ނިއު ޕޯޓް ވިއު: އެ ބިން ސަރުކާރާ ހަވާލުކުރަން ކުރި ހުކުމް ފަސް ކުރުމުގެ އަމުރެއް ހައި ކޯޓުން ނެރެނުދޭން ވަނީ ނިންމާފައި -- ފޮޓޯ/މިހާރު
30 މާޗް 2020 - 17:48
ނިއު ޕޯޓް ވިއު ހިންގި ބިން ސަރުކާރާ ހަވާލުކުރަން ކުރި ހުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ހައި ކޯޓުން ނިންމައިފި އެވެ.
ނިއު ޕޯޓް ހިންގި ބިމުގައި ރެސްޓޯރެންޓެއް އެޅުމަށާއި ފުޓްސަލް ދަނޑެއްގެ އިތުރުން ބްރިޖް ބަލަން ތިބޭނެ ޕްލެޓް ފޯމެއް ހަދަން ސަރުކާރުން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ 2016 ވަނަ އަހަރު އެވެ. އެކަމަކު އެތަނުގެ ކުލި ނުދައްކާ ކަމަށް ބުނެ ދައުލަތުން ކޯޓަށް ހުށަހެޅުމުން މިދިޔަ އަހަރު ސިވިލް ކޯޓުން ހުކުމް ކޮށްފައިވަނީ އެތަނުގެ ކުއްޔަށް 1.1 މިލިއަން ރުފިޔާ ދެއްކުމަށާއި 15 ދުވަސް ތެރޭގައި އެ ބިން ސަރުކާރާ ހަވާލު ކުރުމަށެވެ.
އެ މައްސަލަ ސްޓްރާޑާ ކުންފުނިން ހައި ކޯޓުގައި ކުރިން އޮތީ އިސްތިއުނާފްކޮށްފަ އެވެ. އަދި އިސްތިއުނާފް މައްސަލަ ނިމެންދެން ދަށު ކޯޓުގެ ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދޭން އެ ކުންފުނިން އެދުމުން އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށް އެ ކޯޓުން ނިންމާފައިވާ ކަން އެނގިފައިވެ އެވެ. އެކަމަކު އިސްތިއުނާފް މައްސަލަ ހައި ކޯޓުން އަދި ނުނިންމަ އެވެ.
ނިއު ޕޯޓް ވިއު ހިންގި ބިން ހަވާލުކުރަން ދަށު ކޯޓުން ކުރި ހުކުމް ތަންފީޒު ކުރުން ފަސް ކުރުމުގެ އަމުރެއް ނެރެދެވެން ނެތް ކަމަށް ނިންމިއިރު، ދާދިފަހުން ޕްލޭނިން މިނިސްޓްރީން ވަނީ އެތަނުގައި ތަޅު އަޅުވައިފަ އެވެ. އިސްތިއުނާފް މައްސަލަ ނުނިމެނީސް، ސަރުކާރުން އެގޮތަށް އަމަލު ކޮށްފައިވާތީ އެކަމާ ގުޅިގެން ސްޓްރާޑާ ކުންފުނިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮށީކޮއި ޢަލީގެ މުޙައްމަދު
01 April 2020
އެތަން އެއީ ވަގުތީ ގޮތުން ޕްލެޓް ފޯމެއް ހަދަން ހަވާލުކުރިބިމެއް އެކަމަކު އެމަގު ފުލާކޮލާން އެތަނުން ދިވަރަކަށް ފޫޓް ތަޅާލުމުންވެސް ވަރަށް ބޮޑު ނުބައްދަލު ބަދަލެއް ހޯދަންހައުސިން މިނިސްޓްރީ އާ ވެސް ދައުވާ ކުރި ބައެއް އަވަހަށް ތަން ހުސްކުރޭ އޭރުވެސް ބަދަލުހޯދަން މިހާރުވެސް ބަދަލުހޯދަން ޖީ އެމް އާރަށް ދޫނުކުރާ ބައެއް. މާބޮޑު މަސައްކަތެއް ނުކޮށް ބަދަލުހޯދަން މިފަހަރު މިވީ ގޮތަކީ މިވެރިކަންގެންނަން ޚަރދު ނުކުރާ ބަޔަކަށް ވުން
ބެރާގެ އާލިޔާ
31 March 2020
މމިހާރު ހުސް ކުރެވިދާނެ. އެކަ މަކު ދުވަހަކު ކޮޅުން ވެސް މި ވެރިކަން ބަދަލުވާ ހިސާބުން ފިއްކަނޑައިގެން ދާ ވަރުގެ ބަދަލެއް ތިތަނަށް ދޭން ޖެހޭނެ.
ހަނީފް އަސަދު
31 March 2020
އަސްލު ގެއްލުމުގެ ބަދަލުވެސް ނުދީ މިހެން ހުސްކުރަން ބުނީމަ ކަޑަ.
ބީތާ ޕޮޕްޖޯއި
31 March 2020
ކޮން ގެއްލުމުގެ ބަދަލެއްތަ؟ ކޯޓްތަކުން ކުރާ ހުކުމަށް ތަބާވެ އަވަހަށް ހުސްކުރޭ.
ކެޔޮޅުބޭ
31 March 2020
ފުރަތަމަ މިތަން ހޯދާފަ މިއޮތީ ކޮރޕޝނނ. ކުލި ނުދައްކާތާ ވީދުވަހެއްނޭގޭ. ދެންވެސް ދޭން ތިބުނަނީ ބަދަލު؟ ހާދަ ހެއްވާ ވާހަކަ އެކޭތީ.
ރަދީފްއޮފިޝިއަލް
31 March 2020
ގެއްލުމުގެ ބަދަލޭ؟ ދައުލަތަށް ލިބޭ ގެއްލުން ކުޑަތަ؟ ސައިތައްޓެއް 40ރ އަށް ވިއްކައިގެން އެތައް ފައިދާއެއް ހޯދައިގެން ދޯ އެތިބީ.އެހެންވީމަ ހުސްކުރޭ.ލަދު ކޮބާ؟
އަހްމަދު ރަޝީދު / ސ.ހިތަދޫ
31 March 2020
އަސްލު ވަރަށް ހުތުރު މި ކަޅު އިމާރާތް.މުޅި ވިއު ހަލާކުކޮށްފި.ހުސްކުރޭ އަވަހަށް.
މާލު ވެރިޔާ
31 March 2020
ތިއީ ސަރުކާރު ވީމާ ކުރި ހުކުމެކެވެ. އަހަރެމެންގެ އޮޑިދޯނި ފަހަރު ކުއްޔަށް ގެންދާ މީހުން ކުލި ނުދައްކާތީ ދަށު ކޯޓުން އެގްރީމެންޓް ބާތިލް ކުރުމުން ހައިކޯޓުން ހުކުމް ފަސްކުރުމުގެ އަމުރު ނެރޭއިރު ކުއްޔަށް ދިން ފަރާތަށް ލިބޭ ގެއްލުމަށް އެއްވެސް ވަރަކަށް ނުވިސްނައެވެ.ގިނަ މައްސަލާ ހައިކޯޓަށް އިސްތިއުނާފު ކުރަނީ ޓައިމް ވޭސްޓް ކުރާށެވެ. އެ ފުރުސަތު ވަރަށް ރަގަޅަށް ލިބި ދެއްވައެވެ. ކޯޓް އަމުރު ނެރެފައި މައްސަލަ އެތަށް ޒަމާނަކު ބާއްވާ ދީފާނެ އެވެ.
އުސައިދު ހަނީފް / ޔޫކޭ
31 March 2020
އަސްލު މިކަން ކުރަން ލަސްވެއްޖެ.ތަން ހުސްކޮށް އަވަހަށް ސަރުކާރާއި ހަވާލުކުރޭ.
މުހައްމަދު ހާދީ
30 March 2020
ހައިކޯޓުގެ އިސްފަނޑިޔާރުގެ ވަރަށް މައްސަލަ ޖޭއެސްސީގައި އެބައޮތް. ކޮން އިރަކުންތޯ އެ ބޭފުޅާއާ ދެކޮޅަށް ފިޔަވަޅު އަޅަނީ
ރީނާ ހަނީފް
30 March 2020
ޜަނގަޅު ނިންމުމެއް
falcon_autho
30 March 2020
ތިޔަ ޕާކުން ކުންފުންޏަކަށް ތަން ޙަވާލުކުރިގޮތްވެސް ދައުލަތުން އެ ބަލަންވެއްޖެއެއްނު. މާލޭގައި ވައިޖައްސާލަންވެސް ހިތްފަސޭހަކޮށްލަންވެސް ނުކުންނަންއޮތް ޕާކް ބްރިޖްބަލާ ތަނެއް ހަދާށޭ ކިޔައިގެން މުޅިތަން ހިސާރުކޮށްލައިގެން ތިމީހުން އެތިބީ. ބޭރުއަރުވާލަން ނުކެރެނީވެސް ކޮންމެވެސް ބާރުގަދަ އަތެއް އޭގެ މަތީގައި އަތްއަޅާލައިގެން ތިބޭތީހެން ހީވަނީ.
އައިސަ
30 March 2020
ވަރަށް ގިނަދުވަސް ވެއްޖެ ތިތަން ނަގާ ޕާކުގެ ބައެއް ގޮތުގަ ހިމަނާތޯ އެދި އެދި ހުންނަތާ. މުސްކުޅި ނުވަނީސް އެމަންޒަރު ލޮލަށް ފެންނާނެކަމުގެ އިންތިޒާރުގައި.