ޕުލްކިތު.
17 މާޗް 2020 - 07:41
އަންނަ މަހުގެ 2 ގައި ރިލީޒްކުރަން ތާވަލުކޮށްފައިވާ ފިލްމު "ހާތީ މޭރޭ ސާތީ" ރިލީޒްކުރުން ފަސްކޮށްފި އެވެ.
އެ ފިލްމުގެ ޓީމުން ކުރި ޓްވީޓެއްގައި ބުނީ ކޮވިޑް-19އާ ހެދި، އަންނަ މަހު ފިލްމު ސިނަމާ އަށް ނުގެންނަން ނިންމާފައިވާ ކަމަށާއި މި ދަނޑިވަޅުގައި އެންމެ މުހިއްމު އާންމުންގެ ސިއްހީ ރައްކާތެރިން ކަމަށެވެ. ފިލްމުތައް އެޅުވުން ފަސްކުރަމުންދާ އިރު، އިންޑިއާގެ ވަރަށް ގިނަ ސިނަމާތައް މިހާރު ވަނީ ވަގުތީ ގޮތުން ބަންދު ވެސްކޮށްފަ އެވެ.
Because health and safety comes above everything!🙏🏻
— Eros Now (@ErosNow) March 16, 2020
Hope to see you guys soon at the theatres. Till then, stay safe! #HaathiMereSaathi #Aranya #Kaadan #ErosNow @RanaDaggubati #PrabuSolomon @TheVishnuVishal @PulkitSamrat @ShriyaP @zyhssn @ErosIntlPlc #SaveTheElephant🐘#Haathi pic.twitter.com/SsgLE1Blga
"ހާތީ މޭރޭ ސާތީ" އަކީ ޕްރަބޫ ސޮލަމޮން ޑައިރެކްޓްކޮށްފައިވާ އެޑްވެންޗަ ފިލްމެކެވެ. މީގެ ކާސްޓުންނަކީ ރާނާ ދަގޫބަތީ އާއި ޕުލްކިތު ސަމްރާޓާއި ޒޯޔާ ހުސައިނާއި ޝްރިޔާ ޕިލްގާއޯންކަރެވެ.
މިއީ ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ގެނެސްދޭ ފިލްމެކެވެ.
ކޮވިޑް-19އާ ގުޅިގެން ދުނިޔޭގެ ސިއްހަތު ޖަމިއްޔާ ޑަބްލިއުއެޗްއޯ އިން ކުރިއަށް ގެންދަން ނިންމާފައިވާ "ސޭފް ހޭންޑް" ޗެލެންޖަށް އިންޑިއާގެ ދެ ބަތަލާއިން ކަމަށްވާ ދީޕިކާ ޕަދްކޯނާއި ޕްރިޔަންކާ ޗޯޕްޅާ ނޮމިނޭޓްކޮށްފި އެވެ.
I now nominate:@deepikapadukone@priyankachopra@Schwarzenegger@CTurlington
— Tedros Adhanom Ghebreyesus (@DrTedros) March 13, 2020
to take the #SafeHands challenge by sharing their video & calling on at least another 3 people to join us! Together, we can beat #COVID19!
މިކަން ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ވަނީ ޓްވިޓާގައި ވެސް ހިއްސާކުރައްވައިފަ އެވެ. "ސޭފް ހޭންޑް" ޗެލެންޖަކީ ބަލިތަކުން ރައްކާތެރިވުމަށް ގިނަގިަނއިން އަތް ދޮވުމުގެ މުހިއްމު ކަމަށް ހޭލުންތެރިކަން އުފައްދަން ކުރިއަށް ގެންދާ ހަރަކާތެކެވެ.
މީގައި މަޝްހޫރު ގިނަ ސެލެބްރިޓީންތަކެއް ހިއްސާވާނެ އެވެ.
ކަލާޒްގެ ރިއަލިޓީ ޝޯ "ބިގް ބޮސް 13" އިން ގާތް ގުޅުމެއް އުފެދި، ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނު ދެ ބައިވެރިން ކަމަށްވާ ސިދާތު ޝުކްލާ އާއި ޝެހެނާޒް ގިލް (ސަނާ) ގެ ވީޑިއޯ ލަވައެއް ގެނެސްދޭން ތައްޔާރުވެއްޖެ އެވެ.
އެ ދެ މީހުންގެ ނަން ގުޅުވައިގެން ސިޑްނާޒްގެ ނަމުން ފޭނުން ނަމެއް ހަދައިގެން ކެމްޕޭންކޮށްފައިވާ އިރު ދެ މީހުން އެކީގައި ފެންނަ ލަވައިގެ ޝޫޓިންގެ ތެރެއިން ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފަ އެވެ. އެއިން އެއް ފޮޓޯގައި ފެންނަނީ ސިދާތާއި ސަނާ ވާރޭ ތެރޭގައި ތިއްބަ އެވެ.
ކޯޝަލް ޖޯޝީ ޕްރޮޑިއުސްކޮށްފައިވާ މި ވީޑިއޯ ލަވަ ކިޔާފައި ވަނީ ދަރުޝަން ރަވަލެވެ. ނަމަވެސް ލަވަ ގެނެސްދޭނެ އިރެއް އަދި އިއުލާނެއް ނުކުރެ އެވެ.
"ބިގް ބޮސް 13" އަށް ފަހު ސަނާ މިހާރު އަންނަނީ ކައިވެނިކުރާނެ މީހަކު ހޯދަން ކުރިއަށް ގެންދާ ޝޯ "މުޖްސޭ ޝާދީ ކަރޯގޭ" ގެ މަސައްކަތްކުރަމުންނެވެ.
ކަރަން ޖޯހަރްގެ ދަރުމާ ޕްރޮޑަކްޝަންގެ ފްރެންޗައިޒް "ސްޓޫޑަންޓް އޮފް ދި އިޔާ" ގެ ތިން ވަނަ ބައި ހަދާނީ ވެބް ސީރީޒެއްގެ ގޮތުގައި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
ފިލްމުފެއާ އިން ބުނިގޮތުގައި އޭގެ ތައްޔާރީތައް ވެސް މިހާރު ވާން ފަށާފައިވާ އިރު "ސްޓޫޑަންޓް އޮފް ދި އިޔާ 3" އިން ޖެނުއަރީ މަހު ރިލީޒްކުރި "ޖަވާނި ޖާނެމަން" އިން ތައާރަފުވި ބަތަލާ އަލާޔާ ފަރްނީޗަރްވާލާ ފެނުމުގެ ފުރުސަތު ބޮޑެވެ.
"ސްޓޫޑަންޓް އޮފް ދި އިޔާ 2" މިދިޔަ އަހަރު ގެނެސްދިނީ ޓައިގާ ޝްރޮފާއި ތާރާ ސުތާރިއާ އާއި އަނަންޔާ ޕާންޑޭއާ އެކީގަ އެވެ. އެ ފިލްމު ޑައިރެކްޓްކުރީ ޕުނީތު މަލްއުތުރާ އެވެ.
"ސްޓޫޑަންޓް އޮފް ދި އިޔާ" 2012 ގައި ގެނެސްދިނީ އާލިއާ ބަޓާއި ވަރުން ދަވަނާއި ސިދާތު މަލްއުތުރާއާ އެކީގަ އެވެ. އެ ފިލްމު ޑައިރެކްޓްކުރީ ކަރަން އެވެ.
ފިލްމުފެއާ އިން ބުނިގޮތުގައި އޭގެ ތިން ވަނަ ބައިގެ ކްރިއޭޓިވް ހެޑަކަށް ހަމަޖައްސާފައި ވަނީ ޑިސެމްބަރު މަހު ދަރުމާ އިން ގެނެސްދިން ފިލްމު "ގުޑް ނިއުޒް" ގެ ޑައިރެކްޓަރު ރާޖް މެހެތާ އެވެ.
"ސްޓޫޑަންޓް އޮފް ދި އިޔާ 3" ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން ނިންމާފައިވާ ކަމަށް ބުނާ އިރު، ދަރުމާގައި މިހާރު ޑިޖިޓަލް ކޮންޓެންޓަށް ހާއްސަ ގޮތްޕެއް ވެސް އެބައޮތެވެ. އެއީ ދަރުމެޓިކް އެންޓަޓައިންމަންޓެވެ. އެތަނުގެ ފުރަތަމަ އުފެއްދުމަކީ މި މަހުގެ 6 ގައި ނެޓްފްލިކްސް އިން ސްޓްރީމްކުރި ކިއާރާ އަދުވާނީގެ "ގިލްޓީ" އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy