ފުލުހުން އަތުލައިިގަތް ނުވަ ކިލޯގެ މަސްތުވާތަކެތި: އެ މައްސަލާގައި 3.7 މިލިއަން ދައުލަތަށް ނަގައިދޭން ވަނީ އެދިފައި -- ފޮޓޯ/ޕޮލިސް
31 މާޗް 2020 - 13:39
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ހައްޔަރުކުރި މީހުންގެ ތެރެއިން އަށް މީހަކަށް ދައުވާކޮށް، އަދި 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގައިދޭން އެދި ކްރިމިނަލް ކޯޓަށް ހުށަހަޅައިފި އެވެ.
މިދިޔަ ޖެނުއަރީ މަހުގެ ފަހުކޮޅު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި 10 ގެއަކާއި ވެހިކަލްތަކެއް ބަލައި، ފާސްކޮށް ނުވަ ކިލޯގެ ހެރޮއިން އަތުލައިގަނެ، ނުވަ މީހަކު ހައްޔަރުކުރި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނީ ހައްޔަރުކުރި މީހުން ތެރެއިން ގދ. ހޯޑެއްދޫ އަލޯރާ، އަރުޝަދު ޚާލިދާއި އެރަށު ގުލޭނޫރަންމާގޭ އަލީ ޒުބައިރާއި އެރަށު އިރުމަތީގޭ އަހުމަދު ސުނައިނު އާއި އެރަށު މެޓްރިޓްހައުސް، އަހުމަދު ގިޔާސާއި މއ. ވައިލެޓްމާގޭ އަސްލަމް ނާޒިމާއި ލ. ކަލައިދޫ މަތަރަސްމާގޭ، ހުސައިން ޒަހީންގެ އިތުރުން މ. ދާރުލްގަރާރު އިސްމާއިލް ވިޝާލް އަދި ޅ. ނައިފަރު މިސްކިތްދޮށުގޭ އަހުމަދު އިމްސާހްގެ މައްޗަށް ދައުވާކޮށް، ކްރިމިނަލް ކޯޓަށް ފޮނުވާފައިވާ ކަމަށެވެ.
މީގެ އިތުރުން އެ މައްސަލާގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދި ކަމަށް ތުހުމަތު ކުރެވޭ 3.7 މިލިއަން ރުފިޔާ ދައުލަތަށް ނަގައި ދިނުމަށް ވެސް އެ މައްސަލާގައި އެދިފައިވާނެ ކަމަށް ވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުންޏެވެ.
އެ މައްސަލާގައި އަށް މީހެއްގެ މައްޗަށް ދައުލަތުން ދައުވާ ކުރިއިރު، އޭގެ ތެރެއިން އަރުޝަދު ފިޔަވައި ދެން ތިބި އެންމެން ބަންދުގައި ބަތިއްބަން ކްރިމިނަލް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އަދި އަރުޝަދު ބަންދުން ދޫކޮޮށްލަން އަމުރު ކުރުމުން އެ ނިންމުން މުރާޖާ ކުރަން ދައުލަތުން އެދުމުން އެކަމާ މެދު ގޮތެއް މިއަދު ނިންމަން އިތުރު އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ނުވަ ކިލޯގެ މަސްތުވާތަކެތި އަތުލައިގަތްއިރު، މިމަހު ފުލުހުން ވަނީ 61 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، ބަޔަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި ވެސް ގިނަ ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެމާ
31 March 2020
މިގައުމުގައި ކުރަންޖެހޭ ދެކަމަކީ މި ޑްރަގްވިއްކާ ދިވެހިން ނައްތާލުމާ ވަގަށްއުޅޭ ބަންގާޅީން ނައްތާލުން އޭޜުން ލައްކަ ސޯޝަލް އިޝޫތަކުން ސަލާމަތްވާނެ މިސަރުކާރަށް މިކަންވާނެބާޢޭ ހިތައްއަރާ
ނޫސް ބަލާމީހާ
31 March 2020
އަދި އަރުޝަދު ބަންދުން ދޫކޮޮށްލަން އަމުރު ކުރުމުން އެ ނިންމުން މުރާޖާ ކުރަން ދައުލަތުން އެދުމުން އެކަމާ މެދު ގޮތެއް މިއަދު ނިންމަން އިތުރު އަޑުއެހުމެއް ބާއްވަން ނިންމާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.**** ދޫކޮށްލި ފަނޑިޔާރުގެ ފެންވަރު ބެލުމާއެކު މީނާގެ މައްއަލަ ތަޙްޤީޤު ކޮށް ފިޔަވަޅު އަޅަންޖެހޭނެ
ބޮޑުމީހާ
31 March 2020
ތިގޮތަށް ކޮރަޕްޝަނުން ގެއްލޭ ފައިސާވެސް ދައުލަތަށް ހޯދާނަމަ
ކޮރަލް
31 March 2020
އެސެޓް ވެސް ވިއްކަން ވީ އެވެ.
falcon_autho
31 March 2020
ދެން އަރާ ގާޒީއަކު ބުނެފާނެ ތޯއްޗެއް. އޭނާގެ އެކައުންޓްގައިހުރިފައިސާއަކީ މަސްތުވާތަކެތި ވިއްކައިގެން ހޯދި ފައިސާއެއްކަން ދައުލަތަށް ސާބިތުކޮށްދެވޭވަރަށް ހެކި ނުދެއްކުނޭ. އެހެންވީމާ ތިއަމުރެއް ނެރެނުދެވޭނެޔޭ. ބުނެވޭގޮތުގައި ތިމީހުން މަސްތުވާތަކެތީގެ ފައިސާ ހުދުކުރުމަށް ފާޑެއްގެ ވިޔަފާރިއެއްވެސް ހިންގަޔޯ؟
އަހުމަދުބޭ
31 March 2020
ސަރިޔަތް ދިގުނުދަންމާ އަވަސް ކުރުމަށް ގޮވައިލަން، އަދި ތިޔަފައިސާ ދައުލަތަށް ނަގަންވެސް ގޮވައިލަން، ސުޕަރ މެޖޯރިޓީ ސަރުކާރަށް ގޮވައިލަން މާގިނަވާހަކަ ނުދައްކާ ޑުރަގުގެ ގާނޫނުތަށް ހަރުކަށިކޮށް ވިއްކާ ހަދާމީހުންނަށް މަރިގެ އަދަބުދިނުމަށް އެހެންނޫނީ ދުވަހަކުވެސް މިގައުމުން ތިކަމެއް ނުހުއްޓޭނެ
ދަތްނެތްކުއްޖާ
31 March 2020
ވަކި ބަޔަކަށް ބައެއް ނޭލޭގޮތަކަށް ތިޔަ ހުރިހާ ފައިސާއެއް ދަޢުލަތައް ނަގާ ދެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
ކޮރަލް
31 March 2020
ޑްރަގް މައްސަލަ ތަކުގަ އެސެޓް ސަރުކާރައް ނަގަން ވީ އެވެ.
އާރީ
31 March 2020
މުޅިދުނިޔެ ހުއްޓިފަ އޮތް އިރުވެސް މި މީހުންގެ މަސައްކަތަކަށް ބަދަލެއް ނާދެދޯ.