02 އެޕްރީލް 2020 - 23:36
ޕެރިސް (އެޕްރީލް 2) - މުޅި ދުނިޔޭގައި ހަލުވިކަމާ އެކު ފެތުރެމުންދާ ކޮރޯނާވައިރަހުގައި ޕޮޒިޓިވްވި މީހުން މިރޭ އެއް މިލިއަނަށް އަރައި އެ ބަލީގައި މަރުވި މީހުންގެ އަދަދު ބައި ލައްކަ އަށް ވުރެ މައްޗަށް އަރައިފި އެވެ.
ދުނިޔޭގައި އެއްވެސް ފަރުވާއެއް އަދި ހޯދިފައި ނުވާ ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިރޭ 1،000،889 އަށް އެރި އިރު އެ ބަލީގައި މިހާތަނަށް މަރުވި މީހުންގެ އަދަދަކީ 51،371 އެވެ. ބަލިން ރަނގަޅުވެފައި ވަނީ 210،214 މީހުންނެވެ.
އެންމެ ހަލުވިކަމާ އެކު ބަލި ފެތުރެމުން ދަނީ އެމެރިކާގަ އެވެ. މިރޭ 11 އާ ހަމައަށް އެމެރިކާގައި އަލަށް ވަނީ 20،744 މީހުން ޕޮޒިޓިވްވެފަ އެވެ.
އެމެރިކާ: ޕޮޒިޓިވްވި 235،747 މަރުވި: 5،629
އިޓަލީ: ޕޮޒިޓިވްވި 115،242 މަރުވި: 13،915
ސްޕޭން: ޕޮޒިޓިވްވި 110،238 މަރުވި: 10،096
ޖަރުމަން: ޕޮޒިޓިވްވި 84،284 މަރުވި: 1،089
ފްރާންސް: ޕޮޒިޓިވްވި 59،105 މަރުވި: 4،503
އީރާން: ޕޮޒިޓިވްވި 50،468 މަރުވި: 3،160
އިނގިރޭސިވިލާތް: ޕޮޒިޓިވްވި 33،718 މަރުވި: 2،921
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙަބީބު
04 April 2020
ކޮބާ ޗޢިނާ
12345
03 April 2020
1749 އާއި 1751 އާއި ދެމެދު ބްލެކް ޑެތްގެ ނަމުން މަޝްހޫރުވި ވަބާއެއް ފެތުރުނެވެ. އެފަހަރު 200 މިލިއަނާ ގާތަށް މީހުން މަރުކަމަށް ބުނެވެއެވެ. ވަސީލަތްތަށް މަދު ދުވަސްވަރެއްގައި އެބަލިން ރައްކާތެރިކަން ލިބުނެވެ. މިބަލިންވެސް ރައްކާތެރިކަން ލިބޭނެއެވެ. ﷲ ގެ ރަހްމަތުންނެވެ. ގިނަގިނައިން މަޣްފިރަތާ ރަޙްމަތްލެއްވުް އެދި ﷲ ގެ ހަޒްރަތުގައި ދަންނަވާށެވެ. އަދި ސަބަބުތަކުގައި ހިފައި ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ކިޔަމަންވާށެވެ. ގިނައިން ޞަދަޤާތް ކުރާށެވެ.
ނޭނގޭ ވާހަކަ ނުދައްކާ
04 April 2020
ބްލެކް ޑެތް އުފެދުނީ 1300ގައި
ބަސް
03 April 2020
އިންސާނާ ކިތަންމެ ތަރައްގީކުރިއަސް ތަފާތު ރޮނގުރޮނގުން ކުރިއެރުން ހޯދިއަސް އިންސާއަކީ ވަރަށް ނިކަމެތި މަޚްލޫޤެކެވެ. ހުރިހާގޮތަކުން މީގެކުރިން ދުނިޔެ ނުދެކޭފަދަ ކުރިއެރުން ހޯދާފައިވާ މި ޒަމާނުގައި ހަމަ ލޮލަށް ނުފެންނަވަރުގެ ކުޑަކުޑަ ވައިރެހެއްގެ ކުރިމަތީ އިންސާނާ މިވަނީ ނިކަމެތިވެ ގޮތް ހުސްވެފައެވެ. ﷲ ގެ ކުޅަދުންވަންތަކަމުގެ ބޮޑުކަމެވެ. ﷲ ގެ ހުސްޠާހިރުވަންތަކަމެވެ. ﷲ ގެ ކުރިފުޅުމަތީ ނިކަމެތިވެ ހަގީގީ އަޅުވެތިކަން ދައްކާށެވެ.
ގަރަހިތަ
03 April 2020
ވަރަށް ދެރަ. އިންސާނުންގެ ނިކަމެތިކަން މިހާމަވަނީ. ލޮލަން ނުފެންނަ ޖަރާސީމެއް މުޅި ދުނިޔެ ކުޑަކަކޫ މައްޗަށް ތިރިކޮށްފި. ތާރީޚު ހެކިދެނީ މިކަމުންވެސް އަދި އަރައިގަނެވޭނެކަމަށް. މާތް ރަސްކަލާކޯ އަޅަމެން އެންމެން މި ވަބާއިން ސަލާމަތް ކުރައްވާން ދޭވެ!
ޝަހިންދީ.
03 April 2020
މި ކޮމެންޓް އަށް އެއްމެ މީހަކު ޑިސްލައިކު ދިނީ ކާކު ؟ ގައިމު ވެސް ދިވެއްސެކެވެ.
ފޮރިން
03 April 2020
1918 ގައި ސްޕެނިޝް ފްލޫ މިއަށްވުރެ ނުރައްކާ. އިންސާނުންގެ ހުންނަ ބޯހަރުކަމުން ފުރަތަމަ ފިޔަވަޅު ނޭޅުނީމަ ވީގޮތް. ސަބަބު އިގޭ. ވާގޮތް އގޭ. އަޅާކޮންމެ ފިޔަވަޅަކުން ނުކުންނާނެ ނަތީޖާ އެގޭ.
محمد-----
02 April 2020
މި މުޞީބާތުން އަހަރަމެން ސަލާމަތް ކުރަށްވާދޭވެ! آمین