ޕީޖީ ޝަމީމް: ކަރަންޓީން އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނިކުތުމަކީ ކުށެއް ކަމަށް އޭނާ ވިދާޅުވި -- މިހާރު ފޮޓޯ/ހުސައިން ވަހީދު
16 މާޗް 2020 - 15:39
ކަރަންޓީންކޮށް ނުވަތަ އެކަހެރި ކޮށްފައި ހުރި މީހަކު އުސޫލާ ޚިލާފަށް އާންމުންގެ ތެރެއަށް ނުކުތުމަކީ ކުށެއް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.
ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާ ވައިރަސް ހުރި 13 މީހަކު ރާއްޖެ އިން ފެނުމުން މުޅި ރާއްޖޭގައި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާންކޮށް، ޚާއްސަ ފިޔަވަޅުތަކެއް ދަނީ އަޅަމުންނެވެ. އަދިި އެ ވައިރަސްގެ އަލާމާތްތައް ހުރި ބައެއް މީހުން ކަރަންޓީން ކުރުމުގެ އިތުރު ގޭގައި އެކަހެރި ވެސް ކޮށްފައިވެ އެވެ. އެކަމަކު އުސޫލާ ޚިލާފަށް އޭގެ ތެރެއިން ބައެއް މީހުން އާންމުންގެ ތެރެއަށް ނުކުންނަ ކަމުގެ ޝަކުވާ ލިބެމުންދެ އެވެ.
އެކަމާ ގުޅިގެން ޕީޖީ ޝަމީމް ކުރެއްވި ޓްވީޓެއްގައި ވަނީ ފަރުވާލެއް ނެތި ކުރާ ކަމަކުން އެހެން މީހަކު މަރުވެދާނެ ކަމުގެ ނުވަތަ ބޮޑު އަނިޔާއެއް ލިބިދާނެ ކަމުގެ ބިިރެއް ކުރިމަތި ކުރުވުމަކީ ގާނޫނުލް އުގޫބާތުގެ ދަށުން ކުށެއް ކަމަށެވެ. އަދި ކަރަންޓީން ކޮށްފައި ހުއްޓާ ގިނައިން އާންމުން ދާ ތަނަކަށް ގޮސްފި ނަމަ، އެއީ އިންސާނާގެ ފުރާނަ އަށް ފަރުވާލެއް ނެތް ގޮތަކަށް ކުރި އަމަލެއް ކަމަށް ގާނޫނުލްއުގޫބާތުގެ ދަށުން ބެލިދާނެ ކަމަށް ވެސް އޭނާގެ ޓްވީޓްގައިވެ އެވެ.
ޤޢ ގެ 120(ހ): މީހަކު ފަރުވާލެއްނެތި ކުރާ ޢަމަލެއްގެ ސަބަބުން، (އެހެން)މީހަކަށް، އޭނާ މަރުވެދާނެކަމުގެ ނުވަތަ އޭނާގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ލިބިދާނެކަމުގެ ބިރެއް ކުރިމަތިކުރުވައިފިނަަމަ، އެ ޢަމަލު ހިންގި މީހާ އެކުރަނީ ކުށެކެވެ. @PoliceMv @niyaf @HPA_MV @Faisalnaifaru https://t.co/vBX6qPZCAz
— Hussain Shameem (@HuShameem) March 16, 2020
ޕީޖީގެ ޓްވީޓް
ގާނޫނުލް އުގޫބާތު ބުނާގޮތުން، ފަރުވާލެއް ނެތިި ކުރާ ކަމަކުން މީހަކު މަރުވެދާނެ ކަމުގެ ނުވަތަ އަނިޔާއެއް ލިބިދާނެ ކަމުގެ ބިރެއް ކުރިމަތިކުރުވައިފި ނަމަ، އެއީ ޖުނަހްގެ އެއް ވަނަ ދަރަޖައިގެ ކުށެކެވެ. އެ ކުށުގެ އަދަބަކީ ހަތަރު މަހާއި 24 ދުވަހުގެ ޖަލަށްލުމެވެ.
މީގެ އިތުރުން، އެ އަމަލު ހިންގީ އިންސާނާގެ ފުރާނަ އަށް ފަރުވާލެއް ނެތް ކަން ރަމްޒުކޮށްދޭ ފަދަ ގޮތަކަށް ކަމަށް ވާ ނަމަ، އެއީ ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށެއް ކަމަށް ވެސް ގާނޫނުލް އުގޫބާތުގައިވެ އެވެ. ޖިނާޔަތުގެ ހަތަރު ވަނަ ދަރަޖައިގެ ކުށުގެ އަދަބަކީ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހަށް ޖަލަށްލުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
އަންނިި
16 March 2020
ހެޑްލައިނަކަށް ފަހު ހެޑްލައިނެއް ހެދުން ހުއްޓާލާފައި އެންމެ މައްސަލައެއް ނިންމާ ނަތީޖާ ހިފައިގެން އައިސް ވާހަކަ ދައްކަބަލަ ޝަމީމޫ! މިހާރު ތި އުޅެވެނީ ހަމަ ރޫހާނީ ލީޑަރު ނަޝީދު އުޅޭހެން!
ސަައިފް
16 March 2020
ސާބަހޭ ރައީސް ނަޝީދު
ގަޓް ބްރޯ
16 March 2020
ކޮވިޑް19 ފަދަ ވަބާ އެއް ފެތުރިގެން ދިޔުމުގަ ސަރުކާރަށް އެންމެ ބޮޑު ގޮންޖެހުމަކަށްވާނީ ގާނޫނުތަކަށް ބޯނުލަބާ ދިވެހިންނާ ރާއްޖޭގެ އުޅޭ ގާނޫނާ ގަވައިދުތަކަށް ތަބާނުވާ ބިދޭސީންގެ ބޮޑު އާބާދީ.
އައިމް
16 March 2020
މައްސަލަ ދިމާވެގެން މިއުޅެނީ މިބަލި ފެތުރިފައިވާ ޔޫރަޕާއި، އެފަދަ އެހެނިހެން ގައުމުތަކުން އަންނަ ޓުވަރިންްގެ ތެރޭން މިބަލި ޖެހިފައިވާ މީހުންް އަންނަމުންދާތީ އެމީހުންގެ ފަރާތުން އެހެން މީހުންނަށް ބަލި ޖެހެމުންދިއުމެވެ. ރިސޯޓްބަންދުގައި މުއައްޒިފުން ބަންދުކޮށްފަ ބާތިއްބާފަ ކޮންމެ ދުވަހަކު ޓޫރިސްޓް އެ ގައުތަކުން ގެނައުމަކީ ހައްލެއްނޫނެވެ. އެއިކީ ގަބޫލުކުރެވޭ ކަމެއްނޫނެވެ. ދިވެހިންނަކީ ހުރިހާކަމެއްގައޮވެސް ވަރަށް ގައިގޯޅިކޮށް މިކުސްކޮށް އުޅޭބައެކެވެ
ގާސިމް
16 March 2020
މުރުތައްދު ވެފަވާ މީހުން ދިވެހި ރައީތެއްގެ ގޮތުގަ އުޅުމަކީވެސް ކުށެއް. އެކަމަކު ތަންފީޒީ އިދާރާތަކަށް ފިޔަވަޅު އެޅޭތޯ އެކަމަށް. ރާއްޖޭގަ ގާނޫނު އޮންނަނީ ފޮތުގަ. ތަންފީޒު ވާނީ ނިކަމެެތިންނާ ތިމާ ނުރުހޭ މީހުންނަށް އެކަނި
ސުވާލް
16 March 2020
ރޯގާޖެހި ކޮވިޑް ޝައްކުވާ އަލާމާތްތައް ފެންނަ މީހުންނަށް އެހީވެ ބޭނުންވާމީހުން ސަރުކާރުން އެކަހެރި ކުރެވިދާނެތޯ..ކުޑަތަންކޮޅެއްގައި އާއިލާއާއިއެކު އުޅޭއިރު ވަކިން އުޅެވޭނެގޮތެއް ގިނަމީހުންގެ ނެތް...