ލައިފްސްޓައިލް / ދަތުރުފަތުރު

ފޯޑް ކުންފުނިން މާސްކާއި ވެންޓިލޭޓަރު އުފައްދަނީ

ކޮރޯނާވައިރަހާ އެކު އެމެރިކާ އަށް ކުރިމަތިވެފައިވާ، މެޑިކަލް ސާމާނުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމުގެ ގޮތުން އެ ގައުމުގެ މަޝްހޫރު ކާރު ކުންފުނި ފޯޑް މޮޓޯ އިން މެޑިކަލް ސާމާނު އުފައްދައި، ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށް ދޭން ނިންމައިފި އެވެ.

މިކަން އަންގާރަ ދުވަހު ރަސްމީކޮށް މީޑިއާތަކާ ހިއްސާކޮށްފައިވާ އިރު ފޯޑުން ބުނީ މާސްކާއި ވެންޓިލޭޓަރު އުފެއްދުމުގެ މަސައްކަތް އެ ކުންފުނިން ކުރާނެ ކަމަށެވެ. ކާރު އުފެއްދުމުގެ މަސައްކަތްތައް މި ވަގުތަށް މެދުކަނޑާލުމަށް ފަހު، މެޑިކަލް ސާމާނު އުފެއްދުމުގެ މަސައްކަތް ފޯޑުން ކުރަން ނިންމާފައި ވަނީ އެފަދަ ތަކެތި އުފައްދާ ދެ ކުންފުންޏަކާ ގުޅިގެންނެވެ. އެއީ އެއީ ތްރީއެމް އާއި ޖީއީ ހެލްތު ކެއާ އެވެ.

ފޯޑުން ބުނިގޮތުގައި އެ ކުންފުނިތަކާ ގުޅިގެން ފެންވަރު ރަނގަޅު ގިނަ އަދަދެއްގެ މާސްކްތަކާއި ވެންޓިލޭޓަރުތައް އުފައްދާނެ އެވެ. އަދި މި ތަކެތި ވީހާ ވެސް އަވަހަކަށް ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭން މަސައްކަތް ކުރާނެ ކަމަށް ބުންޏެވެ.

ފޯޑްގެ ރައީސް އަދި ސީއީއޯ ޖިމް ހެކެޓް ސީއެންއެން އަށް ވިދާޅުވީ މި މަސައްކަތް އެ ކުންފުނިން ކުރިއަށް ގެންދަން ނިންމީ ފެޑެރެލް ސަރުކާރުގެ މަޝްވަރާ އާއި ލަފާގެ މަތިން ކަމަށެވެ. އަދި މި ވަގުތު އެމެރިކާ އަށް ދިމާވެފައިވާ މެޑިކަލް ސާމާނުގެ ދަތިކަމަށް ހައްލެއް ހޯދައި ދިނުމަކީ ކުންފުންޏެއްގެ ހައިސިއްޔަތުން އަދާކުރަން ޖެހޭ އިޖުތިމާއީ ޒިންމާއެއް ކަމަށް ވިދާޅުވި އެވެ.

"އަހަރެމެން މި އަންނަނީ ހުއްޓުމެއް ނެތި މިކަމާ ބެހޭ ގޮތުން ސަރުކާރުގެ އޮފިޝަލުންނާ އެކު މަޝްވަރާތައް ވެސް ކުރަމުން." ޖިމް ވިދާޅުވި އެވެ. "އަދި އުފެއްދުންތައް ތައްޔާރުކުރެވޭ މިންވަރަކުން ޓެސްޓްކޮށް، އެޕްރޫވަލް ލިބޭ ވަރަކުން މެޑިކަލް ފެސިލިޓީތަކަށް ތަކެތި ސަޕްލައިކޮށްދެމުން ދާނަން. އަހަރެން ގަބޫލުކުރާ ގޮތުގައި މި މަސައްކަތްކުރެވޭނެ ވަރުގަދަ ޓީމެއް މިހާރު އެބައޮތް."

ބައެއް ޑޮކްޓަރުން ވިދާޅުވެފައި ވަނީ އެމެރިކާ އޮތީ ތިން ވަނަ ދުނިޔޭގެ ގައުމުތަކަށް ވުރެ ވެސް ފަހަތުގައި ކަމަށް.

އޭނާ ވިދާޅުވި ގޮތުގައި މި ވަގުތު ނުރައްކާތެރި ބޮޑު ބަލިމަޑުކަމަކާ ގައުމު ހަނގުރާމަކުރަމުން އަންނަ އިރު، ފޯޑަކީ މީގެ ކުރިން ވެސް ގައުމީ ޒިންމާތަކުގައި ހިއްސާވި ކުންފުންޏެކެވެ. އެގޮތުން ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ހަނގުރާމައިގެ މަތިންދާބޯޓްފަހަރާއި ޕޯލިއޯ ބަލީގެ މީހުންނަށް އަޔަން ލަންގްސް އުފެއްދުމުގެ މަސައްކަތަކީ ފޯޑްގެ ތާރީހުގައި ލިޔެވިފައި ހުރި ކަންކަން ކަމަށް ވިދާޅުވި އެވެ.

އެމެރިކާ އަށް ކުރިމަތިވެފައިވާ މެޑިކަލް ސާމާނުގެ ދަތިކަމަށް އެހީވާން އީލޮން މަސްކްގެ ޓެސްލާ ކުންފުންޏާއި އެޕަލް އާއި ޗައިނާގެ މަހުޖަނު ޖެކް މާ އާއި އެ ނޫން ވެސް އެތައް ބަޔަކު އަންނަނީ މިހާރު މަސައްކަތްކުރަމުންނެވެ.

ކޮރޯނާވައިރަސް އެމެރިކާގައި ވަރަށް ބާރަށް ފެތެރުމުންދާ އިރު، އެ ގައުމުގެ ޑޮކްޓަރުން ދަނީ މެޑިކަލް ސާމާނުގެ ދަތިކަމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެގޮތުން ބައެއް ޑޮކްޓަރުން ވިދާޅުވެފައި ވަނީ އެމެރިކާ އޮތީ ތިން ވަނަ ދުނިޔޭގެ ގައުމުތަކަށް ވުރެ ވެސް ފަހަތުގައި ކަމަށެވެ.

ކޮރޯނާވައިރަހުން ޖެހޭ ކޮވިޑް-19 ބަލީގައި އެމެރިކާ އިން މިހާތަނަށް 700 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ އިރު، ބަލި ޖެހުނު މީހުންގެ އަދަދު 55،000 އަށް އަރަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454