މުއިއްޒު ޖަލްސާއެއްގައި ވާހަކަ ދައްކަވަނީ: އޭނާގެ ކެމްޕޭންގެ ޑޯޓުޑޯ މިހާރު ވަނީ މެދުކަނޑުއްވާލާފައި. --މިހާރު ފައިލް ފޮޓޯ
16 މާޗް 2020 - 18:06
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީފި އެވެ.
މުއިއްޒުގެ ކެމްޕޭން ޓީމުން ބުނީ ދުނިޔޭގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް 19އާ ހެދި، އެ ޓީމުން ގޭގެ އަަށް ޒިޔާރަތްކޮށްގެން ކުރިއަށް ގެންދާ ކެމްޕޭން މަޑުޖައްސާލާފައިވާ ކަމަށެވެ. އެކަމަކު، މުއިއްޒުއާ ބައްދަލު ކުރަން ބޭނުންވާ މީހުން، ކެމްޕޭން ޓީމަށް ގުޅުމުން އޭނާއާ ބައްދަލުކުރުމުގެ ފުރުސަތު ހަމަޖައްސައިދޭނެ ކަމަށް ބުންޏެވެ.
"މިއީ ހަމަ ކޮންމެ މީހަކަށް ވެސް އޮތް ފުރުސަތެއް. ޝަކުވާއެއް ނުވަތަ ކަންބޮޑުވާ ކަމެއް އޮތް ނަމަ އަޅުގަނޑުމެންނާ ގުޅުމުން ބައްދަލު ކުރެވޭނެ ގޮތް ހަދައިދޭނެ،" ކެމްޕޭން ޓީމުގެ އޮފިޝަލަކު ވިދާޅުވި އެވެ.
Assalam Alaikum,
— Mayor of Male’ (@MayorofMale) March 12, 2020
Covid-19 ge nurakkaa boduvumuge sababun alhuganduge campaign ge door-2-door harakaai mivaguthah madujassaalafaivaathee, alhugandaai bahdhalukurahvan beynunfulhuvaa beyfulhun 7205522 ah 8:00-23:00 aa dhemedhu gulhuvvun nuvatha viber in message kurevvun edhemeve.
މުއިއްޒުގެ އިތުރުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވަނީ އެމްޑީޕީގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސައްތާރާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީ އެވެ.
ކުރިން އޭޕްރީލް 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެއްސި އިންތިޚާބު، ކޮވިޑް-19އާ ގުޅިގެން ފަސް ކުރުމާ ގުޅިގެން، ގިނަ ކެންޑިޑޭޓުންގެ ކެމްޕޭން ވަނީ މަޑުޖައްސާލައިފަ އެވެ. އެގޮތުން ޕާޓީތަކުން އިންތިޒާމް ކުރި ކެމްޕޭން ދަތުރުތައް ވެސް ވަނީ ހުއްޓާލައިފަ އެވެ.
ރޯގާގެ ހާލަތު ރަނގަޅު ވަންދެން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ފަސްކުރަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅައިފަ އެވެ. އީސީން ހައި ކޯޓުގައި އެދުނީ އެޗްޕީއޭ އިން ރާއްޖޭގެ ހާލަތު ރަނގަޅުވެއްޖެ ކަމަށް އިއުލާން ކުރާ ދުވަހުން ފެށިގެން އިންތިޚާބު ބާއްވަން 30 ދުވަހުގެ މުއްދަތެއް ދިނުމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒުއްޢިމު
17 March 2020
މުޢިއްޒުވުމަކީ ކޮބައިކަން އެހަރުނަށްއެނގެއެވެ. ކަލެއާއި ފޯނުންގުޅައިފިނަމަ، އެފޯނު މުޢިއްޒުވާނެކަން ކަށަވަރެވެ. އެހެންވީމަ ފޯނުމުޢިއްޒުކުރާކަށް މަށެއްނުގުޅާނަން.
ގުއިއްޒު
17 March 2020
ތިހާ ބޮޑާ މީހަކަށް ތިކުރެވުނީ ވަރަށް ބޮޑު ވަރެއް.
މޮޑަފްް
17 March 2020
މިޚަބަރުން މުއިއްޒުވީ އިތުރަށް ބޭޒާރު. މީގެން މިއެނގެނީ މިހާތަނަށް މުއިއްޒާ މީހަކަށް ނުގުޅޭކަން. އެފެންވަރުގެ މީހަކު ހޮވަންވީ ކީއްކުރަން.
ޑަމްކޯފް
17 March 2020
ކޮއިފުޅާ އެކިމީހުން ބޭޒާރުކުރައްވާނީ އެކިގޮތަށް. ސުންމުން ބުކުމުން ޢުމްޔުންވެފަހުރިމީހަކަށް ތިބުނިއެއްޗެއް ވިސްނޭނެތަ! އަހަރުމެންގެމާލިއްޔަތު ދެކޮނޑަށްއެއްލާ ދެފޮށާހެން އެއްލައިގެން އެއިން ދަތްކޮށްޓަންއުޅުނުމިބައިގަނޑުގެތެރެއިން މިގޮތަށް ބޭޒާރުނުވާ އެކަކުވެސް އެބަފެނޭތަ!
ރެނދަން
17 March 2020
މިނިސްޓަރަކަށް ހުރި އިރު ބޮޑާ ކަމާ ކިބުރުވެރިކަމުގެ މީހަކު ދައްކާ ވާހަކައެއް އަޑުނާހާ ބޭނުން ހާ ގޮތަކަށް ކަންތަށްތައް ކުރީ. މިއަދު ކޮންމެހެން ނޫޅޭ މީހަކު ތިޔަބޭފުޅާއަށް ނުގުޅިގެންނެއް. މަޤާމު ލިބުނީމަ އަނެއްކާވެސް ހަދާނީ ހަމަ ކުރިން ހޭވި ހަޑި.
ައަދުރޭ
17 March 2020
އޭ ހުވާތަ؟ މީ ރަން ވަޅެއްނު!
ވަށާފަރު ވަށަފަރު
17 March 2020
މިއަދަކު ފޯނުން ގުޅާނެ ބޭނުމެއް ނެތެވެ މުއިއްދު ވާނީ ޔާމީނަށް ނަހަމަ ގޮތުގައި މުދާ އެއްކޮށް ދިނުމަށް ހަންމާރަކަށްވެ އުޅުނު މީހަކަށެވެ ނުބައްދަލަ އަގުތަކުގައި ދޯހޮޅިކޮށް ބަންޑާރަ މަސައްކަތްތައް ކޮށް އަމިއްލަ ބާލަިހަށް ޖަމާކުޅަ މީހަކަށެވެ ހޮޅި ދަނޑި ވެއްޓި މީހަކު މަރުވި މއްސަލާގައި މުއިއްޒުގެ އިހްމާލު ބޮޑެވެ މިހުރިހާ ދޯހޮޅިކަންތައް އަނބުރާ އިޔާދަވުމަށް ދިވެހި އެއްވެސް ރައްޔިތަކު ނުރުހެއެވެ
ގުއިއްޒު
17 March 2020
ކޮވިޑް ޖެހޭ މީހުންނަށް ހެދި ބޮޑު އިމާރާތް ހުޅުވާލަދީ. އޭރުން ކޮންމެވެސް މީހަކު ވޯޓެއް ދީފާނެ ތޯއްޗެ؟
ނުވިސްނޭ
17 March 2020
މުއީޒު ކޮބާ ހުޅުމާލޭ ޓާމނަލް ކުރިމަތީ ބެހެއްޓި އަޖައިބެއް ފަދަ ގަަަޑި، ދެން ކޮބާ މެކޭނިކަލް ޕާކިން ދެން މީހުން ދުވަން ހެދި ތަން އައިޖީއެމްއެޗު ކާރީ މިހުރިހާކަމަކައް ވުރެ މަ ރުޅި އަރާ މަގުތަކުގަ ބަހައްޓާފަ އެހެރަ ޖަންކްޝަން ވަޅުތައް އޮރިޔައް ބޮރިޔައް އެކި އުސްމިނުގަ ބެހެއްޓީ ކަލޭ ހައުސިން މިނިސްޓްރީ ގަ ހުރެ ބެލުމެއް އަޅާލުމެއްނެތި އަމިއްލަ އެދުމައިގެން ޔާމީން އައް ވައްކަން ކޮއްދީ އެއިން ބައެއް ހޯދުމުގަ އުޅުމުގަ. ޢެހެންވީމަ މިތަނުން ފެއްސޭ.
ޥިސްނާ
17 March 2020
ޢަޅުގަނޑަކީވެސް މުއިއްޒުފަދައިން މަންމަ މާލެ ބައްޕަ ށ އަތޮޅު، ބައްޕަ މުޅިއުމުރުހޭދަކުރީ މާލޭގަ، ތަނެއްނެއް، 8 ކުދިން، މަންމަގެ ގެ ބަހައިގެން މީހަކަށް ލިބުނު ތަންކޮޅު ވަރަށްކުޑަ، އަޅުގަނޑުގެ ކޮށްކޮގެ ބަލިދެކުދިންއެބަތިބި، އެދެކުދިންނާއެކު އުޚެނީ ވަރަށް ހާލުގަ، ބައްދަލުކިށްލަންއެދި މެސެޖްފޮނުވިން އަދި ގުޅައެއްނުލާ، މިކަންވާނެގޮތްހަދާލަދެއްވާ، އިހްތިރާމް
ކެއްސާމަލަިޅސު
17 March 2020
ބަލަ އަހަރުމެން އެބައުޅެންތައް ބައްދަލުކުރަން ތީނަ ވެރިކަމުގަ ހުރި އިރު ރައްޔަތުންނާއި ބައްދަލު ކުރިތައް އަހަރުމެން ނެތް ތީނަޔާއި އބައްދަލުކޮށްގެން ކުރާނެ އެއްވެސް ކަމެއް މި މީހުންނަ މީހުން ފެންނަނީ ވޯޓް ލާން ކާރިވީމަ ފޯނުން ކީއްކުރަން ގެޔައް އައިސް ބައްދަލުކުރަން ބޭނުން ވިޔަސް ނުކުރާނަން ތީކާ އަހަރުމެން ދަންނަ މީހެއްނޫން
ފާތުމ
17 March 2020
އަންނި އައިސް ދިން ފްލެޓުން ޕޮއިންޓް އެއްވަރުވެގެން ގުރުއަތުން ކެޓީ.ބަލަން ތިއްބަ ފްލެޓް ބަހާފި ދެބުރަށް.ޝަރުތު ހަ މަ ނުވީތާ ވަންނާނެ ތަނެއް ނެތި ބޯކިބާ ފޮއްޗެއްގަ ދަރިންނާ އެއްކޮޓަރީގަ މި ނިދަދނީ 18 އަހަރުު ދަރިންނަށް ވީ އިރު.ޕާޓީީ ކުދިންނަށް ދިންފްލެޓް.ޕާރޓީ އެކްޓިވިސްޓިންވޯޓް ދޭނެކަ މަށްތަ މާލެރަައްޔިތުން ވަންނާނެ ތަނެއް ނެތި ތިއްބަތިކުރި މަތިލީ.ހެދި މަގުތައް ހަދަން ރަސްމޮއްޔާތު އެ ބޭއްވީީ. މިހާރު ފެށި މަގުތަކުގަނަޖިސްހޮޅީގެސައިޒްއަޑުއެހިންތަ