ޚަބަރު / ފުލުހުން

61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހިމެނޭ މީހުންގެ ވަނަވަރު ހާމަކޮށްފި

61 ކިލޯގެ މަސްތުވާތަކެތީގެ މައްސަލާގައި ހައްޔަރު ކުރި މީހުން -- ފޮޓޯ: ޕޮލިސް

ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި 61 ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރި 11 މީހުންގެ ވަނަވަރު މިރޭ ފުލުހުން ހާމަކޮށްފި އެވެ.

ފުލުހުން އެ އޮޕަރޭޝަން ހިންގީ މި މަހުގެ 20 ވަނަ ދުވަހު ގ. ބޮއިލިންފިޝް އަހުމަދު ވިސާމާއި އިތުރު ބަޔަކު ގުޅިގެން ފުޅާ ދާއިރާއެއްގައި ރާއްޖެ އަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކް ކުރާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެންނެވެ. އެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ އިރުއަލިމަސް ދޯނީގެ އިތުރުން މާލެ އާއި ހުޅުމާލެއިން ހަތަރު ގެއެއް ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

61 Kilo ge massthuvaathakehchaa eku 11 meehaku hayyaru koffi

61 Kilo ge massthuvaathakehchaa eku 11 meehaku hayyaru koffi

The most trusted news source in the Maldives

Mihaaru

61 ކިލޯގެ މަސްތުވާތަކެއްޗާއެކު 11 މީހަކު ހައްޔަރު ކުރުން--

އެ ފާސްކުރުމުގެ ތެރެއިން 61 ކިލޯގެ ހެރޮއިންގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ ކަމަށް ތުހުމަތު ކުރެވޭ ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދާފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އެ މައްސަލާގެ ތުހުމަތުގައި މިދިޔަ ބުރާސްފަތި ދުވަހު ހައްޔަރު ކުރި 11 މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހައި ދީފައިވާ ކަމަށެވެ.

މި އޮޕަރޭޝަންގައި ފުލުހުން އަތުލައިގަތް މަސްތުވާތަކެތި -- ފޮޓޯ: ޕޮލިސް

ހައްޔަރު ކުރި 11 މީހުންގެ ތެރެއިން ހަތް މީހުންނަކީ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ދޯނީގައި ދަތުރު ކުރި މީހުން ކަމަށް ވެސް ފުލުހުން ބުންޏެވެ. އަނެއް ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ މާލެ އާއި ހުޅުމާލެއިންނެވެ.

ހައްޔަރު ކުރި މީހުން

- އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް

- މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ

- މުހައްމަދު މާއިޝް/ މ. މާކޮޅު

- މުހައްމަދު ޝާމިން/ މއ. ވިރާހު

- އަހުމަދު ޝިފާޒް/ ހުޅުމާލޭ ފްލެޓް 06ޖީ4

- އަބްދުﷲ ޝާމް/ މއ. ބޯޅަކިންކިރިމާގެ

- ހުސައިން ސުނާޒް/ މ. މުލި، ސޯސަންވިލާ

- ސައުދުﷲ ރަޝީދު/ މ.ކެޕްރިކޯން

- މުހައްމަދު ނަޝީދު/ މ.މުލި، ހުދުފިނިފެންމާގެ

- މުހައްމަދު މާއިދު/ މ. ކޮޅުފުށި، އޯޝަންވިއު

- މުހައްމަދު ރިޟްވާން އިބްރާހިމް/ މ. މުލި، މުސްތަރީގެ

ފުލުހުން ބުނީ އެ އެންމެންނަކީ ވެސް މަސްތުވާތަކެއްޗާއި އެހެނިހެން މައްސަލަތަކުގެ ކުށުގެ ރެކޯޑް އޮތް ބައެއް ކަމަށެވެ.

ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު ބުރާސްފަތި ދުވަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަތުލައިގަތް 61 ކިލޯގެ ހެރޮއިންގެ އަގު 72 މިލިއަން ރުފިޔާ އަށް އަރާ ކަމަށެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފަހުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާ އެކު އެ ވިޔަފާރީގައި ހަރަކާތްތެރިވާ އެތައް ބަޔަކު ވަނީ ހައްޔަރު ކޮށްފަ އެވެ.

56 ކޮމެންޓް, 147 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 11%
icon angry icon angry 9%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮޕަރޭޝަން

04 October 2020

ގަދަ. ދެން ރޯމާ މެނދުރު މަގުމަތީ އަމަލުވެގެން މި އެނބުރެނީ ، ހާމަކަންމަތީ ގަނެވިިއްކުން މާލެ، ވިލިމާލެ، ހުޅުމާލެ މީ ކޮންކަމެއް. ބޮވެނެޖެހޭނެތީ ދޯ

The name is already taken The name is available. Register?

4578

04 October 2020

ދެން މިހާރު މިގައު މުގެ ހުރިހާ ރައްޔިތުން ކުރާނެ ސުވާލަކީ ތި މީހުން ދޫކޮށްލާނި ކޮންއިރަކުންތޯ.. މިއީ ގައު މެއްގެ ހާލަތު ގޮސްފައިވާ މިންވަރު.. .މުއައްސަސާތައް ގައު މެއްގައި ފެއިލްވާނީ މިވަރަކަށެވެ...މަސްތުވާތަކެތި ވިއްކާ މީހުން އެ މީހުންގެ މުޅި އު މުރު އެކަ މުގައި ހޭދަކޮށްލާއިރު މިއިން މީހަކަށް އަދަބެއް ހައްގު ނުވާ ގައު މެއްގައި ކަންތައް ހުންނާނެ މިންވަރު ހިތައް އަރުވާލާާށެވެ.

The name is already taken The name is available. Register?

ރަންނަ

31 March 2020

ދެން ކޮންއިރަކުންނޯ މިދޫކޮށްލަނީ؟ އަދި ބޮސް އައިޑެންޓިފައި ނުވަނީތޯ؟ ނޫނީ ހިންހަމަ ޖެހޭވަރުގެ އެމައުންޓެއް ހުށަނާޅަނީ ތޯ؟؟ https://mihaaru.com/news/71698

The name is already taken The name is available. Register?

މުއްތު

30 March 2020

މަރުހަބާ ސީޕީ ހަމީދު

The name is already taken The name is available. Register?

ަަަެައެނޮނިމަސް

30 March 2020

- އަހުމަދު ވިޝާމް/ ގ. ބޮއިލިންފިޝް - މުހައްމަދު ހަމީދު/ ގދ. ރަތަފަންދޫ، ގުލްދަސްތާގެ - މުހައްމަދު މާއިޝް/ މ. މާކޮޅު ތިމީހުން ނަކީ މީގެ ކުރިން ވެސް މަސްތުވާތަކެތި ވިޔަފާރި ކުރަން އުލެނިކޮށް އަތުލަައިގަތް މީހުން، މިފަހަރުވެސް ސާބިތު ނުވާކަމަށް ދޫކޮށްލާނީ....؟

The name is already taken The name is available. Register?

ސަލާމަތް

30 March 2020

ކޮބާ ދޫކޮށްނުލާތަ ؟؟؟ ހާދަ ލަސްވަނީ ؟؟؟ އެހެންޏާ މިހާރު ދޫކޮށްލައިފީސް! ނުކުރަންޏާ އަދި ކުރާނެ ހާސްނުވޭ! މުޅި ސިސްޓަމް ރާވާފަ އޮންނަނީ ސަލާމަތްކުރާގޮތަށް!

The name is already taken The name is available. Register?

މޮޅުކަން ދެއްކެންތަ؟

30 March 2020

ތިއީ ހަމައެކަނި ދައްކާލަން ހައްޔަރު ކުރާ ބައެއްތަ؟ ހައްގު އަދަބެއް ނުދެވޭތާގަ ކޮންމެސް ޢަފޫއާންމަކުން ތިމީހުންވެސް ދަވަސްގަނޑަކަށްފަހު ދޫކޮއްފައި ތިބޭތަން ކަންނޭނގެ ފެންނާނީ.

The name is already taken The name is available. Register?

ގެދާނޯމޮސް

30 March 2020

ވެދާނެ ސަރުކާރުގެ އެއްވެސް ސިޔާސީ ދާއިރާއެއްގެ އާއިލާ އަކަށް ނިސްބަތް ނުވާތީ ހައިބަތު ދައްކަން އާންމު ކޮށްލީ ކަމަށްވެސް :

The name is already taken The name is available. Register?

ގޯސް

30 March 2020

މިމީހުން ގޭބަންދަށް ދޫނުކުރާތި. މިހާރުވެސް އެބަތި މިފަދަ މީހުން ގޭބަބްދަށް ދޫކޮށްފަ. ޢެމީހުން އަނެއްކާވެސް އުޅެނީ އެކަމުގަ.

The name is already taken The name is available. Register?

މާމިގިލި މަންޖެ

30 March 2020

މާމިގިލީގަ އެންމެ ގަދަޔައް ކުރާ ވިޔަފާރިއެއްތީ. ޕޮލިހުންނަށް ވެސް އެނގޭނެ. އެކަމަކު ހަރާން އަޅާ ފިޔަވަަޅެއް، ވާކަމެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454