މަޝްހޫރު ވިޔަފާރިވެރިޔާ ހުސައިން އަފީފު މަޓީގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެފައިވޭ--ފޮޓޯ: ހުސައިން ވަހީދު/މިހާރު
24 މާޗް 2020 - 18:41
މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ޓޫރިޒަމަށް ނުލިބޭ ވަރުގެ ގެއްލުމެއް ކޮވިޑް-19 އާ ގުޅިގެން ލިބޭނެ ކަމަށާއި، ޓޫރިސްޓުން ނާންނާތީ ރިސޯޓުތައް ހުރީ ބަންދުކުރާ ހާލަތުގައި ކަމަށް ޓޫރިޒަމް ދާއިރާގެ ތަޖުރިބާކާރު ހުސައިން އަފީފު ވިދާޅުވެއްޖެ އެވެ.
ކޮވިޑް-19 އާ ގުޅިގެން، ކްރައުން އެންޑް ޗަމްޕާގެ ދަށުން ހިންގާ ރިސޯޓުތައް ވަގުތީ ގޮތުން ބަންދު ކުރުމާ ގުޅޭ ގޮތުން އެ ކުންފުނީގެ މައި ހިއްސާދާރު އަފީފު ވިދާޅުވީ، ރިސޯޓުތައް ބަންދުކުރަނީ ޓޫރިސްޓުން ނެތިގެން ކަމަށެވެ.
"މިހާރު ޓޫރިސްޓުންނެއް ނާދޭ. ހުރިހާ އެއާލައިންތަކެއް ހެން ހުއްޓިފައި އޮތުމާ އެކު ރިސޯޓުތައް މިހާރު ވަރަށް ބޮޑަށް އޮތީ ހުސްވެފައި،" އޭނާ ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ، ކްރައުން އެންޑް ޗަމްޕާގެ ދަށުން ހިންގާ ބައެއް ރިސޯޓުތަކުގައި މިވަގުތު 60 އަކަށް ޓޫރިސްޓުން އެބަތިބި ކަމަށެވެ. އެ އެންމެންނަށް ހިދުމަތް ދެވޭނެ ކަމަށާއި އެހެން ނަމަވެސް އެއްވެސް ވަރަކަށް ޓޫރިސްޓުން ނާންނަ ނަމަ ވަގުތީ ގޮތުން ރިސޯޓުތައް ބަންދުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރައުން އެންޑް ޗަމްޕާ ގްރޫޕްގެ ދަށުން ހިންގާ ރިސޯޓްތަކުގެ ތެރޭގައި ކުޑަދޫ މޯލްޑިވްސް، ހުރަވަޅި، ވެލިގަނޑު އައިލެންޑް ރިސޯޓް، ކޮމަންޑޫ އާއި ކުރެއްދޫ އާއި ވިލަމެންދޫ، މީރު އަދި އިންނަހުރާ ރިސޯޓު ހިމެނެ އެވެ. އެ ކުންފުންޏަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރަމުން އަންނަ ކުންފުންޏެވެ. މި ކުންފުނީގައި 3000އެއްހާ މުވައްޒަފުން މަސައްކަތް ކުރެ އެވެ.
ރާއްޖޭގެ ޓޫރިޒަމަށް ކުރިމަތިވެފައިވާ ހާލަތާ ގުޅޭ ގޮތުން އޭނާ ވިދާޅުވީ، މިހާރު އޮތީ ވަރަށް ދެރަ ހާލަތެއް ކަމަށާއި އުންމީދު ކުރަނީ މިހާރު ކުރިމަތިވެފައިވާ ހާލަތް ވީ އެންމެ އަވަހަކަށް ބަދަލުވުން ކަމަށެވެ. މިއީ އަމިއްލަ ބާރުގައި އޮތް ހާލަތެއް ނޫން ކަން ފާހަގަކުރައްވައި އަފީފު ވިދާޅުވީ، ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވާ އެންމެ ބޮޑު ބިރުވެރިކަމަކީ ނުވަތަ ގޮންޖެހުމަކީ، މިކަން ދިގު ދެމިގެންދާނެ މުއްދަތެއް ތަސައްވަރު ކުރަން ނޭންގުން ކަމަށެވެ.
"މިސާލަކަށް ސުނާމީއާ ގުޅިގެން ލިބުނު ގެއްލުން އޭރު އަންދާޒާ ކުރެވުނު. އެހެންވީމަ އަރައިގަންނަން ކުރަން ޖެހުނު މަސައްކަތްތައް އެނގުނު،" އޭނާ ވިދާޅުވި އެވެ.
އަފީފު ވިދާޅުވީ، ކުރިއަށް އޮތްތަނުގައި ވިޔަފާރިއަށް ކުރިމަތިވާ ގެއްލުންތައް ދެނެގަތުމަށްޓަކައި ކޮންމެ ތިން މަހަކުން ރާއްޖޭގެ ހާލަތު ރިވިއުކޮށް ވިޔަފާރި ސަލާމަތް ކުރަން އަޅާނެ ފިޔަވަޅުތައް ދެނެގަންނާނެ ކަމަށެވެ. އެނޫން އިތުރު އެއްވެސް ގޮތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
ކްރައުން ކުންފުނިން ވަނީ އެ ކުންފުނީގެ މުވައްޒަފުންނަށް ކުރިއަށް އޮތް ދެ މަހު، އޮންނަ އުސޫލުގެ ތެރެއިން މުސާރަ އެއްކޮށް ދޭން ނިންމައިފަ ކަމަށެވެ. އެހެން ނަމަވެސް އޭޕްރީލް މަހަށް މި ހާލަތު ދިގުދެމިގެންދާ ނަމަ 5،000ރ. އަށް ވުރެ ބޮޑު ހުރިހާ މުސާރައަކުން ވަކި ޕަސެންޓެއް ކުޑަ ކުރުމަށް ނިންމާފައިވެ އެވެ.
މިހާރުގެ ހާލަތަށް ބަލާ އިރު މުވައްޒަފުން ވަޒީފާއިން ވަކި ކުރުމަށް ނުވިސްނާ ކަމަށާއި އެ ކުންފުނީގެ މުވައްޒަފުން ދަމަހައްޓަން ވަރަށް ބޮޑަށް މަސައްކަތް އެކުންފުނިން ބުނެ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޓޫރިޒަމް ވިޔަފާރި ކުރާ ކުންފުނިތައް ކަމުގައިވާ ވިލާގެ ރިސޯޓުތަކާއި ޔުނިވާސަލްގެ ރިސޯޓުތައް ވެސް ބަންދުކުރުމަށް ވަނީ ނިންމައިފަ އެވެ. މި ހާލަތުން ލިބޭ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ވިލާ ގްރޫޕުން ވަނީ އެ ކުންފުނީ ބައެއް މުވައްޒަފުން ނޯ ޕޭ ލީވަށް ފޮނުވާއި ބައެއް މުވައްޒަފުންގެ މުސާރަ ކުޑަ ކުރުމަށް ވެސް ނިންމައިފަ އެވެ.
ކޮވިޑް-19 އާ ގުޅިގެން ރާއްޖެއިން މިބައްޔަށް 13 މީހަކު ޕޮޒިޓިވްވެފައިވާ އިރު އޭގެ ތެރެއިން ފަސް މީހުން ވަނީ ބަލިން ރަނގަޅުވެފަ އެވެ. ރާއްޖޭގެ ޓޫރިޒަމް ދާއިރާ މިއަހަރު 35 ޕަސެންޓް ދަށަށް ދާނެ ކަމަށް ލަފާކުރެވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަންދި
26 March 2020
ކުރިޔައް އޮތީ ރަަމަޞާންމަސް، މިދާގޮތުން ކުންފުނިތަކުގެ އެންމެ މުހިންމު އެސެޓަކީ މުވަައްޒިފުންކަން ދަނެގެން ކުރާވިޔަފާރިތަކަށް ފާގަތިކަންދެއްވާތޯ މާތްﷲއަށް ދުޢާކުރަން...
އިބިރިހިންބެއްޔާ
26 March 2020
ހަނދާނަށް އަންނަނީ ކުޑައިރު އިގިރޭސި ކިޔަވަން ގެންގުޅުނު ފޮތެއްގައި އޮންނަ ގުނަވަންތަކުގެ އަރާރުމުގެ ވާހަކައެއް. ހަސަދަވެރިނުވޭ. ފައިސާއަކީ ވިސްނުންތޫނު ފަންނީ އަދި ހިތްވަރުހުންނަ މީހުން "ހޯދާ" އެއްޗެއް. އެއީއަކީ "ލިބޭ" އެއްޗެއްނޫން. (ނޯޓް: މީގައި މާވަގުންނާއި ސިޔާސީ ވަގުން ނުހިމެނޭ)
Mohamedޙ
26 March 2020
އެމް.ޓީ.ޑީ.ސީ މެދުވެރިކޮށް ސަރުކާރުން ރައްޔިތުންނަށް މި އިންޑަސްޓްރީގެ ފައިދާ ލިބޭނެގޮތް ހަދައިދޭން އުޅުމުން އެ ކުންފުނި ބަނގުރޫޓްކޮށް ކުންފުނީގެ ހުރިހާ މުދަލެއް ވިއްކާ ހުސްކޮށް ތިމަ ތިމާމެންގެ ވިޔަފާރިތައް އިތުރަށް ފުޅާކޮށް ރައްޔިތުންގެ މުދާ ނުއަގުގައި ވިއްކި ބަޔަކު، ތި ހާސަރުތައް ދަމަން ލަދު ޙަޔާތް ކޮބާހެއްޔެވެ؟ ކަލޭމެންގެ މުއްސަނދިކަމުން ރައްޔިތުންނަށް ވީ ބޮޑުތަނުން ގެއްލުމެވެ.
ގަރަހިތަ
26 March 2020
"މުޅި ދުނިޔޭގައި ވާ ހަުރިހާ ފައިސާއެއް އެންމެންނަށް ހަމަހަމަ އަށް ބަހާލިޔަސް ދެތިން އަހަރު ތެރޭގައި އެހުރިހާ ފައިސާއެއް ކުރިންވެސް މުއްސަނދި ކަމުގައި އުޅުނު މީހުންގެ އަތްތަކަށް ޖަމާވާނަެއެވެ. ސަބަބަކީ ބޭންކިން އޭ މިކިޔާ އަޅުވެތި ކަމުގެ ނިޒާމެވެ. މުއްސަނދިން މުއްސަނދިކޮށް ފަގީރުން ނިކަމެތި ކުރާ ނިޒާމަކީ އެއީއެވެ." - މަޝްހޫރު އިކޮނޮމިސްޓެއް.
ހީރާ
25 March 2020
މިރާއްޖެއަށް ޓޫރިސްޓުން ގިނައިން އަޔެއްކަމަކު އާންމު ރައްޔިތުންގެ ޖީބަކަށް ވީފައިދާއެްނެތް. ޙުރިހާ މޮޅެއް މިކަލޭގެ ޖީބަށް.
ސަރަފަކައްދަ
25 March 2020
ބަލަ މިތިބަ މަހުޖަނުންނޭވެ! ދުނިޔޭގައި ނިކަމެތި ފަޤީރު މީހުން އުލޭކަން ދަންނަމުތަ! އެވެރިން ތިފާޑަށް ބިމުގައި ދެފާ ތަލާފައި ރޮއެއް ނުގަނޭ! އެވެރިން އެގޮތުގައި އަނބިދަރިން ގޮވައިގެން އެއް އިރު ކޮއްތު މުއްތު ކޮއްލައިގެން ކިތައް އަހަރު އެވެރިން ވޭތު ކޮއްފިންތޯ ތަމެން މަހުޖަނުންނަށް އެނގޭބާ! ހަޔާތް ކޮބާ!
އޮނަރަބްލް އަފީފު ދީދީ
25 March 2020
ﷲ ގެ ކުޅަދުންވަންތަކަން ދެކެބަލަ. ކަމެއްގެ ހާލަތު ބަދަލު ކުރުމަށް އެސްފިޔަ ޖަހާލާފަދަ ހިނދުކޮޅެއްވެސް ނުނަގާނެކަން އެބައިގޭނޫންތޯ؟ # ކޮވިޑް 19 ގަ އަހަރުމެންގެ ހާލަތު ކިތަންމެ ދަށްވިޔަސް މިކަމުން އަރައިގަތުމާއިއެކު "ހެލްޕް ރިސޯޓް ޕައިނިއަރ" ނުވަތަ ރިސޯޓް ބާނީންނަށް އެހީވާ ފަންޑްގެ ނަމުގައި ފަންޑެއް ހުޅުވާ ހަރަކާތް ހިންގާ ފައިސާ ޖަމާކޮށްދޭންވާނެ. # އަހަރުމެންގެ ޙަރަދުތައް ކުޑަކޮށް ބައެއްފަހަރުގެ ކެއުން ދޫކޮށްލާފައިވެސް މިކަން ކުރާންވާނެ.
ދަތްނެތްކުއްޖާ
25 March 2020
ޕްރޮފެސަރުން ބުނާ އަޑު އަހަނމު! މަހުޖަނު މީހާގެ ވިޔަފާރިތައް ބަގުރޫޓު ވަމުންދާއިރު އެފަދަ މަހުޖަނުންނައް ދިމާވާ ނަފްސާނީ ބަލި ތަކާއި ސިއްޙީ ގޮތުންވެސް ދިމާވާ ކަންތައްތައް ފަޤީރު ނިކަމެތި މީހާގެ ހާލަތަށްވުރެ އެވެރިންގެ ހާލަތު މާގޯސްވާނެކަމަށް. އަދި އެފަދަ މަހިޖަނުންނަށް ނިކަމެތި މީހާގެ މަތިން ހަދާނެއް ވާނީ އެފަދަ މަހުޖަނުން އެ ނިކަމެތިު މީހާގެ ދަރަޖައަށް ވެއްޓުމުންކަަމަށް. އެދުވަހަކުން އެ ނިކަމެތިމީހާސް އެ މަޙުޖަނު މީހާއަށް ހެޔޮ ދުޢާ ކުރާނެކަމަށް
ބުޅާ
25 March 2020
އެހެންވީމަ އެންމެ ރަގަޅީ ބުރުމާތާ, މުއައްޒިފުންނަށް އިތުރަށް ނިކަމެތިކޮއްލީ, މިފަދަ ހައްސާސްދަނޑިވަޅެއްގަ,ކިހާތާހިރު
އެދުރު ރަހީމު
25 March 2020
މިއޮތްހާދުވަހު ނެގީ މިލިއަނުން ފައިދާ. އާއްމު ރައްޔިތުމީހާއަށްވީ ފައިދާއެއް ނެތް. އަމިއްލަ ޖީބަށް ހުރިހާ ފައިދާއެއް. 99% މުވައްޒަފުންނަކީ ބޭރުމީހުން. ކޮން ހާސަރެއް؟