މާރުކޭޓް ގޮޅިތައް ދޫކުރުމަށް މިއަދު ގުރުއަތުލުން ކުރިއަށްގެންދަނީ: މަރާމާތުކުރުމަށް ގޮޅިތައް ބަންދުކުރީ މިދިޔަ އޮގަސްޓް މަހު.-- ފޮޓޯ: ސިޓީ ކައުންސިލް
17 މާޗް 2020 - 16:22
ހަތް މަސް ދުވަހަށް ފަހު ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަން މިއަދު ފަށައިފި އެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ 165 ގޮޅިއަށް ކުރިމަތިލާން މިދިޔަ އަހަރުގެ ފަހުކޮޅު ހުޅުވާލުމުން 2،626 މީހުން ހުށަހެޅި ކަމަށެވެ. އެ މީހުންގެ މެދުގައި މިއަދު ވަނީ ގުރުއަތުލުން ބާއްވައިފަ އެވެ.
ދަތުރުވެރިންގެ މާރުކޭޓް މިދިޔަ އޮގަސްޓް މަހު ބަންދުކުރީ އެ ތަންތަން މަރާމާތު ކުރުމަށް ކަމަށް ބުނެ އެވެ. ނަމަވެސް، މަސައްކަތް ކުރާނެ އެހެން ތަނެއް ނުދައްކައި މާރުކޭޓް ބަންދުކުރުމުން، އެ މީހުން ވިޔަފާރި ކުރިއަށް ގެންދިޔައީ މާރުކޭޓުގެ ބޭރުގައި ޓެންޓު ޖަހައިގެންނެވެ.
ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ދޫކުރަނީ ކެޓަގަރީތަކަށް ބަހާލައިގެންނެވެ. އެއީ މާރުކޭޓް ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި މީހުންނާއި ކުރިން ގަވާއިދުން ގޮޅި ހިންގި މީހުންގެ ކެޓަގަރީ އާއި އަންހެނުންނަށް ހާއްސަ ކޮށްފައިވާ ކެޓަގަރީ އަދު އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީ އެވެ.
މިދިޔަ އާދިއްތަ ދުވަހު ގެޒެޓުކުރި އިއުލާނުގައި، އެ ކެޓެގަރީތަކުން އެންމެ މަތީ މާކްސް ލިބުނު މީހުންނާއި ކޮންމެ ކެޓަގަރީއަކަށް ހަމަޖެއްސި ގޮޅީގެ އަދަދު އާއްމު ކޮށްފައި ވެ އެވެ. އެ ލިސްޓުގައި ވާ ގޮތުން މާރުކޭޓު ވިޔަފާރި ހިންގިކަން ސާބިތުކޮށްދީ ހުށަހެޅި މީހުންނަށް ކަނޑައަޅާފައިވަނީ 40 ގޮޅި އެވެ. އެ ކެޓަގަރީން 50.5 އަށް ވުރެ މަތިން މާކްސް ލިބުނު ހަތް މީހަކަށް ގޮޅި ލިބިފައި ވެ އެވެ.
ކުރިން ގޮޅި ލިބި، ގަވައިދުން ހިންގި މީހުންނަށް 30 ގޮޅި ހާއްސަ ކޮށްފައި ވެ އެވެ. އެ ބައިން 45 އަށް ވުރެ ގިނައިން މާކްސް ލިބުނު ހަތް މީހަކަށް ގޮޅި ލިބުނެވެ. ބާކީ 26 ގޮޅި ގުރުއަތުލަނީ 40 ޕޮއިންޓަށް ވުރެ މަތިން މާކްސް ލިބުނު ފަރާތްތަކުގެ މެދުގަ އެވެ.
މާރުކޭޓުގެ ގޮޅި ހިންގަން ހުށަހެޅި އަންހެނުންގެ ކެޓަގަރީއަށް 20 ގޮޅި ކަނޑައަޅާފައިވާއިރު އެ ކެޓަގަރީން ގުރުއަތަށް ހޮވިފައިވަނީ 46 ޕޮއިންޓް ލިބުނު މީހުންނެވެ.
އަލަށް ވިޔަފާރި ހިންގުމުގެ ކެޓަގަރީއަށް ކަނޑައަޅާފައިވަނީ 75 ގޮޅި އެވެ. އެ ބައިން 41.5 އަށްވުރެ މަތިން މާކްސް ލިބުނު 20 މީހަކަށް ގޮޅި ލިބިފައިވާއިރު ބާކީ ހުރި 55 ގޮޅި ގުރުއަތުލަނީ 41 ޕޮއިންޓާއި 40.5 ޕޮއިންޓާ ދެމެދުން މާކްސް ލިބުނު މީހުންގެ މެދުގަ އެވެ.
ދަތުރުވެރިންގެ މާރުކޭޓު ގޮޅިތަކުގެ ގުރުއަތު ނެގުން ލަސްވަމުންދާތީ ސިޓީ ކައުންސިލުން ބުނީ، އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަސް ފެށުމުގެ ކުރިން ދަތުރުވެރިންގެ މާރުކޭޓް ހުޅުވާނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޫހި
18 March 2020
އަލަށް ވިޔަފާރިފަށާ ކެޓަގަރީގައި ބަންގާޅީން ހިމެނޭތަ؟ މިހެން މިބުނީ މިބައިގަނޑު މުޅިމާރުކޭޓް ހިސޯރުކޮށްފި. ދޯންޏަކުން ގެންނަ އެއްޗެއްވެސް މިބައިގަނޑުގެ ވަކިތަކުން ސަލާމަތްވެގެން ދިވެއްސަކަށް ނުލިބޭނެ. ބޭރުކުރޭ. އަމިއްލައަށް ވިޔަފާރުކުރަން އެންމެންގެ ކުރިމަތީގައި ދޫކޮށްފައިތިބޭ ތިބުން ކުއްވެރިކުރަން.
ކޮރަލް
18 March 2020
އެންމެ މުހިއްމު ކަމަކީ ގޮޅީގަ ދިވެއްސަކު ހުރުމެވެ. ބޭރު މީހާ އަށް ގޮޅިވިއްކާލާފަ ނޫނީ ކުއްޔަށްދޭ މައްސަލަ ތައް ވ ގިނަ އެވެ. ގޮޅީގަ ދިވެއްސަކު އިނުން ޝަރުތަކަށް ވާން އެބަޖެހެއެވެ. ހުޅުމާލެ ރަނގަޅެވެ.
އާދަމް ޒާހިރު
18 March 2020
ސިޓީ ކައުންސިލު ތަކަކީ މާލޭގެ ކަންކަމަށް މަނަފާއެއްވާނެ ބަޔަކަށް ނުވާތީ އުވާލަންޖެހޭ މަގާމުތަކެކެވެ. އޭރަށް މަހަކަށް 2 މިލިޔަނެއްހާ ރުފިޔާ ސަލާމަތް ކުރެވޭނެ އެވެ. މާލެ އާއި މާލޭގެ ރައްޔިތުންނަށް ކަމެއް ކޮށްދެވޭވަރުގެ ބާރެއް މި ކައުންސިލުގަ ނުވެއެވެ. ގޯއްޗެއް ނުވަތަ ފުލެޓެއްވެސް މި މީހުނަށް ނުދެވެއެވެ. ދެން މީ ކީއްކުރާ ބައެއް ތޯ އެވެ.
ބޮޑުމީހާ
17 March 2020
ބަލަ ކޮންމެ އަންހެނެއްގެ ފަހަތުގަ ފިރިހެނަކު ހުންނާނެ، ދެން އަންހެނުންނަށް ވަކިން ގޮޅި ޚާއްސަކުރަންވީ ސަބަބެއް ނެތް، އެހެން ނޫން އެކަނިވެރި މައިންނަށް ރަގަޅު ހަމަޖައްސަން
ބުސްތާނު
17 March 2020
7 މަސް ތަންކޮޅެއް އަވަހެެއްނު.
ފަޅުވެރިން
17 March 2020
ހުރިހާ ކަމެއްގައި ވެސް މިސަރުކާރުގެ ދުވެލި ހުންނަ ގޮތް ކޮއިފުޅާ.
ނީނނޭ
17 March 2020
40 ބުރިއަށް ހުރި މާރުކޭޓް ހޯދާހޯދާވެސް ނުފެނުނު.
ކަކުނިބޯ
18 March 2020
އެވެސް ޕްރޮޖެކްޓެއް
ޡުހޫ
18 March 2020
ޢެ އަދި އަޅުވާފަ ހުރި އަނދުން ނުފިލާތީ. ޢެ އަނދުން ފިލުވޭވަރުގެ ވެރިއެއް ލިބުނުދުވަހަކުން ސާޅިސް ބުރީގެ މާރުކޭޓުވެސް ފެއްނާނެ
ތެދެއްމެ
18 March 2020
ގޮޅި ދޫކުރިއިރު މާރުކޭޓް ގޮޅިތައް ހުންނަނީ ކޮންތާކުކަން މި ހަބަރުގަވެސް ނެތް ލިއެފައެއް.
އަލީބެ
17 March 2020
ގިނަދިވެހިންގެ އުންމީދުކުރަމުންއައި ކަމެއް ސިޓީކައުންސިލުން ނިންމާލީތީ އުފާކުރަން.
ކިޑު
17 March 2020
ގުރު ނެގުން ތިން ގަޑިއަށް ބަހާ ފުރަތަމަ ބުރުގަ ގުރުނަގަން ލިސްޓު ކުރި އެންމެން އަށް ލިބުނު! މީ ކުރިއާލާ ފިކްސް ކޮށްގެން ކުރިޔަށް ގެންދިޔަ ކަމެއް
ބިޑު
18 March 2020
ތިއީ ބަލަންޖެހޭވަރުގެ ކަމެއް.
ސަރުކާނު
17 March 2020
މރ ޑޮބައިސީ އެންގެވީމާ ދެން މިޤައުމުގަ ކުރވޭނެ އިތުރުކަމެއް މިވަގުތަކު ނެތް
އާދަމް ބާއީ
17 March 2020
މީ ގޮޅިދޫކުރާންވީ ވަގުތެއްނޫން. މީ ގޮޅިތައް ބަންދުކުރާންވީވަގުތު. ބަންދުނުކުރަންޏާ ދީފައިހުރި ގޮޅިތައް ބަލަހައްޓާންވީ ވަގުތު.