަގައިމުވެސް 100 ޕަސަންޓް ނުދޭނެ ދެންއޮތީ ލޯނު ޅޮނަކީ އޮދިވެރިޔާ އަށްލިބޭ ލުޔެއް ހަމަ ދެރަމީހާ ދެރައީ
ދޯރި
16 March 2020
މަސްކައި ހިއްކޭނެ ގޮތެއް އަވަހަށް ރާވާށެވެ. ހިކިމަސް ސްރީލަންކާއަށް ވިއްކޭނެ ގޮތެއްވެސް ހޯދަން ވާނެއެވެ.
މުރާސިލް
16 March 2020
މިކިޔަނީ ބޮޑުކަންނެލީގެ ވާހަކަ ކަޑުމަހުގެ ވާހަކައެއްނޫން ބޮޑުކަންނެލި ކައްކާ ހިއްކާނީ ކިހިނެތް
ފައިސަލް ވޭވަށް
16 March 2020
ވޭވަށުގައި ދުވާލަކަށް 30 ޓަން ކެކޭނެހެން ހިކިމަސް އުފައްދާ ފެކްޓްރީ ތައް ހަދާފައި އެބަހުރި.... މިހާރު މިއިން ތަނަކަށް އަލިފާން ނުލާތާ 2 ހަފުތާ އަށް ވުރެ ގިނަ ދުވަސް ވެއްޖެ.... އަޅުގަޑުމެން މިތިބީ ތައްޔާރަށް...
ހައް ދުންމަތި
16 March 2020
ޙާސްނުވޭ ކޮންމެ އަތޮޅެއްގެ ބޭރުގައި ހުންނާނެ ކަންނެލިޖަގަހަތައް ހަދާފަ އެތަނަށްގޮސް ކަންނެލި ކިރާލާފަ ޑިސްކޯގަ ރަގަޅަށް ނަށާލާފަ ރެސްޓޯރަންޓުން ކާލައިގެން ރަށަން އަންނަންވީ ރަތްޔިތުން ކޮޑުހުޅުން ނރއްޓޭވަރަށް އަތްޖަހާބާރަށް
ފޮނިޓައްޕު ހަސަނު
16 March 2020
މާލޭ މަސް މާރުކޭޓުން މީގެ ދިހައަހަރު ކުރިން ކަންނެލި މަސްކިލޯއެއް 8ރ އަށް ގަންނަން ލިބުނު. ނަމަވެސް މުއްސަތި މަހުޖަނުންނަށް މޮޅުގޮތް އޮންނަ އުސޫލުން މަސް އެކްސްޕޯޓްކުރުމުގައި ކޯޓާއެއް ނެތި އެކްސްޕޯޓް ކުރުމުން ދިވެހިން ކާން ބޭނުންވާ މަސްކޮޅު ކިލޯއެއް 8ރ އިން 100ރ އަށް ވަނީ ބަދަލުވެފަ. ޔޫރަޕަށް މަސްގަތުން ހުއްޓާލުމުން ދިވެހިން ކާންބޭނުންވާ މަސްކޮޅު ހެޔޮއަގުގައި ލިބޭނެ ކަމަށް އުއްމީދު ކުރަނީ.