މިއަދުގެ ނިއުސް ބްރީފިން އަށް ފަހު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޫސްވެރިންނާ ވަކިވަކިން ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
25 މާޗް 2020 - 23:18
ރާއްޖެ އަށް ވެސް ކޮރޯނާވައިރަސް އަައުމާ ގުޅިގެން، ޓޫރިޒަމަށް ކުރިމަތިވެފައިވާ ހީނަރުކަމުން އަރައިގަތުމަށް މި ތިން މަސް ހިފަހައްޓާލެވިއްޖެ ނަމަ އޭގެ ފަހުން ޓޫރިޒަމް ވަރަށް ރަނގަޅު ވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.
ކޮރޯނާވައިރަހުގެ ބިރުވެރިކަން ފެތުރުނު ފަހުން ބޭއްވެވި ފުރަތަމަ މީޑިއާ ބްރީފިންގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި، ރާއްޖޭގެ އިގްތިސޯދު ތިން މަސް ރަނގަޅު ވާނެ ކަމުގެ މިސާލު ރައީސް ދެއްކެވީ މީގެ ތިން މަސް ފަހަށް ތައްޔާރުވާ، ޓޫރިސްޓުންގެ ބުކިންގެ ނަމްބަރުތަކުންނެވެ.
އެ މަނިކުފާނު ވިދާޅުވީ، ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން އަންނަ ޖަރުމަނުގައި ކޮރޯނާވައިރަސް ކޮންޓެއިން ކުރެވިފައިވާ ކަމަށް އެ ގައުމުގެ ސަރުކާރުން ބުނާއިރު، ތިން މަސް ފަހަށް ގާތްގަނޑަކަށް 20،000 ބުކިން ހެއްދުމަށް ޖަރުމަނުގެ ޓޫރިސްޓުން އެދެމުން އަންނަ ކަމުގެ މައުލޫމާތު ޓުއާ އޮޕަރޭޓަރުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށެވެ. އަދި ކޮރޯނާވައިރަސް "އުފަންވި" ޗައިނާ ވެސް އެ ވައިރަހުން ސަލާމަތްވެ، އަންނަ މަހު އެ ގައުމު ހުޅުވައިލުމާ އެކު، ޗައިނާގެ ޓޫރިސްޓުން ވެސް ރާއްޖެ އަންނާނެ ކަމަށް ރައީސް އުންމީދު ކުރައްވަ އެވެ. އެކަމަކު، އެއީ ރާއްޖެ ވެސް ކޮރޯނާވައިރަހުގެ ބިރުވެރިކަމުން އަރައިގަތުމުން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ އަމާޒަކީ އަންނަ މަސް ނިމޭއިރު، ރާއްޖޭގައި ކޮވިޑް ބަލީގެ އެއްވެސް މީހަކު ނެތުމެވެ.
ރާއްޖެ އިން ކޮވިޑް ބަލީގެ 13 މީހަކު މި މަހުގެ ހަތްވަނަ ދުވަހުން ފެށިގެން މިހާ ހިސާބަށް ފެނިފައި ވިޔަސް މިއަދާ ހަމައަށް އަށް ވަނީ އެ ބަލިން ރަނގަޅުވެފަ އެވެ. ބާކީ ފަސް މީހުންގެ ހާލު ވެސް ރަނގަޅެވެ. ރާއްޖެ އިން ކޮވިޑް ބަލި ޖެހުނީ ކުރެއްދޫ އައިލެންޑް ރިސޯޓުގެ ޑޮކްޓަރާއި އެ ރިސޯޓުގެ ބިދޭސީ މުވައްޒަފަކާއި 11 ޓޫރިސްޓަކަށެވެ.
ރައީސް ވިދާޅުވީ، ތިން މަސް ފަހަށް ގާތްގަނޑަކަށް 20،000 ބުކިން ހެއްދުމަށް ޖަރުމަނުގެ ޓޫރިސްޓުން އެދެމުން އަންނަ ކަމުގެ މައުލޫމާތު ޓުއާ އޮޕަރޭޓަރުންގެ ފަރާތުން ލިބިވަޑައިގެންފައިވާ ކަމަށް.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވި ގޮތުގައި، އަންނަ މަސް ނިމޭއިރު ރާއްޖޭގައި ކޮވިޑް ބަލީގެ މީހަކު ނެތި، މި ބިރުވެރިކަމުން އަރައިގަނެވިއްޖެ ނަމަ ޗައިނާގެ މާކެޓަށް ނުވަތަ ސައުތު އީސްޓް އޭޝިއާ އަށް ރާއްޖެ ހުޅުވައިލެވޭނެ އެވެ. އެއީ ޗައިނާ، ޖަޕާން އަދި ކޮރެއާ ފަދަ ގައުމުތައް ހިމެނޭ ސަރަހައްދެވެ.
"މިއަދު ވެސް އަޅުގަނޑަށް އެނގުނު ރަޝިއާ އިން 300 އަށް ވުރެ ވެސް ގިނަ މީހުންގެ ބުކިން ހަދަން ގުޅާފައި އޮތްކަން. އެހެންވީމާ މިކަން ނިމުމާ އެކީގައި، އަހަރުގެ ފަހު ކުއާޓާ އާއި މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ގައި ބޮޑު ބޫމެއް އިންޑަސްޓްރީ އަށް އަންނާނެ ކަމަށް މި ކަމުގެ މާހިރުން ވިދާޅުވޭ،" ވަރަށް ޔަގީންކަމާއި އިތުބާރާ އެކު، ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އުންމީދުތަކެއް އެބަ އާވޭ. މި ދަނޑިވަޅުގައި ހިފަހައްޓާލަންވީ، ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި."
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ބޭއްވެވި މީޑިއާ ބްރީފިންގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
ރައީސް ގަބޫލުފުޅު ކުރައްވާ ގޮތުގައި، ކޮވިޑް ބައްޔާ އެކު، ރާއްޖޭގެ އިގްތިސޯދަށް އެރި ލޮޅުންތަކަށް ފަހު ރާއްޖެ ހަމަަޔަކަށް އެޅެން ނަގާނީ ހަ މަސް ދުވަހެވެ.
ކޮވިޑާ ގުޅިގެން ސަރުކާރުން އުފައްދާފައިވާ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު ހިންގާ ދަރުބާރުގޭގައި ދެ ގަޑިއެއްހާއިރަށް ބޭއްވެވި މީޑިއާ ބްރީފިންގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، މިހާރު ކުރިމަތިވެގެން މި އުޅެނީ "އިކޮނޮމިކް ކްރައިސިސް" އެއް ނޫން ކަމަށެވެ.
"ފައިނޭންޝަލް ކްރައިސިސްއެއް އައިސްގެން ނޫން މި އުޅެނީ. ބޭންކަތަކުގައި ފައިސާ އެބަހުރި. މީހުންގެ އަތުގައި ވެސް [ފައިސާ] އެބަހުރި. ޚަރަދު ކުރަން ވެސް ބޭނުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
"މިއަދު ވެސް އަޅުގަނޑަށް އެނގުނު ރަޝިއާ އިން 300 އަށް ވުރެ ވެސް ގިނަ މީހުންގެ ބުކިން ހަދަން ގުޅާފައި އޮތްކަން. އެހެންވީމާ މިކަން ނިމުމާ އެކީގައި، އަހަރުގެ ފަހު ކުއާޓާ އާއި މި އަންނަ އަހަރުގެ ފުރަތަމަ ކުއާޓާ ގައި ބޮޑު ބޫމެއް އިންޑަސްޓްރީ އަށް އަންނާނެ ކަމަށް މި ކަމުގެ މާހިރުން ވިދާޅުވޭ،" ރައީސް
ރައީސް ކުރިން ވިދާޅުވެފައިވާ ގޮތުގައި، މި މަހުގެ ފުރަތަަމަ 10 ދުވަހުގެ ތެރޭގައި ވެސް ރާއްޖޭގެ ޓޫރިޒަމް މިދިޔަ އަހަރާ އަޅާބަަލާއިރު 22.8 ޕަސެންޓް ދަށަށް ވަނީ ގޮސްފަ އެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހުގެ 26 އިން ފެށިގެން މިހާތަނަށް 161،740 ބެޑް ނައިޓް ކެންސަލް ވެފައިވާ ކަމަށް އެ މަނިިކުފާނު ވިދާޅުވި އެވެ. ނަމަވެސް ކޮވިޑުން ރައްކާތެރިވުމަށް ސަރުކާރުން އެޅި ވަރުގަދަ ފިޔަވަޅުތަކާ އެކު، ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު މިއިން ދުވަހަކު ވެސް ދަށަށް ނުދާ މިންވަރަށް ދަށްވެ، މިހާތަނަށް 50 ރިސޯޓު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ، މުޅި ދުނިޔެ އަށް އަށް އައިސްފައިވާ ކޮވިޑްގެ ބަލިމަޑުކަމުން ރާއްޖެ އަރައިގަތުމަށް އެ ފިޔަވަޅުތައް އަޅަން ކޮންމެހެން މަޖުބޫރު ކަމަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
26 March 2020
ހިފަހައްޓާން ޖެހެނީ ރާއްޖެއަށް ބިދޭސި މަސައްކަތުމީހުން އެތެރެ ކުރުމާއި އިމިޤްރޭޝަން ޤާނޫނާއި ހިލާފަށް އާންމުކޮށް ބިދޭސިން އެތެރެވަމުން އަންނަ ޤައުމުތަކަށް އޮންއެރައިވަލް ވީސާ ދޫކުރުން. # އަދި ހައުސިންގ މިނިސްޓްރީ، ވެމްކޯ، އެސްޓީއޯ، ފެލިވަރު، މޯލްޑިވިއަން، އެޗްޑީސީ އާއި އެމްއެލްސީ ފަދަ ސަރުކާރު ތަންތަނުގައި ތިބި ބިދޭސިން މުޅިން މަދުކޮށް ޓީއެމްއޭއާއި ރިސޯޓް ތަކުން %50 ބިދޭސިން މަދުކުރުމަށް އަންގަވާ. ދިވެހި އިޤްތިސޯދު ހިމާޔަތް ކުރައްވާ.
ސަމަޖުގަޔާ
26 March 2020
ދުނިޔެހިންގަންބޭނުންގޮތަށް ހިންގެންއަންނަނީ، ތިންހަތަރުމަސް، ނުވަތަ ހައެއްކަމަހަށްް ދުނިޔެތަޅުލައި، ސިފައިންނާއި ފުލުހުންނާއި، މީޑިޔާ ކުރީސަފަށްނެރެ، ލޯނާއި ސަބުސިޑީއިން ރައްޔިތުން މައިތިރިކޮށްގެންކަމަކީ އޮޅޭވަރުގެކަމެއްނޫނެވެ. އިންތިހާއަށް މުއްސަނދިބަޔަކު ބޭނުންވާގޮތަށް ދުނިޔެބައްޓަންވަމުން އެބަދެއެވެ. ކކބކ!
އޮނަރަބްލް އަފީފު ދީދީ
26 March 2020
ކުރިއަށް އޮތް 3 މަހަށް އެކަންޏެއްނޫން. ރާއްޖެއަށްވަންނަ ބޭރުފައިސާ ރާއްޖޭގެބެންކަކަށްވަދެފައިނޫނީ ބޭރަށްނުގެންދެވޭގޮތަށް ޤާނޫނަކުން ކަޑައަޅާންޖެހޭ. # މަރުކަޒީބެންކްގެ ޤަވަރުނަރު ބޭރުފައިސާގެ ޝޯޓޭޖްގެވާހަކަމަނިކުފާނަށްދަންނަވާ ސެންޓަރަލްބޭންކުން ބެންކްތަކަށް ޑޮަލަރުދޫކުރުމަށްލަފާދެއްވުމުން ރާއްޖޭގެއިޤުތިސޯދަށް ވަންނާންޖެހޭޑޮލަރު ބަރާބަރަށްރާއްޖޭގެބެންކްތަކަށްވަންނަތޯއާއި ޑޮލަރު ނުވަންނަނަމަ އެފައިސާއަށް ވާގޮތައި ބެހޭގޮތުން ސުވާލު ކުރެއްވިންތޯ؟
ލީލާ
26 March 2020
ރައީސް ނަޝީދު ކައިރީގަ ބުނޭ 3 މަސް ވަންދެން ބޭކަަރު އަދި ފިތުނަވެރި ވާހަކަ ނުދައްކާ މަޑުން ހުންނާށޭ! ނޫނީ އިބޫގެ ކައިރީގައި ތިބި މަދު ޓެކްނިކަލް މީހުން ކުރާކަން ދާނީ ފަނުފުލުން. މުޅި ރައީސް އޮފީސް ތެރެ ވަނީ ބަދަލު ކުރަން ޖެހިފަ! ހާއްސަ ކޮށް ޓޮކްސިކް ސިއްކަމޮހޮރީގެ ނަމުގައި އުޅޭ މަހުޖަނުގެ އަންހެން ދަރި!
އޮނަރަބްލް އަފީފު ދީދީ
26 March 2020
ޙަޤީގަތުގައިވެސް "މިއީ ހިފަހައްޓާލަންޖެހޭ 3 މަސް" ކަމުގައި ދައުލަތުންކަޑައަޅާންޖެހޭ. # މިގޮތުން ބޭންކްތަކާއި މާލީސްކީމްދޫކުރާ ފަރާތްތަކަށް މިހާރުހުށަހަޅާ ޕްރޮސެސްކޮށްފައިވާފަރާތްތައްފިޔަވާ ކުރިއަށްއޮތް 1 އަހަރުދުވަހަށް 1 ލަައްކަ ރުފިޔާއަށްވުރެންދަށުގެ ސްކީމްތައްހުއްޓާލުމަށާއި، ރާއްޖޭގައިހުންނަ އެއްވެސްބޭންކެއްގެ ޕީއޯއެސް މެދުވެރިކޮށް ބޭރުގެ ބެންކަކަށް ފައިސާ ޖަމާކުރުން ހުއްޓުވުމާއި، މަނީ ޤްރަމް، ވެސްޓަރން ޔުނިއަން މޮނިޓަރިން ހަރުދަނާކުރަންޖެހޭ.
ޅަބޭ
26 March 2020
3 މަސް ފަހުން ކިހިނެތް ވާނީ، މިސްޓަރ ރޯނު އެދުރު؟
ރަދީފު ބިން ރަފައިދާ
26 March 2020
މިހުރީ ބެލްޓު ބާރުކޮށްގެން. ގޮނޑިޔާލާ ބަނދެލައިގެން. ދެން ގުޑުގުޑެއްނާޅާނެ.
ގައުމުގެ ދޫ
25 March 2020
ގައުމަށް ރަނގަޅުގޮތް ވުމަށް ހަމަ ކޮންމެ ބޭފުޅަކުމެ އެދެންވާނެ، ގައުމަށް ފާގަތިކަން ލިބުނީމާ، ގައުމަށް ތަރައްގީކަން އައީމާ ހަމަ ކޮންމެ ފަރުދަކަށްމެ ރަނގަޅުވާނެ. ވުމާއެކު، ސިޔާސީ ފިކުރު އެއްކިބާކޮށް ގައުމަށް ދިމާވާ އެކިކަހަލަ ގޮންޖެހުންތަކުން އަރައިގަތުމަށް ކޮންމެ ދިވެހިދަރިއެއްމެ އަތުކުރި އޮޅާލާންޖެހޭ!
ރަދީފްް
25 March 2020
ތިންމަސްވާއިރު އަހަރެމެންގެ ޒަމާންކަލޯގެއާ ހުންނާނީ ގޮސްފަ. މިހާރުވެަސް ކިރިޔަކިރިޔާ މިތިބެވެނީ.
މައިޒާން
25 March 2020
މަނިކުފަނޫ، ރަދީފޫ ކޯޗެއް އެނގިގެން ތި އުޅެނީ. ތީހަމަ މަރުމޯލެއް.
ވިސްނޭމީހާ2
26 March 2020
ކޮންހާ ދޮގެއް ހަދާކަށް . އެހެން ގައުމުގެ މީހުން އުޅޭ ހާާލާބަލާފަ ދިވެހިން މިއުޅެނީ ކޮންފަދަ ނިއުމަތެއްގަ..ދިވެހިންނަށް ދަތި އެއްވެސް ކަމެއް ނެތް...ތިކަހަލަ އެއްޗެހި ތި ކިޔަނީ ޝުުުުުުުކުުުުރު ނުކުރާ މީހުން