24 މާޗް 2020 - 14:32
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އައިސް ކުރިމަތިވެފައިވާ އިގުތިސޯދީ ދަތިތަކާ ގުޅުވައިގެން، ވަޒީފާ ދަށްކޮށް، މުސާރަ އާއި އެލަވަންސް ކުޑަކުރާތީ މިދިޔަ ތިން ދުވަސް ތެރޭގައި 78 ޝަކުވާއެއް ލިބިފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ކޮވިޑާ ގުޅުވައިގެން، ވަަޒީފާތަކުން މީހުން ވަކި ކުރާ ނަމަ ނުވަތަ މުސާރަތައް ދަށް ކުރާ ނަމަ އެކަން އެންގުމަށް އިކޮނޮމިކް މިނިސްޓްރީން ވަނީ މިދިޔަ ހޮނިހިރު ދުވަހު އެދިފަ އެވެ. އެ މައުލޫމާތު މިނިސްޓްރީން ހޯދަމުން އަންނަނީ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.
އިކޮނޮމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލަކު މިއަދު "މިހާރު" އަށް ވިދާޅުވީ، 78 މީހަކު ޝަކުވާ ހުށަހަޅާފައިވާއިރު އޭގެ ތެރޭގައި ގިނައީ ވަޒީފާ އިން ވަކިކޮށްގެންނާއި މުސާރަ ނުލިބޭ ގޮތަށް ޗުއްޓީ ދިން މައްސަލަތަކެވެ.
އެންމެ ގިނަ ޝަކުވާ ހުށަހަޅައިފައިވަނީ ޓޫރިޒަމް ދާއިރާގެ މުވައްޒަފުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ވަޒީފާއާ ގުޅޭ ޝަކުވާތައް މިނިސްޓްރީ އަށް ހުށަހަޅަން ޖެހެނީ jobcenter.mv އަށް މެއިލް ކޮށްގެންނެވެ.
މައުލޫމާތު ހުށަހަޅާއިރު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުންތައް ވެސް ހުށަހެޅުމަށް މިނިސްޓްރީން އެދެ އެވެ.
މިހާރު ވެސް ބައެއް ރިސޯޓުތަކާއި އަމިއްލަ އެހެނިހެން ކުންފުނިތަކުން ވަނީ އެ ތަންތަނުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދަށް ކުރަން ނިންމައި އެކަން އެ މީހުންނަށް އަންގައި ވެސްފަ އެވެ.
ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތް ކުރުމަށްޓަކައި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ސަރުކާރުން ވަނީ ތައާރަފު ކޮށްފަ އެވެ. އެކަމަކު، އެ ޕެކޭޖަށް އެދި ހުށަހެޅުމުގެ އެއް ޝަރުތަކީ އެ ކުންފުންޏެއްގެ މުވައްޒަފުންގެ މުސާރަ އިން އުނި ނުކުރުމެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަ
24 March 2020
ތި އީމެއިލް ވޯކެއް ނުކުރޭ ބުރޯ..ދީ ބަލަ ގުޅޭނެ ނަމްބަރެއް، ވަރަށް ޝަކުވާ އެބަހުރި ޗަމްޕާ ބެގެ ރިސޯޓު ތަކުގެ
ރަދީފްް
24 March 2020
ހާލުގައި ޖެހޭވަގުތު ރައްޔިތުން އެކަނިވެރިނުކުރާށެވެ. ހާލުގައި ޖެހޭ ވަގުތު ރައްޔިތުން އަދި ބާކީނުކުރާށެވެ. ޙާލުގައި ޖެހޭވަގުތު ރަށްޔިތުންނަށް އޯގާވެ ހަމްދަރުދީވާށެވެ.
ދަރުބާރު ފެކްޝަނު ގެ ބޮޑު ވަގު
24 March 2020
ރިޒޯރޓް މުއައްޒަފުން ގެ ޕެންޝަން ފަންޑައް ޖަމާވެފަ ހުރި ފައިސާ ދޭންވީނު ދެން! އަހަރެން ވަޒީފާ އަދާ ކުރާ ރިޒޯރޓު ވެސް 3 މަހައް ބަންދު ކޮއްފި! މި 3 މަހު އަހަރެން ކިހިނެއް ހަދާނީ؟
ރައްޔިތުން ގެ އަޑު
24 March 2020
އެބުނާހެން އޭގެން 3 މަހުގެ މުސާރަ ނަ މަވެސް ލިބޭ ގޮތް ހަދާދީބަލަ އާދޭސް ކޮށްފަ މި ބުނީ. ޢަހަރު މެންގެ ހައްޤެކޭ އެއީ، ކަލޭ މެން ވިޔަފާރި ކުރަން ޕެންޝަން ފަންޑުން ލާރި މަދެއް ނުވާނެ
ބަރުބޯ
24 March 2020
ސަރުކާރުގެ ކުންފުނިތަކުގެ މައްސަލަ ހައްލުކޮށްފަ އެހެންކަމަކާއި އުޅެބަލަ.
ހައްސާ222
24 March 2020
މިހާލަތުގަ ޕެންޝަން ފަންޑަށް ފައިސާ ނުކަނޑާ. އަދި މިމަހު ޕެންޝަން ފަންޑަށް ކެނޑި ލާރި އަނބުރާ މުވައްޒަފުންގެ އެކައުންޓަށް ޖަމާ ކޮށްލަދެއްވާ.
ރައްޔިތުނ
24 March 2020
ސަރުކާރުންވެސް އެބަޖެހޭ ފިހާރަ ތަކުގަ މަސައްކަތް ކުރާކުދިންނަށް ވެސް ލުއިގޮތްތަކެއް ހޯދަދެން.މިސާލަކަށް ރޭގަނޑު ފިހާރަތައް އެއްކޮއް ބަންދު ކުރާގޮތް ހަދާދީބަލަ.އޭރުން މީހުން މަގުތަކުގަ އުޅޭލެއް މަދުވެފަ މީހުން ތައް ގޭގަ މަޑުކުރުމުގެ ފުރުސަތު ބޮޑުވާނެ
ފޮނިޓައްޕު ހަސަނު
24 March 2020
މިސާލަކަށް ސްވެނިއަރ ފިހާރައެއްގައި 6 މުވައްޒަފުން ގެންގުޅޭ އެ ސުވެނިއަރ ފިހާރައަށް އާމްދަނީއެއް ލިބެނީ އެތަނަށް ވަންނަ ޓޫރިސްޓުން ކުރާ ވިޔަފާރިއަކުން. އެތަނަށް އެއްމެ ރުފިޔާއެއް ނުވަނަސް ތަނުގެ ވެރިމީހާއަށް އެ 6 މުވައްޒަފުންނަށް މުސާރަ ދެވޭނެތަ. ސަރުކާރުން ތިގޮތަށް ނުފުށްޕައި އެ 6 މުވައްޒަފުން ގެ މުސާރަ އެފިހާރައިގެ ވެރިމީހާ އެއް ދެނިކޮށް އެމީހުން ވަޒީފާއިން ވަކިނުކޮށް ނުވަތަ މުސާރަ ކުޑަނުކޮށް ދެކޮޅު ޖެހިދާނެ،
ފަހުދު
24 March 2020
މިއޮއްހުރިހާދުވަހު ލިބުނު އެއްޗެއް ހަމަނެތީ؟
ޑޮންޑަނާ
24 March 2020
މުޅިދުނިޔެ ސިއްސުވާލި ވައިރަހަކުން ދުނިޔޭގެ އިދްތިސާދައް އައިބަލިމަޑުކަމަކުން ރާއްޖޭގެ އިގްތިސާދަށް އައީ އިންތިހާދަރަޖައިގެ ލޮޅުމެކެވެ. މިކަމަށް މިސަރުކާރުން ކުރާނެކަމެއް ނޮއޮއްނާނެވެ.
ރައްޔިތުނ
24 March 2020
ޑޮކްޓަރުން ގޭގަ މަޑުކުރަން ބުންޏަސް އަހަރެމެން ނަކަށް ނެތް ގޭގަ މަޑުކުރެވޭކަށް .24ގަޑީރު ފިހާރައިގަ އުޅެން މިޖެހެނީ....ވަރަށް ދެރަ.ހެންދުނު 9ން ރެގަނޑު10ށް.
ސަރޭ
24 March 2020
ތިޔަޕެކެޖު ގޯތިކުދިންނަށް ބަހާ ހުސްކޮށްލާ