29 މާޗް 2020 - 15:22
ފަސް ކުރާ ލޯނުތަކަށް ޑަބަލް އިންޓްރެސްޓް ނާރާ ގޮތް ހަމަޖައްސައިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.
ކޮރޯނާވައިރަސްއާ ގުޅިގެން ދިމާވެފައި އޮތް އިގުތިސާދީ ބޮޑު ހުއްޓުމާ ގުޅިގެން ސަރުކާރުގެ އިކޮނޮމިކް ޕެކޭޖުގެ ތެރެއިން ޕާސަނަލް، ހައުސިން އަދި ވިޔަފާރި ލޯނުތައް ދެއްކުން ހަ މަސް ދުވަހަށް ފަސްކޮށްދީފަ އެވެ.
ބޭންކުން ކުރިން ކަނޑައަޅާފައިވާ ގޮތުން ފަސް ކުރާ މުއްދަތުގައި ނަގާ އިންޓްރެސްޓް އެއް މަހުން އަނެއް މަހަށް ދާނީ ބޮޑުވަމުންނެވެ. އެހެން ނަމަވެސް މިހާރު ވަނީ ފަސް ކުރުމާ މުއްދަތުގައި އިންޓްރެސްޓަށް ފިކްސްޑް އަދަދެއް ކަނޑައަޅައިފަ އެވެ. އެހެންވެ އިންޓްރެސްޓްގެ މައްޗަށް އިންޓްރެސްޓް ނުވަތަ ކޮމްޕައުންޑް އިންްޓަރެސްޓް ދައްކާކަށް ނުޖެހޭނެ އެވެ. މި ބަދަލާ އެކު ވެސް އިންޓްރެސްޓްގެ ގޮތުގައި ވަކި އަދަދެއް ހަ މަސް ދުވަހު ދައްކަން ޖެހޭނެ އެވެ. އަދި އިންޓްރެސްޓްގެ ގޮތުގައި އަރާ ވަރު ބަހާލައިގެން ފަހުން ދައްކަން ޖެހޭނެ އެވެ.
ބޭންކުން ގެންނަ މިބަދަލާ ގުޅިގެން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، ބޭންކުން އަންނަނީ ކަސްޓަރަމުންނަށް ލުއިކޮށްދިނުމުގެ ގޮތުން އިންޓަނޭޝަނަލް ސްޓޭންޑާޑްތަކާ އެއްގޮތަށް ފިޔަވަޅުތައް އަޅަމުން ކަމަށެވެ.
The bank has been trying to do their utmost to help the customers and the country according to the best of its ability and as per the international standards that it must follow and adhere to, and will continue to monitor the situation as it unfolds.
— އިބްރާހިމް އަމީރު (@iameeru) March 29, 2020
އެގޮތުން ދެން ޖެހިގެން އަންނަ ހަ މަސް ދުވަހު، ކޮންމެ މަހަކު ދައްކަން ޖެހޭ މިންވަރުން 20 ޕަސެންޓް މަދުކޮށްދޭން ވެސް ބޭންކުން ވަނީ ނިންމައިފަ އެވެ. މިގޮތަށް ބޭންކް ލޯނު ފަސް ކުރުމުން، ފަސްކުރާ ލޯނުތަކުގެ މުއްދަތު އިތުރު ހަ މަހަށް އިތުރުވާނެ އެވެ.
ގައުމީ ބޭންކުން ވަނީ މި މަހުގެ 1 އިން އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ލޯނުތައް ފަސްކޮށްދޭން ނިންމައިފަ އެވެ. ލޯނު ފަސްކޮށްދިނުމަށް އޮތް ހަމައެކަނި ޝަރުތަކީ ލޯނު ދައްކަން ޖެހި އެކަމަކު ނުދައްކާ އެއްވެސް ފައިސާއެއް ނެތުމެވެ. އޭގެ މާނައަކީ ލޯނު ފަސްކުރުމުގެ ފުރުސަތަށް އެދުމުގެ ކުރިން އެއްވެސް ޕޭމަންޓެއް ނުދައްކާ އޮތް ނަމަ، އެބައި ހަލާސްކުރުމެވެ.
ބީއެމްއެލުން ބުނީ ލޯނު ފަސްކުރަން ކޮންމެ ކަސްޓަމަރަކަށް ވެސް ވަކިވަކިން ލޯނާ ގުޅޭ މައުލޫމާތު ފޯރުކޮށްދީ، އެކަމަށް ފަސޭހައިން އެދެވޭނެ އިންތިޒާމް ވެސް ހަމަޖައްސައިދޭނެ ކަމަށެވެ. އޭގެ ބައެއްގެ ގޮތުން އޮންލައިންކޮށް ފޯމު ހުށަހެޅޭނެ ގޮތް އަންނަ ހަފްތާގައި ހަމަޖައްސާނެ ކަމަށް ވެސް ބޭންކުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ގެދޮރު ނެތް މާލޭމީހާ
30 March 2020
ބޭންކް ލޯން ނެގުމަކީ އަހުވައެއް. އެކަމަކު އެ ނުނަގާ ވާނެ އެއްގޮތެއްވެސް ނިކަމެތިންނަކަށް ނެތް. ކޮންޕައުންޑް އިންޓަރެސްޓެއް ނުނަގަމޭ ބުނެފަ އެ އޮތީނު ސިމްޕަލް އިންޓަރެސްޓެކޭ ނަގާނީ. ފެން ދީފަ ކަތިލާނެ.
މޯޑޭ
30 March 2020
އިންޓަރެސްޓަކީ ބެންކަށް ވާ ފައިދާ. އެކަނޑާ ނުލާނެ އެމީހުން ހަމަ ހޭގަ ތިބެގެން ޑަބަލު ނުނެގީއާ ޓުރިފުލު ވެސް ނަގާނެ. އޭރުންތާ އަހަރީ ބޯނަހާ ލަގުޒަރީ އެފާޓްމަންޓްތައް ބެންކުފަންޑުން ގަނެވޭނި އަތުން މާ ބޮނޑް އެއްޗެއް ނުގޮސް.
މަކަރޭ
29 March 2020
ލޯން އިންޓްރެސްޓަކީ ރިބާއެއް ނޫންތަ؟
ފީކަޅަ
29 March 2020
ޚަބރުގަ ލިޔެފަ އޮތްއެއްޗަކާއި ބީ.އެމް.އެލް ގެ ބަޔާނުގައި އޮތްއެއްޗެއް ދިމައެއްނުވޭ. 6 މަސްދުވަހަށް އަރާވަރު ފަހުން ބަހާލައިގެން ދައްކާވާހަކައެއް ނޫން ބަޔާނުގައި އޮތީ. 6 މަސްދުވަހަށް އަރާ އިންޓަރެސްޓް ލޯންގެ ބާކީއަށް އެއްކުރާނެވާހަކަ އޮތީ. އޭގެ މާނައަކީ 6 މަސްދުވަސް ފަހުން ލޯން ދައްކަންފަށާއިރު ލޯނުގެ އަދަދު ބޮޑުވެފަ އޮންނާނީ. އަދި އެދުވަހުން ފެށިގެން އިންޓަރެސްޓްގެ މައްޗައް އިންޓަރެސްޓް ވެސް އަރާނެ.
ބޮޑުމީހާ
29 March 2020
އެހެންވީމަ ބޭންކުން އަމިއްލައަށް އެއްބަސް މިވީ ކުރިން އުޅުނީ ޑަބަލް އަދި ކޮމްޕައުންޑު އިންޓަރެސްޓް ނަގާ ރައްޔިތުން ރަގަޅަށް ފެލާލަން. އަދި މިހާރު ތިނަގާ އިންޓރެސްޓްވެސް ނެގިގެން ނުވާނެ. 6 މަހަށް ފަސްކުރަންޏާ އިންޓަރެސްޓާއެކީ ފަސްކުރާނީ
ޑިނގާ
29 March 2020
ތީ ގައުމީ ބޭންކުގެ ލަގަބު ހައްގު ބަޔެއްނޫން.
ހުސޭން
29 March 2020
ވާންޖެހޭ ގޮތް އަދިވެސް ސާފެއް ނުވޭ، ތަންކޮޅެއް ތިލަކޮށް ކިިޔާލަދީ.. މިސާލަކަށް މީހަކު 2018 ވަނަ އަހަރު ބޭންކް އިން މިނެގީ 3 ލައްކަ ރުފިޔާގެ ލޯނެއް %12 އިންޓަރެސްޓަށް 5 އަހަރު ދުވަހުގެ މުއްދަތަށް، އޭނާ ބޭންކަށް ދައްކަންޖެހެނީ މަހަކު -/6673ރ ގެ 60 އިންސްޓޯލްމެންޓ
ލޯނު
30 March 2020
ޖެނުއަރީ 2018 ގައި ލޯނު ނެގި ކަމުގައި ވާނަމަ، މިމަހު ރީޕޭމެންޓް ދެއްކުމުން 194،258.73 ރުފިޔާ ގެ އައުޓްސްޓޭންޑިންގ ނުވަތަ ބާކީ އިންނާނެ. މިހާރެކޭ އެއްގޮތަށް ދައްކާނަމަ ޖުމްލަ 60 މަހަށް އަރާނީ 406،365.84 ރުފިޔާ. އެހެން ނަމަވެސް އޭޕްރީލުން ފެށިގެން އެއްވެސް ވަރަކަށް ރީޕޭމެންޓް އެއް ނުދައްކައިފި ނަމަ އެ ހަމަހަށް ވާ ޖުމްލަ 40،038 ރުފިޔާ ލޯނުގެ ބާކީ ތެރެއަށް އެއްކުރެވި ބާކީ މަސްތަކަށް ބަހާލުމުން ޖުމްލަ 420،855.26 ރުފިޔާ ދައްކަންޖެހޭނެ.
އެމްޑިޕީ ސޮރު
29 March 2020
ދިވެހިންގެ ބޭންކު އެންމެންގެ ބޭންކު. ރައްޔިތުން ފެލާ ބޭންކު.
ހައްސާ222
29 March 2020
މިއަންނަ ހަފުތާއަށް މަޑު މިކުރަނީ މިހިނގާ މަހުގެ ޕޭމަންޓް ކަސްޓަމަރުންގެ އެކައުންޓުން ކަނޑަންވެގެން ކަން ޔަގީން. ނަމުން އަހަރެންގެ ބޭންކް. ކަމުން އަހަރެމެން ފެލާލާ ބޭންކް.
މޯޑް
29 March 2020
ރައީސް މީހާ ދަށްކާ ވާހަކަ އާއި އަމީރު ބުނާ އެއްޗަކާއި ބެންކުން މި ބުނާއެއްޗެއް ދިމަލެއް ނުވޭ. ބެންކުން އަދިވެސް އެބުނަނި ފައިސާ ނުދަށްކާ 6 މަހު އިންޓަރރެސްޓް ނެގޭނޭ. ރަށްއިތުންނަށް ސާފްވާ ގޮތަށް ކިޔާދީބަލަ