ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު ބޭއްވެވި ނިއުސް ބްރީފިން އަށް ފަހު ނޫސްވެރިންނާ ވަކިވަކިން ވާހަކަ ދައްކަވަން ވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
25 މާޗް 2020 - 21:57
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އައުމާ ގުޅިގެން، ރައްކާތެރިކަމުގެ ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ރާއްޖެ މިހާރު ވެސް އޮތީ "ފުލް ލޮކްޑައުން" އެއްގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮވިޑްގެ ބިރުވެރިކަން މުޅި ދުނިޔެ އަށް ކުރިމަތިވި ފަހުން ފުރަތަމަ ފަހަރަށް ބޭއްވެވި މީޑިއާ ބްރީފިންގައި، ރާއްޖެ "ފުލް ލޮކްޑައުން" އަކަށް ދާން ތައްޔާރުވެފައި ވަނީ ކިހާވަރަކަށްތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް ވިދާޅުވީ، ރާއްޖެ މިއޮތީ "ފުލް ލޮކްޑައުން އަކަށް ގޮސްފައި" ކަމަށެވެ.
"މި އަށް ވުރެ ބޮޑު ލޮކްޑައުން އަކަށް ދެނެއް ހިއެެއް ނުވޭ އަޅުގަނޑަކަށް ދާނެހެން. ބޭރަކުން މީހަކަށް ނާދެވޭނެ މީގެ 24 ގަޑިއިރު ފަހަކުންނެއް. ރިސޯޓުތަކުގައި ތިބޭ މީހުންނަކަށް އެހެން ރަށްރަށަކަށް ނުދެވޭ،" ކޮވިޑާ ގުޅިގެން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ބޭއްވި މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ މި ވަގުތު [ރާއްޖެ] މި އޮތީ ބުނެވިދާނެ ލޮކްޑައުންއެއްގައޭ. އެކަމަކު އެ ނޫން ގޮތެއް ނެތް އަޅުގަނޑުމެންނަކަށް."
ރައީސް ވިދާޅުވި ގޮތުގައި، ރާއްޖެ އިން ވެސް ކޮވިޑް ބަލީގެ 13 މީހަކު ފެނި މިހާތަނަށް އަށް މީހަކު ރަނގަޅު ކުރެވިފައިވާއިރު، އެންމެ ގޯސް ހާލަތަކަށް ވެސް ރާއްޖެ އޮތީ ތައްޔާރަށެވެ. ޚާއްސަކޮށް ރައްޔިތުންނަށް ބޭނުންވާ އަސާސީ އެއްވެސް ކަމަކަށް ދަތިވިޔަ ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި އެވެ.
"މި އަށް ވުރެ ބޮޑު ލޮކްޑައުން އަކަށް ދެނެއް ހިއެެއް ނުވޭ އަޅުގަނޑަކަށް ދާނެހެން. ބޭރަކުން މީހަކަށް ނާދެވޭނެ މީގެ 24 ގަޑިއިރު ފަހަކުންނެއް. ރިސޯޓުތަކުގައި ތިބޭ މީހުންނަކަށް އެހެން ރަށްރަށަކަށް ނުދެވޭ،" ރައީސް
"އެއީ ކަރަންޓު ކަމަށް ވިޔަސް، ފޯނު ކަމަށް ވިޔަސް، ކާބޯތަކެތި ކަމަށް ވިޔަސް އަދި ދަތުރުފަތުރުގެ ޚިދުމަތް ކަމަށް ވިޔަސް ސަރުކާރުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ރައްޔިތުންނަށް ކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.
ރާއްޖޭގައި ކޮރޯނާވައިރަސް އިތުރަށް ފެތުރުނު ނުދިނުމަށްޓަކައި އަޅާ ފިޔަވަޅެއްގެ ގޮތުން، ވިސާގައި ރާއްޖެ އަންނަ އެއްވެސް މީހަކަށް އަންނަ ހުކުރު ދުވަހުން ފެށިގެން ރާއްޖެ ނާދެވޭ ގޮތަށް ހަމަޖައްސާފައިވާ ކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އިއުލާން ކުރެއްވި އެވެ. މިހާތަނަށް ރާއްޖެ އަންނަ ދިވެހިން ވެސް އައީ 14 ދުވަހުގެ މުއްދަތަށް ސަރުކާރުން ކަނޑައަޅާ ތަނެއްގައި ކަރަންޓީން ކުރަމުންނެވެ.
ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށްޓަކައި ވަރުގަދަ ފިޔަވަޅުތަކެއް އެޅުމަށްޓަކައި ސަރުކާރުން ވަނީ މި މަހުގެ 12 ން ފެށިގެން ރާއްޖޭގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށްފަ އެވެ. އަދި ސްކޫލްތަކާއި ސަރުކާރުގެ އޮފީސްތައް ވެސް މި ހަފުތާ އާއި އަންނަ ހަފުތާގައި ވެސް ބަންދެވެ. މީގެ އިތުރުން ވެސް ގިނަ ފިޔަވަޅުތަކެއް ސަރުކާރުން ވަނީ އަޅައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮރަލް
26 March 2020
ލޯކަލް މާރުކޭޓް ފުރި ބާރު ވެފަ އެވެ. ކިޔޫ ހަދައިގެން މީހުން ވައްދަ ބަލާށެވެ. އަދި ގަވޢިދާ ހިލާފް ބިދޭސީ ކޭޝިއަރުން ހައްޔަރު ކޮށް ބަލާށެވެ.
ބޮޑުމީހާ
26 March 2020
3 ހަތަރު ވަޒީފާ އަދާކޮށްގެން ކުލި ދައްކަމުން އައީ. ގޭގެ ތިބެގެން މަސައްކަތެއް ނުކުރެވޭ. ދެން ކުލި ދައްކާނީ ކިހިނެއް
ކުޑަމީހާ
26 March 2020
ދެން ރަށަށް ގޮސް އަމިއްލަ ގޭގައި އުޅޭނީ
އޯތެންޓިކްރަދީފްް
26 March 2020
އަމިއްލައަށް ލޮކްވެގެން ދެން ތިބެންޖެހެނީ
ލުގުމާން
26 March 2020
ކޮބާހޭ ކެފޭތަކާއި ފިހާރަތަކާއި ސަރުކާރު އޮފީސް ތަކާއި އެތެރޭގެ ދަތުރު ފަތިރު ހުއްޓުވުމުގެ ބޭނުމަކީ.؟ މިރާއްޖޭގަ ކޮރޯނާފެތުރެނީތޯ؟ ތިޔަކަމެއް މިދުނިޔެއަށް ލާއިގަތީއްސުރެ މިދިވެފަސްގަނޑުގައި ހަމަ އެއްމެ ދިވެއްސެއްވެސް ޕޮސިޓިވް ވީކީއެއްނޫން. ރާއްޖެއިން ބޭރުން ވައިރަސް ހިފައިގެން އާއި 10 ވަރަކަށް މީނާއި ޖުމްލަ 13 ކޭސް ފެނުނީ. އޭގެފަހުން ނުފެންނަތާ 15 ދުވަސް ވެއްޖެ . ރާއްޖެ މިއޮތީ އޮޓޯ ލޮކެެއްގައި. ނުވިތާކަށް ބޯޑަރުވެސް ބަންދު.
ރެޑްމޭން
26 March 2020
ބޭފުޅާ އަހަންތޯ ދިވެހި ހަރުބަސް "ރައްކާވެ ތިބިއްޔާ ދަތުރެވެ"؟ ނަސީބެއްނު ތިޔަފަދަ ވިސްނުން ގެންގުޅުއްވާ ބޭފުޅުން ސަރުކާރުގެ މަތީފަޑީގައި ޑިސިޝަންތައް ނަގަން ނެތްކަން!
Fathimath Nasma
26 March 2020
ތަނެއް ދޮރެއް ވަކިނުވިޔަސް ކޮމެންޓް ކުރެވޭތޯ ބަލާތި...ހުސް ރޯނު އެދުރުން
ކޮމިއުނިސްޓް ޕާޓީ (މާކްސިސްޓް)
26 March 2020
ރިސޯޓުތަކުގެ މަސައްކަތްތެރިން އެމީހުންގެ އަމިއްލަ ރަށްތަކަށް ގޮސް އެރަށްރަށުގައި ޓޫރިޒަމްގެ މަސައްކަތް ފަށަންވީ. އެކަކު ޑައިވް ސްކޫލެއް. އަނެކަކު ވޯޓަރ ސްޕޯޓްސް ސެންޓަރެެއް. މިކަމަށް ބޭނުންވާ ފައިސާ ސަރުކާރުން ދޫކުރަންވީ. ރައްޔިތުންގެ އަމިއްލަ ގެސްޓް ހައުސް ހަދާފައި، ގޭގޭގެ ހުސް ކޮޓަރީގައި ގެސްޓުން ބޭތިއްބޭ ގޮތަށް ހުއްދަ ދޭންވީ. އޭރުން މިހާލަތުން އަރައިގަންނައިރު އޮންނާނީ މަސައްކަތްތެރިންގެ އަމިއްލަ ޓޫރިޒަމެއް ފަށަން ތައްޔާރުވެފައި
އިބްރާ
26 March 2020
ތިކަހަލަ މީހުން ރާއްޖޭގައިވެސް އިތުރުވުމުގެ ސަބަބުން މިފަދަ މުސީބާތްތަކާއި ކުރިމަތލާންޖެހެނީ
12345
26 March 2020
ދުނިޔޭގެ ހުރިހާ އެންމެން ލޮކްޑައުން ކުރީމަ ރާއްޖެ ލޮކްޑައުންވީ. އެއީ ބަޔަކު ކުރިކަމެއްނޫން. ފުރަތަމަ ކުރިނަމަ މިގައުމު މިހާލަތަށް ނުދާނެ. ގޭގައި ބަންދުވެގެން އުޅެން ނުޖެހޭނެ. އާނ އިޤްތިޞާދަށް ބޮޑު ލޮޅުމެއް އަންނާނެ. އެކަން މިހާރުވެސް މިއޮތީވެފަ. ހަމަ ދަހިވެތިކަން.
އައްލާ
26 March 2020
ލޮކްޑައުނު ކުރިޔަސް އެދެވޭ ނަތީޖާތަކެއް ލިބި، ރާއްޖެ މިކަމުން ސަލާމަތް ވެވޭނީ ސިއްހީ މާހިރުންނާއި ސަރުކާރުގެ ވުޒާރާތަކުން ދޭ އިރުޝާދުތަކަށް، ވަކި ކުލައެއްގެ މީހެއްކަމުގައިވިޔަސް ފުރިހަމައަށް ބޯލަބައިބައިގެންނެވެ. އެހެންނޫނީ ޔޫރަޕުގެ ގައުމުތަކުގައި ބަލި ފެތުރޭ ބީދައިން ރާއްޖޭގައި މި ބަލި ފެތުރި، ހިތާމަވެރި މަންޒަރުތަކެއް ފެނުމަކީ ދުރުގައިވާ ކަމެއްނޫން!
މިހާފީ
25 March 2020
ރަނގަޅު މިއީ ލޮކްޑައުންއެއް. އެކަމަކު ރައްޔިތުންނަށް ސާފުކޮށް މަޢުލޫމާތު ދެއްވުމަށް އެޗްޕީއޭއަށް ދަންނަވާ. މިއީ ޙަބަރު ކިޔަން، ބަލަން ތިބެންޖެހޭ ކަމެއްނޫން. ކޮންމެ ދުވަހަކު ޕޮސިޓިވް، ނެގެޓިވް، ކިޔުމަށްވުރެ، ރައްޔިތުން އަމަލު ކުރަންވީގޮތް ބުނެދީ. މިސާލަކަށް "ވަޒީފާއަށް، ކާނާ ގަންނަން، އާއިލީ ގެއަކަށްފަދަ ތަނަކަށް ނޫންގޮތަކަށް ބޭރަށް ނުދިއުން" މީގެ ބަދަލުގައި ފަރުދީ ޛިއްމާ، ކޮން ފަރުދީއެއްތޯ ވާނީ އެކަން ނޭނގޭ މީހަކަށް.
ދިވެހި މީހެެއް
26 March 2020
އާއިލާ މީހުން ކައިރިއަށްވެސް ޒިޔާރަތް ނުކުރަން އެޔޮއް ގޮވަނީ ދެ އިރު ދެ ދަޅައަށް ޓީވީއަށް އަރާތިބެ. ކިހާވަރަކަށް، ކިހިނެއް ކިޔައިދިނީމަތަ ސާފުވަނީ؟ ހަމަ އަންތަރީސް ވެއްޖެ!!
މިހާފީ
26 March 2020
އާއިލާ މީހުންނަށް ޒިޔާރަތް ކުރާވާހަކައެއް ނެތް!ކޮންމެހެން ދާންޖެހޭ ތަންތަނުގެ ވާހަކަ މިދައްކަނީ. "ފަރުދީ ޛިއްމާ" އޭބުނީމާ އެނގޭނީ ކިތައްމީހުންނަށް!މިހާރުވެސް މަގުމައްޗަށް ނިކުމެ އަހާބަލަ، ކިތައް ޕަސަންޓް މީހުންނަށްތޯ އެނގެނީ! އަންތަރީސްވާނެތާ! މިކިޔަނީ ސާފުކޮށް ބުނާށޭ"ނިނުނިކުމެވޭނެޔޭ ނުކުމެވޭނީ ވަޒީފާއަށް،ތިމާ ބަލަންޖެހޭ އާއިލީ މީހެއްގެ ކަމެއްގައި،ތިމާގެ ގެއަށް ކާއެހި ގަތުމަށް" އޭގެ ބަދަލުގައި މީހުން އެއްވެ އުޅޭ ތަންތަނަށް ނުދާށޭ.ދޭހަވޭތަ އުތަ
ގުބަ
25 March 2020
އަންނާނެ ފްލައިޓެއް ނެތީ އޮޓޯއިން ބަންދުވީ ފައިސާއަށް ދަހިވެތި ބައެއްތިބި ސަރުކާރެއް ބޯހަލާކު
ާޢަބްދުﷲ
25 March 2020
އަދި އެންމެ އެކަށީގެންވާގޮތަކަށް ފިޔަވަޅެއް ނޭޅޭ.. ރިސޯރޓުން މިހާރުވެސް ރަށްރަށައް މީހުން އާދޭ އެބަ... އެކަން ބަލާނެ މީހަކު ނެތް....