މަޖިލީހުގެ ޖަލްސާއެއް: ކައުންސިލް އިންތިޚާބު ފަސްކުރުމުގެ ބިލް މާދަމާގެ ޖަލްސާއަށް ވަނީ އެޖެންޑާ ކޮށްފައި -- ފޮޓޯ/މިހާރު
05 އެޕްރީލް 2020 - 13:01
ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކާ އެކު، ލޯކަލް ކައުންސިލް އިންތިޚާބު ފަސްކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފި އެވެ.
މިމަހު ބާއްވަން ކުރިން ނިންމި ކައުންސިލް އިންތިޚާބު ފަސްކޮށްފައިވަނީ ކޮވިޑް-19 އާ ގުޅިގެން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކޮށް، ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދާތީ އެވެ. އެކަމަކު ގާނޫނީ ގޮތުން އެ އިންތިޚާބު އެންމެ ލަސްވެގެން ބާއްވަންޖެހޭ މުއްދަތު އަންނަ މަހު ހަމަވާތީ އެކަމަށް ހައްލެއް ގެނައުމަށް ޚާއްސަ ބިލެއް ހުށަހަޅާނެ ކަން ސަރުކާރުން ކުރިން އޮތީ ބުނެފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ބިލުގެ ފުރަތަމަ ކިޔުން މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައި ވާއިރު، އެކަމާ ގުޅިގެން ގާނޫނު އަސާސީއަށް އިސްލާހު ގެންނަން ސަރުކާރުން ހުށަހެޅި ބިލް ވެސް މާދަމާއަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ޚާއްސަ ގާނޫނުގެ ބިލް އޮތްގޮތުން ކައުންސިލް އިންތިޚާބު ބާއްވަން ޖެހޭނީ އާންމު ސިއްހަތުގެ ނުރައްކަލެއް ނެތް ކަމަށް ކަމާބެހޭ އިދާރާތަކުން ކަނޑައެޅުމުންނެވެ. އެކަމަކު އެންމެ ލަސްވެގެން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ކުރިން އިންތިޚާބު ބާއްވަން ޖެހޭނެ ކަމަށާއި އަދިި އިންތިޚާބާ ގުޅިގެން ސަސްޕެންޝަންގައި ތިބި ސިވިލް ސާވިސް މުވައްޒަފުންގެ ސަސްޕެންޝަން މިހާރު އުވާލެވޭނެ ކަމަށް ވެސް އެ ބިލުގައިވެ އެވެ.
ގާނޫނު އަސާސީއަށް އިސްލާހު ހުށަހެޅީ އާ ކައުންސިލް މެމްބަރުން އިންތިޚާބުކޮށް، އެ މަގާމާ ހަވާލުވެވެން ދެން މިހާރު ތިބި ކައުންސިލް މެމްބަރުން މަގާމުގައި ދެމި ތިބޭ ގޮތަށެވެ.
ކައުންސިލް އިންތިޚާބު ފަސް ކުރުމަށްޓަކައި އިލެކްޝަންސް ކޮމިޝަނުން އެންމެ ފުރަތަމަ މައްސަލަ ހުށަހެޅީ ހައި ކޯޓަށެވެ. އަދި ފަހުން އެ ކޮމިޝަނުން ސުޕްރީމް ކޯޓަށް އެ މައްސަލަ ހުށަހަޅާފައި ވަނިކޮށް އެ މައްސަލަ އަނބުރާ ގެންދިޔަައީ އެކަމަކީ މަޖިލީހުން ހައްލު ހޯދަންޖެހޭ ކަމެއް ކަމަށް މަޖިލީހުން ނިންމުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފަރުދު
07 April 2020
ލ. އަތޮޅުގައި 5 ދާއިރާ އޮންނަން ޖެހޭނެ ! ވަކި ލ. އަތޮޅުވީމާ ބޭއިންސާފު ކުރެއްވުމަކީ ވަރަށް ދެރަކަމެއް !
ބޮޑުމީހާ
05 April 2020
ލޯކަލް ކައުންސިލްތަކަށް ރައިސުލް ޖުމްހޫރިއްޔާ އައްޔަންކުރާ ރަށުކައުންސިލްގެ ރައީސް އައްޔަންކުރީމަ ނިމުނީ. ދެން ކޮންމެ ރަށެއްގައިވެސް އޮންނާނީ އެލަވެންސް ލިބޭ ގޮތަށް އޮންނަ ލަފާދޭ ކޮމިޓީއެއް. މި ކޮމިޓީގައި އެކި އެކި މުއައްސަސާތަކުން މީހުން ތިބީމަ ނިމުނީ
މާޝް
05 April 2020
އިންތިހާބު އެއްކޮށް އަލުން ފަށާގޮތަށް ބިލުގައި ހިމެނިފައިނެތުމުން ދޭހަވަނީ ރައްޔިތުންނަށްވުރެ ބޮޑަށް ސިޔާސީ ބޭނުމަކަށް ހަދާ ބިލެއްގެ ގޮތުގައި. އަދި އިގްތިސާދީގޮތުން ގައުމު އަޑިއަށް ވެއްޓިފައި އޮތަސް އިގްތިސާދު ހަމައަކަށް ނޭޅެނީސް އަވަސްއަރުވައިލައިގެން ސިޔާސީ މަންފާ ބިލުގައިއޮތީ އިސްވެފައި. ބަލަ މިހާލަތުން ރައްޔިތުންނާއި ގައުމު އަރައިގަންނަންދެން 2 އަހަރުވަރު އިންތިހާބު ލަސްކޮށްލަބަލަ. ގައުމެކޭމީ،
ރައީސްގެމީހާ
05 April 2020
އަންނި ހާދަވަރެކޭ މިވަނީ ގޮނޑިނުލިބިގެން ރައިޔަތުން މަރާފަވެސް ގޮނޑީގަ ތިބެވޭތޯ.. ނިކަން އުޅެބަލަ ރައިޔަތުންނަށް ފައިދާ ހުރި ކަމެއް ކުރެވޭތޯ މިދުވަސްކޮލޫގައި ވެސް.. އަމިއްލަ އެދުމުންފޯވެފަ.. ދެން ރާއްޖެތެރެއަށް ނާރާތި ވޯޓުހޯދަން.. މާލޭގައި ދިރިއުޅޭ..! ވަރަށް ސަލާމް