ޚަބަރު / އިކޮނޮމިކް މިނިސްޓްރީ

ކޮވިޑް-19 އާ ގުޅުވައިގެން ވަޒީފާ އިން ވަކިކޮށް، މުސާރަ އުނިކުރާ ނަމަ ސަރުކާރަށް އަންގަންޖެހޭ

ކޮވިޑާ ގުޅިގެން، އިގްތިސޯދީ ގޮތުން ހީނަރުވެފައިވާ ވިޔަފާރިތަަކށް ސަރުކާރުން ދޭ ޕެކޭޖު އިއުލާން ކުރުމަށް މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނިއުސް ބްރީފިންގައި އިކޮނޮމިކް މިނިސްޓަރު ފައްޔާޒް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ ވިޔަފާރިވެރިންނަށް ކުރިމަތިވާ ދަތިތަކަށް ހައްލެއް ހޯދައި ދިނުމަށް ސަރުކާރުން ފިޔަވަޅުތަކެއް އަޅަމުން އަންނައިރު، ވަަޒީފާތަކުން މީހުން ވަކި ކުރާ ނަމަ ނުވަތަ މުސާރަތައް ދަށް ކުރާ ނަމަ އެކަން އެންގުމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ އެދިއްޖެ އެވެ.

އެ މިނިސްޓްރީން ނެރުނު އިއުލާނެއްގައި ބުނީ، ރާއްޖޭގެ ޓޫރިޒަމާއި އެހިހެން އިގްތިސާދީ މަސައްކަތްތަކަށް ހީނަރުކަމެއް މިހާރު އައިސްފައިވާއިރު، ވަޒީފާތައް ދެމެހެއްޓުމަށްޓަކައި ކޭޝްފްލޯ ފައިނޭންސިން ސްކީމްތައް ފަހިކޮށްދީ، އެހެނިހެން ފިޔަވަޅުތައް ވެސް ސަރުކާރުން އިސް ނަގައިގެން އަޅަމުން އަންނަ ކަމަށެވެ.

އެހެންވެ، ކޮވިޑް-19 ގެ ސަބަބުން އަންނަ ހީނަރުކަމާ ގުޅުވައިގެން، އެއްވެސް މީހަކު ވަޒީފާ އިން ވަކިކޮށްފައިވާ ނަމަ ނުވަތަ މުސާރަ އާއި އެލަވަންސްތަކަށް އެއްވެސް ބަދަލެއް ގެނެސްފައިވާ ނަމަ އެކަން އެންގުމަށް އިކޮނޮމިކް މިނިސްޓްރީން އެދެ އެވެ. އެ މައުލޫމާތު ހިއްސާ ކުރަން ޖެހެނީ jobcenter.mv އަށް މެއިލް ކޮށްގެންނެވެ.

އިކޮނޮމިކް މިނިސްޓްރީގެ ބަޔާން

މައުލޫމާތު ހުށަހަޅާއިރު ވަޒީފާގެ ހާލަތަށް ބަދަލު އައިސްފައިވާކަން އަންގާފައިވާ ލިޔުން ނުވަތަ އެފަދަ އެހެނިހެން ލިޔުންތައް ވެސް ހުށަހެޅުމަށް މިނިސްޓްރީން އެދެ އެވެ.

ކޮވިޑާ ގުޅުވައިގެން، ވަޒީފާތަކުން ވަކިކުރާ ނަމަ ނުވަތަ މުސާރަ އާއި އެލަވަންސް އުނިކުރާ ނަމަ، އެކަން އަންގަން އިކޮނޮމިކް މިނިސްޓްރީން އެދުނު ނަމަވެސް މިހާރު ވެސް ބައެއް ރިސޯޓުތަކާއި އަމިއްލަ އެހެނިހެން ކުންފުނިތަކުން ވަނީ އެ ތަންތަނުގެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތައް ދަށް ކުރަން ނިންމައި އެކަން އެ މީހުންނަށް އަންގައި ވެސްފަ އެވެ.

ދިވެހިންގެ ވަޒީފާތަކާއި ވިޔަފާރިތައް ހިމާޔަތް ކުރުމަށްޓަކައި 2.5 ބިލިއަން ރުފިޔާގެ އިކޮނޮމިކް ރިކަވަރީ ޕެކޭޖެއް ސަރުކާރުން ވަނީ ތައާރަފު ކޮށްފަ އެވެ. އެކަމަކު، އެ ޕެކޭޖަށް އެދި ހުށަހެޅުމުގެ އެއް ޝަރުތަކީ އެ ކުންފުންޏެއްގެ މުވައްޒަފުންގެ މުސާރަ އިން އުނި ނުކުރުމެވެ.

Viyafaari thakah ehee vumuge gothun 2.5 billion rufiyaa dhenee

Viyafaari thakah ehee vumuge gothun 2.5 billion rufiyaa dhenee

The most trusted news source in the Maldives

Mihaaru

ވިޔަފާރިތަކަށް ހާއްސަ ސްކީމްތަކެއް ތައާރަފް ކުރުން

މިދުވަސްވަރު ދިމާވާ މާލީ އުނދަގޫތަކުން އަރައިގަތުމަށް ދޭ މި ލޯނުގެ އެންމެ ބޮޑު ބޭނުމަކީ ވިޔަފާތައް ހީނަރުވުމާ ގުޅިގެން ދިވެހިންގެ ވަޒީފާތައް ގެއްލުމުގެ ފުރުސަތުތައް ކުޑަ ކުރުން ކަމަށް ފިނޭންސް މިނިސްޓްރީން ބުނެ އެވެ. މީގެ އިތުރުން ޕްރައިވެޓް ސެކްޓަރުގެ ވަޒިފާތަކުގައި އުޅޭ މީހުންގެ މުސާރަތައް ކުޑަ ނުކޮށް، މީހުން މަދު ނުކޮށް ހިންގަން ވެސް މި ލޯނުތަކުން އެހީތެރިވެވޭނެ ކަމަށް މިނިސްޓްރީން ބުންޏެވެ.

55 ކޮމެންޓް, 73 ރިއެކްޝަންސް

icon happy icon happy 73%
icon sad icon sad 4%
icon angry icon angry 23%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)

22 March 2020

އަދިވެސް ކުރިން އިގުތިސާދު ހިންގި ގޮތަށް ހިންގަންތަ ވިސްނަނީ. މުވައްޒަފުންނަށް ކުޑަ މުސާރަ ދީފައި، ސާވިސް ޗާޖު ނުދީ. އަދިވެސް މާލޭގެ ކުލީގެ އަޅުވެތިކަމުގައި މީހުން ބައިތިއްބަންތަވީ. މަސްވެރިންނަށް ހަމައަގު ނުލިބި ބައިތިއްބަންވީތަ. މިކަންތަކުން އަރައިގަނެވޭއިރު އިގުތިސާދު ބަދަލުވާންޖެހޭ. މަސައްކަތްތެރިންގެ އަމިއްލަ ރިސޯޓު ހުންނަން ޖެހޭ. ރާއްޖެތެރޭ ރަށްރަށުގައި ރަގަޅު ދިރިއުޅުމެއް އުޅެވެންޖެހޭ. 99 ޕަސެންޓް މީހުންނަށް ރަގަޅު ދިރިއުޅުމެއް ލިބެންޖެހޭ

The name is already taken The name is available. Register?

ރެޓޭ

22 March 2020

ދައުލަތުގެ ބަންޑާރަ ބިި މުގަ ބޭންކުން ލޯނު ނަގައިިގެންް ގެ ހަދާ ހިިތަށްއެރިި އަގަކަށްް އެތަންްް ކުއްޔަށްް ދެވޭނެކަ މަށް ޤަބޫލު ކުރާ މީހަތު ތިި ބުނަނީ، ކީކޭތޯ؟

The name is already taken The name is available. Register?

ކޮވެލި

22 March 2020

ރަނގަޅު ސުރުޚީއެއް. ސުއާލަކީ ސަރުކާރުން ކުރާނީ ކީއްތޯ؟ ޔުނިއަން އުފެއްދޭނެ ފުރިހަމަ ގާނޫނީ އޮނިގަނޑެއް ނެތި ވަޒީފާވެރިންނަށް ކުރެވޭނެ މާ ބޮޑު ކަމެއް ނެތް.

The name is already taken The name is available. Register?

ސަމްސ

22 March 2020

ދުނިޔޭގައި މިހާތަނަށް ކޮވިޑް 19 ފެތުރިފައިހުރީ ފަތުރުވެރިންގެ ސަބަބުން ! ޑޮކްޓަރުންނާ ނަރުހުންނާ ހިސާބައް ދާންޖެހޭނީ ކޮވިޑް ޖެހިގެންނޫންތޯ! ތެދެއް ސިފައިންވެސް ޕައިލެޓުންވެސް ކޮވިޑްނަވާރައަށް ނުރައްކާއެބޮތް އެކަމު ރައްކާތެރިކަމުގެ ފިޔަވަޅަކީ އެމީހުންނާއެއްކޮއް އުޅުންމުގައި ވަންޏާ އިރުއިރުކޮޅާ އަތްދޮންނަން ފައިދޮންނަން ބޯދޮންނަން މެސެޖްނުފޮނުވާ !

The name is already taken The name is available. Register?

މޯދީ

22 March 2020

އެންގިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. ބަދަލޭ ކިޔައިގެން ސަރުކާރުން ލާރިގަޑެއް ފެލާލައިގެން ދެންހުރި ބޭބެއަށް ދެވޭތޯބަލާ.

The name is already taken The name is available. Register?

ޕީކޭއެލްއެމް

22 March 2020

ބަލަ އަހަރެމެންމީ ތިން ފިހާރަ ހިންގާ ބަޔެއް މިކަމާ ގުޅިގެން ސްޓާފުން ކެނޑިގެން ރަށަށް ދަނީ އެއްފިހާރައިގެ އެންމެ ކުއްޖެއް ފިޔަވައި އެހެން ހުރިހާކުދިން ގޮއްސި ދުވާލަކު ތިން މީހުން ނުވަދޭ ފިހާރައަށް ދެން އެކުއްޖާއަށްޓަކައި އެފިހާރަ ބަންދުނުކޮށް ތިބޭނެ ގޮތެއް ބުނެދީބަލަ

The name is already taken The name is available. Register?

ކޮމިއުނިސްޓް ޕާޓީ މޯލްޑިވްސް

22 March 2020

ރިސޯޓުގެ ވަޒީފާ ދޫކޮށްފައި ރަށަށް ގޮސް އެކަކު ހަދަންވީ ޑައިވް ސެންޓަރެއް. އަނެކަކު ވޯޓަރ ސްޕޯޓްސް ސެންޓަރެއް. މީހުން އުޅޭ ގޭގޭގެ ހުސް ކޮޓަރިތަކުގައި ގެސްޓުން ބޭތިއްބުމުގެ ހުއްދަ ސަރުކާރުން ދޭންވީ. އިސާހިތަކު މުޅި ރަށް ރިސޯޓަކަށް ވެދާނެ. މިކަމަށް ބޭނުންވާ ފައިސާ އެސް.އެމް.އީ ބޭންކުން ދޫކުރާނީ. މިއީ ކޮވިޑް19 އަށް ފަހު ރާއްޖޭގެ އިގުތިސާދު ބަދަލުކުރަންވީ ގޮތް. ރާއްޖެއަށް މަހުޖަނުންގެ ރިސޯޓު ބޭނުމެއްނުވޭ. މަސައްކަތްކުރާމީހުން ވާނީ ރިސޯޓުގެ ވެރިންނަށް

The name is already taken The name is available. Register?

ހަސަނު1

22 March 2020

ކެ ކެ ކެ.. ހާދަ ވިސްނުން ތޫނު މީހެކޭ.

The name is already taken The name is available. Register?

އަސޭލާ1

22 March 2020

އޭރުން ބުނާނެ ލާދީނީއޭ.

The name is already taken The name is available. Register?

އަހްމަދުއ

22 March 2020

އެކަމަކު އެއްޗެހީގެ އަގުބޮޑުކުރުން އެއީ ވިޔާފާރިވެރިންގެ ކަމެއްދޯ ...

The name is already taken The name is available. Register?

ޑޮންޑަނާ

22 March 2020

ދިވެހިމީހާ ވަޒީފާގައި ތިބެ މިދުވަސްކޮޅު ރަށްރަށައް ފުރައިގެން ދިޔައީމާ ކިއްތޯކުރާނީ.

The name is already taken The name is available. Register?

އިބުރާާބެއްޔާގަނޑު

22 March 2020

އެންގިދާނެ. މުސްކުޅިވެ ހަންޓޯޓޯވުމުގެކުރިން ޖަވާބެއްލިބޭނެބާ؟

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454