ރައީސް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަނީ: ވައިރަހުން ސަލާމަތްވާން ރާއްޖެ އިން ހޯދާ ކުރިއެރުންތަކާ އެކު ވެސް އިލްތިމާސްކުރެއްވީ ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދަށް ރައްޔިތުން އަމަލުކޮށްދެއްވުމަށް.
26 މާޗް 2020 - 13:45
ކޮރޯނާވައިރަހުގެ ބިރުވެރިކަމަށް ވުރެން ވެސް ބައެއް މީހުންގެ ޝަކުވާ އަދި ކަންބޮޑުވުމަކަށް ވީ، ރާއްޖޭގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މި ބައްޔާއާ އެކު، ސަރުކާރުގެ ފިޔަވަޅުތަކާ ގުޅޭ ގޮތުން ރައްޔިތުންނަށް އިއްޔެއާ ހަމައަށް ބަސްފުޅެއް ވިދާޅު ނުވުމެވެ. އެ މަނިކުފާނު ހިމޭނުން ހުންނެވުން އެކި ގޮތްގޮތަށް މާނަކޮށް ފާޑުކިއުން އަމާޒުކުރި އިރު، އިއްޔެއާ ހަމައަށް ވެސް އެ ނުތަނަވަސްކަން އޮތެވެ.
ޗައިނާގެ ވޫހާންގައި، ކޮވިޑް-19 ބަލި ޖައްސާ ކޮރޯނާވައިރަސް ފެތުރި، ނުރައްކާތެރި ހާލަތެއްގެ އިންޒާރު ލިބުމާ އެކު، ރާއްޖެ އިން މިދިޔަ ޖެނުއަރީ 6 އިން ފެށިގެން ފިޔަވަޅުތައް އަޅަން ފެށި އެވެ. ހެލްތު މިނިސްޓްރީ އިސްވެ އޮވެ އެޗްޕީއޭ އާއި ކަމާބެހޭ އިދާރާތައް ގުޅިގެން ރައްކާތެރިވުން ކުރިއަށް ނެރެ، ހާލަތު ދުވަހުން ދުވަހަށް އާއްމުންނަށް ކިޔައިދެ އެވެ. އެކަމަކު، މުޅި ރާއްޖެ ވެސް ހުއްޓިފައި އޮތް މިފަދަ ދަނޑިވަޅުގައި އިންތިޒާރުކުރީ ރައީސްގެ ވިސްނުންފުޅަށެވެ.
މުޅި ދުނިޔެ ބިރުވެރިކޮށްލި މި ވައިރަހާ ގުޅޭ ގޮތުން، ފުރަތަމަ ފަހަރަށް ނޫސްވެރިންނާ އިއްޔެ ވާހަކަފުޅު ދައްކަވައި ރައީސް އާއްމުންނަށް ދެއްވީ ހިތްހަމަޖެހުމުގެ ފަރުވާ އެކެވެ. ވާހަކަފުޅު ފެއްޓެވީ ވެސް އާއްމުންގެ ކަންބޮޑުވުންތަކާ ގުޅުވަ އެވެ. އެ މަނިކުފާނު އެއްޗެއް ވިދާޅުވުމަށް ވުރެ މުހިއްމީ ސިއްހީ ޚިދުމަތްތެރިންގެ ލަފަ އާއި އިރުޝާދަށް އަމަލުކުރެއްވުން ކަން ވިސްނައި ދެއްވި އެވެ. މަރުގެ މި ބަލީގެ ފަރުވާގައި، ރާއްޖެ އިން މިހާތަނަށް ހޯދި ކާމިޔާބުގެ ފަހަތުގައި ތިބީ، ރައީސްގެ ވާހަކަފުޅު ފައްޓަވަމުން ފާހަގަކުރެއްވި ގޮތުގައި، ސިއްހީ ހިދުމަތްތެރިންނެވެ.
ރާއްޖޭގައި މިހާތަަނަށް 13 ބިދޭސީން/ޓޫރިސްޓުންނަށް މި ބަލި ޖެހިފައިވާ އިރު، އަށް މީހަކު ވަނީ ރަނގަޅުވެފަ އެވެ. ފަރުވާދެމުން އަންނަނީ ފަސް މީހަކަށެވެ. އެ މީހުންގެ ހާލު ވެސް ރަނގަޅު ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
މިއީ، ދުނިޔޭގެ ނިސްބަތުން ވެސް ކާމިޔާބީއެއް ކަން ފާހަގަކުރެއްވުމާ އެކު ރައީސް ވިދާޅުވި ގޮތުގައި، ދެން ވެސް މިކަމުގައި އެންމެ އިސް ބަސް އަދި ފަހު ބަސް ބުނާނީ ސިއްހީ ދާއިރާގެ ތަޖުރިބާކާރުންނެވެ. ދެން ވެސް އެ މަނިކުފާނު ކަންކަން ނިންމަވާނީ އަދި އިދާރާތަކުން ކަންކަން ތަންފީޒުކުރާނީ ރައްޔިތުންނަށްޓަކައި، ވަރުބަލިވުމެއް ނެތި ޚިދުމަތުގައި ތިބި ސިއްހީ ތަޖުރިބާކާރުންގެ އެވެ.
ދަރުބާރުގޭގައި ހަދާފައިވާ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ، ކޯވިޑް-19 އާއި ގުޅިގެން، ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ ގުޅޭގޮތުން ނޫސްވެރިންނާ މަޢުލޫމާތު ޙިއްޞާކުރެއްވުމައް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަނީ .---ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު
ކުރިއަށް އޮތް ތަނުގައި ގައުމުގެ ހާލަތު އޮންނާނެ ގޮތް އަދި ސަރުކާރުގެ ވިސްނުން ވެސް ހާމަކޮށްދެއްވި އެވެ. ސިއްހީ ދާއިރާގެ އަގު ވަޒަން ކުރެއްވުމާ އެކު، ރައްޔިތުންގެ ޒަރޫރީ ބޭނުންތަކާއި ސަރުކާރު މުވައްޒަފުންނާއި ކިޔަވާ ދަރިވަރުންނާއި ވިޔަފާރިވެރިތަކަށް އަންނަ ލޮޅުމާއެކު ޖުމްލަކޮށް ހުރިހާ ދާއިރާއެއްގެ ވިސްނުން ސާފުކޮށްދެއްވި އެވެ.
ސޯޝަލް މީޑިއާގައި އިއްޔެ އާއި މިއަދު ވެސް އޮތީ އެ ބަސްފުޅުތަކުން ލިބުނު ހިތްހަމަޖެހުމަށް ތައުރީފެވެ.
In his news conf.Presdnt Solih addressed all issues relating to the measures govt is undertaking to protect the people from Covid-19 and to ease its economic impact.His saying that in the health issues he’s following only health experts advice was reassuring.Excellent performance
— Mohamed Muizz Adnan (@muizzadnan) March 25, 2020
ވައިރަހަށް އަޅާ ފިޔަވަޅުތަކާ ގުޅިގެން ރައީސް ދެއްކެވި ވާހަކަފުޅާ ގުޅޭ ގޮތުން ކުރީގެ ޖަސްޓިސް މިނިސްޓަރު މުހައްމަދު މުއިއްޒު އަދުނާން ކުރެއްވި ޓުވީޓެއް.
ރައީސްގެ ވާހަކަފުޅާ ގުޅިގެން ސޯޝަލްމީޑިއާގައި ބައެއް މީހުން ލިއުނު ގޮތުގައި "ހިތްހަމަޖެހުން ލިބިއްޖެ" އެވެ.
A very productive and informative news conference. Thankyou Mr. President Ibrahim Mohamed Solih for the constructive measures taken by ur government to over come this pandemic currently faced by the nation and the whole world.Together v shall win as a nation, In Shaa Allah 👍👌 pic.twitter.com/1rzxugCkrS
— Usaid Ali (@PoetryUsaid) March 25, 2020
އެކަކު ލިއެފައިވާ ގޮތުގައި، ދިވެހިންނަށް އެންމެ ދަތި އުނދަގޫ ވަގުތުގައި ރައީސް ވަނީ ހަރުދަނާ ފިޔަވަޅުތަކަކަށް އިސްކަން ދެއްވައިފަ އެވެ. ގެދޮރުގެ ކުލި އަގު ބޮޑުވުމުގެ ކަންބޮޑުވުމާ އެކު ވެސް ފެން ބިލާއި ކަރަންޓް ބިލް އަގު ހެޔޮކޮށް، ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް ހަމަޖައްސައިދިނުމުގެ ހިތްހަމަޖެހުން އެބައޮތެވެ.
Thank You Mr.President Ibrahim Mohamed Solih 👏👏👏 @ibusolih pic.twitter.com/TpYCx1HmuG
— Ran Reendhoo Gofi (@RanReendhooGofi) March 21, 2020
ރައީސްގެ ވާހަކަފުޅާ ގުޅިގެން ހިތްހަމަޖެހުން ފާޅުކުރެއްވި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވިދާޅުވި ގޮތުގައި، ރައީސްގެ ވާހަކަފުޅުން ނުތަނަވަސްކަން ފިލައިގެން ހިނގައްޖެ އެވެ. ޚާއްސަކޮށް އޭނާ ފާހަގަކުރެއްވީ ކިޔަވާ ކުދިންނާއި އެ ކުދިންގެ އާއިލާތަކަށް ލިބުނު ލުޔެވެ.
މާޔޫސްވެފަތިބި އެތައް ކިޔަވާކުދިންނާއި އެކުދިންގެ އާއިލާތަކަށް ހިތްހަމަޖެހުމެއް ލިބިއްޖެ. ރައީސް @ibusolih ގެ ޕްރެސް ބްރީފިންގ ގެސަބަބުން ގިނަބައެއްގެ ނުތަނަވަސްކަން ފިލައިގެން ހިގައްޖެ. ޤައުމުގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތްކުރާ އެންމެންނަށް ޝުކުރު ދަންނަވަން. https://t.co/g1kZ7er9AX
— Abdulla Riyaz MP (@riyazabdulla) March 25, 2020
މާޔޫސްވެފަތިބި އެތައް ކިޔަވާކުދިންނާއި އެކުދިންގެ އާއިލާތަކަށް ހިތްހަމަޖެހުމެއް ލިބިއްޖެ. ރައީސް @ibusolih ގެ ޕްރެސް ބްރީފިންގ ގެސަބަބުން ގިނަބައެއްގެ ނުތަނަވަސްކަން ފިލައިގެން ހިގައްޖެ. ޤައުމުގެ ހާލަތު ރަގަޅުކުރުމަށް މަސައްކަތްކުރާ އެންމެންނަށް ޝުކުރު ދަންނަވަން. https://t.co/g1kZ7er9AX
— Abdulla Riyaz MP (@riyazabdulla) March 25, 2020
Excellent press conference by President. Informed, confident and very much aware of the issues. Proud to work with such a humane leader. @presidencymv
— Aishah Didi (@aishamdidi) March 25, 2020
- ކޮވިޑް-19އާ ގުޅޭ ފިޔަވަޅުތައް އަޅަނީ އެންމެންގެ ރައްކާތެރިކަމަށް، ސިއްހީ ތަޖުރިބާކާރުންގެ އިރުޝާދަށް.
- އިތުރު އެއް ހަފުތާ އަށް ސަރުކާރު ބަންދު، ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުން ވެސް ބަންދު.
- އޮން އެރައިވަލް ވިސާ ދޫކުރުން މާދަމާ އިން ފެށިގެން ވަގުތީ ގޮތުން ހުއްޓާލަން ވަނީ ނިންމާފައި.
- ރިސޯޓްތަކުގެ މުވައްޒަފުންނަށް ދަތުރުފަތުރު ފެށޭނީ އެންމެ ފަހު ފަތުރުވެރިޔާ ފުރާ ތާރީޚުން ފެށިގެން 14 ދުވަސް ހަމަވުމުން.
- ލޯންތައް އަދާކުރުމުގައި ލުއި ގޮތެއް ހަމަޖައްސައިދޭން ވަނީ ނިންމާފައި.
- ރާއްޖޭގެ ހުރިހާ ގޭބިސީއެއްގެ އޭޕްރިލް އަދި މެއި މަހުގެ ކަރަންޓު ބިލާއި ފެންބިލުން ވަކި ޕަސެންޓެއް ސަބްސިޑައިޒްކޮށްދޭން ވަނީ ނިންމާފައި.
- އިންޓަނެޓްގެ ޚިދުމަތަށް ލުއި ގޮތެއް ހަމަޖައްސަން އަންނަނީ މަސައްކަތް ކުރަމުން.
- ރައްޔިތުންނަށް 10 މަސް ދުވަހަށް ވާވަރަށް ހަނޑުލާއި ހަކުރު އަދި ފަސް މަސް ދުވަހަށް ވާ ވަރަށް ފުށުގެ ސްޓޮކެއް އަންނަ އޭޕްރީލް މަހުގެ 15ގެ ނިޔަލަށް ހަމައަށް ރާއްޖެއަށް ގެނައުމަށް ވަނީ ނިންމާފައި.
ރައްޔިތުންގެ ކަންބޮޑުވުމާއި އޮޅުންފިލުވަން ބޭނުންވާ ކަންކަމާ ގުޅުވައި ނޫސްވެރިން ކުރި ސުވާލުތައް ހުސްވަންދެން ރައީސް ދެއްވީ އުއްމީދީ ޖަވާބުތަކެކެވެ. އެ ޖަވާބުތަކުން އުއްމީދާއި ހިތްހަމަޖެހުން ލިބިފައިވިޔަސް ވައިރަހުގެ ނުރައްކާ ނިމުނީއެއް ނޫނެވެ!
ސިއްހީ މާހިރުންގެ ވިދާޅުވާގޮތަށް ގެއިން ނުނިކުމެ ތިބެން އިލްތިމާސްކުރެއްވި އެވެ.
ތަކުރާރުކޮށް ރައީސް ވިދާޅުވީ އަމަލުކުރަންވީ ސިއްހީ ތަޖުރިބާކާރުންގެ ބަހަށް ކަމަށެވެ. ރާއްޖެ އިން މުޅި ދުނިޔެ އަށް ނަމޫނާ ދެއްކުމުގައި، މުހިއްމީ އެއްބައިވަންތަ ކަމެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ލޯގަނޑު
28 March 2020
އޮދިއަޑިޔަށްހިގާދާނެހެން ހީވީމާ. އެއްޗެއްބުނީ. ނިގައުމު އަޑިޔަށްގަންބާލިވާހަކަ. ލޯނުތަކެއްނެނިވާހަކަ. ތިލާރި ވަންނަތަނެއް ބަލަންތިބެބަލަ.
ކަޅި
28 March 2020
ޚަބަރުގައި އެއްބައެއްގެ ޚިޔަާލު. ދެފަރާތހުގެ ޚިޔާލު ލިޔަނޖެހޭ.
ސާދާސީދާ
27 March 2020
މިއީ ގަޓް ރައީސް އަކީ. އިންސާނިއްޔަތުކަން ހުންނަ، ހިތްހެޔޮ، ވަކި މީހަކަށް ޒާތީ ހަސަދަނުލާ ރައީސެއް!
އެމްޑީޕީމީހާ
27 March 2020
ދިވެހިންނަ ހިނިތުން އަންނާނީ އިންޑިޔާ ސިފައިންނާ އިންޑިޔާގެ ހެލިކަޕްޓަރު ފޮނުވާލީމަ.
ޤާޒީ
26 March 2020
ރައީސް އެކިއެކި މައްސަލަތަކާއިގުޅިގެން ކޯޓަށް ދައްކަންޖެހޭ ފައިސާއަށްވެސް ލުޔެއްހޯދައިދިނުމަކީ ވަރަށްރަނގަޅުކަމެއްކަމުގައި ދެކެމެވެ.
އަލީ ރަސްގެފާން
26 March 2020
ވަރައް ކަޑަ ވެރިކަމެއްމީ.
އެމްޑީޕީމީހާ
26 March 2020
ދުސްމަނަކު ނާންނާނެ ހަރުފައެއްގެ ސިފާގަ. މީހުންނަ ދައްކާނީ ހިނިތުން.
މަންޑޭލާ
26 March 2020
އެމްޑީޕީ މޮޅީ މީހުން ހައްދަން ޤައުމު ހިންގާކަށް ކަމަކުނުދޭ.
ޝޮކްތެރަޕީ
26 March 2020
ހިތުން ރަގަޅުމީހަކަށްވެގެން މި ރައިސް މި އުޅުއްވަނީ. ކޮންކަމެއްތޯ ޤައުމަށް ކޮއްދިނީ. މިވަރުވެސް މިވީ ކުރީގެ ސަރުކާރުގެ އިގްތިސޯދު ރަގަޅުކޮއްފަ އޮތީމަ. މި ރައިސް ކުރާކަމަކުން އިންޑިޔާ ހީވަނީ އެމީހުންގެ ޤައުމުގެ ބައެއްހެން ރާއްޖެއަކީ. މީތި ކަޑައޭ
ޢަޙު12
26 March 2020
ތައިލޭންޑުގަ ތިބި ދިވެހިންނަށް ދަތިކަން ކުރި މަތިވެ ގޮތް ހުސްވުމުގެ ކުރިން، އެހީވެދީ... ރާއްޖެ ދެވޭނެގޮތެއް ނެތިފަ މިތިބީ. ޢެ މްބަސީން އަޅާވެސް ނުލާ...