ވިޔަފާރި / ފިނޭންސް މިނިސްޓްރީ

މި އަހަރުގެ ޑެފިސިޓް 12 ބިލިއަނަށް އަރާނެ: އަމީރު

މިރޭ މީޑިއާ ބްރީފިންގައި ފިނޭންސް މިނިސްޓަރު އަމީރު ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ބަޖެޓަށް އިތުރުވާ ހަ ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ބަޖެޓު 12 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ، މި ހާލަތުގައި ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށް އިތުރު ފައިސާ ބޭނުން ވެފައިވާ ކަަމަށެވެ. މި އަހަރަށް ސަރުކާރުން ކަނޑައަޅާފައިވާ ބަޖެޓުގައި ޑެފިސިޓް ފޫބެއްދުމަށް 5.9 ބިލިއަން ރުފިޔާ ހިމަނާފައިވެ އެވެ. އެހެން ނަމަވެސް މިހާރު ބަޖެޓަށް އިތުރުވާ ހަ ބިލިއަނާ އެކު ޑެފިސިޓް 12 ބިލިއަނަށް ބޮޑުވީ އެވެ.

އަމީރު ވިދާޅުވީ، މިހާރު ސަރުކާރުގެ ފޯކާސްޓް ދައްކާ ގޮތުން އިގްތިސާދީ ދުވެލި 5.7 ޕަސެންޓު ދަށްވާނެ ކަމަށެވެ. ރާއްޖެ އަށް ޓޫރިސްޓުން އައުން ގާތްގަނޑަކަށް ހުއްޓިފައި އޮތް އިރު ޓޫރިސްޓުން އަންނާނެ ވަރު 37 ޕަސެންޓާއި 50 ޕަސެންޓާ ދެމެދުގެ އަދަދަކަށް ދަށްވާނެ އެވެ.

މިރޭ ބޭއްވި މީޑިއާ ބްރީފިންގައި (ކ-ވ) ސައީދު، މަބްރޫކް، އަމީރު އަދި ސަމީރު.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ސަރުކާރުގެ ހަރަދުތައް މެނޭޖު ކުރުމަށްޓަކައި އެއް ބިލިއަން ރުފިޔާ ކުޑަ ކުރުމަށް ނިންމާފައިވާ އިރު މި އަދަދު އިތުރަށް ކުޑަ ކުރަން ސަރުކާރުން ވަނީ ނިންމައިފަ އެވެ. އެގޮތުން ހަރަދުތައް ކުޑަ ކުރުމުގެ ސިޔާސަތުގެ ދަށުން ސަރުކާރު ހިއްސާވާ ބައެއް ކުންފުނީގެ މުސާރަތައް ރީ ސްޓްރަކްޗާ ކުރުމަށް ވެސް ސަރުކާރުން ވަނީ ނިންމާފަ އެވެ.

"ސަރުކާރުގެ ވިސްނުމެއް ނޫން މުސާރަތައް ކުޑަ ކުރުމަކީ. އެކަމަކު ވަކި ވަކި ކުންފުނިތައް ބަލައި އިންޓާނަލް މެކޭނިޒަމްގެ ތެރެއިން ހަރަދު ކުޑަކުރެވޭނެ ގޮތްތައް ބަލަން. އަޅުގަނޑުގެ ވެސް އެދުމަކީ ހުރިހާ ކުންފުނިތަކުން ވެސް އިންޓާނަލް ހަރަދުތައް ކުޑަކުރުން. އެއްބައި ކުންފުނިތައް އެބަ ހުރި ވަރަށް ބޮޑެތި މުސާރަަތައް ދޭ. އެހެންވީމަ މުސާރަ ރީ-ސްޓްރަކްޗާ ކުރެވޭނެ ގޮތްތައް ވެސް އެބަ ބަލަން،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، މިކަމުގެ މަސައްކަތްތައް ވެސް އަންނަ ހަފްތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. ސަރުކާރަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ބޭރުގެ މާލީ އިދާރާތައް މެދުވެރިކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން އައިއެމްއެފް އާއި ވޯލްޑް ބޭންކާ އެކު ވެސް އަންނަނީ މަޝްވަރާ ކުރަމުންނެވެ.

30 ކޮމެންޓް, 37 ރިއެކްޝަންސް

icon happy icon happy 19%
icon sad icon sad 41%
icon angry icon angry 41%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ގުޑުގުޑާ

02 April 2020

ލާރިހޯދުމައްޓަކައި އަދިމިވެރިއް ދިވެއްސަކައްވީތީ ނަގާޓެކުސްއެއްތައާރަފުކޮއްގެއް ސިސީމަގާމުތަލާރިދޭނެ

The name is already taken The name is available. Register?

ސަލާޙް

02 April 2020

މިއަދު މި ދިމާވެފަ އޮތް ހާލަތަކީ މިއަދުގެ ސަރުކާރުން ހޯދައިހަތް ހާލަތެކޭ ނުބުނެވޭނެ. މުޅި ދުނިޔެ މި އޮތީ ހާލުގަ ޖެހިފަ. އެކަމަކު، ޔަގީންވެ ކަށވަރުވާކަމަކީ، މިހާލަތު މެނޭޖްކުރުމުގެ ގާބިލުކަމާއި އެކަމަށް ބޭނުންވާ އިޚްލާސތެރިމަކެއް މި ސަރުކާރުގަ ނެތްކަން. އަދި މި ހާލަތު ނިމުމަކަށް އައީމަ، ގައުމު އާރާސްތުކުރުމެުގެ ވިސްނުމާއި ގާބިލުކަން މިސަރުކާރަކު ނެތްކަމީ ދުވާލުގެ އިރު ފެންނަފަދައިން ފެނި ސާބިތުވާކަމެއް. ގައުމުގެ ގޮތް ނިންމާނީ، ރައްޔިތުން

The name is already taken The name is available. Register?

ހަބީބާ

02 April 2020

ރޭގަ މައުލޫމާތު ދިންއިރު ބީއެމްއެލް އިން އައި ބޭފުޅާ ވަރަށް މަކަރުވެރި ގޮތަކަށް ޖަވާބުދިނީ.. ނޫސްވެރިން ލޯނުނަގާމީހުން އިތުރަށް އެއްޗެއް ދައްކަން ޖެހޭނެހޭ އަހާ ކޮންމެފަހަރަު އޮޅުވާލައިގެން އެހެން ޖަވާބެއްދީފައި ބީއެމްއެލްގެ އިސްތިހާރެއްހެން ކުޅުނީ. މީގެ ހަގީގަތަކީ ލޯނު 6 މަސް ދުވަސް ފަސްކޮށްފިއްޔާ ބީއެމްއެލް އަށް ބޮޑު ފައިދާއެއްވެސް ލިބޭނެކަން. މިސާލަކަށް 5 މިލިއަންގެ ލޯނެއް ފަސްކޮށްފިއްޔާ 6 ލައްކަ އަށް ވުރެ ބޮޑު އެއްޗެއް އިތުރަށް ދޭން ޖެހޭނެ.

The name is already taken The name is available. Register?

އިކްލީލް

02 April 2020

މިއީ ކޮން ތާކުން ތާކު ނުޖެހޭ ވާހަކަ ދައްކާ ފިނޭންސް މިިނިސްޓަރެއް. ބަލަ އާމްދަނީ ލިބޭނެ ގޮތެއް ނެތް އިރު ޑެފިސިޓްވާނީ ހަމައެކަނި ލަފާކުރި 6 ބިލިއަނާ އިތުރަށް ޚަރަދުކުރާ 6 ބިލިއަނެއް ނޫން. މިއަހަރު ފުރަތަމަ 3 މަސް ދުވަހުވެސް ލަފާކުރި އާމްދަނީ ނުލިބޭ. އަދި މިކަން ހަމައަކަށް އެޅޭނެ ދުވަހެއް ނޭނގެ. އެހެންވީމަ މި އަހަރުގެ ޑެފިސިޓް 30 ބިިލިއަން ރުފިޔާއަށްވުރެ ބޮޑުވާނެ ޚަރަދު ކުޑަނުކުރަންޏާ. ކުރިއަށް އޮތީ ދަތި ދުވަސްތަކެއް.

The name is already taken The name is available. Register?

މިސްޓީކް

02 April 2020

މިއަހަރު ބަޖެޓަށް އިތުރަށް ލާރި ލިބޭނެ ގޮތެއް މިހާރަކު ނެތް. ޚަރަދު ކުޑަނުކޮށްފިނަމަ 1 ބިލިއަން ޑޮލަރަށްވުރެ ޑެފިސިޓް ބޮޑުވެދާނެ. އިގްތިސޯދު އަލުން ކޮޅަށް ޖަހާނެ ގޮތުގެ ވިސްނުމެއް ސަރުކާރުގެ އެއް ނެތް. އަދި ބޭކާރު ސިޔާސީ ވަޒީފާތައް މަދުކުރުމުގެ ނޫނީ މުސާރަ ކުޑަކުރުމުގެ ވިސްނުމެއްވެސް ނެތް. އަމީރުމެން ހިތުން 3 މަސް ފަހުން ފަތުރުވެރިން އަންނަން ފަށާނެ. އެކަމު މިއީ ވަރަށް ބޮޑު ކުށް ހީއެއް.

The name is already taken The name is available. Register?

ރެޓޭ

02 April 2020

ނާސްތާއޭ ކިޔާފަ ކުނިވަށިގަނޑަށް އަހަރަކު އަޅާ 100 މިލިޔަން ރުފިޔާ ސަލާމަތް ކުރަން ނުވޭތަ؟ ގައިމު ތާތުންތާކު ނުޖޭ ވައިއަނގަ ތަޅާމީހެއްގެ ދުޅުން އެއްޗެއް ބުނެވުނީމާ ނޮފޯރާ ފޮތިއަޅައިގެންވެސް އެ ވައުދު ފުއްދަން ޖެހޭބާ! 12 ބިލިޔަން ޑެފިސިޓްވާ ގައުމެއްގައި، އަދި އެހެން ނޫނަސް ކޮންމެ އަހަރަކު ރިކަރަންޓު ޚަރަދު ކުރުމަށް ސަލާންޖަހާ ބަޔަކު ކުރަން ހެޔޮވާވަރު ކަމެއްވެސް ނޫން!

The name is already taken The name is available. Register?

‫ގިލަން

02 April 2020

ލޯކަލް ކައުންސިލްތަކުގެ ގާނޫނަށް ގެނައި ބަދަލު މުރާޖަޢާކޮށް މެމްބަރުންގެ އަދަދު މަދުކޮށް އަންހެނުންގެ ކޮމެޓީ ނެގުން މަޑުޖައްސައި ބޮޑުކުރި މުސާރަކުޑަކޮށް، ސިވިލްސާވިސްއާއި ޖުޑިޝަރީއާއި މިފަދަ ސަރުކާރުގެ އެއްލެވެލެއްގެ މަގާމުތަކުގެ މުސާރައާއި އެލަވަންސްތައް އެއްލެވެލަކަށް ގެންނަންވީ. އަދި ސިޔާސީ މަގާމުތައް މަދުކޮށްލަންވީ. އޭރަށް ފޫބެއްދިދާނެ. ‫

The name is already taken The name is available. Register?

ހައްގުބަސް

02 April 2020

ރޔާމިން ޖަލައްލާފަ އަދީބުއާ ޒިޔަތު ގޭގަ ޓީވި ބަަލަން. މިއޮތީ އިންސާފު ލިބިފަ. ކީކޭބުނާނީ މިއޮތީވާ ސަރުކާރެ.

The name is already taken The name is available. Register?

ޣާއަދުރޭ

02 April 2020

އަދީބު އާއި ޒިޔަތު ގޭގަ އެތިބީ ވަރަށް ދުވަހު ޖަލުގަ އޮވެފައެވެ. ޢެހާވަރަށް ޔާމިންވެސް ޖަލުގަ ބާއްވާފަ ގެއަށް ލާނަމެވެ. ބަކައްޓެއް ތެޅޭހެން ނުތެޅިބަލަ

The name is already taken The name is available. Register?

ހަސަނު1

02 April 2020

މީހުން ޖަލައްލާ ވާހަކަ ދައްކާއްފައި ޔާމީނުގެ ސަޕޯޓަރުން އަނގަނުހުޅުވީއްޔާ ރަނގަޅުވާނީ.

The name is already taken The name is available. Register?

އިސް ސަރުދާރު

02 April 2020

ކިހިނެއްތޯ ވާނީ ރައްޔިތުންގެ މަޖިލިސް އަދި ސިޔާސީ މުވައްޒަފުން ސަސްޕެންޑް ކުރިއްޔާ؟؟ 12 ބިލިއަން ކީއްކުރަން އެއަށް ވުރެ ގިނައިން ސަލާމަތްވާނެ.. 10000ރ އަށް ސިވިލްސަރވަންޓް އިން އެ ހުރިހާ މަސައްކަތެއްކުރާނެ

The name is already taken The name is available. Register?

‫ކޮވިޑް

02 April 2020

‫ބުރިޖު އަޅަން ވީ ވަގުތެއް ނޫން މީކީ....މިހާރު މީ ޗެލެންޖު ކުރަން ވީވަގިތެއްނޫން...ރައްޔަިތުން ދައްކަން ކޮންމެހެން މުހިއްމެއް ނޫން...ބުރިޖް އެޅިދާނެ ސަލާމަތުން ތިބީޔާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454